ރާއްޖެއަށް ޕްރައިވެޓް ހެލިކަޕްތަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރަންސްޕޯޓް އެންޑް ސވިލްއޭވިއޭޝަން މިނިސްޓްރީގައި، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގަންނަވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް އެޑްރެސްކުރައްވާ ޖާބިރު މިއަދު ފޮނުއްވި ސިޓީގެ ކޮޕީއެއް "ވަގުތު"އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ޖާބިރު ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރަމުންދާ ވިޔަފާރިވެރިއަކަށް ވުމާއި އެކު އޭނާ އުޅެން ޖެހިފަިއ ވަނީ ވަރަށް އަަވަދި ނެތި ކަމަށެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށާއި، ވިޔަފާރީގެ ބޭނުމަށް ގިނަ ދަތުރުތަކެއް ރާއްޖޭގެ އެކި ހިސާބުތަކަށް ގިނަ ދަތުރުތަކެއް ކުރަން ޖެހުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެއް ކަމަށް ޖާބިރުގެ އެ ސިޓީގައި ވެއެވެ. އަދި އެ ދަތުރުތަކުގައި ހޭދަ ކުރާ ވަގުތު ކުރުކުރުމަށް ޕްރައިވެޓް ހެލިކަޕްޓަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ޖާބިރު "ވަގުތު"އަށް ވިދާޅުވީ، ޕްރައިވެޓް ހެލިކަޕްޓަރެއް ގަތުމަށް ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައިވާ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓްރީން އެކަމާއި، ގުޅޭ އުސޫލެއް އެކުލަވާލާފައިވާ ނަމަ އެކަން އަންގަވާދެއްވުމަށްވެސް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑަކީ ރާއްޖޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރު އިންވެސްޓް ކުރާ މީހެއް. މީގައި ހެލިކަޕްޓަރެއް ނުގެނެވެންވީ ސަބަބެއް ނެތް. އަޅުގަނޑު ބޭނުން ވަނީ 6 މީހުންގެ ޖާގައިގެ ހެލިކަޕްޓަރެއް ގެންނަން. އެކަން އޮޕަރޭޓް ކުރާނީ ވެސް އަޅުގަނޑު. ޓްސާންސްޕޯޓް މިނިސްޓަރާއި ވެސް އަޅުގަނޑު ބައްދަލު ކުރިން." ޖާބިރު ވިދާޅުވިއެވެ

ޕްރައިވެޓް ހެލިކަޕްޓަރެއް ގެންނަން ހުއްދައަކަށް ޖާބިރު އެދިވަޑައިގަންނަވާފައިވާއިރު، އެ ހުއްދަ ލިބިއްޖެ ނަމަ ޖާބިރު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޕްރައިވެޓް ހެލިކަޕްޓަރެއް އޮތް ފުރަތަމަ ބޭފުޅާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ހުސޭނުބޭ

  ހޮނޑައިފުށީ ގޮނޑުދޮށަށް އަރަނީ ވެލާ! ހްލިކޮޕްޓަރެއްނޫން! ތި އުޅެނީ މީހެއްގެ ބޮލަށް ވައްޓާލަން! އަޅުގަނޑު ހަނު!

  28
  1
 2. މާމީ

  ކަލޭ މާތާހިރުވާނެ މުއައްޒަފުންނަށް މުސާރަދިނިއްޔާ

  75
  3
 3. .

  ކޭ.

  25
  1
 4. އ. ޖ. އ

  މޭން ♥

  13
  5
 5. އަލީ

  ދާއިރާގެ މީހުނައް އެއްކަމެއް ކޮއްނުދޭން ވެގެން މޮޔައެއްކަމައް ހެދިގެން އުޅެނީ ....

  33
 6. މާރިޔަތުދ

  ކައުންސިލް އިންތިހާބު ކައިރިވީ ދޯ؟

  30
  1
 7. ބޭކާރު

  ކޭބަލް ކާރު، ބޭ، ކާރަށް ވަނީ އުތަ؟

  31
 8. ޔަސޫލް

  ޖާބިރުއައް ޕުރައިވެޓް ސަބްމެރީންއެއްވެސް ގެނައުމުގެ ހުއްދަދޭންވީ.. އަދި ހަތިޔާރު އެޅި ބޮޑީގާޑުންވެސް ގެނައުމުގެ ހުއްދަ ދޭންވީ.

  27
 9. ނަސީދު

  މިޖާބިރުގެވާހަކަ އަޑުއަހާއަހާ މުޅިން ހޮޑުލަވާ ނޫސް ތަކުން މިޖާބިރު ބޭކާރު ވާހަކަ ތައް ގެނެސް ދޭތީވެ ހިތާމަކުރަން

  17
  1
 10. ޔާމިން

  ޖާބިރު ބޭނުއްކަމެއް ކުރުމުގެ ހުއްދަ ދޭތި ޖާބިރަކީ ބަލި ގޮލައެއް.

  15
  1
 11. އަޒްލިމް

  ޖާބިރު އިސްލާމިކް އެފެޔާސްގެ މިނިސްޓަރަކައްވާން ކުރިމަތިލާންވީނޫންތޯ..

  14
 12. ނަންނުގަތި

  މިއުޅެނީ ކަރަންޓާއި ފެނާ އިންޓަރްނެޓް އަގުހެޔޮ ނުކުރެވިގެން... އަދިވެސްވީ ހެލިކޮޕްޓަރު ގަންނަންތަ؟

 13. މަރީ

  އަދީބު ފިލަން ހެލިކޮޕްޓަރެއް ބޭނުން

 14. ޒިޔާ

  ގަދަ މީހެއް ސަހާދެއް.މިވަރުގެ މީހަކު ނުހުންނާނެ.ޖާބިރުއަށް ވެރިކަން ލިބިއްޖެނަމަ ދިވެހި ހުރިހާ ރައްޔިތުން ހެއްވާލާނެ.މިހާރުވެސް އެދަނީ އެކަން ދައްކަމުން.ހެލިކަޕްޓަރ ގެނައުމުގެ ހުއްދަލިބިއްޖެނަމަ ރާއްޖޭގެ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައިއިނދެ ސަންރައިސް ބަލަން ބޭނުންވިޔަސް އެކަން ކޮށްލެވޭނެ.ގުޑް ލަކް ޖާބި.

 15. ނޮސްއަޕް

  ބޭފުޅާއަތަކު ނުހުންނާނެ ޕްރައިވެޓް ހެލިކޮޕްޓަރެއް ގަންނަވަރަކަށް ލާރިއެއް!

 16. ނަޖްވާ

  ޖާބިރަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ގެނައުމުގެ ހުއްދަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް! ހަމަ ދޭންވީ، އެހެން މި ބުނީ މި ކައިރި ޤައުމުތަކުގަވެސް އަމިއްލަ ވިޔަފާރިވެރިން ޕްރައިވެޓް ހެލިކޮޕްޓަރު ދުއްވާ ހަދާތީވެ!

  1
  1
 17. ބޮސް

  ލޯނު ނަގައިގެން ގަންނާނީ.