އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ އެއް ގޮޑި އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.
އިންތިހާބު ނުބާއްވަނީސް އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި ދާއިރާގެ ގޮޑި އެމްޑީޕީން ކަށަވަރު ކުރީ، އިތުރު ކެންޑިޑޭޓަކު، މި ދާއިރާއަށް ވާދަ ނުކުރާތީއެވެ. މިއީ އަންހެނުންނަށް ހާއްސަ ދާއިރާއެކެވެ.
އެ ދާއިރާއަށް ކުރިމަތިލި ހަމައެކަނި ކެންޑީޑޭޓަކީ މަރިޔަމް ސައީދާއެވެ.
އެ ދާއިރާއަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އޭނާއަށް ވަނީ އެ ދާއިރާގެ ގޮޑި ކަށަވަރުވެފައެވެ.
އައްޑޫ ސިޓީ ހިތަދޫގެ އެއް ދާއިރާ އެމްޑީޕީއަށް ކަށަވަރުވިއިރު، ނ. ކުޑަފަރީ ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެ، އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފައެވެ.
އެރަށު ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައި ވަނީ، އެ ތިން ކެންޑިޑޭޓުންނާއި ވާދަކުރަން އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.
އެގޮތުން، ކުޑަފަރީގައި ކައުންސިލްގެ ރައީސާއި އަންހެން ދެ މެމްބަރުން ހޮވަން އިންތިހާބު ބާއްވަން ނުޖެހޭނެއެވެ.
އައްޑޫގަ ގިނައީ ރަތްލާޖެހި ރީނދޫ މީހުން! އެއީ ޔެލޯ ސިޓީ! އަންނި ބުނިގޮތަކަށް ނަށާނެ! މިވެރިކަން އައިފަހުން އައްޑުއަށް ތަރައްގީ އޮހެނީ މަތިންނާ ތިރިން! ތަރައްގީގެ ފުރަތަމަ ޕްރޮޖެކްޓް އާދެ މިލިޓަރީ ބޭސް ނިމެނީ!ރީނދޫ ބައިގަނޑު އުފަލުން ފޮޅެނީ!
ކީއްކުރަން ހ ޮވާކަތީބުން ތަކެއްތަ؟.
އަތޮޅުވެރިންނާ ކަތީބިންނަކީ އެއްވެސް ބާރެއް އޮންނަބައެއްނޫން.
ހުރިހާބާރެއް އޮންނަނީ އިއްޒައްތެރި މާލޭ ސަރުކާރަށށ ށް.
ލޮބުވެތި ރައްޔިތުންނޭ ތިގޮތަ ށް ގައުމު މޑޕ އާއި ގައުމު ހަވާލު ނުކުރޭ . ވިސްނާ ވިސްނާ އަދި ވަގުތު އެބައޮއް.
ތިއީ ގަސްތުގަ އިދިކޮޅުން އެމްޑީޕީ އަށް ގޮނޑި ބަހަނީ
??? އައްޑޫ ސިޓީ ބޭރުމަތީގައި އުޅުއްވާ ސިޔާސީ ކަނބަލުންގެ،،،،،،،،،،،، ،،،،،،، އައްސަރިބަހާއި ސާބަސް އަދިވެސް އެފު.ބީ އަ ށް ފޮޓޯއެއްލާފަ މީސްމީހުނައްފުރައްސާކުރެވޭތޯބަލާތި އެއިރުން އެއޮތީ އައްނުފޯރާވަރުގެ ސިޔާސީ މީހަކަ ށްވެފަ. ޟުކުރިއްޔާ
ބޭރުމަތީގެ
n ގާބިލު ސިޔާސީ ކަނބަލުން
އައްޑޫގަ ގިނައީ ރަތްލާޖެހި ރީނދޫ މީހުން! އެއީ ޔެލޯ ސިޓީ! އަންނި ބުނިގޮތަކަށް ނަށާނެ! މިވެރިކަން އައިފަހުން އައްޑުއަށް ތަރައްގީ އޮހެނީ މަތިންނާ ތިރިން! ތަރައްގީގެ ފުރަތަމަ ޕްރޮޖެކްޓް އާދެ މިލިޓަރީ ބޭސް ނިމެނީ!ރީނދޫ ބައިގަނޑު އުފަލުން ފޮޅެނީ!
ތިއީ އަލިފު ނުދަންނަ އީސާ ތައްކާނު.