ސެކިއުލަރިޒަމް ނުވަތަ ދިނާއި ސިޔާސަތު ވަކި ކުރުމަށް ކުރާ މަސައްކަތްތަކަށް ދެކޮޅު ހެދުމަކީ ހޭޓް ސްޕީޗް (ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ) ނޫން ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ ސެކިއުލާ ވިސްނުމާއި، އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ދެކޮޅު ހެދުމަކީ ހޭޓްސްޕީޗް ނޫން ކަމަށާއި، ހަގީގަތުގައި ހޭޓް ސްޕީޗް އުފައްދަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އިސްލާމް ދީނުގައި ހޭޓް ސްޕީޗް ހުއްދަ ނޫން ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ އެހެން ދީންތަކަށް ހިތްވަރު ދިނުމަކީ ބަލައިގަންނަނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
Islam Dheengai Hate Speech hudhdhaehnoon. Ekan emme ginain kuraa baeh rayyithunnah engeyne. Secularism nuvatha extremism fethurumah hingaa kankamaa dhekolhah vaahaka dhekkumakee Hate Speech kurumehnoon. Ehen dheenthakah hiiyvaru dhinun baleh nuganeveyene!https://t.co/jPhNvu1H1A
— Adam Shareef Umar (@Adamshareefz) February 29, 2020
އާދަމް ޝަރީފް އުމަރު އެގޮތަށް ވިދާޅުވީ، ރާއްޖޭގައި ހޭޓް ސްޕީޗް ނުވަތަ ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިއްޔެ ގޮވާލާފައި ވަނިކޮށެވެ.
އެމްޑީޕީގެ ބަޔާން އެގޮތަށް ނެރުނު އެއް ސަބަބަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ފިކުރުތަކެއް ފެތުރުމަށް މަސައްކަތްކޮށް ބަޔަކު ސެމިނާތަކެއް ކުރިއަށް ގެންދާ ކަމުގެ އަޑުތައް ގަދަވެފައި ވުމެވެ. މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެއީ ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކުރި ސަބަބެކެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ނަފްރަތާއި ރުޅިވެރިކަން އުފެދޭ މިފަދަ ވާހަކަތަކަށް ދައުލަތުން ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަން އަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި، މުޖްތަމައުގެ އަމަން އަމާންކަން ނަގާލުމަށް ވާހަކަ ދައްކާ ފަރާތްތަކުން، ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ ސީރިއަސް ސިފައެއްގައި ބަލަން އެ ޕާޓީން ވަނީ ގޮވާލައިފައެވެ.
ރަގަލު
ނަޝީދު ބުންޏެއް ނޫން ތަ އަދީބަކީ އެސަރުކާރުގައި ތިމަންނަ އެޅުވި ފަންޏެކޭ.
ފިތުނަ އުފައްދާ ތީ ނަޝީދު ހައްޔަރުކުރޭ.
އެއީ ރާއްޖޭގައި އުޅޭ ލާދީނީ ބައިގަނޑަށް ހިތްވަރު ދިނުމަށް ގޮވާލާ ގޮވާލުމެއް
އިސްލާމްދީނާ ދެކޮޅަށް ޢައިރު މުސްލިމުން ވާހަކަ ދެއްކުމަކީ ވެސް ހޭޓް ސްޕީޗެއްނޫން. އިސްލާމީ ވެރިކަމެއް އައިސްފިނަމަ އެމީހުންގެ އަތުން ޖިޒީނަގާ ސެކަންޑުކުލާސް ސިޓިޒެންސްއަށް ބަދަލުކުރާނެ
ސަރު ކާރު ނިސްބަތްވަނީ އެމްޑީޕީ އަށް. އެހެންނަމަވެސް މިފަދަމައްސަލައެއްގަ ދައުލަތުން ނުވަތަ ދައުލަތުގެ ކަމާބެހޭ ފަރާތްތަ ކުން ނަގަންޖެހޭ ޒިންމާ ނަގަންޖެހޭނީ އެފަރާތްތަކުން ކަމުގަދެ ކެން. އޭގެ ބަދަލުގަ ދައުލަތްވާގިނެތި ދައުލަތް ނިސްބަތްވާ ޕާޓީތަ ކުން ނުވަތަ ޕާޓީއަ ކުން ބަޔާންތައް ނެރެ ފިޔަވަޅުއަޅަން ބުނުމަ ކީ ހަގީގަތުގަ މުޅިދައުލަތުގަވެސް އެއްވެސް އުރަތްޕެއްނެތް ކަން ދަލީލު ކޮށްދޭ ވަރަށްވެސް ފުރިހަމަ ހެއް ކެއް. މިއަދު އެމްޑީޕީ އަށް ހޭޓްސްޕީޗްގެ ވާހަ ކަ ދެއް ކޭނެ ނުވަތައެމައްސަލާގަ ފިޔަވަޅު އެޅުމައް އެދެވޭނެ ޖާގަ އެއްނެތް. ސަބަބަ ކީ އެފަދަ ކޮންމެ ކަމެއް ކުރުމައް ހިތްވަރުދީ އެއިން ކޮންމެ ކަމެއް ހިންގުވާ އުފަން ކުރުވީ ވެސް ހަމަ އެމްޑީޕީ އިސްވެ . ފަާޅުގަ ގައުމުގެ ސަލާމަތީ ބާރުތަ ކާ
ދެ ކޮޅައް ތެދުވެ ޕާޓީގެ އާންމުމެމްބަރުން ލައްވާ ބޮޑެތި ހަމަނުޖެހުންތައް ހިންގުވީ ވެސްހަމަ އެމްޑީޕީ. ދުވަހަ ކުވެސް ރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއަ ކުން ހިންގާފަ ނުވާ ވަރުގެ ބޮޑެތި ގެއްލުންދެނިވި އަމަލްތައް ހިންގީ އެމްޑީޕީ. ވީމަ މިއަދު ފިޔްވަޅުއަޅާނަމަ އެ ކަން ކުރަން ޖެހޭނީފުރަތަމަ އެމްޑީޕީ އާްއިމެދުކަމާ މެދު ސުވާލެއްވެސްނެތް.
ފީ ފަޅޮލެއް އައިސް އެމްޑީޕީއާ ހިލާފަށް އެއްޗެއް ބުންޏަސް ރައްޔިތުން ގަނޑު ހޭބަލިވޭ.
ނިކަން ކެރެންޏާ އިންތިހާބުން ބަލިކޮށްބަލަ. ޔާމިނު ވައްޓާލާފަ އިބޫ ހޮވި ދުވަސް މިހާރު އެކަކުވެސް ހަނދާން ނެތީބާ، ޔާމިނު ހާލުގަ ޖެއްސީ ހަމަ މި ރައްޔިތުން،
ކަލެއަށް ހޭޓް ސްޕީޗަކަށް ވާނީ ކިހާވަރެއްގެ ސްޕީޗެއް؟ މޫނެއް މޫނަކަށް ވާނީ ކިހާވަރެއް ވީމަތަ؟
ބަލަ ލާދީނީ ބައގަނޑަކައް ލާދީނީ ބައިގަނޑެކޭ ނުކިޔާ ދެން ކީކޭތަކިޔަންވީ އެއެއްވެސް ބުނީމާދޯ އެއެއްޗެއްވެސް ކިޔަން އެނގޭނީ ދެން އހެންނޫނީ ކިޔަންވީ މުނާފިޤު