ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މާފުށި ޖަލަށް މިއަދު ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެ ޒިޔާރަތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތައްވެސް އޮޅުން ފިލުވާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

ކަރެކްޝަންސް އިން ބުނީ މިނިސްޓަރު މާފުށި ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވާއިރު އާލާސްކަންފުޅާ އުޅުއްވާތީ ދާދިފަހުން ރައީސް ޔާމީން ވަނީ އައިޖީއެމްއެޗުގައި އެޑްމިޓުވެސް ކޮށްފައެވެ. އަދި ޓެސްޓުތައް ހަދާ ނުނިމޭތީ ދުވަސްކޮޅެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ބޭއްވުމަށްފަހު ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންވެސް މިއަދު ވަނީ ހައިކޯޓުގައި ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައި މިވަނީ އިސްތިއުނާފު އަޑުއެހުމަށް ރައީސް ޔާމީން މާލެ ގެންނެވުމުގެ ކުރިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތޭރަވާ

    #ރައީސްޔާމީން ދޫކޮއްލާ

    153
    14
    • ބޯކިބާ

      މުޖުތަމައަށް ނުރައްކާތެރިމީހުން ތިބެންޖެހެނީ ޖަލަށްލާފަ.

      2
      3
  2. މޭން

    ބަޣާވާތް މަ ކުއްވެރި ކުރަން؟؟؟ އެބޭސިޑިން، ވެއްޓި... . .. . ...

  3. ޢަލީހަލީމު

    ހަމަމިހާރު ޔާމިނު ދޫކޮއްލާ ރިސޯޓު މުވައްޒަފުން މިއަދު ބޭނުންވަނީ ޔާމީން މިއަދު ރިސޯޓު ހިއްސާ ނުދެވުނީތީ ޔާމިން ހިތާމަކުރޭ ހާލުގަ ޖެހުނުދުވަހު ސަންސިޔާމު ޗަންޕާ ކޮލިބެ އެތިބީ ފިލާ ޔާމިނުދެކެ ލޯބިވާ ރިސޯޓު މުވައްޒަފުން އެމްޑީޕީ ޖަލްސާޔައް ނުދިޔައީ އެހެންވެ މީގެފަހުން ޔާމިނު އެންމެލޯބިވާނީ ރިސޯޓު ބޯއީސްދެކެ

  4. ފަހަރި

    ކެނެރީގޭ މުހައްމަދު ނަޝީދު ފަތުންދާ ކޮންމެ މީހަކީ މިގައުމުން އިލާމްދީން ނަށްތާލަންދާމީހެކޭ ބުނި އިމްރާން ތިދުވަނީ ކާކުފަހަތުން ތޯބުނެދީފާނަންތަ

  5. 19 ނަވާރަ

    މާތް ﷲ ޔާމިން މިއްޖުކުރައްވާދޭ. އެކަލާނގެ ކަމަކަށް އިރާދަ ކުރައްފިނަމަ ލަހެއްފަހެއް ނުވާނެ

  6. ބެއްޔާ

    ޔާމީނު މިހުންނަނީ ކަޅު ކުލައިގެ ޔުނީފޯމެއްލައްވާފާދޯ؟ ފޮޓޯ ބަލާލީމާ ހީވާތީ އަހާލީ.

    31
    2
  7. އ. ޖ. އ

    ދެންވެސް ޖަލަށް

    8
    30
  8. ބެއްޔާ

    ޔާމީން ބައްދަލެއް ނުކުރާނެ އިމްރާނާ. ބައްދަލުކުރިނަމަ ފޮޓޯއެއްހާ ހިސާބުވެސް ހުންނާނެ. ބައްދަލުކުރި މީހުންގެ ފޮޓޯ އެހެރީ މަތީގަ.

    28
    3
  9. މުހައްމަދު

    ރައީސް ޔާމިންއަށް ދަންނަވާލަން ބޭނުން ނަމަނަމަ މުނާފިޤް ކަލޭގެޔާއެކު ޑިލްއެއް ނުހަށްދަށޭ. ﷲގެ އިރާދަފުޅާއެކު މަނިކުފާނު މިނިވަންވާނޭ. މިނިވަން ވާންވެސް ﷲ އަށްް ދަންނަވާށޭ.

    56
    4
  10. މާމީ

    ލޮލައް ރަގަޅައް ނުފެންނައްޏާ ކޮންމެ ގޮތަކައް ވެސް ފެނިދާނެ

    6
    17
  11. އެކްޓަރ

    ﷲ ގަންދީ ބުނަން އަހަރަމެން ހިތްހަމަޖެހި ނިދާލާނީ ރ.ޔާމިން މިނިވަންކޮށްފަ، ނުހައްގުންދެވޭ އަދަބެއް... ހުކުމް ކުރި ދުވަހު ޖެހި އަޑުގަދަ ގުގުރި އެއީ އާދައިގެ ކަމެއްނޫން.. އެއްގޮތުން ނުވަންޏާ 2 ވަނަގޮތެއް 2 ގޮތުން ނުވަންޏާ 3 ވަނަ ގޮތެއް އެއީ މިސަރުކާރު ނޭވާހޮޅިއަށް އަޅުވާލުން...ދޫކުރޭ

  12. މޯދީ

    ޑީލް ހަދަން ފެށީ، ކޮޅު ބަލިވާ އަތަށް އަޅާލީމަ. ފަހަރި ނިކަން ބޯބޮޑުވެފަ ހިޔަޅުކަން ގަދަވާނެ.