ވަޒީފާ އަދާކުރާ މީހުންނަށް ސާވިސް ޗާޖް ދިނުން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.
މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާދޭ މީހާ އަށް ހިދުމަތް ލިބިގަންނަ ފަރާތަކުން ސާވިސް ޗާޖެއް ނަގާ ނަމަ، ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަންވާނެ ކަމަށެވެ.
ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ބަހަން ވާނެ ކަމަށް ބިލްގައިވެއެވެ. އަދި ތަފާތު މަގާމުތަކުގައި ތިބި މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.
ބިލްގައިވާ ގޮތުން ސާވިސް ޗާޖުގެ ގޮތުގައި ފާއިތުވާ މަހު ލިބުނު ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ. އެކަމަކު، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ އިސްކޮށް ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެ ކަމަށް ބިލްގައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ސާވިސް ޗާޖް ދިނުމާ ބެހޭ ގޮތުން މާއްދާތަކެއް ހިމަނާފައިވެއެވެ. އެކަމަކު، އީސަ އިސްލާހު ހުށަހެޅުއްވީ ސާވިސް ޗާޖް ދިނުން މަޖުބޫރު ކުރުމަށާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ އެންގުމަށް ތަބާނުވާ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާ ވާނެ ގޮތަށެވެ.
ވަޒީފާގެ އެއްބަސްވުމުގައި ބަޔާން ކުރާ ގޮތުގެ މަތިން މުވައްޒަފުންނަށް ސާވިސް ޗާޖް ބެހުމުގައި ކޮންމެ މުވައްޒަފަކު މަސައްކަތް ކުރި ގަޑިއިރަކަށް ނިސްބަތްކޮށް އެ މުވައްޒަފަކަށް ހައްގުވާ މިންވަރު ސާވިސް ޗާޖުގެ ގޮތުގައި ދިނުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް ބިލްގައިވެއެވެ. އެގޮތުން މަސައްކަތަށް ހާޒިރު ނުވާ މުވައްޒަފުންނާއި މަސައްކަތަށް ގަޑި ޖެހޭ މުވައްޒަފުންނަށް މަސައްކަތަށް ހާޒިރު ނުވާ ނިސްބަތުން އުނިވާ ގޮތަށް ސާވިސް ޗާޖް ބެހުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ވެސް ބިލްގައި ވަނީ ބުނެފައެވެ.
ބިލްގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސަންޓު ނެގިދާނެ ކަމަށާއި އެއަށް ވުރެ އިތުރަށް ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ.
ބިލްގައި ބުނީ ވަޒީފާދޭ ފަރާތަށް ސާވިސް ޗާޖް ލިބޭ ނަމަ، ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކު ލިބުނު އާމްދަނީ އާއި އެ މަހަކު މަސައްކަތް ކުރި މުވައްޒަފުންނާއި މުވައްޒަފުން މަސައްކަތް ކުރި ވަގުތުގެ އަދަދާއި ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ކޮންމެ މަހަކު ހައްގުވާ މިންވަރާއި ސާވިސް ޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު ވަޒީފާދޭ ފަރާތުން ގަވައިދުން ބަލަހައްޓަން ވާނެ ކަމަށެވެ.
އަދި ކޮންމެ އަހަރަކު އެއް ފަހަރު، އެ މައުލޫމާތުތައް ލޭބާ ރިލޭޝަން އޮތޯރިޓީ އަށް ހުށަހަޅަން ވާނެ ކަމަށް ބިލްގައިވެއެވެ.
ވަޒީފާދޭ ފަރާތަކަށް މައުލޫމާތު ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ފަރާތެއް، 5000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަން އޮތޯރިޓީ އަށް ލިބިގެންވާ ކަމަށް ބިލްގައިވެއެވެ.
ނަތީޖާ ހިތިވާނެ ، އަދި މިހާތަނަށް އެއްވެސް ކަމެއް މަޖުބޫރު ކޮއްގެން ރަގަނޅުވެފައެއްނެތް
ތިޔަހެން ނެހެދޭނެ . ސާވިސް ޗާޖްކީ ހަމައެކަނި މުވައްޒަފުންގެ އެއްޗެއްނޫން. ސާވިސް ދޭފަރަތަކި އޯނަރަ އެކު މުވައްޒަފުން .ހުރިހާ މުވައްޒަފުންނާ އޯނަރު ވެސް ސާވިސްދިނުމުގާ ހުންނަނީ ގައިމްވެ. ހުރިހަރފަރާތްތަކަށް މުސާރަ އެބަދެވެާ ވީމާ ސާވިސް ޗަޖް ބަހަންޖެހޭ މިނަގަޑު ކަނޑައަޅާނީ އޯނަރުގެ ފަރާތުން. ގާނޫނަކުންނޫން . ތިޔަ އުޅެނި ސަފާރި ޓުއާްސް އަށްހެދިހެން ދިވަހިގައުމަށް ހައްދަވަންތޮ ؟
އަނެއްކާ އަނެއް މަކަރު. ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖް ނަގަނީ ހަމަ އެކަނި ރެސްޓައުރަންޓްތަކުން، އެހެން ވެއްޖެއްޔާމު މިހާރު ލިބޭ ވަރަށްވެސް ނުލިބޭނެ، އެއީ ތިބިލުގަ އޮތީ ސަރވިސް ޗާޖް ނަގަންޏާމު ދޭން ޖެހޭނެޔޭ! ދެން ރޫމް ތަކުން ނުނެގީމަ ދޭކަށް ނުޖެހޭނެތާ!
މީގައި އާކަމެއްނެތް. މިހާރުވެސް ވަޒީފާއާއި ބެހޭ ގާނޫނުގައި ހުރިވާހަކަ މީއީ. އިންތިހާބަށް ރައްޔަތުން އޮޅުވާލަން ހުށަހެޅިބިލެއް. މިނިމަމް ވޭޖް ވެސް ނަމެއްގަ އެބިލު ފާސްކުރަންއުޅެނީ. ކީއްްވެ ގާނޫނު ގައި މިނިމަމް ވޭޖު ނުހިމެނީ؟
އެެންމެ 5000 ރުފިޔާ؟ ހުރިހާ ރިސޯޓަކުން ދެން ސާރވިސް ޗާޖޮ ހިފަހައްޓާފައި ޖޫރިމަނާ ދެއްކީމައި މާ ފައިދާވާނުން. ކޮސްކަން
ޢިހުމާލު ވީ ޔާމީ ނު ވަގު