އިތުރު ޓެކްސް ނަގަނީ އަތޮޅުތެރޭގެ ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދޭން ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ، ބައެއް ފަރާތްތަކުން އެ ޓެކްސް ނަގާތީ ފާޑުކިޔާކަމަށާ، އެ ޓެކްސް ނަގަނީ ތަރައްްޤީކުރަން ވެގެން ކަމަށެވެ.

"މިކަމަކާއި ރުޅިއައިސްގެން އަދި ސޯޝަލް މީޑިއާގައ،ި މީސްް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެއްޗެހި ގޮވިއެއް ކަމަކު ތަރައްގީ ކުރަން ޖެހޭނެ. އަތޮޅުތެރޭގައި ތިއްބެވި އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް އަސާސީ ހައްގު ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭން ޖެހޭ. ދެން ރާއްޖެ އައިސް ފުރާ ބޭރު މީހުން އަތުން ޓެކްސް ނުނަގާ ކިހިނެތް އަޅުގަނޑުމެން މިކަން ކުރާނީ؟" އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ މީހުންގެ ހައްގުތައް ހޯދަން ފުރިހަމަ އަށް ވަކާލާތު ކުރައްވާނެ ކަން އަނދުން ހުސެއިން މިއަދު މަޖިލީހުގައި ފާހަގަކުރައްވާފައިވާ އިރު، ދާދިފަހުން އިސްރާއީލް މީހުން ފަލަސްތީން ބިމަށް ވެރިވެގަތް ގޮތަށް "ރާއްޖެ ތެރެ މީހުން" މާލެ އަށް ވެރިވެގެންފައިވާ ކަން ދޭހަވާ ގޮތަށް އަނދުން ހުސެއިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން، ނަސްލީ ތަފާތުތައް އެއްވެސް އިރަކު ނުގެންގުޅުއްވާ ކަމަށާއި، ދެއްކި ވާހަކައަކުން އެއްވެސް މީހަކަށް ކުޑައިމީސް ބަހެއް ވިދާޅުވެވުނު ނަމަ، މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މައާފަށް އެދިވަޑައިގެން އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ދައްކަމުން އެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއްގޮތަށް ކަމަށާއި މާލެ މިއޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށް ދެއްވުމުގެ ބޭނުމުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ރައްޔަތުންގެ ނަމުގަ ވައްކަންކުރަން!

    28
  2. ......

    ޓެކްސް ނުނަގާ އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދޭކަށް ނޭނގޭތަ....؟
    ދިވެހި ސަރުކާރުން ނޫނަސްް ލާރި ދިނީމަ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ....ދިވެހި ސަރުކާރަކީ ޕްރައިވެޓް ކުންފުންޏެއްތަ...
    *ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގައިގެން ރާއްޖެތެރޭ މީހުންގެ އަސާސީ ހައްގުތައް އަދާކޮށްދޭން ބުނާއިރު، ކުރިން ނެގި ޓެކްސް އިން ރާއްޖެތެރެއަށް ހައްގު ނުވަނީ ތަ...
    *ރައްޔިތުން އަތުން އެކި ނަންނަމުގައި ފައިސާ ނަގައިގެން ވަސީލަތްތައް ގާއިމް ކޮށްފަ އަދި ހިދުމަތް ވެސް ހަމަ އެ ރައްޔިތައް ބޮޑުއަގުގަ ތި ވިއްކަނީ....ތިފަދަ އަނިޔާވެރިކަމާ ދެކޮޅަށްް އިސްލާމް ދީން ބާވާލެއްވެވިފަ އޮތީ...އެހެންވެ ކަލޭމެންވެސް އިސްލާމީ ޝަރީއާ ގެންނަން ބޭނުންނުވަނީ...
    އަދުން ހުސޭނު ނިކުމެ ރައްޔިތުންގެ ލޮލުގަ އަދުން އަޅުވަނީތޯ....؟

    21
  3. ބެއްޔާ

    ބުނެބަލަ އިޒްރޭލުމީހުންގެ އަސާސީ ހައްގުތަކޭ.

    22
  4. މޮޔަ

    އަތޮޅުތެ ރެ ކިޔާތަނެއް ރާއްޖެއަކު ނޯވޭ. "ރާއްޖޭގެ ރައްތައް" މިހެން ކީމަ ފު ރިހަމަވާނެ. ކ.އަތުޅު މާލެ އަކީވެސް ރާއްޖޭގެ ރައް ތަކުތެ ރެއިން ރަށެއް. ޢަދި ކުޑަ ރަށެއް. ޜާއްޖޭގައި ބޮޑެތި ރައް ހުނަނަނީ އައްޑު، ހުވަދު، ލާމު އަދި ހދ ފަދަ އަތޮލު ތަކުގައި. ޜާއްޖޭގެ ވެ ރިކަން ކު ރަން ކ.އަތޮޅު މާލެ މާކުޑަ.

    21
  5. އިބޫ

    ހެޔޮނުވާނެ ބުރޯ ތީނަ އަނގަ ހުޅުވީމަ ދުވަނީ ކުނި ވަސް ތީނަ ބަލައިގަންނަ އެއް ވެސް ދިވެއްސެއް މި އުޑު ދށުގަ ނެތް

    15
  6. މާއްކޫ ޔަޢުޤޫބު

    މީނަ މިހާރު މިހިރީ ރަނގަޅަށްވެސް ބޯގޮވާފަ. ކޮސްގޮވަނީ

    19
  7. ކައުންސެލަރު

    ބަލަ! މީނާ ރާއްޖެތެރޭގެ މީހުންގައިން ނުނެއްޓެވިގެން މިއުޅެނީ ކީއްވެއޯ؟ އޭނ! 39 ބިލިއަން ރުފިޔާގެ ބަޖެޓުން ރާއްޖެތެރޭގައި މިހާތަނަށް ކުރަންފެށިކަމެއް ދައްކަބަލަ؟! ބުނެބަލަ ގުރޭޓަރ މާލޭ އަދިވެސް ގްރޭޓްކޮށް ރާއްޖެތެރޭމީހުން ބިކަކުރަހަރޭ ހުރިހާ ޖިޒީއެއް ނަގަނީ! ކަލޭގެ ލަދުކޮބާ؟

    20
  8. ހާލާ

    ކަލޭމެން ވައްކަން ކުރާލާރި އެއީ. މި ސަރުކާރުން މިހާތަނަށް ކިތައްރުފިތާ ރައްޔިތުން އަތުން ނަގައިން. ބައި ރުފިޔާ އެއްވެސް ނޯންނާނެ ހަރަދުކުރި. މިހާރުވެސް ރައްރަށަށް ކުރާ ހަރަދެއް ކޮށްފަ އޮންނާނީ ރ ޔ ހޯދިފައިސާއިން.

    15
  9. ހުސޭނުބޭ

    އަދުންކޫރާ! އިޒްރޭލުން ފަލަސްތީނު މީހުން އަތުން ޓެކްސްނަގާ ބޭނުން ކަލެޔަށް ނޭގޭތަ؟ ކަލޭމެން ބޮޑު މުސާރަ ލިބޭ ދަހިކޫދުތައް ޓެކްސް ނުދައްކާ ތިބެ ނިކަމެތި ރައްޔިތުން ކަރުގައިހިފަނީތަ؟

    16
  10. ދެބޯބުރާންތި

    އިތު ރުޓެކްސް ނަގަނީ ވަގުން ރަށްޔިތުންގެލާރިކޮޅުކާލަން ނުވިތާކަށް އަދުންގަންނަން

  11. މާމީ

    އެހެރީ ކުޑަގޮހޮރައް ކައިގެން އަދި އިތުރައް ކާން ވެގެން ރައްޔިތުން ފެލަން ވެގެން ތިއުޅެނީ ކަލޭމެން ތިތަނައް ހޮވީ ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދާކައްނޫން މިހާރު ތިތާ ތިތިބަ އެކަކައް ވެސް މިދައުރު ހަމަވުމުން އިތުރަކަށް ރައްޔިތުން ފުރުސަތެއް ނުދޭނެ، އަންނަނީ ކައުންސިލް އިންތިޚާބު ރަނގަޅު ފިލާވަޅެއް މިފަހަރު ދޭނަން

  12. ބްރޯ

    މިއީ ކޮންތަކުން އައިސް ހުރި ދެއުޅި ނުވާ ސޮރެއް . މިއުޅެނި ވިޔަފަރި ސޭލް ދަށްވެގެން އނގަޠާ އަތާ ދިމަ ނުވެގެން ތިޔް ޓެކްސް އަށް ފައިސާ ދައްކަ ނީ އަނދުން ހުސައިން އެކަނިތަ؟

  13. ހަސަންތަކުރު

    އިޒުރާއީލުންގެހައްގުގެވާހަކަނުދައްކާ

  14. ދަރަނި ދަންތުރަ

    އަނދުން ބުރާންތި އަނދުން މޮޔަ އަނދުން ސޭކު އަނދުން ގަމާރު މީ ހެންވޭރު ގަމާރު ދާއިރާޔަށް ނިސްބަތްވާ ގަމާރު މެންބަރުތާ

  15. ހިތާމަ

    މީ ހަމަހޭގަހުންނަ ބުރާންޗެއްތަ؟ ކޮން ކޮހެއް މީނަ މިގޮވަނީ. ލަދެއްވެސްނުގަނޭ މި ބުރާންޗެއް. ގޭ ގަރާޖަށް 150 ވެހިކަލް ރަޖިސްޓަރީކޮށްފި މިހާރުވެސް. ނަހުލާއަށް އެކަން ނޭގޭކަމަށް ހަދައިގެން ހުންނަނީ.

  16. ކަފަބުރު

    މާލޭމީހުނައް އަސާސީ ހިދުމަތް ފޯރުކޮއްދެންތަ މީގެ ކުރިން ނެގި ހުރިހާ ޓެކުސް އެއް މި ނެގީ؟؟؟

  17. އޔތނ

    ތީ ޓެސް ނަގަނީ. ކައިރީ އުޅޭ މީހުން ނައް ބަދަލު ދިނު މައް

  18. ސޯކާބެ

    އެހެންވީމަ އެއީ ސަރުކާރުން ހެޔޮފުޅުކަމުން ކޮއްދޭ ކަމެއްތޯ މިކަހަލަ ކަންތަކައް މުސްކުޅިން ކިޔާނެ ވެނުމަސް ވެނައް ކާންދޭ ވާހަކަ ކޮބާތަފާތަކީ ޓެކުހެން ނޫން ކޮންމެ އެއްޗެއް ނެގިޔަސް ރައްޔަތުންގެ ހައްގުތކެއް ރައްކާތެރިކޮއް ހިދުމތެއް ނުދެވޭނޭ ޙުދުތިމާމީހާގެ ގާނޫނު އަސާސީން ފޯރުކޮއްދޭން ކަނޑައްޅާފައިވާ ހައްގެއް ޙުދުތިމާމީހާޔާ އަނބީދަރިންގެވެސް އެންމެ އަސާސީ ދިރިއުޅުމުގެ ހައްގު ހޯދާނުދެވޭ ބަޔަކައް ދެން އިތުރައް ކޮންރައްޔިތެއްގެ ހައްގެއް ހޯދާދެވޭނީ

  19. ދޮންސޮޮރު

    އިތުރަށް އަނދުން ގަންނަން ޖެހޭތީއޭ ބުނޭ