ރޭ ހިނގި ލޯންޗް އެކްސިޑެންޓްގައި ގެއްލުނު މިހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ލޯންޗްގެ ކެޕްޓަން 45 މީޓަރު އަޑީގައި އޮއްވާ ކޯސްޓް ގާޑްގެ ޑައިވަރުންނަށް ދެންމެ ފެނިފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ އަޑިން ލޯންޗްގެ ހުންގާނު ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މީހާގެ މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ދ.އަތޮޅު ކުޑަހުވަދޫ އަށް ނިސްބަތްވާ އަހްމަދު މުހައްމަދު ކިޔާ މީހެކެވެ.

ރޭ އެކްސިޑެންޓް ހިނގީ މާލެ އަތޮޅު އިތާފުށި ކައިރީގައި އިތާފުށީ ދެ ލޯންޗު ކަމުގައިވާ އިތާފުށި 5 އާއި އިތާފުށި 3 އެވެ. އަހްމަދު އިތުރުން ލޯންޗް އެކްސިޑެންޓްގައި އަނިޔާވި އިތުރު މީހަކު ރޭ ވަނީ ނިޔާވެފައެވެ. އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވީ ބަންގްލަދޭޝް މީހެކެވެ.

ރޭގެ އެކްސިޑެންޓްގައި އަހްމަދު ގެއްލުމާއި ގުޅިގެން އޭނާ ހޯދަން ކޯސްޓްގާޑްގެ ޑައިވަރުން ވަނީ މެދުނުކެނޑި މަސައްކަތް ކޮށްފައެވެ. އަހްމަދު ހޯދުމުގެ މަސައްކަތުގައި ކަނޑު އަޑި ބެލުމަށް ހާއްސަ ރޮބޮޓެއް ވެސް ބޭނުން ކުރިއެވެ. މީގެ އިތުރުން އަހްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކޯސްޓްގެ ލޯންޗް ފަހަރު ވެސް ބައިވެރިވިއެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢައިޝާ

    މުހައްމަދު އަޙްމަދަށް ސުވަރު ގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

  2. ?

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  3. އެޑަމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  4. ކުރަފަތް

    انا لله وانااليه راجعون

  5. ޙަނަަލ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  6. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  7. ކެރީ

    ސާބަހޭ ކޯސްޓްގާޑު

  8. ނުބަލާ

    ލޯންޗު ތަކުގައި އުޅޭ މީހުން ދަތުރު ކުރާލެއް ތަންކޮޅެއް ދުރުކަމުން އެކްސިޑެންޓު ހިނގަން މެދުވެރިވަނީ. انالله وان

  9. ނުބަލާ

    ލޯންޗު ތަކުގައި އުޅޭ މީހުން ދަތުރު ކުރާލެއް ތަންކޮޅެއް ދުރުކަމުން އެކްސިޑެންޓު ހިނގަން މެދުވެރިވަނީ. انالله وانااليه راجعون

  10. މުޢާޒު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  11. އިބްރާހީމް މުޙައްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  12. އ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

  13. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎
    މައްޔިތާއަށްް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  14. ޑީ

    މީ ވަރަަށް ދެރަކަމެއް. ކަނޑު މަތީގައި ލޯންޗް ރޭސް ޖެހުން މީވެސް ވަރަށް ގިނައިން ކުރާކަމެއް.

  15. ރަހްމަތް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ??

  16. ގަންޖާ ފޑ ކާޅު

    انا لله وانااليه راجعون

  17. ާަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  18. ޝާމިލް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    ތިއްތަބެއައް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި...އާމީން...?

  19. Anonymous

    އިންނާ ލިއްލާހި ވައިންނާ އިލައިިހި ރާޖިޢޫން

  20. ޜަހުމަތރިޔަ

    މުހައްމަދު އަޙްމަދަށް ސުވަރު ގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!އާމީން