ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ ގެތަކެއް ފާސްކޮށް ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ތިން މިލިއަނަށްވުރެ ގިނަ ފައިސާ ހޯދައި، ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ހޯދާ މީހުން ހޯދަން ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާއި އިއްޔެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެެ. މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އިއްޔެ ހަތަރު ގެޔަކާއި ސައިކަލެއް ބަލައި ފާސްކުރި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އޮޕަރޭޝަންގައި 1522،785 ރުފިޔާއާއި 173831 އެމެރިކާ ޑޮލަރު (2.6 މިލިއަން ރުފިޔާ) ވަނީ އަތުލައިގެންފައެެވެ.
މި އޮޕަރޭޝަންތަކުގައި އަށް ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ތެރޭގައި 25 އަހަރުގެ ތިން ފިރިހެނުންނާއި 23،24 އަދި 25 އަހަރުންގެ ތިން ފިރިހެނުންނާއި 37 އަހަރާއި 50 އަހަރުގެ ފިރިހެނެއް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މިހާރު އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
މަރުހަބާ ދިވެހިފުލުހުންނައް ދެރަވަރުކަމީ އެމް ޑީ ޕީ މެމްބަރުންވީމަ ހައްޔަރުކުރާމީހުންދޫކުރަން ބޮޑުވަޒީރު އަންގާނެތީ ބޮޑުަވަޒީރަކީ މިގައުމުގެ ސަލާމަތީބާރުތަކައް އިތުބާރުކުރާމީހެއްނޫނޭ...
ސާބަހޭ ދިވެހި ފުލުހުންގެ ޚިދުމަތް. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގެ އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ރެޔާ ދުވާލު އަނބިދަރިންނާ ދުރުގައި ހުރެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތިޔަ ކޮއްދޭ ބުރަމަސައްކަތަށް ވަރަށްވެސް ޝުކުރު އަދާ ކުރަން.
ފެބްރުއަރީމަހުގެމުސާރައިގެކަންކަން ހަމަޖެހޭނެ އިތުރައްދެހަފްތާގެ ސްޓިކާޖެހީމަ މިހާރުއަދި ޓޯކުރީމަ ތަންކޮޅެއްގިނައިންލިބޭނެ
އަތުލައިގެންފިން. ހައްޔަރުކޮށްފިން. ހޯދައިފިން. ޝަރީއަތުން ސާބިތެއް ނުވޭ. ވަލްހަމްދުލިއްލާހި.
ތިޔަ ކަމުން ވާނެ އެއްކަމެއްވެސްނޯންނާނެ. ސާބިތުނުވާނެ. ތުހުމަތު ވާނީވެސް ވަރަށްކުޑަކޮށް. ހޯދި މަސްތުވާތަކެތި ކުށްވެރިވެ ހައްޔަރުކުރި މީހުންގެ ޙައްޤަކަށް ފުލުހުން އަރައިގަތްކަމަށް ނިމޭނީ.
ކީއްކުރަން ފުލުހުން މީހުުންގެ މުދާއަތުލައިގަންނަނީ މީހުންގެމުދާއަތުލާ އެމީހުން ހައްޔަރުކުރުމަކީ ކުރެވޭވަރުކަމަކައްނުވާއިރު ހަައްޔަރުކުރިއަސް ޖެހޭނީދޫކޮއްލަންވިޔަ އެހެންވީމަބޭކާރުކަމެއްނުކުރީމަ މާރަނގަޅުވާނެ
ނިމިދިޔަސަރުކާރުގަ ހިމާޔަތްދީ ރައްކާކޮށްފަތިބި މީހުންގެ އައްޑާތައް ފުނޑާލާފަ ނެރޭމަންޒަރުމިހާރު އެބަފެނޭ ދެރަކަމަކީ އަދިވެސް ކޯޓުތައް އެބައިމީހުންގެ އިސްތިއުމާރީބާރުގެ ދަށުގަ އޮތްކަން އެތަންތަނުން އެމީހުންނަށް އެއްވެސްއަދަބެއްދޭން ފަސްޖެހޭކަން
އަތުލައިގެންފައި ވަނީ އާދަމް ނަވާޒުގެ އާއިލާ މީހެއް... ނަން ހާމަ ކުރެވޭކަށް ނެތް
ކޮންތާކު މިޤައުމުގަ އަދިއެއްނެތް ބޮޑުވަޒީރެއް އަމިއްލައައްބޮޑުވަޒީރަކައްހެދިގެންއުޅޭ މީހެއްއުޅެނީ