މިރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ނިޔާވީ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުންދިޔަ މީހެއްކަމަށެވެ. އޭނާއަކީ އެކްސިޑެންޓުވީ ދެ ލޯންޗުގެ ތެރެއިން ލޯންޗެއްގެ ފަޅުވެރިއެއް ކަމަށާއި، އެއީ ބިދޭސީއެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓްގައި އަނިޔާވެގެން އަށް މީހަކު އޭޑީކޭ އަށް ގެންދިޔައެވެ. އޭގެތެރެއިން އެކަކު ނިޔާވެފައި ވާއިރު ހަތް މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިއެކްސިޑެންޓު ހިނގީ، "އިތާފުށި 5" އާއި "އިތާފުށި 3" ނަމަކަށްކިޔާ ދެ ލޯންޗު ޖެހިގެންނެވެ.

އެކްސިޑެންޓުވީ ދެ ލޯންޗުގެ ތެރެއިން ލޯންޗެއްގެ ކައްޕި ވަނީ ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މިރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް

މި އެކްސިޑެންޓާއި ގުޅޭ މާ ބޮޑު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓް ހިނގިފަހުން ނަގާފައިވާ ވީޑިއޯ އެއް މީސް މީޑިޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެއް ލޯންޗުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑު ވެފައެވެ. އެ ވީޑިއޯ އިން ލޯންޗުގެ ތެރެއިން ގިނަ އަދަދެއްގެ ލޭ ފެންނަ މަންޒަރު ވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ???????

    އިންނާ ލިއްލާހި ވައިންނާ އިލައިިހި ރާޖިޢޫން

  2. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  3. މަ

    ހާދަ ދެރައޭ

  4. ޏަވިއަނި

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  5. ރީތި މޫސަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  6. މުޙައްމަދު

    ހާދަ ދެރަ ޚަބަރެކޭ. މިހާރައް ވުރެން ބޮނޑައް ސަމާލުވާން އެބަޖެހޭ.. މަރުވި ބިދޭސީ މީހާގެ ފާފަ ފުސްސަވާ ސުވަރުގެ މިންވަރު ކުރައް ވާށި .އާމީން

  7. އެއްމެން

    ބޯޓުތައް ދުއްވާ ކެޕްޓަނުންނަށް ބައިވަރު ޓްރޭނިން އާއި އިރްޝާދުލިބެންޖެހޭ. ހަމައެކަނީ ހުންގާނުގާ ހިފާމީހަކު ބަހައްޓާފަ ހޯސްޕަވަރ މަތި އިންޖީނުތަކާ ބޯޓުދުވަން ހަވާލު ކުރީމާ ނުފުދޭނެ. ހިތާމަވެރި ހާދިސާތައް ހިނގާނެ. މިގޮތް ކަމަކު ނުދޭ.

  8. origamިa

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  9. އެމެންނޭ

    މީ ދަ ރާއްޖެތެރޭގައި އުޅޭ ސެންސްލެސް އެއްޗިއްސާއި ލޯންޗް ތަކުގެ ކެޕްޓަން ކަން ހަވާލު ކުރުމުން ވާނެ ގޮތް. އެމެންނަކީ އެއީ ގަމާރުންނޭ އެމެންނަކީ އެއީ އެއް ހިއްސު މަދު ފަރުވާ ކުޑަ އާލާތުންނޭ މަމެން ބުނަނީ މިހެން ވެގެންނޭ މަމެން ބުނަން ނެތީމު ދޯ. ދަ ރާއްޖެތެރެއަންސް ހޭވް ގޯން ފްރޮމް ވެއަރ ދޭއާރ ޓު ހިއަރ ދޭއާރ ދަ ގަމާރުން އެގެއިން. އޯސަމް އެން ފްލޯލެސް. މި އެކްސިޑެންޓް ގައި މީހުން މަރުވުމުން އެކަން ހިނގި ގޮތުގެ ރީޒަން ނުހޯދާ އެކަން ފޮރުވައިގެން ނުވާނެއެވެ.