ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސްއެވެ. އިމާރާތެއްގެ މަތިން ވެއްޓިގެން ފަރުވާ ދެމުން ގެންދަނީ ދެތިން އަހަރުގެ ކުއްޖަކަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ހިނގި ހާދިސާއެއްގައި ދިވެހި ކުއްޖަކަށް އަނިޔާ ވެގެން އުޅޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާދިސާ އާއި ގުޅިގެން އާއިލާ އަށް ބޭނުންވާ އެހީތެރިކަން ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

މިހާދިސާ ހިނގީ ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ދެހިވަލަ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމިގިލީ މީހާ

    ހަމަ ފަރުވާ ކުޑައީ.

    40
    11
    • މޮޔަ

      ކަލެއަށް މާ އނެގެނީ!

      11
      8
    • ޖަޖް

      ތިހާ އަވަހަށް ޖަޖް ނުކުރޭ. މީހަކަށް ލިބޭ ބޮޑު ހިތާމައެއް ޖަޖް ކުރަން ހެޔޮވެސް ނުވާނެ. ވެދާނެ ފަރުވާކުޑައީ ކަމަށްވެސް. އެހެނޭ ކިޔާފަ އެއްޗެހި ކިއުން ރަނގަޅެއްނޫން އަދި ކިޔާކަށް ނުވެސް ޖެހޭނެ. އެ ތުއްތު ކުއްޖާއަށް އަވަސް ޝިފާ މިންވަރު ކުރަށްވާށި. އަދި އެ އާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން.

      32
      1
    • ކުއްޖާ

      މޮޔަނުގޮވާ. ކަލޭ ހުރިންތަ ކުއްޖާ ވެއްޓުނު ވަޤުތު؟ ކަލޭ ދޯ ކުއްޖާގެ މަންމައަކީ؟ ފަރުވާ ކުޑަ ނުވިޔަސް ކަމެއްދިމާވެދާނެ! ނޭގޭ އިރު އަނގަނުތަޅުވާ!

      20
      2
  2. Anonymous

    އަވަސް މިންވަރު ކުރައްވާށި އާމީން

    35
  3. ޢަންސާރު

    ލަންކާ އިންޑިޔާ މުސީބާތެއް

    6
    6
  4. ނަވާޒު

    ދެތިން އަހަރުގެ، ދެ ތިނެއް ވީމާ ހައެއް.