މާލޭގެ އިއްޒުދީން މަގުގައި ހުންނަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، އިއްޒުދީން މަގުގައި ހުންނަ މ. ކަކޮޅަސްގޭގެ އެންމެ މަތީ ފަންގިފިލާގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ އިމާރާތުގެ ވައިގޮޅީގެ ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.އަދި އެ އިމާރާތުން ދުން އަރާތީ އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތް ތެރިވަމުންެދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އެމްއެންޑީއެފް އިން އިމާރާތުން ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.