ގައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވުމަކީ މުޅި ދިވެހި ދައުލަތް ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ 30 އަހަރު ގައުމުގައި ވެރިކަން ކުރައްވައި އެކިގޮތްގޮތުން ރައްޔިތުންނަށާއި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް މައުމޫން ޖަލަށް ލައިގެން އުޅުމަކީ މުޅި ދައުލަތް އެކަމާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބެންޖެހޭ ގަދަރާއި ޝަރަފެއް އޮންނަ ކަމަށާއި ރައީސް މައުމޫނަށް އެކަންކަން ސަރުކާރުން ނުދޭތީ ހިތާމަކުރައްވާ ކަމަށެވެ.

" ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން އެއުމުރުފުޅުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓައިގެން ރައީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ސާފު. މިއީ އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަމެއް " ހަސަން ވިދާޅުވިއެވެ.

އަނިޔާ ލިބޭ ތަން ބެލުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ ރައީސް މައުމޫން ޖަލަށްލައިގެން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުވެސް ލަދުގަންނަން ޖެހޭ ކަމަށާއި ރައީސް މައުމޫން އެކަމަނާއަށް ކޮށްދެއްވާފައިވާ ކަންކަން ހަނދުމަފުޅު ނެތުނީތޯ ސުވާލު ދަންނަވަން ބޭނުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

"ލަދުފުޅެއް ނުގަނޭތޯ. ރައީސް މައުމޫން ޖަލުގައި ބައިންދަވައިގެން ނިހާން ޕީޖީ ލީޑަރުކަމުގައި ހުންނަވަން ކުޑަކޮށްވެސް ލަދުފުޅެއް ނުގަނޭތޯ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމަށް ވެސް މިސުވާލު ދަންނަވަން ބޭނުން. ތިބޭފުޅުންނަށް ރައީސް މައުމޫން ކޮށްދެއްވި ކަންކަން އެކަނިމާއެކަނި އިންނަވައިގެން ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައްވައިގެން ވިސްނާވަޑައިގެންބައްލަވާ. ހަމައެއްވެސް އެއްޗެއް ހިތްޕުޅަށް އަރާވަޑައިނުގަންނަވަނީތޯ" ހަސަން ވިދާޅުވިއެވެ.

ރައީސް ޔާމީން ހިންގަވާފައިވާ ވައްކަމާއި ކޮރަޕްޝަންތައް ބަލާނެ ކަމަށާއި ނަމަވެސް ނާއިންސާފުން އެމަނިކުފާނާމެދު ވެސް ކަމެއް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ބޭނުންނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޚަޅު

    އެކަން ނޭނގިގެން ތޯ 2006 ގަ ހޯބޯ ލަވަމުން އެންބުރުނީ!

  2. ކޮސްނުގޮވާ

    އަނިޔާވެރި ވާހަކަ ކޮއްދީފައިވާ ކަމެއް ނެއްވާހަކަ މިއޮހުރިހާދުވަހު ދެއްކީ ތިބޭފުޅުން އިގޭތޯ

  3. ޙަފްޞާ / މާލެ

    އެމްޑީޕީ ތިޔަހެންބުނީމާ އިރުހަނދާ ތަރިތައްވެސް ލަދުން އިސްޖަހާލައިފި!

  4. އަޒޫ

    މައުމޫނު މިއަދު ކަލޭމެނާއި ބައިއަތުހިފައިގެން ހުރީމަ އެވަރެއް ނެތް...ބަލަ ކަލޭމެންގެ އަނގައިންނޫންތޯ ގޮވެލިފަތިގޮވީ..............މައުމޫނުގެ ވެރިކަމުގެ ދިގު ތިރީސް އަހަރު މިޤައުމަށް ކޮށްދިނީ ކޮންކަމެއްހޭ!!!!! މިހާރު ކަލޭމެނަށް ތިޔަފެންނަން ހުރި ހުރިހާ ތަރައްޤީއަކީވެސް މައުމޫނުކޮށްދީފައިވާ ކަންތައްތައްދޯ.........ކަލޭމެން ތިޔަބުނާގޮތުންވިއްޔާ..........ހަކުރު ދެންޏާ ބޮޑުބޭބޭ......... މިއަދު މައުމޫނު ވަރެއްނެތް......

  5. ލަަދު

    ބައްލަވާ! އެމް.ޑީ.ޕީ އުފެއްދީ މައުމޫން ކަމެއް ނުކޮށްދެއްވައިގެންނާއި ކަންކަން ކުރައްވާ ގޮތް ގޯސްވެގެން ނޫންތޯ؟ އޭރު އެމް.ޑީ.ޕީ އިން ނުގަތް ލަދެއް މިހާރު އެހެން ބަޔަކު ގަންނަންވީ ކީއްވެގެންތޯ؟

  6. ޑާކު

    އޭ ކީކޭ ތިކިޔަނީ ބަލަ ކަލޭމެން ނޫންތަ މައުމޫނު 30 އަހަރުގަ ކުރީ ކޮންކަމެއްހޭ ކިޔާ ހަޅޭލަވާ، މުޅި ޤައުމު ހަލާކުކޮށްލީ، އަދިވެސް މި އުޅެނީ އެކަމުން އަރައިނުގަނެވިގެން.

  7. މުހަންމަދު

    މުނާފިގުންނަކީ މިނޫން ދެން ކޮނބަޔެއް؟ އިހައް ދުވަހާ ޖހެންދެން މައުމޫނަކީ ގޮ......ބޯ.

  8. ކްރޯޑް

    ބަލަ ކަލޯމެނެއްނު މައުމޫނު ކަމެއް ކޮށްޭނުދެޔޭ ސަރުކާރުގެ ލާރިގަނޑު ކާލަނީޔޭ ރިސޯޓަކާ2 ލެޕްޓޮޕް އޮތީމަ ސަރުކާރު ހިންގޭނެޔޭ ކިޔައިގެން ވެސް އުޅުނީ އަދި ފާޑެއްގެ ކޮމިޝަނެއް އުފައްދައިގެން މައުމޫނަށް ދައުވާ ކުރަންވެސް އުޅުނީ ރައްޔިތުން ދެކެ ބިރުން އެކަން ނުވެފަ އޮތީ

  9. އިބިރިން ބެއްޔާ

    ރައީސް ޔާމިނު ގައުމައް ގެންނަ ތަރައްގީ ނުފެންނަ މި އެމްޑީޕީ ގަ ތިބި ބޮޑުންނަކީ ހަމަ ޔަހޫދީންނޭ ބުންޏަސް ދޮގަކައް ނުވާނެ..

  10. ޑޮންޑޮންފުޅި

    މައުމޫނު އަނިޔާވެރި ވެގެން ގޯސްވެގެން ނުކުތީ ކޮންބަޔެއް؟ މައުމޫނަށް އެންމެ ބެވި އެކަކު މި ހަސަން ލަތީފަކީ.

  11. ނަފުރަތު

    ވާހް..އެމްޑީޕީމީހުންތިވާހަކަދައްކަން ލަދެއްވެސް

    ނުގަނޭތަ ...މިއޮއް ހުރިހާތައްޒަމާނު މަައުމޫނަށް

    އެއްޗެހިގޮވާ ރޮލާހުއްޓަ ކައިފާނެހެންހީވަނީ

    މީކޮންބަެއްކުރިކަމެއްކަން އެއްވެސް މީހަކަށް

    އޮޅިފަކާނޯންނާނެ ކާކަށް އޮޅުވާލަންތިއުޅެނީ

    މިޔަދު އެވަރެއްނެއް ..މަ ހީހީހަލާކު

  12. ނަފުރަތު

    މިހާރު އަންނިޔަށް ޖަލްސާތަކުގަ ހާއްސަކުރާ

    ގޮނޑި ހުންނަނީ މައުމޫނަށް ހެއްވައެންނު

  13. ނަޛީބާ

    މިސަރުކާރުން އަބަދުވެސް ދީނަށް ވަރަށް ލޯބި ކުރައްވާނެ މައުމޫނު ދީނަށް ފުރަސާރަ ކުރައްވާފަ ނަޝީދު ދީނީ މިނިވަންކަން ދެއްވާތީ ކޮށްދެއްވެވި ޚިދުމަތްތަކުގެ އަގު ވަޒަން ނުކުރެއްވެވީ

  14. އާބިދާ

    މައުމޫން ކޮއްދިން އެއްވެސް ކަމެއް ހަނދާން ނުނެތޭ، ދުވަހަކުވެސް ނުނެތޭނެ، ޚާއްޞަކޮށް ނުޙައްޤުން މަށަށްދިން އަނިޔާ