އެކެއް ފެބްރުއަަރީ ގެ އަމުރަށް ފަހު ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އައުމަށް ގޮވާލުމުން، އެފަދަ ބަޔަކު ރާއްޖެ އާދޭތޯ ބަލަން މޯލްޑިވިއަންގެ ފްލައިޓްތައް ބޭނުން ކުރަން ޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ 126 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރޭތޯ ބެލުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ އިތުރުން ރާއްޖޭން ލިބެންހުރި ވަސީލަތްތައް ބޭނުން ކުރަން ޖެހުނު ކަމަށެވެ.

"އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ދިވެހި އަސްކަރިއްޔާ އޮތީ ވަރަށް ރަގަނޅަށް ތަޔާރުވެގެން, އަޅުގަނޑުމެންގެ ހާއްސަ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރޭތޯ، އާދޭތޯ ބެލުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އެހެން ވަސީލަތްތައް ވެސް ބޭނުން ކުރާނެ ކަމަށެވެ.

"ރާއްޖޭން ލިބެންހުރި އެހެން ވަސީލަތްތައް، އެހެން އުޅަނދުތައް ބޭނުން ކޮށްގެން ވެސް ރާއްޖޭގެ ސަރަހައްދު ބަލަމުން ގެންދިޔައިން. އެކަން ކުރުމުގައި މިފަހަރު ހާއްސަ ގޮތެއްގައި މޯލްޑިވިއަންގެ ފްލައިޓް ވެސް ބޭނުންކުރިން. ކުރަންޖެހުނީމަ އެކަން ވެސް ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ޝަރީފު ވިދާޅުވީ އެކެއް ފެބްރުއަރީގައި ދިމާވި ކަންތައްތަކާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުން ވެސް ދިވެހި އަސްކަރިއްޔާއަށް މައުލޫމާތު ހިއްސާ ކުރަމުން ގެންދެވިކަމަށެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެއާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތާއެކު އުފެދުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބައެއް ސިޔާސީ ބޭފުޅުން ގޮވާލި އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު މަޖިލީސްގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ތަނެއް މިހާރު ނެތް ކަމަށް ބުނެ ސްޕްރީމް ކޯޓުން އެ އަމުރު މި ދިޔަ މަހު 18 ވަނަ ދުވަހު ސްޕްރީމު ކޯޓުން ވަނީ ބާތިލު ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބާބޫ ނާޒް

    އެމްޑީޕީ މީހުން ބޮނޑި ބޮއެފިތީތޭ..........

  2. ކ

    ހީފުޅުކުރައްވަނީތޯ. 1 ފެބްރުއަރީގެ އަމުރު ތަންފީޒުނުކުރީމަ އެހިސާބުން ނިމުނީކަމަށް. ފަހުން މި މައްސަލަތަށް ބަލައި ހައްގު އަދަބުލިބޭނެ. އޭގެތެރޭގައި ކަލޭވެސް ހިމެނޭނެ

  3. ކޮއްކޮ

    ސާބަހޭ ޑިފެންމިނިސްޓަރ.

  4. ދުރުމި

    ފަހޭކިޔާއިގެން ތިހީވަނީ ކަލޭމްނަން ވެރިކަން ލިބޭނެކަމަށް ހަދާންނައްތާލަ ދެމިޔަކަނިން ސޮނިބާއިލައިގެން ހުރި ބޮޑުބެރައް ނަށާ އިގިރޭސީންގެ ޕަޕެޓަކައް ދިވެހީން ވއރިކަމެއް ނުދޭނެ.

  5. ދީވާ

    ސާބަހޭ ޑިފެންމިނިސްޓަރ.