ދިވެހިރާއްޖޭގައި މިހާރު ކުރަމުން އަންނަ ވެރިކަމުގެ ސަބަބުން ޤައުމު ދަނީ އޮޔާއި ބެހެމުން ކަމަށާއި، ކުރަންޖެހޭ ކަމަކީ ޤައުމު އަލުން އަނބުރާ ހޯދުން ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒް ވިދާޅުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ދިޔަ ޕީޕީއެމްގެ "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަމުން މުއިއްޒު ވިދާޅުވީ، މި ވެރިކަމުގައި މިހާރު ފެނިގެން އަންނަނީ ދިވެހިންގެ ލޮބުވެތި ޤައުމު އޮޔާއި ބެހެމުން އަންނަތަން ކަމަށާއި އެކަން ހުއްޓުވަން ދިވެހިން އެކީ ނުކުންނަން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ކޮންމެ ދިމާލަކަށް ބަލާލިއަސް ފެނިގެން އަންނަނީ އިސްލާމް ދީނަށް ގޮންޖަހަމުން އަންނަ މަންޒަރު ކަމަށެވެ. އެހެން ކަމުން ހުރިހާ ދިވެހި ރައްޔިތުން އިސްލާމް ދީނަށްޓަކައި އެކަތިގަނޑަކަށް ވެގެން އެކަން ހުއްޓުވުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.

"މިހާރު ފެނިގެން ދަނީ އަޅުގަނޑުމެންގެ އިސްލާމް ދީނަށް ގޮންޖަމުން އަންނަ ތަން. އެކަން ހުއްޓުމަކަށް އަންނަ ޖެހޭ. އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ. އަޅުގަނޑުމެން އެކުވެރި ބަޔަކަށް ވާން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދިވެހިންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޭނުންވަނީ އެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދޭނެ ލީޑާޝިޕެއް ކަމަށެވެ.

"މާލޭގެ ހާލަތު މިހާރު އޮތްގޮތުން މާލެ އަށް އެބަ ބޭނުންވޭ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ލީޑާޝިޕެއް. ހީވާގި މަސައްކަތްތަކެއް ހުއްޓުމެއް ނެތި މަސައްކަތްކޮށްދޭނެ ލީޑާޝިލެއް އެބަ ބޭނުންވޭ. އަޒުމްވަރުގަދަ ކަމާއެކީގައި މަސައްކަތް ކުރާނެ ތެދުވެރި އިހުލާސްތެރި ލީޑަޝިޕެއް އެބަ ބޭނުންވޭ،" މުއިއްޒު ވިދާޅުވިއެވެ.

ޒުވާނުންނަށް ކޮށްދެއްވާނެ ކަންތައްތައް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ދާ

"ކޮންމެވެސް މުބާރާތެއް ކުޅެންވީމާ އެކަންޏޭ ތިމަންނަމެންގެ އަޑު އިވެނީ. ތިމަންނަމެން ބޭނުންވަނީ އެގޮތަށް އުޅޭކަށް ނޫނޭ. ތިމަންނަމެން ކައުންސިލާވެސް ބައްދަލު ކުރީމޭ. ސަރުކާރާވެސް ބައްދަލު ކުރީމޭ. ތިމަންނަމެންނަށް ކޮންމެވެސް ކަހަލަ ފުރުސަތެއް ދޭށޭ. މަސައްކަތެއް ކޮށްގެން ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ހިދުމަތެއްކޮށް ތިމަންނަމެން ބޭނުންވަނީ އަބުރުވެރި ދިރިއުޅުމެއް އުޅޭށޭ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުރި ނަމަ ޤައުމަށް ކޮށްދެއްވަން ކަނޑައަޅާއި ޕްލޭން ކޮށްފައިވާ ބައެއް ކަންތައްތައް ދިވެހިންނާއި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މިލިޓަރީ ބޭސް އަޅާއެނިމެނީ!ކޮންކަމެއްބާ ދިވެހީންނަށް ކުރެވެނީ!ގައުމު ވިއްކާ މީހުން މިހާރުވެސް އެތިބީ ޑީލްހަދަން ގޮއްސާ ހިންދުކަރައަށް

    29
    • ޙައްގުބަސް

      ހަގީގަތަކީ އެމްޑީޕީއަށް ދިވެހި ސަރުކާރު ޙަވާލުކުރީ ދިވެހި ރައްޔިތުން؟ މިއީ ޙަގީގަތަކީ! ދިވެހި ރައްޔިތުން ހެދި ވަރަށްބޮޑު ގޯހެއް މިއީ! މިކަން މިމަގުން ގެންދިއުމަށް ދިވެހި ރައްޔިތުންގެ ބޮލަށް ސަވާރުވުމުގައި ގައުމަށްވުރެން އަމިއްލަ އެދުން އިންތިހާއަށް ކުރިއަށް ނެރެގެން މަސައްކަތްކުރީ މިރާއްޖޭގެ ސިޔާސީ އިސް ދެތިން މީހަކު! އެއީ ބުރުމާއާ ޚުދުމުޚުތާތު ތިރީސް އަހަރު ވެރިކަން ކުރި މީހަކާ ބޮޑު ޝޭޚެކޭ ކިޔާ މުނާފިގެކޭ ބުނެވިދާނެ! މުނާ ފިގެކޭ މިބުނަނީ ކަނޑައެޅިގެން ބުހުތާނު ދޮގު އެތައްފަހަރަކު ހަދާފައިވާތީ!! އެމްޑީޕީއަށް ވެރިކަން 2008 ވަނަ އަހަރު ދިނީމާ މިގައުމަށާ ދިވެހިރައްޔިތުންނަށް ހަދާލިގޮތް ދިވެހިރައްޔިތުންގެ ހިތްތަކުން ފޮހެލީތީ ހިތާމަކުރަންޖެހޭ! މިމީހުނާ ދުރުވާށޭ ކިޔާ މިގައުމަށް ހެޔޮއެދޭ އެތައްބަޔަކު ރޮއެ އާދޭސްކުރި! އެކަމަކު އަޑެއްނީވުނު! އެއްހަރަކުން ދެފަހަރު ކަށިޖަހަން ފުރުސަތު ދިނީމަ ވާނެގޮތް މިފެންނަނީ! ދެން ރޯނެކަމެއްނެތް! 2018 އިގެ އިންތިޚާބު ގަޑުބަޑުކޮށްގެން ނަތީޖާ އިލެކްޝަނުން ނަތީޖާ ނެރުނުކަމާމެދު ޝައްކުކުރާ އެތައް ދިވެހިންނެއް އެބަތިބި! އެއީ ކަންކުރިގޮތުން!! ފުލުހުންވެސް ކަންކުރިގޮތުން! ކޯޓުތަށްވެސް އޮތީ ގަނެލާފަ! އިލެކްޝަން އޮތީ ބޮޑުތަނުން ގަނެލާފަ! ފުލުސް އޮފީސް އޮތީ އިސްވެރިންގެ މެެދުގައި ބައިބައިކުރުވާފަ! ބަލިކަށިކުރުވާފަ! މިއީ ކުރީގެ ކަމިޝަނަރު ރިޔާޒު އާ މިހާރުގެ ބައެއް އިސްވެރިން ގުޅިގެން ރޭވުންތެރިކަމާއެކު ކުރުވިކަމެއްކަމަށް ތުހުމަތުކުރެވޭ ވަރަށްގިނަ ސަބަބުތައް އެބަހުރި! މިކަންކަން މިމަގުން ގެންދިއުމަށް ޚަރަދުކުރީ އަވަށްޓެރި ގައުމަކުން! ޚަރަދުކުރީ އެކަންޏެއްނޫން! އެމީހުންގެ ގިނަ އަދަދެއްގެ އެޖެންޓުންތައްވެސް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހަރަކާތްތެރިވެފައިވޭ! މިހާރު އެގައުމުން މިރާއްޖޭގެ ދާޚިލީ ހުރިހާކަމަކާ ބެހި ބަސްބުނަމުން އެދަނީ! އެގައުމުގެ 200 ސިފައިން ދެ ސަރަޙައްދެއްގައި އެބަތިބި!! މިގައުމުގެ މިނިވަންކަމާ އިސްތިގުލާލު މިސަރުކާރުން ވެއްޔާ މޮޑެލައިފި! ދިވެހިން ކޮންއިރަކުތޯ ވިސްނާ ފިކުރުކުރަނީ! މިދެންނެވި ގައުމުގެ މީހުން މިރާއްޖެއަށް ހެޔޮނޭދޭނެކަން ގަބޫލުކުރަންޖެހޭ!! އެއީ މިދެންނެވި އަވަށްޓެރިގައުމުގެ މުސްލިމު ރައްޔިތުންގެ ޙައްގުތައް ނިގުޅައިގަނެ އެގެންދަނީ މިސްކިތްތަކުގައި ހުޅުޖަހަމުން މީހުން މަރަމުން! މިދަނޑިވަޅުގައި މިރާއްޖޭގެ އެއްބާރުގެ ވެރިޔާ އެހެރީ އެގައުމަށްގޮސް ހިތްވަރުދޭން! ދިވެހިން ވިސްނާ ފިކުރުކުރޭ! ގައުމު ސަލާމަތްކުރޭ! މިއީ މަގޭވެސް ގައުމު!

      12
      2
  2. ހަބޭސް

    މީމަގޭ ރާއްޖެ މާލެ މުއިއްޒު ކުރަމާ!

    29
  3. އީޖާބޭރާއްޖެ

    ޒުވާނުން ފެންނަނީ ކޮންމެވެސް މުބާރާތެއް ކުޅެންވީމާ ނޫނީ ވޯޓް ލާންވީމަ އެކަންޏޭ ޙާއްސަކޮއް މިމާލޭގެ ޒުވާނާ ބޭނުން ވާނީ ވޯޓްލާން އެކަނި ރައްރަށުގެ ޒުވާނާޔައް ގޯތިލިބޭ ހިލޭ އެގޯތީގައި ގެސްޓް ހައުސް އެޅޭ އެކަމަކު މާލޭގެ ޒުވާނާޔައް ނުލިބޭ ގާނޫނުގަ ބުނާހަމަހަމަކަން ކޮބާތޯ މިވާހަކަ ދައްކާނެ މީހަކު ނުވޭ ވޯޓް ކައިރިވީމަ އަޑައްބާރުލާފަ ބުނާނެ މާލޭގެ ޒުވާނާ އުޅެނީ 100 ފޫޓް 100 ފޫޓް ގޮޅިއެއްގައޭ ވޯޓް ލިބޭއިރައް އެނިމުނީ ބަލާވެސް ނުލާނެ އަހާވެސް ނުލާނެ މީތޯ އެވިދާޅުވާ އެޖެންޓް 19 ގެ ހަގީގީސިފަޔަކީ

    26
    1
  4. ދުނާމަ

    ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވަން އުޅެނިކޮށްވެސް ބަޔަކު ތިޔަ ޒާތުގެ ފިތުނަވެރި ވާހަކަތަކެއް ފަތުރައި އެކަން ހުއްޓުވި. އެއީވެސް އެބަޔަކާ ރައުޔު ތަފާތުވެގެންނޯ. އެހެންވީމަ މަމެން ހަމަ ދެންވެސް ކިޔާނީ ރީނދޫހުން ޖެހިގެން އުޅޭ އިސްސަފުގައުޅޭ ލާދީނީ އުޅޭ. މިކޮމެންޓް ކަލޭމެންނަށް ރާއްޖެއެމްވީގައި ޖަހަން ނުކެރުނަސް ވަގުތުން މި ކޮމެންޓް ފެންނާނެ.

    11
  5. އީޖާބޭރާއްޖެ2

    މާލޭގެ ގެސްޓް ހައުސްއެއް އެއްގޮތަކަށް ވެސް ނެތް. ދިރިއުޅެން ދިން ބަންޑާރަ ބިންތަކުގަ ބޮޑެތި އިމާޜާތްތައް އަޅައި އަތެއް ފައެއް ނުފޯރާ އަގުތަކުގަ ކުއްޔަށް ދީ މިލިއަނުން ފައިސާ ނަގައި އެއްވެސް ޓެކުހެއް ނުދައްކާ އުޅެނީ. ގެސްޓް ހައުސް އަކަށް ވަނީ ފަރަންޖީ ދޮން މީހުން އުޅުނީމަ ދޮ ތަ؟؟

  6. ކިނބޫ

    ރީނދޫ ކުދިންނަށް ރޭ ނުނިދޭނެ. ދޯ މާރީދައްތާ؟ ތަފަކީރުވެސް ލައްކަ މޭޔެޅުނެއްނު. ހެހހެ

    12
    • ގާފަރު ޕަރީ

      ހާހާާާާހާހާ... ހަމަ ހެވެނިއްޔޭ. ކީއްތަކުރާނީދެން.