ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތު ހަމަހަށް އިތުރު ކުރަން ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ.

މީގެ ކުރިން މި ޤާނޫނުގައި އޮންނަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް 3 މަސް ދުވަހެއެވެ. އެ ޤާނޫނުގައި ބުނާގޮތުން ޕްރޮބޭޝަން މުއްދަތުކަމުގައި 3 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ވަޒީފާ ދޭ ފަރާތާތުން އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.

އެހެން ނަމަވެސް އީސާ ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު 6 މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

އަދި ބަލި ވެގެން ސަލާމް ބުނުމުގެ މާއްދާއަށް ވެސް އިސްލާހުތަކެއް ގެންނަން ވަނީ ހުށަހެޅިފައެވެ. އެގޮތުން މެޑިކަލް ސެޓްފިކޭޓް ނުވަތަ ސަލާމުގެ ސެޓްފިކޭތް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް ވަނީ ހުށަހެޅިފައެވެ.

މީގެ ކުރިން މި ޤާނޫނަށް ބަލާއިރު ބުނެފައިވަނީ ބަލީގެ ސަބަބުން ނުވަތަ ބަލީގެ ބާވަތުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކޭޓް ވަޒީފާއަށް ނުކުންނަށް ދުވަހު ހުށަހެޅުމުން ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމު ވެގެން ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    މީ އެޖެންޑާ 19 ތަފާތުކަމަކީ ވަޒީފާހޯދާކުދިން ނަށް ހައްގު މިންވަރު ހޯދަދެނީ ދެން ބާރައް އަތްޖަހާ ކުދިންނޭ .... މިހިރަ އިޒައްތެރި ކީސާ 4 ދައުރަށް މިއަދަގޮނޑީގަ ބައިންދަންވާނެ ތެރަސްލާފަ ނަމަވެސް،،،،،،،

    45
    2
  2. ޢަޖޫ

    ޙައްޖަށް ދޭބަލަ

    25
    2
  3. އައްޑޫ ގޮލާ

    ޢެހެންވެއްޖެއްޔާ މަޖިލިސް މެމްބަރުންނަށްވެސް ޕްރޮބޭޝަން އޮންނަ ގޮތަށް ހުށަހަޅާ ނިކަން

    15
  4. ހަސަންކޮ

    މަޖިލިސް މެމްބަރުންގެ ޕްރޮބޭޝަން 6 މަހަށް ހަދަން ކެރިލައްވާނެތޯ؟ ނިކަން ކެރެންޏާ މިންސްޓަރުންނާއި ހުރިހާ ސިޔާސީ ބޭފުޅުންގެ ވެސް 6 މަސްދުވަހުގެ ޕްރޮބޭޝަން އެއް ކަނޑަ އަޅާލަ ބަލަ..!!!!

    17
  5. މުގައްދަރު

    ތިޔަ ކިޔާ އެޖެނޓް 19 ގެކޮންކަމެއްތޯ ރަގަޅީ ހުސް ކަރާފެޅުން ނޫން ކަމެއް ކައްކަ ބައްލަވާ ބައްލަވަން ތިއްބަވާ ދުވަސްކޮޅަކުން ފެންނާނެ ތިޔަމީހާ މުޅިޓީވީފުރޭތަން ކަރަޕްޝަނުން ގޮއްތައް ފަޅާ ނުކުންނާނެ ދައްކަވަން ހުރި ކަމެއ ދައްކަވާފަ މަރުގަންނަވާނީ ކުދިންނޭ

  6. ދުންމާރި4

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ ތިޔަ މަކަރުވެރި ހީލަތްތެރިން ޢުމުރަށް ތިޔަ ގޮޑިތަކުގަ ބޯލްޓު އަލައިގެންވެސް ބައިންދަންޖެހޭނެ ރައްޔިތުންނަށް ހަރާމްކޯރުވާ މުޖުރިމުންތީ 06 މަސްކީއްކުރަން މަށަށް ފެންނަނީ 06 އަހަރަށް ޕްރޮބޭސަން މުއްދަތު އިތުރުކުރަން އެހިންގާ ޖަރީމާއަކީ އެމީހުން ބޭޏުންނުވާބަޔަކު ވިސްޔާ ވަޒީފާ ދިނަސް އަވަހަށް ވަކިކޮށް ބޭރުކޮށް މަގުމަތީ ހަޅޭލަވާ ސަރުކާރުގެ މުދަލާ އާންމުންގެ މުދަލަށް ގެއްލުންދީ އުޅުނު މީހުނަށް ވަޒީފާ ދޭން ހިންގާ ޖަރީމާއެއްތީ

    12
  7. Anonymous

    މިއީ ހެޔޮ ވެރިކަމަކީ

  8. މަލްމަލް

    ވަޒީފާއެއް ނެތި މަގުމަތީ މުޒާހަރާ ކުރާއިރު ޓީމް، މަސައްކަތްތެރިންގެ ހައްގުގައި، މަޖްލީހަށް ވަދެ ނަޝީދާ ކެރަފާ ނަސީމް ބޭނުންކޮށްގެން އިންވެސްޓަރުންގެ ގޮތުގައި މާފިޔާ މީހުން ރާއްޖެ ގެނެސް މަނީ ލޯންޑަރު ޔާމީނަށް ވުރެ ފުޅާކޮށް ޖެއްސެންފެށީމާ މަސައްކަތްތެރިންނަށް ބަލާވެރިކަން ޖައްސާ ކުންފުނިތައް ހިންގާ މުއްސަދި މީހުންނަށް ނިކަމެތިން އަޅުވެތި ކުރަން މަގު ކޮށާދިނުމުގައި ހޭބަލިވަނީ. ޓީމް ޓީމް ޓީމް މިދިޔަ 15 އަހަރު?

  9. ބޮޑުމަސް

    މިސޮރުމީ އަޅުގަނޑުމެނާއިއެކު ރރ ރިޒޯޓްގައި އުޅެފަ އެތާނގައި މުވައަޒަފުންގެ ހައްޤުތަކޭ ކިޔައިގެން އެންމެ ބޮޑަށް އަނގަވި ގޮލާ. އެތަނުގައި ހެދި ބޮޑް ހަޅުތާލު
    އިސްކޮށް ހުރެ އަދި މިމައްސަލަގައި މިސޮރު ބޭރުކުރީ.އަދި މަޖުލިސްއަށް ގޮސް މިކަންކަން ރަނގަޅުކުރަންށޭ ކިޔާފަ ކެންޕޭންކޮށްގެން އޭގެހިޔަނީގައި މިސޮރު މިތަަނަކަށް ބޭނުނީ. އޭގެފަހުން ކުރިން އުޅުނުގޮތް ހަދާންނެތި ފެންވަރު އޮޅުނީ. ރިޒޯޓް މުވައްޒަފުން ހިމާޔަތުގައި އޭރު އުފެދުނު ޖަމިއްޔާއަށްވެސް މިގޮލާގެ އެއްބާރުލުމެއް ނުލިބުނު. މިހިރީ 19 ވީމަ ތަފާތު. ގައިމު މަސައްކަތްތެރިންގެ ކަންތައްތައް ލޮޮލުންދެކެ އަތުންހިފައިގެން ހުރި މީހަކު ނުބައިވާނީ މިވަރަށް.