އަމާޒަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ފިންޓެކް އިކޯސިސްޓަމެއްގެ ބިންގާ އެޅުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ މިއަދު ކުރުބާ މޯލްޑިވްސް ރިސޯޓްގައި ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން ނެވެ.

ރާއްޖޭއަށް ދިމާވެފައިވާ ޑިޖިޓަލް ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޑޭޓާ ޕްރޮޓެކް ކުރުމުގައި ކަމަށެވެ. ޑޭޓާ ޕްރޮޓެކް ކުރުމުގައި ދިމާވެފައިވާ މައްސަލަ ކުރުމަށް ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަން ބިލް އާންމުންގެ މަޝްވަރާއާ އެކު ޑްރާފްޓް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ -- ފޮޓޯ : ޕެންޝަން އޮފީސް

އެ ބިލުގެ މަސައްކަތްތައް ނިމުމުން ރައްކާތެރި ޑިޖިޓަލް މުއާމަލާތްތަކަށް ޔަގީންކަމެއް އެ ބިލްގެ ޗަރިއްޔާއިން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފިންޓެކް އަދި އޭއައި ސްޓާޓްއަޕްތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭ. ރާއްޖެ ބޭނުންވާ ފަދަ އުންމީދީ ޑިޖިޓަލް މުސްތަގުބަލަކަށް ޓަކައި އުމްރާނީ ތަރައްގީއަށް ސަރުކާރުން މުހިއްމު އިސްކަމެއް ދޭ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގައި ކުރިއަރަމުން އަންނަ ފިންޓެކް އިކޯސިސްޓަމެއްގެ ބިންގާ އެޅުން." މިނިސްޓަރު ވިދާޅުވި އެވެ.

ފިންޓެކްގެ މުސްތަގުބަލަށް ބަދަލުވުމަށް ރާއްޖެ ތައްޔާރަށް އޮތް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސާވޭ އިން ރާއްޖޭގައި މޮބައިލް އިންޓަނެޓް ބޭނުންކުރުމާއި މޮބައިލް ބޭންކިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބަލައިގަންނަ އެއްޗެއް ކަން އެނގިގެން ދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    އަމާޒަކީ ހުރިހާ އަންހެނުން ގެއިން ބޭރަށް ނެރުމެވެ. ދެން ދެން ފިރިމީހާ އާއި ދަރީން ބަލާނެ ބަޔަކު ނުހުންނާނެ އެވެ.

  2. އަބްދޫ

    ރައްޔިތުން ބޭނުމީ ތިމާގެ ވަޒަނުގާހުރެ ހުރިހާ ހިދުމަތެއް ލިބޭނެ މަގުތަނަވަސް ވުމާއި އަނބިދަރިންގާތު ހުރެ އާމްދަނީ ލިބޭނެ މަގު ތަނަވަސް ވުން. ކުދިކުދި ރަށްތަކުގަ އާބާދީގަ 100 މީހުންތިބެގެން މިކަންހާސިލްވޭތަ؟ ބޭނުމީ މިކަންކަން ކުރުނ ް މދާގޮތަށް ގޮސްގެން 500 އހަރުންވެސް މިގައުމުތަރައގީ ނުވާނެ.

  3. ގަލަން

    މިހާރު ކޮތަޅުކަންތައް ހަދާން ނައްޔާލީދޯ ކުދިކޮތަޅު ބޮނޑިއެއްވެސް ދުއިސައްތަ ރުފިޔާއައްވުރެ ބޮޑު ސަރުކާރައް ބޮޑުބައި ލިބެނީ ކޮތަޅު ބޮނޑިއަކުން ކެންޕޭނައް ހާދަރުފިޔާއެއްލިބޭނޭ ރަތްޔިތު މީހާ ހަނާކޮއްފަ

  4. ޜައްޔިތުމީހާ

    ކޮންމެއަމާޒެއްގެ ފަހަތުގަ ފޮރުވިފަވާ ކޮރަޕްސަންގެ ކަންތައްގަންޑެއް ހިމެނޭކަމީ މިއަދު އެންމެބާރައް އިވޭ އެއްއަޑު

  5. އައްޔަ

    ރާއްޖޭގައި ކޮތަޅު ރިސޯޓެއް ހަދާބަލަ

  6. ޢަހަންމަދު

    ޝައުނާ މިއީ ހާދަމޮޅު މީހެކޭދޯ. "ޗަރިއްޔާއިން" މިއީ ވެސް ޝައުނާގެ އުފެއްދުމެއްދޯ؟