މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މާލޭގެ ހާލަތު ސިފަ ކުރައްވައިފިއެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަނދުން ހުސޭން ވިދާޅުވީ "މިތަނަށް ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތްފަދަ ކަމެއް." ކަމަށާއި ނަމަވެސް މާލޭ ރައްޔިތުންނަކީ ކިޔަމަންތެރި ބަޔަކަށް ވާތީ ވެރިން ރަނގަޅު ގޮތެއް ހައްދަވައި ދެއްވާނެ ކަމުގެ އުއްމީދުގައި އަދިވެސް މަޑުން ތިބީ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ވެށިފަހި" މާލެ ޕްރޮގްރާމަށް އިޝާރާތް ކުރައްވާ އަނދުން ހުސައިން ވިދާޅުވީ އެޕްރޮގްރާމްގައި ސަރުކާރުން ބިން ދޭން ނިންމި 160 ވަރަކަށް މީހުންނަށް އަދިވެސް ބިން ނުލިބޭ ކަމަށާއި ނަމަވެސް އެމީހުންނަށް ވަރަށް އަވަހަށް ބިން ހަމަޖެހިގެން ދާނެ ކަމަށެވެ.

"ޝައްކެތް ނެތް ގޮތުގައި މާލޭގެ ރައްޔިތުންނަށް ގްރޭޓަރ އިންޑަސްޓްރިއަލް ޒޯނުން ބިންދޭން ޖެހެ. މާލެއަށް އުފަން މާލޭ މީހުންނަށް ބިމާއި ފުލެޓް ދޭން ޖެހޭ. އެއީ ޝައްކެތް އޮތް ކަމެއް ނޫން." އަނދުން ހުސޭން ވިދާޅުވިއެވެ.

މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގްރޭޓާ މާލޭ ޒޯނުން ބިން ދޭނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކަން ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

"ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން، މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން ގޯތި ދިނުމަށް އެމްޑީޕީން ވަނީ ދާދި ފަހުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދިފައެވެ.

މާލޭގެ މީހުން ދިރިއުޅޭ ޖާގައަކީ ''ކޯސްޓް ކިރު ދަޅު'' ވަރުގެ ޖާގައެއް ކަމަށް އަނދުން ހުސޭން ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރައްވާ އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަކީ ކިޔަމަންތެރި، ބަސްއަހާ އަދި ފަޚުރުވެރި ބައެއް ކަމަށެވެ. އެކަމަކު ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.

"80، 90 އަހަރުވީ އަޅުގަނޑުމެންގެ (މާލޭ ރައްޔިތުންނަށް) ފްލެޓްގަޑެއް ބިންކޮޅެއް ނުލިބިދާތާ. މުޅި މާލެ ހިއްކާ، ކޮންމެ ސަރުކާރަކުން ހައްގުވެރިންނަށޭ އޭގެ އެންމެ ބޭނުން ޖެހިފައިތިބި މީހުންނަށޭ. ކިޔާފައި ބަހައްޓާފާ ހިއްކާލަ ބިންކޮޅު ހިތުހުރި ގޮތަކަށް ބަހާލަފައި. މީއީ މާލޭ މީހުންގެ ރަށެއް. މާލޭގެ ރަށްވެހިންގެ ރަށެއް މާލެ އަކީ." އަނދުން ހުސޭން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޮތުގައި، މާލޭ ރައްޔިތުންގެ ދިފާޢުގައި ވާހަކަ ދައްކަނީ އެއްވެސް ވަރަކަށް ރާއްޖެތެރޭ ރައްޔިތުންނަށް ތަފާތު ކުރާކަށް ނޫނެވެ. އަދި މި ސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން ތަފާތު ނުކުރާނެ ކަމަށާއި، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޢަސާސީ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އަނދުން ހުސޭން މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ވެސް ވަރަށް ގިނަ ފަހަރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

99 ކޮމެންޓް

 1. ނަޖްވާ

  އަނދުން ހުސޭނު ބުންޏަސް ތީ ހަމަ ތެދު ވާހަކަ އެއް ކަމަށް ބުނެވޭނީ!

  27
  140
  • ދޮނާ

   އެމްޑީޕީ އަކީ ހަމަހަމަކަށް ގޮވާލާ ޕާޓީއަކަށްވެފައި މާލޭމީހާއި ރާއްޖެތެރޭމީހާ ތަފާތުކުރުންމުން ދެރަވޭ. އެމްޑީޕީގެ ހަޤީޤީ ސިފަ ތި ފެންނަނީ

   82
   8
   • ހައްޕު

    ދޮނާ އަށް އެމްޑީޕީއަކީ ކޮންބައެއްކަން އޮޅިފަ އޮތަސް އަހަރުންނަށް އިނގޭ އެމްޑީޕީއަކީ ކޮބައިކަން.ވޯޓު ހޯދަން ދަޅަދައްކައިގެން މޮޅު ވައުދުވާނެ އަދި ހޮވުނީމަ ގޮވާނެ ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންނޭ ތިމަންމެނަށް.ރައީސް އޮފީހުގަ މިހާރުހުރި ވެބްކެމް މިނިސްޓަރ ނޫންތޯ ބުނީ އެމްޑީޕީގެ މީހުންނަށް ފްލެޓުދީފަ ބާކީހުރީޔާއޭ އެހެންބަޔަކަށް ލިބޭނީ.މިއީތޯ ހަމަހަމަ ކަމަކީ.ޕާޓީ ލޯގޯއަކަށް ތިލަފަތެއް ލައިގެން ނަމުގަ އުޅެނީ.ދެން މިގޮވަނީ ގުދޯގުދޯ

    46
    1
    • ޭއެއްކަލަ

     ބަލަ އަހަރުންދަންނަ ރާއްޖެތެރެ މީހުންވެސް އެބައުޅޭ ރާއްޖެއިން ބޭރުގަ ވަޒަންވެރިވެގެން، މާލެއިން ތަންތަން ގަނެގެން އެހެންމީހުންނަށް ކުއްޔަށްދީގެން ފެލައިގެން. ޢެއީކީ މާލެ މީހާއެއް ނޫން. މާލެ މީހުން އެބައުޅޭ ތަންކޮޅު ކުޑަކަމުން ހެދޭނެ މަގެއް ނުފެނި، އެެއް ކޮޓަރީގައި ދަތިހާލުގައި. ޢެކަމުވެސް ހަމަ ނަން މިވަނީ މާލެ މީހާ.

     11
     1
  • އަން

   މާލޭމީހުން ބޮޑުއަގުގައި ގެ ކުއްޔަށް ދީފައި ސިނަގަޕަޫރު މެލޭޝިޔާ ތައިލެން ލަންކާ ފަދަގައުމުތަކުގައި އުފަލުގައި އެއުޅެވެނީ ސަރުކާރުގެ މަކަރުވެރި ސިޔާސަތުގެ ދަށުން ރާއްޖެތެރެއަށް އެއްކަމެއްވެސް ކޮށްނުދޭތީ. މާލޭމީހުން ދެއަތްއުރާލައިގެން ތިބެ ލާރިލިބޭނެ މަގު ފަހިކުރަނީ ސަރުކާރުން.

   71
   10
  • ހައްޤުބަސް

   ބަލަ މާލެ ހިއްކެން އޮތްވަރަށް ފަޅާ ހަމައަށް ހިއްކާ ނިންމާފަ ބިންތައްވެސް މާލޭގެ ރަޖިސްޓްރީ އޮތް މީހުންނަށް ދީފަ އޮތީ.. ނުވިތާކަށް ޖެހިގެން އޮރް ވިލިނގިލި ވެސް ކާލައިފި މިހާރު ތިޔަ ދިމާކުރީ މާލެ އަތޮޅުގެ ހުރިހާ ފަޅެއް ކާލަން.. ކޮބާ މި ކ އަތޮޅު އެހެން ރައްޔިތުންގެ ހައްޤު؟ ރާއްޖޭގެ ކޮން ރަށަކަށް އެރަށެއްގެ ބިން ފުރުނީމަ ޖެހިގެން އޮތް ރަށާ ކައިރީގަ ހުރި ފަޅުތައް ދިނީ؟ މާލޭ މީހުންނަށް ވަކި ލިބެންޖެހޭތަ؟ ފަހަތައް މާލެ ލާފަ.. ވިލިމާލެ ހުޅުމާލެ ތިޔަހެން ދަންޏާ ދުވަސްކޮޅަކުން ހއ ތުރާކުނަށް ބެސް ތުރާމާލެ އައްޑޫ ގަމަށް ގަންމާލެ ކިޔާ ހިސާބަށް ދާނެ.. އިޒުރޭލު ޔަހޫދީން އުޅޭހެން މި އުޅެނީ ކޮން ބައެއްކަން ވަރަށް ސާފު..

   44
   6
   • ސައިއްޓޭ ރ އުނގޫފާރު

    ހަމަ ހަޤީޤަތުގަވެސް ވަރައް ތެދުކަންބޮޑު ހަޤީގަތެއް ތިހާމަކުރީ

    12
    8
  • Anonymous

   މިކަހަލަ ނުކިޔަވާތިބި ޤަމަރުން ލައިގެން މަޖިލީސް ހިނގުމުން ރައްޔިތުންގެ ހަމަހަމަކަން ގެއްލޭނެ އަދި މީ އިތުރު ބައިބައިވުންތަކެއް އުފައްދަން ގަމާރު ދެއްކި ވާހަކައެއް.

   5
   1
  • ރާއްޖެތެރެ

   އަހަރުމެންގެ ރައީސާއި ނައިބު ރައީސް ގޮވައިގެން އަހަރުމެން ގޮއްސާނަން އޭރުން ކަލޭމެން ތިބޭނީ ނުކައި. ކާންވެސް ބޯންވެސް ދެނީ އަހަރުމެން

 2. ތާޖު

  ކަލޭމެން ރާއްޖެތެރޭ މީހުންނަށް އެމީހުންގެ ރަށުން އާމްދަނީ ލިބޭނެގޮތާއި ތައުލީމާއި ސިއްޚީހިދުމަތް ލިބޭނޭގޮތް ހަދާދީބަލަ. އެއިރުން ކަލޭމެންނަށް ކުލިދައްކަން ނުދާނެ.

  148
  15
  • އައްކޮ

   މިހާރަކު ނުކިޔޭނެ ތިހިނެއް. މިހާރު ތިޔަބުނާ ހުރިހާކަމެއްވެސް ކުރެވޭނެ ރައްރަށުން... ތިޔައުޅެނީ މާލޭގެ ރީތި ކުދިންނާ މާލެ ބިންތައްފެނިގެން...

   12
   58
   • އަޙްމަދު

    މިނާ މިގޮތަށް ވާހަކަ ދައްކާއިރު މަޖްލީހުގެ މެޖޯރިޓީ އިޒްރޭލް (ރާއްޖެތެރޭ) މިހުންގެ އަތުގައި އޮވެގެން އެމީހުން ބޭނުން އެއްޗެއް ކިޔުމުގެ ފުރުސަތު ދެވިގެން ނުވާނޭ.

    8
    4
    • ނޭފަތު ލޯވަޅާއިލޯވަޅު

     ކަޅުވިޔަސް ދޮންވިޔަސް ކީތް ކުރާނީ، ތިހެން ކިޔާލަ ކިޔާލަ ހުންނަން ޖެހޭނީ. ބޭނުން އިރަކު މާލެ އަރާފަ ފައިބާއިފަ ބޭނުން ކޮންމެ ސަކަރާތެއް ޖަހާނަން. ހަހަހަހަހަހަހަހަ. މާދަންވެސް ކަލޭ ވެސް މީހަކާ އިންނަންވީމަ ބަލާނީ ލާރި ހުރި މީހަކު ލިބޭތޯ. ބަލާ އިރު އަހާން ކަމަކުދާކަށް ނެތް، އެއްކަލަ ލާރިއޭ ކިޔާ އެއްޗެސް މިހުރީ އަހަރުން ކަހަލަ ކަޅު ހަކުރާ ކަލޭ ތިބުނި ކަހަލަ ވަޅު ފެންބޮއެގެން ހުރި މީހުން އަތުގަ. އަތުގަ އަމިއްލަ ގެ ދޮރު ހުރެފަ އެގެ ނުހެދިގެން އަހަރުން ކަހަލަ ކަޅު މީހުން ދިގު މުއްދަތަށް ގެ ހަދަން ނަގަން ޖެހެނީ ތިކަހަލަ ބުރުސޫރަ ރީތި މީޙުންގެ ހުންނަ ކަންނެތް ކަމުން. އަހަރުން ކަހަލަ ކަޅު ރާއްޖެ ތެރޭ މީހުން ނެތް ނަމަ މި ހަމަ ސީދާ ހަނަފަސް ސަހަރާ އެއް. ޝުކުރު ކޮށްބަލަ އަހަރުން މިތަނަށް އަރާ މިތަން މިވަރު ކޮށްދިނީމަ. ބޮޑާ ވެސް ވާ ބަޔެކޭ. އަދި ރަގަނޅު ބިމެއް ލިބިއްޖެއްޔާ މި އެއްޗެހިންގެ ބޮޑާވެރިކަމާއި ކިބުރުވެރިކަން މީހުންގެ ލޮލުން ނުދެކޭނެތްނު. ކީތް ކުރާނީ؟ ކީތް ކުރެވޭނީ. މައްސަލަ ޖައްސަން ކަމާ ބެހޭ އިދާރާ އަކަށް ދާ އިރު އެތާ ވެސް މިހުންނަނީ ރާއްޖެތެރޭ މީހެއް. އެންމެ މައްޗަށް މި މައްސަލަ ގެންދާ އިރު ރާއްޖޭގެ ރައީސް އަކަށްވެސް މި ހުންނަނީ ހަމަ ހަން ކަޅު ވަޅު ފެން ބޮއެގެން ހުރި މީހަކު. ދެން ކެ ކުއްޔަށް ދީގެން ލިބޭ އެއްޗަކުން ފުއްދާލާއިގެން އުޅޭ.

     1
     2
     • 'X'D

      ވަރަށް ދެރަ ވެއްޖެ ދޯ..

   • އަޙްމަދު

    މާލެގައި ރީތި ކުދިން އުޅެނީ ކޮންތާކު ތޯ؟

    12
    4
    • ލޮލާލޯ

     ރާއްޖެތެރޭ ރީތި މީހުން ދައްކަބަލަ. ތާނގީ ވަޅު ފެން ބޮއެގެން ޖެހުނު ހަކުރަކާ ތެލާ ކައި ނުތާހިރު ކަމުން ގޮސް އެހާ ނުތާހިރު. އެހެންވެގެން ގޮސް ކަލޭމެން ކަޅުވެފަ ހުންނަނީ.

     4
     10
   • ބޯގޯސް

    މާލެއިން ރީތިވެެގެން ތިއުޅެނީ މާލޭ ކުދިންތަ؟ މާލޭ މީހަކުވިއްޔާ އެތިބީ ބޭރުގަ.

    9
    2
  • ޢަލިބެ

   ހުރިހާކަމެއް ފުރިހަމަ ކުރިޔަސް ތިބޭނެ. މިހާރުވެސް ރަށްރަށުން ކިޔަވާ ކިތައްކުދިންތަ އެންމެމޮޅުކޮށް ފާސްވާކުދިންގެ ތެރޭގައި ހިމެނެނީ. ރަށްރަށުގައި މަސައްކަތްކޮށްގެން ފުދުންތެރިކަމާއެކު އުޅޭއެތައްބަޔަކު އެބައުޅޭ. މަސައްކަތެއް ކޮށްގެން އެއްޗެއް ހޯދުމުގެ ބަދަލުގައި މީހުންނަށް ސަލާޖަހައިގެންނާއި އަނބިމީހާ ނުވަތަ ދަރިއަކު ބަލުވެގެންނޭބުނެ ދޮގުވާހަކަތައް ދައްކައިގެން ލާރިހޯދަން މަސައްކަތްކުރާ ކިތައްމީހުން އުޅޭތޯބަލާބަލަ.

   18
   7
 3. ޢަލީ

  ހުސައިނާ ކަލޭ ތިހާހިސާބަސްދިޔައީވެސް ތިބުނާ ރ މީހުން މަސައްކަތްކޮށްދީގެން މިއަދު އެމީހުންމަތިން ހަނދާން ނެތުނީދޯ؟ މާލޭމީހުން ރ މީހުންނަށް ތަންތަން ކުއްޔަށްދީގެން ލާރިހޯދައިގެން މެލޭޝިޔާ ސިންގަޕޯރއިން ފްލެޓް ގަންނަކަމެއް ހަނދާނެއްނެތްތަ، މީ ހާދަވަރެއްގެ ބޭކަލެކޭދޯ؟ އާނ ހަތަރުކަށިމަތި މާލޭދޯ؟

  98
  9
  • ސިކުނޑި

   އަނދުންގެ ބޮޑު ކުލީގައި ރަށްރަށުގެ މީހުން އަށް ދީގެން ތިވަރުވެފަ ތިހުރީ..... ލަދުހަޔާތް ކުޑަ

   41
   5
 4. ބެއްޔާ

  އަހަރުމެން ބޮޑުވެގެން އައިއިރު މާލެ އޮތީ ހިއްކިބިންވެސް ރަށްވެހި ނޫން މީހުންނައް ދީ ނިންމާފައި! އެކަމަކު އަތޮޅުތެރޭގެ އެއްވެސް ރަށަކުން މާލޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް! ސިޓީ ލިޔަސް ބުނަނީ ތިޔައީ މިރަށުގެ މީހެއް ނޫނޭ! ނުލިބޭނެޔޭ!

  24
  64
  • ގަބޭ

   ތިއީ ކަނޑަ އެޅިގެން ދޮގެއް! ލ.ގަމުގެ މީހުނަށް ގޯތި ދޫނުކޮށް މާލޭ މީހުނަށް ގޯތި ދޫކޮށްފަ އޮތީ ހަބޭހަށް! ބަލާބަލަ، މިހާރު ގެސްޓު ހައުސްހަދައިގެން އެއޮށްގެން ނަގާ ފައިދާ! ރަށު މީހަކަށް ލިބުނު އެއްޗެއް ކޮބާ ؟؟؟؟؟ މާރިޔާ ގެސްޓު ހައުސް އަނެއް މީހެއްގެ ގެސްޓު ހައުސް މިހެން ގޮސް ނަން ހުސްކޮށް!

   28
   5
 5. 19 ނަވާރަ

  އޯ އެހެންވެތޯ މަނިކު ހެންވޭރު ސަހަރާ ހިސޯރުކޮއްފައި އެއޮތީ. މަނިކަށް މަންފާލިބޭގޮތައް. އެތަނުގެ އެއްބައި މަނިކު ރަގިސްޓްރީ ކުރަންވީނޫންތޯ ގްރޭޓާމާލޭ ޒޯން އިން. އަދި އައިޝާއަށް ދިހަ ބުރީގެ އިމާރާތެއް ހަދާދީ އެތަނުގައި. ގައިމު މިހާރު ތި މަނިކު އަތުގައި ޒީރޯ ޓޮލަރެންސްގެ ދަށުން 700 އުޅަދު ގެ ގަރާޖް ލާއި ލިބިފައި ހުންނާނީ.

  73
  3
 6. މާމީ

  ތިބޭފުޅާ އައް ދަންނަވާލަން އޮތީ އަޅުގަނޑު މެން ރާއްޖެތެރޭ މީހުން މާލެ އައިސް މާލޭ ބޭފުޅުން އަތުން މާލޭމީހުންގެ ގެދޮރު ފޭރިގެނެއް ނޫނޭ އުޅެނީ މާލޭ ބޭފުޅުން ބުނިއަގަކަށް ކުއްޔަށް ހިފާގެންނޭ އިނގޭތޯ،، މިހެން ދިމާވަނީ މާލޭ ބޭފުޅުންގެ ނިކަމެތިކަމުން ކަން ތިބޭފުޅާވެސް ގަބޫލުކުރަން ޖެހޭނެ. އެއީ ތިބޭފުޅާ މެންގެ ގެ ކިތައް ފުލޯތޯ ރާއްޖެތެރޭ މީހުނަށް ބޮޑު އަގުގަ ކުއްޔައްދީފަ ހުރީ ވީމާ މާލެ އޭ ކިއާފަ ތިބޭފުޅާ އައް ނެއް ވާހަކަ ދެއްކޭ ކަށް ސަލާމް.

  88
  8
 7. ސޯނަމް

  ގަވާއިދާ ޚިލާފަށް ތިމާގެ ނަމުގައި އެތެރެކޮށް ރަޖިސްޓްރީކޮށްފައި ހުރި އެތައް ބައިވަރު ވެހިކަލްތަކުގެ ވާހަކަ ދެއްކިއްޔާ މާތާހިރެއްނު ! މާލެއިން މާލެ ނޫން އެހެން އެންމެން ބޭރުކޮށްބަލަ މިތަނެކޭ ތިއޮތް ފޭދޫފިނޮޅެކޭ ތަފާތެއްވޭތޯ ބަލަން. އެއިރުން ކަލޭމެން އަގުބޮޑު ކާރު ގަންނަން ކުލިދޭނެ ބަޔަކު ތިބޭނެތަ ؟

  85
  5
 8. ދެބޯ ގެރި

  ބަލަ ހުސޭނާ ރާއްޖެ ތެރޭގެ ރައްޔިތުން އިޒްރާއީލްގެ ޔަހޫދީންނައް ހަދައިގެން ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭންގޭ ހާލަތައް ދިޔުމަކީ ހިތާމަ ހުރި ކަމެއް.. މާލޭގައި ދިރިއުލޭ ފަލަސްތީނުގެ ދަރިފަސްކޮޅައް ކައިބޮއިވެސް އުޅެވެނީ ރާއްޖެތެރޭގައި ތިބި ހީވާޤި މަސައްކަތްތެރީން ކުރާ މަސައްކަތުން ލިބޭ ފައިސާކޮޅު މާލޭގައި ދިރިއުޅޭ ފަލަސްތީނު މީހުންނައް ކުލީގެ ގޮތުގައި ދެމުން ގެންދާތީކަން ނޭންގެނީ ހަމަ ބުރާންތި ކަމުންތޯ....؟

  81
  7
 9. ރާއްޖެތެރޭސޮރު

  ކަލޭ ބަފާ ރަށެއްތަ މާލެއަކީ، ދެން ކީއްކުރަން ދައުލަތުގެ ބަޖެޓުގެ 75 % މާލެއަށް ތަޅާ ބުރުއްސަނީ. މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭމީހުން ގެ ލެއިންނޭ..........މާލޭ ބޭފުޅުންނަކީ ކަންނެތް، ތަޢައްސުބުން ފުރިފަތިބި ނުބައި ނާތަހުޒީބު މީހުން...

  86
  9
  • މާލެ

   ކޮބާ ހެކި؟ ދޮގުވާހަކަ ނުދައްކާ... ތީހުސްދުގު...

   8
   12
 10. ޒަނާޝި

  އެހެންވެ ދޯ މާލޭ މީހުން ރާއްޖެތެރޭ މީހުންގެ ލޭ ބޮމުން ދަނީ.

  57
  6
 11. މަކިނބޫ އެޓް ދުބާއީ

  މަށަކީ ވެސް މާލެއަށް އުފަން މާލޭ މީހެއް. އެކަމަކު މަށަކަށް ނޯވޭ ގޯޗެއް ނޫނީ މާލެއިން. ބިމެއް. ލިބިފައެއް. އެކަމަކު. މަތަންތަނަށް އައިސްގެން. އުޅޭ ރާއްޖެތެރޭ. މީހުންނަށް މާ ފަސޭހައިން މާ އަވަހަށް ގޯތި ލިބޭ. ލޮލް

  15
  52
 12. ގެރި މޯދީ

  ކަލޯ ކަލެޔަށް އެނގޭތަ އަހަރެމެން ނިކަމެތި އަތޮޅުތެރޭ މީހުން ފެލައިގެން ތިޔަބުނާ މާލޭ ކިތަށް މީހުން ރާއްޖެއިން ބޭރުގަ އަޗާ ތަޅަން އުޅޭކަން. ހުޅުމާލޭ ހިއްކާފަ އެއޮތީ އަހަރއމެންގެވެސް ލާރީގަ. ވަކި އެކަނި މާލޭ މީުންނަށް ބިން ދޭކައް ނުޖެހޭ.

  65
  9
  • ހަސްކޮ

   ރަށުން ބިންހޯދަބަލަ. ކީއްކުރަންތަ މާލެއަށް ވެރިވެގަންނަން ތިޔަ އިުޅެނީ

   9
   18
   • ގެރި މޯދީ

    ތިގޮލާ އޮވެބަލަ މާލޭގަ!!! އަހަރެމެން އަތޮޅުތެރޭ މީހުން ދިނީމައޭ ކައިގެން ބޮއެގެން ތި ތެޅެނި...

    6
    4
 13. އަދުނާން

  އަދުން ހުސައިން ތި ބޭފުޅާއަކީ ހަތަރުކަށިމަތި މާލޭ ބޭފުޅެއްތޯ؟؟؟؟ ކަލޭމެން ރާއްޖެތެރޭ މީހުނަށް މަލާމާތްކުރުމާއި ތަފާތުކުރުން ހުއްޓާލާ. މާލޭމީހާ އާއި ރާއްޖެތެރޭ މީހާވެސް ޤާނޫން ކުރިމަތީ ހަމަހަމަވާންޖެހޭނެ. ތީވިއްޔާ އެންމެ ހަމަހަމަކަމަށް ދައުވާކުރާ ޕާޓީއަކީ.

  58
  2
 14. ތިތިބެ

  ތިޔަ އަމްޑިީޕީ އަށް ރައްޔިތުން މަޖްލިސް މެޖޯރިޓީ ދިނީ މާލޭގެ ގޯތިގެދޮރުގެ މައަސަލަތަކަށް އަވަސް ހައްލެއް ހޯދުމަށެވެ. އިތުރު ޕުރޮޖެކްޓްތައް މަޑުޖައްސާލައިގެން ނަމަވެސް ހުޅުމާލޭގައި ކުރިއަށް 3އަހަރުތެރޭގައި މަދުވެގެން 30،000 ފުލެޓް އަޅާއިފިިނަމަ، މާލޭގެ ބޯހިޔާވެހިކަމުގެ މައްސަލަތަކަގެ ތިންބައިކުޅަ ދެބައި ހައްލުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން މިސަރުކާރަށް ކުރާ ތާއީދު އިތުރުވެގެން ދާނެއެވެ.

  21
  11
 15. ނަޑޭ

  ރައްޔިތުންނޭ..... އަދިވެސް ހޭއަރާކަށް ނުވޭތަ..... އެމް.ޑީ.ޕީގެ ހަޤީޤީ ކުލަ އެބަފެނޭއެއްނުން. ކޮބާ ހީވޭ ކަމެއްހެން. މާދަމާ މާލޭމީހުން(އިޒުރޭލްމީހުން) ރައްޖެތެރޭމީހުން(ފަލަސްތީނުމީހުން) ތަޅާ ބޭރުކުރާނެ ނޫނީ ބޮޑު ކުލީގައި ދެންވެސް އުޅެންވާނީ ކިތައްމެ ގިނަ ފުލެޓެއް އެޅިޔަސް. މިހާރުވެސް ހުޅުމާލޭގައި ގިނައީ ލަގްޒަރީ ފުލެޓް އެއީ ރިއަލްއެސްޓޭޓް ގޮތުގައި ބޭރުގެ ބޮޑެތި މަހުޖަނުން މިލިޔަނުން މިލިޔަން ފައިސާއަށް ވިއްކުމަށް.

  41
  2
 16. ސަންފައްތަ

  އަހަރުމެން މާލެއައީ "މާލެ" ބޭނުންވެގެނެއްނޫން. މާލެ މާ ރީތިވެގެނެއްވެސް ނޫން. އަހަރެމެންގެ ރަށުގައި ތިބެގެން ބޭސްފަރުވާ ނުކުރެވޭތީ. ރަށުގަތިބެގެން ދަރިންނަށް ކިޔަވައިނުދެވޭތީ، ރަށުގަ ތިބެގެން ވަޒީފާގެ ފުރުޞަތު ނުލިބޭތީ، ރަށުގަ ތިބެގެން އެއްވެސް ޚިދުމަތެއް ނުހޯދޭތީ. މިހުރިހާ ކަމަކަށް މާލެ އަންނަން ސަރުކާރުން މަޖުބޫރުކުރާތީ. އެއީ އަހަރުމެންގެ އަތުން ކަލޯމެންނަށް ފައިސާ ހޯދަދޭންވެގެން ކޮށްފަ ހުރި ކަންކަން. ވަޒީފާއާއި ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ފުރުޞަތު ރަށުން ލިބޭނެގޮތް ހަދައިދިނީމަ އަހަރުމެން ކަލޯމެންގެ ގެދޮރު ކުއްޔަށް ހިފާކަށް ނާންނާނަން.

  44
  3
  • ނަން ވާނީ ކަން

   ތިމީހުންގެ އެމްޑީޕީ މީހުން ވައުދުވި ހުރިހާ ކަންކަމަށް. އެހެންވީމާ ވޯޓު ވެސް ދިނީ. ކޮބާ ކަމެއް ވެއްޖެތަ އެހެންނޫނީ މިހާރު ހުންނާނީ ކަލޭމެންގެ ރަށުގަ އަރާމުގަ ރަށް މާލެ އަށް ހަދައިގެން.

   4
   1
 17. ރާއްޕެ

  ހުޅުމާލޭ ފޭސް 2 ހިއްކާ މަގުތަކާއި ފެނާއި ނަރުދަމާ ފަދަ މުހިއްމު ޚިދުމަތްތައް އެޅުމުގެ އަގާއެކު އަކަފޫޓަކަށް 3000 ރުފިޔާ ޚަރަދު ކުރެވިފައިވާ ބިމަކުން ވަކި މާލޭ މީހުންނަށް ހިލޭ ބިން ދިނުމަކީ ކޮންކަހަލަ ހެޔޮވެރިކަމަކާ އިންސާފެއްތޯ އަދުން ޙުސޭނު މެން ފަދަ ރައްޔިތުން އިންތިޚާބު ކޮއްފައި ތިއްބެވި ބޭފުޅުން ޒާތީ ތަޢައްސުބުން އެއްކިބާވެ އިތުރަށް ވިސްނަވާ ލައްވާ! އަދިވެސް އިންތިޚާބުތައް ކުރިޔަށް އޮތްކަން ހަދުމަފުޅޫ ބަހައްޓަވާ،!!!

  37
  2
  • ސައްފަތު

   ޤުދުރަތީގޮތުން އުފެދިފައޮތް ފަޅުރަށަކުން މާލޭމީހުންނަށް ގޯތިދީބަލަ. ރާއްޖެތެރޭ މީހުންނަށްވެސް ގޯތިދެނީ އެގޮތަށް އޮންނަ ރަށްރަށުން. ބޮޑުއަގުދީގެން ބިންހިއްކާ، ފެނާއި ނަރުދަމާ އަޅައި، ކަރަންޓްލައި މަގުތަކުގައި ތާރުއަޅާ މިހުރިހާ ކަމެއްކޮށްފަ މާލޭބޭފުޅުންވީމަ ހިލޭ ބިންދިނުމަކީ ވަރަށް ބޮޑު އަނިޔާއެއް.

   8
   3
   • ކޮބަ

    މާލޭ މީހުން ނުޖެހޭ ކަލޭމެން އުޅޭ ގޮތައް ކޮޕީ ޕޭސްޓު ކުރާކަށް މާލޭ މީހުންގެ ތަންތަން އެމީހުންންށް ދީފަ ރާއްޖެތެރޭ މީހުން ގޮނޑު ދޮށުގަ ނާޗަރަނގީ ކުޅެން އަމިއްލަ ރަށަށް ދިޔައިމާ ނިމުނީ. އެކުގަ ނާޗަރަނގީ ކުޅޭނެ ކުދިންވެސް ލިބޭނެ ?

 18. ބަޒުރާ

  ކަމެއް ސިފަކުރަންވެސް ނޭނގުނު. ފަލަސްތީނަށް އިސްރޭލް މީހުން އަރައި ފަލަސްތީނު ތަޅާ ސުންނާފަތިކުރަނީ. މާލެއަށް ރާއްޖެތެރޭމީހުން އަރައި މާލޭގައި ކުރިންހުރި ދަނޑިފަނުގެ ފުޅައްތަކާއި ވެއްޓެން ކައިރިވެފަހުރި ގެތައް ނަގައި އެތަންތަން ދިހަ ބާރަ ބުރިޔަށް ނަގައި މާލެ ތަރައްޤީކުރީ. މީހުން ލޮލުގަ އަނދުން އަޅަނީ ލޯ ސާފުކުރާށޭ ބުނާއަޑުއަހަން.

  33
  2
 19. ުއުނދުޅި

  ރާއްޖެތެރޭ މީހުން ތިބީ މާލޭ މީހުން ދިނިއްޔާ ކައިގެން ބޮއިގެން ރަށުން ފުންފުން މާލާފަ ދެދުވަސް ނުވެ ގޮވާނެ. މަމމށަކީ މާލޭ މީހެކޭ

  8
  24
 20. ރާއްޖެތެރޭމީހާ

  ތިބޭޅާގެ ބޮސް ނަޝީދަކީވެސް ވ.ރޭސިސްޓް މީހެއް! އިބޫ ރާއްޖެތެރޭމީހެއްވީމަ ވެރިކަންނުދޭން ދެއްކިވަރު އެމްޑީޕީ ޤަޢުމީމަޖުލީހުގެ މެމްބަރުން ހެކިވާނެ. އީވާއަށް ވ.ރަނގަޅަށް އިނގޭނެ. ޝިހާބަކީ މާލޭގެ އިއްޒަތްތެރި މާތް ބޭފުޅެއްކަމަށްބުނެ ވެރިކަން ޝިހާބަށް ހޯދަދެން ތެޅުނުވައްތަރު ނުދަންނަމީހަކު އެމްޑީޕީއަކު ނޫޅޭނެ

  6
  1
 21. ފަޚުރުވެރި ރާއްޖެތެރޭމީހާ

  ދިވެހި ރާއްޖޭގެ އެއްބައިވަންތަކަން ހިމާޔަތްކުރާ ޤާނޫނުގެދަށުން މިކަލޭގެ ހިފާ ހައްޔަރުކުރަންޖެހޭ އެބަ!

  12
  1
 22. ދިވެހިބިން

  މިދެބަންދިހާރަ ކަލޭގެ ހިފާހައްޔަރުކުރޭ! އޭ ބުރާންޗާ ސިފައިންނާ ފުލުހުންގެތެރޭގަވެސް ގިނަވާނީ ތިބުނާ ރާއްޖެތެރޭމީހުން. މީ ވ.ވާހަކަ

  5
  1
 23. މޭން

  ސައިތާނު ސައިޒްއޮޅިގެން ނޫޅެއްޗޭ

  8
  3
 24. .......

  އޯ ކޭ މާލެ އެއީ މާލޭ މީހުންގެ ތަނެއް...ހުޅުމާލެ މާލެ މީހުންނަށް އެކަނި ލިބެންވީ ގޮތެއް ނުވިސްނުނު...

  7
  1
 25. ހައްޕު

  މާލޭ މީހުން، ރާއްޖެތެރޭ މީހުން. ކޮބާތަ ފަރަގަކީ؟ ހަމަ އެކަނި ދެތަނެއްގަ އުޅޭކަން. މާލޭގެ ވިއްޔާ މިއުޅެނީ ކޮންތާކުން އައި ބައެއްތަ. ހަމަ އިންސާނުންދޯ؟ ދެއް ގެދޮރު ނެތް ވާހަކަ. ހައްލެއް ނުލިބޭ. އަބަދު އެވާހަކަ ދައްކަނީ. އަސުން ހުސޭނު ވެސް ނޫހުގެ ހެޑްލައިންނަށް އަރަން މިވާހަކަ މާވަރަކަށް މިދައްކަނީ. އެއްވެސް ސަރުކާރެއްގެ ހައްލެއް ނުލިބުނު. ހައްގު ވެރިން އަބަދުވެސް ތިބެންޖެހެނީ.

  3
  1
 26. ކަލޯ

  ރާއްޖެތެރޭ މީހުން މާލޭން ބާލާފަ ލިޓްލް ބަނގްލަދޭސް އަށް މިތަން ހަދަންވީނު. އޭރުން ސިންގަޕޫރަށް ވީނު

  7
  1
 27. ކަނަމަނަ

  ކޮބާ އަފިހުންކެވޭ އަދިވެސް މިވަރުންވެސް ރާއްޖެތެރޭ ޔެލޯކުދިން ކޮޅަކައްނުވިސްނޭ މާލެމީހުންނާ ރާއްޖެތެރޭމީހުން ތަފާތުކުރާމިންވަރު، އަދުންހުސޭން މި ފަސްއަހަރު ދުއްވާލާނީ ނަޝީދު ފޫކޮޅުގަހުރި ގުއި ސާފްކުރުމުގައި

  7
  1
 28. ާައަހުމަދު

  ތިކަހަލަ ބޭފުޅުން މާލެއަށް ހޮވަންވީ، ވާހަކަދައްކާގޮތަށް ކަންތަށް ކޮއްދެއްވާފިއްޔާ ކިތަށްމެހާވެސް ރަނގަޅު.

  3
  4
 29. އެންދެރި

  ވެރިކަމުގަ ހުރީ ނަޝީދު އެއް ނޫނެވެ. 1980 ގެ މައްސަލަ ތައް ނުބަލާ ހަމައެނި 2008 ގެ މައްސަލަ ތައް ބަލާނެ ކަމެއް ނެތެވެ. ތިޔަ އުޅެނި އަންނި އަށް ވެރިކަން ހޯދާ ނުދެވިގެންނެވެ.

  5
  1
 30. މަރިއްޔާ

  މީ ހާދަ ގޮތެއް ވެސް ނެތް މީހެކޭ ދޯ. ބަލަ އަހަރެމެން މާލެ އައީ ކޮންމެ މަލޭ މީހަކު ރައީސް ކަމަށް އަރާ އެމީހުންގެ ރަށް ކަމަށްވާ މާލެ އެކަނި ތަރައްގީ ކުރީމަ. އިބޫ ނޫނީ މުޅިންވެސް މާލޭ ރައީސުން ވެރިކަމަށް އައި. އައިސް އަމިއްލަ އެދުން ބޮޑު ކަމުން އަމިއްލަ ރަށް އެކަނި ތަރައްގީ ކޮށްފަ ކެވުނު ވަރަކަށް ކައިގެން ފައިބަނީ. އަހަރެމެން އާއިލާ ދޫކޮށް އައިސް ލިބޭހާ ލާރިއެއް ކުލި ދައްކައިން މާލޭ މީހުންގެ ދަށު ވެގެން ނޫޅޭނަން ރަށުން އަހަރެމެންނަށް ސިއްޚީ ޙިދުމަތާ ތަޢުލީމާ ވަޒީފާގެ ފުރުސަތާ ލިބޭ ނަމަ. ރާއްޖެ ތެރޭ މީހުނާ މެދު މާލޭ މީހުންގެ ހިތުގަ ނަފްރަތް އުފައްދާ ހުޅު ރޯކުރަން ނޫޅޭ. އިސްރާއީލާ ރަށްރަށު މީހުނާ ތި އެއްފަދަ ކުރީ ކަލޭ ހަމަ ހޭގަ ހުރެގެންތަ

  6
  1
 31. ކަލޯ

  މާލޭގެ ރައްވެހިންނައް ފަހިދިރިއުޅުމެއް ހޯދާދޭން ހިއްކިބިންތައް ވަނީ މުއްސަދިންނައް ވިއްކާ ހުސްކޮއްފަ. މާލޭ މީހުންވީމަ ހިއްކާ ބިން ޖެހެނީ ގަންނަން. ރައްރަށުގެ ހިއްކިބިމެއްވިއްޔާ ހިލޭ! ހުރިހާބިމެއްވެސް ހިއްކަނީ ދައުލަތުގެ ފައިސާއިންކަމައް ވާއިރު ރޯމަރު ދުވާލު ވެވޭ މިއައްވުރެބޮޑު ބޭއިންސާފަކީ ކޮބާ؟

  3
  3
 32. މަންޖެ

  މިއީ އަރަތެއްނު. މާލެ މީހުންވީމަ ހުޅުމާލެވެސް، ގުޅީފަޅުވެސް ދެން އޮތް ފަޅެއްވެސް މާލޭމީހުންނަށް. އަހަރެންނަކަށް ނުވިސްނޭ ހުޅުމާލެ މާލޭމީހުންގެ ތަނަކަށް ވާންޖެހޭގޮތެއް؟ ތިޔަބުނާ މާލެ ރަށްވެހިންނަށް ފައިތަޅުވާލަ ތަޅުވާލަ ތިތިބެވެނީ އަަހަރުމެން ރާއްޖެތެރޭ މީހުން ގުދު ބިންދައިގެން ހޯދާ ފައިސާކޮޅު ކުއްޔަށް ދޭން މަޖުބޫރުވެފައިވާތީ. ތިޔަ މާލޭ މީހުންނަށް ލިބިފައި ހުރި ފުލެޓްތަށް އެހުރީ ހުޅުމާލޭގައި ކުއްޔަށްދީފައި.

  8
  3
  • ނުހާ

   ރަށުގަ ކަންކަންވާންއޮއްވަ ކީއްކުރަންތަ މާލެ އަންނަނީ؟ މާލެ ހުޅުމާލެ ގުޅިފަޅު މީހުސްމާލެމީހުންގެ ތަންތަން. އަދި އުތުރުތިލަފަޅުވެސް...

   2
   1
 33. ސަމްސިއްޔާ

  ރައީސްމީހާ ވިދާޅުވީ ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަ ހަމަ އޭ. މިކަލޭގެ މިކިއަނީ ކޯއްޗެކޭ. އަނދުންގެއިން ކުއްޔަށް ލިބޭ ލާރިކޮޅުވެސް މަދުވީދޯ. ހުޅުމާލެއިން ހައެއްކަ ފުލެޓާ ދެތިން ގޯތި ހިލޭ ދޭންވީތަ؟؟

  9
  1
 34. ފާތުން

  ސަރުކަަރު ހުރިހާ ކުންފުންޏަކުން މި ރާއްޖެތެރޭމީހުންގެ ބާރު ކަނޑުވާލަންވީ... ވެރިންނަށް ލާންވީ ހުސް މާލެމީހުން. މިވެސް ވަރަށް ބާރަށް ދައްކަންޖެހިފަ އޮތް ވާހަކައެއް. ކޮންމެސް މެމްބަރަކާ ގުޅައިގެން މާލެކޮޅުން ވަޒީފާއެއް ހޯދައިގެން އައިސް ފުއްޕާފަ ތިބޭނީ މާބޮޑުވެފަ... މަގޭބޭބެއަކީ މެންބަރެކޭ މަގޭ ބޮޑުބެއަކީ ކައުންސިލަރޭކިޔާފަ. ބަލަގަ މާލެ މުއައްޒަފުގެ މެންބަރު ތިޔަ ރާއްޖެ ތެރޭ މެމްބަރަށްވުރެ ބާރުގަދަނުވާނީތަ؟ މާލެމީހުން ނޫޅޭނެ ކަޑަކޮށެއް... ބާރެއްނެތިގެނެއްނޫނޭ މާލެ މީހާ މަޑުން ހުންނަނީ... އަހުލާގު ރަނގަޅުވީމަ... އަނދުންހުސޭނު މިކަމާވެސް އުޅެދީބަލަ.... ޕްލީސް ...

  2
  7
 35. ނިއުމަތު

  މާލެ މީހުންނަށް ފުލެޓް ދިނީމަ ފުލެޓްކުއްޔަށްދީފަ އުޅެނީ މަންމަ ބައްޕަ ގޭގަ ނުވަތަ ރާއްޖެއިން ބޭރުގަ ހަގީގަތުގަ އެއްކަލަ ފުލެޓް ހައްގުވެރިއަކށް ނުލިބެ... މިހާރުވެސް ބަލާބަލަ ކިތަށް މީހުންތޯ ފުލެޓް ކުއްޔަށް ދީފަ ހުންނަނީ.....

  8
  1
 36. ނޫނު

  ސުވާލަކީ މާލެކައިރީގައި ހުރި ފަޅުތައް ހިއްކާ ތަރައްގީ ކުރަނީ ހަމަ އެކަނި މާލޭ މީހުން ދައްކާ ޓެކުސް ފައިސާއިންތޯ؟ ބިން އަދި ފުލެޓް ހައްގުވާ ރައްޔިތުންނަކީ ހަމަ އެކަނި މާލޭ ރައްޔިތުންތޯ؟ ނިސްބަތުން މާލޭ އާބާދީއަކީ ކުޑަ އާބާދީއެއް. އެކި ރައްރަށުގެ ހިޖުރަވެރީން ލައިގެން އިނގޭތޯ މާލޭގެ އާބާދީ ބޮޑު އަދަދަކުން ތި ފެނިގެން އުޅެނީ؟ ހިސާބު ނޭންގޭ މީހުން މަޖިސްއަށް ލީމަ ޖަހާނީ ތިކަލަ ރަމަލު އިނގޭތޯ؟

  6
  1
 37. މަރީ

  ބަލަ އަހަރެމެން މިތަނަށް ގެނައީ މިހާތަނަށް ވެރިކަން ކުރި ހުރިހާ މާލޭ ރައީސުން މަޖުބޫރު ކުރުވައިގެން . ސަރުކާރުން އަތޮޅު ތެރއަށް ޚިދުމަތް ނުދީ މާލެ އަންނަން މަޖުބޫރު ކުރުވީ. މީ އުޅޭ ހިތުން އުޅޭ ތަނެއް ނޫން އެހެން ގޮތެއް ނެތިގެން އުޅޭ ތަނެއް. އަިސްރާއިލް މީހުންގެ ދަރަޖަ ރާއްޖެތެރޭ މީހުނަށް ދޭން ލަދެއް ނުގަނޭތަ.

  7
  1
 38. Anonymous

  ފަޅޯގަހަކާ އަނބު ގަހެއް އިންދޭވަރުގެ އަދި 600އަކަފޫޓު ހަމަވާ ވަރުގެބިންފޮއްޗެއްވެސް އަހަރެމެންގެ ރަށުންލިބޭގޮތް ހަދާދީ!މާލޭ އަހަރެމެން އުޅެނީ މާލޭމީހުންނަށް ކުލިދައްކައިގެން!އިޒްރާއީލު މީހުން ހަދާހެން ބިންކޮޅު ފޭރިގަނެގެނެއްނޫން!ކޮސްވާހަކަނުދައްކާ!އިންޑިޔާ ސިފައިން ބޭރުކުރަން އުޅުނިއްޔާ މާތާހިރުވާނެ

  8
  1
 39. ނިއުމަތު

  އެއީ މާލެމީހުން ލާރިދީގެން ހިއްކާފަ އޮތްބިމެއްތޯ؟ މާލެ މާލެ އަކަށް ހެދީ ބަލަ ރާއްޖެތެރެ މީހުންނޭ...

  9
  2
 40. ކާފަ

  ތިގޮތަށް ފޮނިވެގެން ތެޅެންޏާ ވެރިރަށް ތިނަދޫ ކަމުގައި ހަމަޖައްސަން އަހަރެމެން ނިންމަފާނަން.

  4
  3
  • މާމަ

   ތިޔަހެން ވިއްޔާ ހުވަދޫ ގެންނަންވީނުން ވާ ދަމާފަ ރާއްޖޭގެ މެދައް

 41. ކޮހޯސް

  އަނދުންސޭޓް ގާތުގަ ބުނެލަން ބޭނުންވަނީ ލާމަރުކަޒީކޮށް އަތޮޅުތަކަށް ބާރުވެރިކަން ނުދީ ފާއިތުވެދިޔަ 100 އަހަރު އަނިޔާވެރިކަމުގައި ހެފެހެއްޓީ ތިޔަވިދާޅުވާ މާލޭގެ ވެރިކަންކުރި ރަސްކަލުންނާއި އެކިއެކި ރައީސުންނޫންތޯ؟ އަތޮޅުތަކުގެ ރައްޔިތުން ތިބީ ރަށުބަންދުގައި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންހެން އެއްވެސް އަސާސީހަގެއް ނުލިބި ކަނު އަނދިރީގަ ނޫންތޯ؟ މިކަންވިސްނިވަޑައިގެން އަތޮޅުތަކުގެ މަޖިލިސްމެންބަރުން އިހުލާސްތެރިކަމުން މިރާއްޖެއަށް ލާމަރުކަޒީ ނިޒާމެއް މިއަދު ގެންނާތީވެ މާބޮޑަށް ހިތަށް ތަދުވެގެން އަދުންސޭޓަށް ދެއްކޭ ވާހަކަތަކެއްތީ!! އަތޮޅުތަކުގެ 315،000 ތިންލައްކަ ފަނަރަހާސް + އަތޮޅުތެރޭގެ ރައްޔިތުން ހަމަނޭވާލާނީ ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ހޯދުމަށް ފަހު އަތޮޅުތަކުގައި މާލެއަށްވުރެ ފެންވަރު ރަގަޅު ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ފެކްޓްރީތަށް އެޅުނުދުވަހަކުން. އަނދުންސޭޓު ލޯހުޅުވާލާފަ މަޖިލީހުގެ ގޮނޑިތަކުގައި ތިބިމެންބަރުން ވަކިވަކިން ގުނާލީމާ އަތޮޅުތަކުގެ މެންބަރުންގެ ފުރިހަމަ ޢަދަދު ސާފުވާނެ. އޭރުން ތިޔަހެން ޓީވަތަކަށް އަރާފަ މާލެޔެކޭ ނުވަތަ ރާއްޖެތެރެއެކޭ ކިޔަން ލަދުވެތިވާނެ ނޫންބާ... މިތަނަށް ކިޔާނީ ދިވެހިރާއްޖެ.

  5
  1
 42. ސިކަންދަރު

  ދެން ތިބުނަނީ، ރަށްރަށުން އައިސް ތިބީ ޔަހޫދީންނޭތަ؟ ކަލޭމެންގެ ހުރި މުނާފިޤު ކަމުގެ ބޮޑުކަމާއެވެ!

  7
  2
 43. އައްދު

  ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ ނޭއްގާނިކަމާ ނާތަހިޒީބުކަމާ މުރައްކަބު ޖާހިލުކަމާ ޒާތީ ތަޢައްޞަބުން ފުރިފައިވާތީ ، ތިމާއަކީ މުސްލިމް ދިވެހި ރައްޔިތެއްކަންވެސް ހަނދާނެއް ނެތް. ތިޔަކަހަލަ ގޮފަޅު މުރައްކަބު ޖާހިލުން މެނަބަރުންގެ ގޮތުގައި މަޖިލީހުގައި ތިބޭތީވެސް ހިތާމަކުރަން .

  9
  1
 44. އަލީ

  ކަލޭވެސް އަދި މާލެވެސް ވަށައިގެން ނަރުދާ ޖަހައިގެން ބަންދުކޮއްގެން ހުރޭ... މީ ކީއްވެގެން އުޅޭ ބުރާންޗެއްތަ؟ މާލެ އެއީ ކަލޭ ވިހޭރޭ މަހަށް ވެއްޓުނު އެއްޗެއް.. ބަގުޑި ބައްދައިގެން އޮވޭ...

  8
  1
 45. ރަހީލް

  މާލޭ ގައި ތިބޭނީ ބޭފުޅުން، މާލޭބޭފުޅުން ތިމާމެންގެ ގެދޮރު ރާއްޖެތެރޭ ނިމަމެތިންނަށް ބޮޑުއަގުގައި ކުއްޔަށް ދީފައި ސިންގަޕޫރަށް މެލޭޝިޔާ އަށް ބެންކޮކަށް، ޑުބާއީއަށް، ޔޫކޭ އަށް ގޮސް އަރާމުގައި ދިރިއުޅެނީ. އެމީހުންގެ ދަރީން ރާއްޖެއަންނަނީ ޗުއްޓީ ހޭދަކޮށްލަން. ހަމަ ގެސްޓުންވެސް އަންނަ ބީދައިން. އަހަރެމެންނަށް މިޖެހެނީ ލިބޭ މުސާރަކޮޅު ކުއްޔަށް ދީގެން ދަރިންނަށް ކިޔަވައިދިނުމަށް ގަނަތެޅެން. ޓީވީއަށް އަރައި މޮޅު ވާހަކައެއް ބުނެވިއްޖިއްޔާ ކޮންމެ މީހަކަށްވެސް އެނިމުނީ.

  9
  2
 46. އަހުމަދު އިމްރާން

  އަތޮޅު ތެރޭގެ ހުރިހާ ރަށްރަހުން ނަގާ ޓެކުހާ އަދި ރާއްޖޭގެ ގިނަ ރިސޯޓުތަ ހުރީވެސް އަތޮޅު ތެރޭގައެވެ، އެހުރިހާ ރައްތަކުން ނަގާ ޓެކްސް އިން މާލޭގެ ތަންތަން ހަދާ މާލެ ހަމަ އެކަނި ތަަރައްގީ ތިކުރަނީ.. ރާއްޖޭގެ އެންމެހާ ރައިޔަތުންގެ ހައްގެ ނުހައްގުން މާލެއަ ހަރަދުކޮއް ހަމަ އެކަނި މާލެ ތަރައްގީ ކޮއްގެން ނުވާނެ...
  ތަފާތު ހިސާބުންދައްކާ ގޮތުގާ ރާއްޖޭގެ %75 އިންކަމް ލިބެނީ އަތޮޅު ތެރޭގެ ރަށްތަކުން އެހެންކަމުން އެފައިސާއިން އަތޮޅު ތެރޭގެ ރަށްތަކަށް ހަރަދުކޮށް އެރަށްތަ ތަރައްގީ ކޮއްބަލަ އޭރުން ތިބުނާ މާލެ އަކަށް މީހުން ދާންޖެހޭ އެވެސް ސަބަބެއް ނޯންނާނެ...

  6
  2
 47. Anonymous

  މާލެއާއި ރާއްޖެތެރޭގަވެސް މިއީ ދިވެހިރައްޔިތުން. ގާނޫންތަކާ ގަވާއިދުތައް ހެދިފަވަނީ ތަފާތުކުރުމެއްނެތި. އެކިހާލަތުގަ ދިރިއުޅެން މަޖްބޫރުވެފާ ތިބިރައްޔިތުން ރައްރަށުގަ އާއި މާލޭގަވެސް އުޅޭ. އެއްބަޔަކުގެ ވާހަކަ އަނެއްބަޔަކާދި މާލައް އިނގިލިދިއްކުރާނެ ޖާގަ އެއްވެސް ބަޔަކަށް ނެތް. ތިޔަކިޔާ މާލޭ ބޭފުޅުންނައް ބިންކޮޅެއް ލިބުނަސް ލިބެނީ އެއްހާސް އަކަފޫޓުގެ ބިންކޮޅެއް. ޢެވެސް ތިންހަތަރު މިލިއަން ރުފިޔާއަށް. ރާއްޖެތެރޭ ނިކަ މެތިންނައްގޯތިލިބޭއިރު ލިބެނީ ކިތައްހާސް އަކަފޫޓްބިންތޯ؟ އަދި އެއީކިތައްމިލިއަން ރުގިޔާދީގެންތޯ؟ މިއަދުވެސް އެއްގެއެއްގެ ތެރޭ ތޮއްޖެހިފިތިގެން ދިރިއުޅެން މަޖްބޫރުވެފައިވާތިބި ކިތައްއާއިލާ ދިރިއުޅޭތޯ ބައްލަވާލަވާ!! ޚުދް އަޅުގަނޑަކީ މުޅިއާއިލާ މާލެއަށް އުފަން އާއިލާއެއްގެ މީހަކިން. އަޅުގަނޑުގެ މުޅިއާއިލާގެ 16 މީހުން ތިބިއިރު އެއިން ކޮން މެމީހަކާ އަނބިންއަދި ދަރީން ގޮވައިގެން އެއްގެއެއްގެ ތެރޭ ދިރިއުޅެން މަޖްބޫރުވެފާ މިވަނީ ކީތްވެތޯއާއި މެދު ވިސްނާނެފަރާތެއް ނެތް. ކޮންމެ އިންތިހާބެއް ކުރިމަތިވާއިރު ބޮޑުއާއިލާއެއް އޮތްނަ މަ ސިޔާސީ ފަރާތްތަކުގެ އަ މާޒަކަށް މިފަދަ ކޮން މެއާއިލާ އަކީ ރަނެއް. އެކިކަހަލަ ދަޅަދައްކާ ހުވަފެން ދައްކާގެން ވޯޓުލިބޭހިސާބުން އެހުވަފެން ބިލާހައްވާއިރު ތިޔަބުނާ ރާއްޖެތެރޭ ނިކަ މެތިން ނާ އަޅުގަނޑުގެ މިއާއިލާއާއި ދެމެދުހުރީކޮންފަރަގެއްތޯ؟ މިއަދު ރާއްޖެތެރޭ ގަވެސް މާލޭގަވެސް ތިބީ ދާދިއެއްފެންވަރެއްގެ ބައެއް. މާލޭގެ ބޭފުޅުން ތިބީ 1980 އިގެއަހަރުތަކުގަ. މަޖިލީހުގަ މެޖޯރިޓީ މެމ މެބަރުންނަކީ ވެސް ރާއްޖެތެރޭ މީހުން. އެކަމަކު މަޖިލީސް ތެރޭގަވެސް މާލޭގެ ރައްޔިޔިތުންގެ ހައްގުގަ ވަކާލާތުކޮށް އެއްޗެކޭ ބުނާއިރައް ފުމެއަރާގަންނައިރު މާލޭގެ ރައްޔިތަކު މާލޭގެ ރައްވެއްސަކަށްވީ އަމިއްލައަށް އެ މީހާބޭނުންވީމ މަތޯ؟ ނުވަތަ ރާއްޖެތެރޭ މީހާ އެ މީހަކު ނިސްބަތްވާރަށެއްގެ ރައްވެއްސަކަށްވީ އެ މީހަކު ބޭނުންވީމަތޯ؟ އެއްވެސް ހާލެއްގަ އެއީ އަސްލެއްނޫން. ވީ މާ ޒާތީ ވެއެއްބަޔަކު އަނެއްބަޔަކަށް އެތިވަރު ގޮވުމަކީ ފައިދާކުރާނެކަ މެއްނޫން.

  6
  1
 48. ރައްޔިތުމީހާ

  ހުޅުމާލެ 2 ހިއްކީ ރާއްޖެތެރެ ނިކަމެތިންނަށާއި މާލެމީހުންނަށްވެސް ބޯހިޔާވަހިކަން ލިބޭގޮތަށް ހުޅުވާލައިގެން

  5
  3
 49. މިއަދު

  އަޅުގަޑަށްފެނޭ ރާއްޖެތެރޭގެ އަތޮޅުތަކަށް ދައުލަތުގެ މިނިސްޓްރީތަކާއިޑިޕާޓްމެންޓްތައް ބަހާލަން

  6
  1
 50. މުޙައްމަދު

  ކަލޭ ސިކުނޑިއަށް ދިމާވެފައިވަނީ އިޒްރާއީލަށް ދިމާވެފައިވާ ފަދަ މައްސަލައެއް

  7
  2
 51. އާޔާ

  ސަރުކާރުތައް ވީވައުދު ފުއްދުނު ނަމަކަ ހުރިހާ ރާއްޖެތެރޭ މީހުން މާލެ ހުޅުމާލެ އަށް ޖަމާވެ މި ރަށް ރަށުގެ މީހުންނަށް ހަމަ ޖެހިލައިގެން ދިރި ނޫޅެ ވޭވަރަށް ތޮއް ޖެހި ބަންޑުންވެ މިއަދު އުޅޭކަށް ނުޖެހުނީސް. މިހެން ވީމަ އަހަރެމެން ކަހަލަ އަސްލު މާލޭ މީހުންނަށް ލިބެންޖެހޭ ގޯތި ވެސް ނުލިބި މާލެއަށް އުފަން މާލޭ މީހުން އުޅެން ޖެހެނީ ނިކަމެތި ހާލުގަ. ރަށް ރަށުން އައިސް ތިބޭ މީހުންނަށް މާލެ ހުޅުމާލެ އިން ފްލެޓް ކޮންމެހެން ދޭން ނުވެސް ޖެހޭ. އޭގެ ބަދަލުގަ އެމީހުން އެމީހުންގެ ރަށުގަ މިނިވަން ކަން މަތީ ހުރިހާ ވަސީލަތެއް ލިބިގެން އުޅެވެން ދިޔައިމަ އަހަރެމެންނަށް ވެސް ލުޔެއް ލިބޭނެ. މިވާ ގޮތުން އެއް ކޮޅަކުވެސް ނުޖެހި ތަރައްގީ ހަމަ ދަނީ ފެނު އަޑިއަށް.

  6
  1
 52. ކާޅުކެއަސް ސޮއްނުގޮވާ

  މާލޭގެ ބިމެއް ރާއްޖެ ތެރޭމީހަކަށް ނުދޭ . ރާއްޖެތެރޭ މީހުންގެ ފައިސާ ވެސް ބޭނުންކޮށްގެން ހިއްކި ބިމަކީ މާޅޭ މީހުންގެ ތަރިކަ މުދަލެއް ނޫން. އަދި މާލެ އަށް އެކަންޏެއް ނޫން ފަލަސްޠީނަށް ދިމާވި ގޮތަށް ދިމާވެގެން އުޅެނީ. މާލެއާ އަތޮޅު ތެރޭގެ ބިންތަކާ ކަނޑުގެ ސަރަޙައްދު މޯދީ ބޭބެ އަށް ކުޑަ ފައިސާ ކޮޅަކަށް ހުސޭނުމެން ގެ ރީދޫ ހުންޖެހުނު ޕާޓީއާ ގުޅިގެން ހިތާހިތުން ގުޅިގެން ވިއްކާ ހުސްކޮށްލީމަ އަހަރެމްންގެ ދަރީންގެ ދަރީންގެ މުސްތަޤޫބަލު އޮތީ އަހަރެމެންގެ ކާބަފައިން މިޤައުމު އަހަރެންގެ އަތްމައްޗަށް ގެނެސްދިން ގޮތާ އިދިކޮޅަށް މިޤައުމުގެ އިސްލާމީ ވަޙްދަތު ގެއްލި މިހާރުގެ ފަލަސްްޠީން ދަރީން ދިރިއުޅެމުން ފަދަ އަނިޔާވެރިކަމާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިދިއުމުގެ މަގުމަތީ. ރައްޔިތުން މި މީސްމީހުން ދައްކާ ދެކޮޅު ނުޖެހޭ ލޮލަށް ޙަޤީގަތް ފެންނާން ހުރިކަންތައް ބަލާ އަހަރެމެންގެ ދަރީންގެ ދަރީންނަށް މިޤައުމު ސަލާމަތުން ފޯރުކޮށް ދޭން ތެދުވާން ވެއްޖެ. މޯދީ ގެ ބައިގަޑަށް ކައުންސިލް ނުދިނުން އެއީ ބުއްދިވެރި ގޮތަކީ.

  3
  1
 53. ޖިންނި

  އެމް ޑީ ޕީ ގެ އަސްލު ސިފަ ޔަހޫދީ ސިފަ

 54. ނަސްލު

  ދިވެހިރާއްޖެއަކީ ނަސްލީ ތަފާތުކުރުން އޮތްތަނެއްތަ؟ ވަކި ރަށެއްގެ ބަޔަކަށް ވަކި ބިމަކުން ދީފައި މާލެއަށް އަރަން ކުޑަސިޓީ ހަދާފައި އުޅުނު ޒަމާން ނެތިގެން ދިޔަތާ ކިތަންމެ ދުވަހެއް. ޑިމޮކްރަސީގެ ތާޖު އަޅައިގެން ޒަމާނީ ވިސްނުމާއި ތަރައްގީއޭ ކިޔާ މީހުން މިކިޔަނީ ކީކޭތަ؟ ތަހުޒީބު ވިސްނުން ގެންގުޅޭ އެއްވެސް ގައުމެއްގައި އެގައުމުގެ ރައްޔިތުންނަށް އެގައުމެއްގެ ވަކި ތަނެއްގައި ދިރިއުޅެންވާނެ ކަމަށް ލިޔެފައި އެބައޮތްތަ؟ މި މީހުންގެ ނާތަހުޒީބުކަން މިއޮތީ ހައްދުން ނެއްޓިފައި.

  4
  1
 55. އަހްމަދު

  މިކަހަލަ އުޑެއްބުޑެއްނޭގޭ ސައްވީސްގަޑިއިރުހަމައިގަނުތިބޭ ގަމާރުން މިކަހަލަމަގާމުތަކަށް ލާރިބަހައިގެންނަމަވެސް އާދެވުނީމަ މިކަހަލަ ދެއުޅިއެއްނުވާވާހަކަދައްކާނެ ދިވެހިރައްޔިތުންގެޓެކްސްލާރިން މުސާރަނަގައިގެން ރައްޔިތުންނާދިމާއައް ބޭނުންހައިއެއްޗެއްނުކިޔޭނެ

  6
  1
 56. ބިންގޯ

  ހުރިހާ ރާއްޖެތެރެއޭ މިކިޔާބަޔަކު މި މާލޭ އިން ފޭބީމަ ތިޔަވިދާލުވާ މާލޭ މީހުން ތިބޭނީ ބަޑަށް.

  1
  1
 57. ބޭޓޭ

  ޢަދުންނެއް އުނދުނެއް ކިޔާނެކަމެއް ނެތް. މާލެއާ މާލެ ވަށައިގެންވާ ފަޅުތައް ހިއްކާފަވަނީ މާލޭމީހުންގެ ހޯދި ލާރިންތޯ އަނދުން ކައިރީ އަހާލަން ބޭނުން.

 58. ޢލަި

  ލަދު ގަންނަން ޖެހޭނެ މި މާލެ ހިންގަނީ ރާއްޖެތެރޭމީހުން މުޅި މާލެ އަށް ބެލާބަލަ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅައްހިންގާލަބަލަ މާލޭމީހުން އަމިއްލަޔައް ހިންގާ ފިހާރަ ކިތައްފިހާރަ ހުރި ތޯބަލަން މާލޭ މީހުން ގެ ގެ ފެންވަރު އެންގޭނެ. ޢަދި މާލޭ މީހުން ރާއްޖެތެރޭ މީހާ ކުލި 10 ގެ ކުރިން ދައްކަން ހަނދުމަ ކޮއްދޭ ތާށިހާލު ބަޔާންކުރަނީ އެއްކަލަ ރާއްޖެތެރޭ މީހާ ކާރީގަ. ލަދު ކޮބާ. ޙުސައިން ކަހަލަމީހުން ރާއްޖެތެރޭ މީހުން ދިލް ފައިސަާއިން ގެ ހަދާގެން މިއަދު ތިއުޅެނީ. އެހެން ނޫންނަމަ ނާށިގަނޑު ހިފައިގެން މަގުމަތީގައި މިއަދު ތިބޭނީ. ޙުސައިން ތި ބޮޑާކަން އިސާހިތަުކު ފަގީރުވެ މީހާ ހާލުގަި ޖެހިދާނެ. ﷲމީނާގެ މި ބޮޑާކަން ނަގައި ސައިޒް ކޮއް ދެއްވާދޭވެ

 59. ޒާރޭ

  މި ރާއްޖެތެރޭ މީހުންގެ ވިސްނުންދޯ މަހަމަ ކޮސްވެއްޖެ. ކަލޭމެންގެ ގެދޮރުކޮޮބާ ރަށުގަ؟ އެތަން އޮންނާނެ ބޮޑު އަގުގަ ކުއްޔަށްދީފަ ނޫނީ ގެސްޓްހައުސް ހަދައިގެންހަބޭހަށް ލާރިކާން މާލޭ މީހުނަށްވުރެ ކަލޭމެން މާމުއްސަންޖޭ. މާލޭ މީހަކަށް ކުޑަނަމަވެސް ހެޔޮގޮތެއްވުމަކަށް މި ރަށްފުށުމީހުން ނޭދޭނެ! ކާން ކާން ކާން ގިނައިން ކާން. މާލޭ މީހުން މާލޭގަ އުޅޭ ހާލުފެނިފަ ލޮލުން ކަރުނައާދޭ. އަނދުން ހުސެން ނަމަވެސް ތި ދެއްކެވީ ތެދު ވާހަކައެއް

  3
  4
  • ނަން ވާނީ ކަން

   މީ ހަމަ އެމީހުންގެ ވައްތަރު. އަނގަ ފުޅާ ވާނެ އަދި ހަމަ އެހާމެ މުނާފިގުވެސް ވާނެ.

 60. ނުރަބޯ

  އަނދުން ހުސައިން ބުނަން ވާހަކައެއް. ކޮންމެހެން ނެތްވަރުން ނުޖެހޭ މާލޭގެ ކޮންމެ ރައްވެއްސަކަށް ގެއެއް ނޫނީ ފްލެޓެއް ދޭކަށް. ކަލޭ ގޮސް ރާއްޖެތެރޭގެ ރަށްތައް ބަލާބަލަ. ގިތަށް ގޭގަތޯ 3-4 ޢާއިލާ އެއްކޮށް އުޅެނީ. އާބާދީއަށް އިތުރުވާ ކޮންމެ ދެމަފިރިއަކަށް ރާއްޖެތެރޭ ރަށްރަށަކުންވެސް ވަކި ނުލިބޭ ގެއެއް ނޫނީ ފްލެޓެއް. އެމީހުންވެސް އެއްމެދުގެ އެކި ފްލޯތަކަށް ހަދައިގެން ދިރިއުޅެނީ. ތިބުނާ މާލޭ މީހުންނަށްވެސް ކޮތަރުކޮށިވަރަށް ގެ ނުބަހާ ޢާއިލާއަކަށް ފްލޯއެއް ހަދައިގެން ހަމަ އުޅެވޭނެ ރާއްޖެތެރޭ މީހުންނަށްވެސް އެ އުޅެވޭހެން.

  1
  1
 61. ތެދުފުޅު

  ރާއްޖެތެރޭ މީހުން ގެ ހަމަ ހަގީގަތަކީ އެމީހުންގެ ގެދޮރު ވިއްކައިގެން މާލެ އައިސް ބޮޑު އަގުގަ ތަންތަން ގަނެ އެތަންތަން ވެސް ވިއްކައިގެން ނޫނީ ކުއްޔައް ދީގެން މިމީހުން ފާހަނަ ތެރޭ ނިދަން ނޫނީ ބަދިގެ ތެރޭ ގޮދަޑި އަޅައިގެން ހަމަ އަޅަނީ އަޅަނީ. ދެން މިބުނަނީ ތިމަންނާ މެން މިއުޅެނީ ވަރަށް ވެސް ދަތި ހާލުގައޭ ނުފެނޭހޭ. ހަމަ ފެނެއެއް ނުން.

 62. ފާތުން

  ހުސެން ތިބުނީ ހަމަ ތެދެއް ރާއްޖެތެރޭ މީހުން ރަށުގަ އުޅެބަލަ.

  3
  4
 63. ކުޑަކާށި

  ތި 2 ލާރިއެކުވެއްޖެ ކޮން މެ މީހެއްގެ ހާލަކީވެސް ، ތިހިރަ ބުރު މާ ޤާއްޓޭ މުޅިރާއްޖެ މިހަލާކުކުރީ ހަ މަލާރިގިނައިން ލިބޭތި..

 64. މަރުމޯލު އަނދުން

  ރާއްޖެތެރޭ އެންމެން ބޭރުކޮށްފަ ބަނޑާތިބެބަލަދެން. އެމީހުން ބުރަ މަސައްކަތް ކޮށްފަ ދިނީމަކައިގެން ލައިގެން ގެދޮރުއަޅާފަ ލޯނުއަދާކޮށްގެން ތިތިބެވެނީ.

  4
  2
 65. އާޔާ

  މި ރާއްޖެތެރޭ މީހުން ކިތަންމެ ފުއްޕާފަ ވައް ވަކެއް ޖެހިޔަސް މާލެ ހުޅުމާލެ ގުޅިފަޅު މީ ތިމަންނާ މެންގެ އަމިއްލަ މިލްކެކޭ ބުންޏަސް މިތިބީ ހުސް އަހަރެމެންގެ ތަންތަން އަހަރެމެންގެ ބިން. ރާއްޖެތެރޭ މީހުންގެ ތަންތަނަށް ވާނީ އެމީހަކު އުޅެ ބޮޑުވި ރަށެއް. މީ ދެން ހަގީގަތް ކޮންމެ ވައްތަރެއް ޖެއްސިޔަސް. މާލެ ނައިސް އަމިއްލަ ގެދޮރު ރަށް ތަރައްގީކޮށްގެން ހަމައިގަ އުޅެބަލަ.

  2
  2
 66. ވަގުކާރު

  "އިޒްރައީލް ހުސެއިން" ދައްކާވާހަކަ ޤަބޫލުކުރާނީ މޮޔައިން! މިއަދުންފެށިގެން އަނދުން ހުސެންގެ ނަން އިޒްރައީލް ހުސެންގެ ނަމަށް ބަދަލު ކޮށްފި ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

  4
  1
 67. Anonymous

  މީއީ މާލޭ މީހުންގެ ރަށެއް. މާލޭގެ ރަށްވެހިންގެ ރަށެއް މާލެ އަކީ." އަނދުން ހުސޭން ވިދާޅުވިއެވެ.
  ބުރާންޗާ

  2
  1
  • Anonymous

   ހަގީގަތް ވާނީ ހަމ ހަގީގަތައް..

 68. ޙަމަހަމަ

  ޅަދު ހަޔާތް ކުޑަކަ ން!!!

  1
  1
 69. އައްލާބެއްޔާ

  ރާއްޖެތެރޭމީހުންގެ ބޯ ރަނގަޅުވީމަ މާލޭ މީހުންގެދޮރުންބޭރުކޮށް ވެރިވެގަތީ ބޯރަނގަޅީކީނޫން ގަމާރީ ހިލޭރަށުގައި އުޅެވެންއޮއްވާ މިމާލެޔައް އައިސް ކުދިކުދި ހޮރުހޮރުގައި ބޮޑުކުލިދީގެން ގަނަތެޅެނީ މެލޭސިޔާގައި 3 ކޮޓަރިއެޕާޓްމެންޓެއް ފެނާކަންޓާއެއްކޮއް 500 ޑޮލަރ އައް އުޅެވެން އޮއްއިރި މިމާލޭގައި ތިޔާ އުޅެނީ 1200 ޑޮލަރު ހަމައެކަނި ކުއްޔައް ވީމާ ކިހާބޯރަނގަޅު ގިނަ ފަހަރައް އަހަރުނުވަނީސް އަންހެނުން ދުވޭ އެހެން ފިރިހެނެއްގެ ފަހަތުން އާއިލާރޫޅި ކޮށިދަނޑުގެއްލި މަރިޔަނބުގެއްލި ކުދިންކޮޅު ބިކަވެފައި ކިތައް އާއިލާތޯ އެތިބީ ކުށުގެ ވެށީގަވެސް ގިނައީ ތިޔާވިދާޅުވާ ބޯރަނގަޅުމީހުންގެދަރިން މިހާރވެސް ބައްލަވާ

 70. އީޖާބޭރާއްޖެ

  މިއީ އެދިގުރާސްތާ 30 އަހަރު މާލޭގެ ބިންތައް ހިސޯރުކޮއް ކުޑަސިޓީކަނޑާލާ ރައްރަށުމީހުން ވާވައްދައިގެން މާލެ އަރުވާ ފުލެޓްގެ ނަމުގައި ގެސްޓު ހައުސް ހިންގަން ކުރިކަމެއް ބޭނުމަކީ ރައްތައް ފަޅުކުރުމާ ރައްޔަތުން އަޅުވެތިކޮއް ގިނަދުވަހު ވެރިކަމުގައި ހުރުން ދޭތެރެ ދުރުކުރިކުރީނުން މހައް ދަޑައް ފަރައް ރުކަކައް އަރާލަނެ މީހަކުވެސް ނެއް ކާންދޭކައް ބޯންދޭކައް ނުލިބޭނޭ ކިޔައިގެން ވަޒީފާއެއް ނެއް ތަދުޒަމާނުގަވެސް އާއިލާއެއްގައި މަދުވެގެން 6 ތިބޭ

 71. އުނދުން ހަސަނު

  އަނދުން ހުސައިނަށް ދިމާވެފައިވަނީ ނަތަންޔާހޫ އަށް ދިމާވެފައިވާ ކަހަލަ ކަމެއް