ދިވެހި ސަރުކާރުގެ އެތަައް ސަތޭކަ އީމެއިލެއްގެ ޕާސްވޯޑް އިންޓަނެޓްގައި ލީކުކޮށްލައިފި އެވެ.

ހެކަރުން ލީކުކޮށްލައިފައިވާ ޕާސްވޯޑުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ އީމެއިލްތަކުގެ ޔޫސާ ނަންތަކާއި ޕާސްވޯޑުތަކުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ސަރުކާރު އޮފިޝަލުންގެ އީމެއިލްތަކާއި ޕާސްވޯޑްތައް ވެސް ހިމެނެއެވެ.

ލީކުކޮށްލައިފައިވާ އީމެއިލް ޕާސްވޯޑުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސް އީމެއިލްތަކުގެ ޕާސްވޯޑުތަކެވެ. އޭގެ ތެރޭގައި މިހާރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ އީމެއިލްތަކާއި ޕާސްވޯޑްތައް ވެސް ހިމެނެއެވެ.

ގިނަ އަދަދެއްގެ އީމެއިލްތަކުގެ ޕާސްވޯޑްތައް ލީކް ކޮށްލާފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޖަނަވަރީ މަހުގެ ފަހުކޮޅު އެމައުލޫމާތުތައް ވަނީ ލީކް ކޮށްލާފައެވެ.

ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 3000 އަށް ވުރެ ގިނަ އީމެއިލްއާ ޕާސްވޯޑް ވެސް ހިމެނެއެވެ.

ސައިންސް އެންޑް ކޮމިއުނިކޭޝަންގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން ބަލަހައްޓަން ޖެހޭ މުހިންމު އެއްވެސް މައުލޫމާތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ތި އެއްޗެއް ލީކުވިތާ ކިތައްމެ ދުވަހެއް ވެއްޖެ ތީ 2018 ގެ ފަހުކޮޅު ގެ ކަމެއް މީހަކައް އަލައް އެއްޗެއް ފެނުނީމަ ޓުވީޓާގަ ޖަހަނީ ބޯހަލާކު

    5
    1