ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލް ރާއްޖޭގެ އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އަށް ފަސް ދުވަސް ތެރޭގައި އެއްމިލިއަން ވިޒިޓްސް ލިބިއްޖެއެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 07 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމައަށް "ވަގުތު" އަށް ޖުމްލަ 1066303 ވިޒިޓްސް ލިބިފައިވާ ކަމަށެވެ. މާޗް މަހުގެ 07 ވަނަ ދުވަހު 214800 ވިޒިޓްސް ލިބުނެވެ. މާޗް 08 ވަނަ ދުވަހު 183860 ވިޒިޓްސް، މާޗް މަހުގެ 09 ވަނަ ދުވަހު 256251 ވިޒިޓްސް، މާޗް 10 ވަނަ ދުވަހު 202123 ވިޒިޓްސް އަދި މާޗް 11 ވަނަ ދުވަހު 209269 ވިޒިޓްސް ލިބުނެވެ.
މިފަސް ދުވަސް ތެރެގައި 3.4 މިލިއަން ޕޭޖް ވިއުސް "ވަގުތު" އަށް ލިބިފައި ވެއެވެ.
"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ މީގެ ކުރިއާއި އަޅައި ބަލާއިރު ރެކޯޑް މިންވަރަކަށް "ވަގުތު" އަށް ކިޔުންތެރިން ވަންނަ އެއް ސަބަބަކީ ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ ރާއްޖޭގެ ނޫހަކަށް "ވަގުތު" ވުން ކަމަށެވެ.
"ރަށަކުން ޝައްކުވާ މީހަކު ފެނުނު ވާހަކަ އަޑުއިވުނަސް އެކަން ކަށަވަރު ކުރަން ކޮންމެ މީހަކު ވެސް ބަލާލަނީ "ވަގުތު". އެންމެނަށް ވެސް އެނގޭ ބޮޑު ކަމެއް މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި ހިނގި ނަމަވެސް އެ ޚަބަރެއް އެންމެ އަވަހަށް ކިޔާލަން ލިބޭނީ "ވަގުތު" އިން ކަން." އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް "ވަގުތު" ކިޔުންތެރިންނަށް ކޮވިޑް-19 އާއި ގުޅޭ ޚަބަރުތަކާއި އަދި އެހެނިހެން ޚަބަރުތައް ވެސް ތާޒާކަމާއި އެކު އެންމެ އަވަހަށް ގެނެސްދިނުމުގައި "ވަގުތު" ޓީމް ދެމިއޮންނާނެ ކަމަށެވެ.
"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓެވެ.
ވަގުތު ހަމަ އެއްވަނަ
ރާއްޖޭގަ އެންމެ ގިނައިން ވަންނަ ނޫހަކަށް ވަގުތު ނުވާކަން އެނގޭނެ ޚަބަރުތަކަށް ލިބިފަހުރި ކޮމެންޓްގެ އަދަދަށް ބަލާލޔަސް. ވަގުތުގަ އެންމެ ޓްރެންޑިންގ އާރޓިކަލްއަށް 80 ވަރަކަށް ކޮމެންޓްލިބުނުއިރު އެންމެ މަޝއހޫރުކަމަށް ގިނަމީހުންދެކޭ ނޫހުގެ އެޚަބަރަށް ދެގުނަ ބޮޑުކޮށް ކޮމެންޓްކޮއްފަހުރި. އަދި ވަގުތުގަ ކޮމެންޓްގެ ގޮތުގަ ގިނައިން ހުރީވެސް އެއްބަޔަކު ރިޕްލައިކޮއްފަ ޒުވާބެއްކުރާހެން. ތީފޭކް ބޮޓް ބޭނުންކޮށްގެން ހިޓްސް ގިނަކުރާ ބައެއް.
ޖޭ ނުވެބަލަ!!!!
ވަގުތަށް ވަށްނަ ކޮންމެ މީހަކީ ކޮމެންޓް ކުރާނެ މީހެއްނޫން. ހަޖަމު ނުވިއަސް އެންމެގިނަމީހުން ވަންނަނީވަގުތުނޫހަށްކަން އެންމެންނަށްވެސް އެގޭ. ތީނަވެސް ވަންނާތީތާ ކޮމެންޓްވެސް ތިކުރަނީ?
ހިތްދަގިވީ ދޯ؟ ކެކެކެ އަޅެ ދެރަވޭ.
ވަގުތު އަކީ އެންމެ ރަގަޅަށް ހަބަރު ގެނެސްދޭ ނޫސް....
ހަމަ އަސްލު ވެސް.ވވ.އަޕްޑޭޓް...ﷲ ތި ކުދިންގެ މަސައް ކަތަށް ކާމިޔާބު ދެއްވާށި.......މި ބުނާ ހަމައިގައި ހިފެހެއްޓުމަށް ނަޞޭހަތް ދެން ފާސިޤަ ކު ޚަބަރަ ކާގެން އަތުވެއްޖެނަމަ އޭގެ ތެދު ދޮގު ބެލުން
ފައްސި ނައްސި އައްސި ލިޔާތީ ވަރައްފޫހިވޭ
ދިވެއްސަކަށް ވީތީ ފޫހިވެ ލަދުގަންނަ މީހުން ދިވެހިބަސް ދެކެވެސް ފޫހިވާނެ.
ވަގުތުގެ އަގު ވަޒަން ކުރައްވީ.
ވަގުތަށް ކަމޭހިތަންވީ.
ވަގުތަކީ ކޮންމެ މުހިންމު ދަނޑިވަޅެއް ގައިވެސް
ރައްޔިތުންނަށް ސާފު ޚަބަރު އެންމެ އަވަހަށް ގެނެސްދޭ ނޫސް. ވަގުތުގެ ސަޅި ކަމަކީކޮންމެ ކޮމެންޓެއްވެސް ޖަހާލުމުގެ ހިތްވަރު ހުންނަކަން. ބައެއް ނޫސްތައް ވަކި ކޮޅަކަށް ޖެހި ހުސްވެފައި. އިދިކޮޅު ކޮމެންޓް ޖަހާލާނެ ހިތްވަރެއް ނުހުރޭ. އެހެންވީމަ އެފަދަނޫސްތަކަށް ކޮމެންޓް ނުކުރަން. ހަމަހަމަ ކަން ލިބިދޭ ނޫސް. ހަމައެކަނި ވަގުތު. ކިއުންތެރިންގެ އިޙްސާސްތަކަށް އެންމެ އިޙްތިރާމް ކުރާ ނޫސް. ޝުކުރިއްޔާ ވަގުތު ޓީމް. ހިތްވަރާއި އެކު ކުރިއަށް. އައްސަރިބަހާއި ސާބަސް
އަދި ކޮބާ އަހަރެމެންގެ ކޮމެންޓްތައް ޖަހާނަމަ ވަންނާނެ މާގިނަ މީހުން
ވިސިޓަރސް ކަމް އެންޑް ގޯ
ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް އެކަންޔެއް ނޫން.. ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ އަޕްޑޭޓެޑް ކޮށް ޚަބަރުތައް ގެނެސްދެނީ ވަގުތު ނޫހު ގަ... ވެބްސައިޓް އިންޓަފޭސް ވެސް ހަމަ ސަތޭކަ!!! ޓީމުން ކުރާ މަސައްކަތަށް ހަމަ ސާބަސް.
ޥަގުތު އަށް 5 ދުވަސް ތެރޭ އެއް މިލިއަން ރުފިޔާ ލިބުމަށް ވެސް އެދެން
އަސްލުވާގޮތަކީ ބައެއް ފަހަރު ހަބަރުތައް ގެނެސްދޭލެއް ގިނަކަމުން ނިސްބަތުން ކޮމެންޓު މަދުވަނީ. އެކަން ޖުމްލަ ކޮމެންޓު މާގިނަވާނެ. ދެން ތިޔަބުނާ ނޫހެއްގައި އާ ހަބަރެއް އަންނަނީ އެތައް އިރެއް ކޮށްފައި އެހެންވީމާ އެއިންނަ އެންމެ ހަބަރު ގަނޑަކަށް ކޮމެންޓު ގިނަވާނު!
އަހަރެން ވަގުތައް ވައްނަނީ ލޯޑް ވަާލެއް އަވަސް ކަމުން.. އެ ވަރިހަމަ ޕެކޭޖް ހުސްވެފަ ހުއްޓަސް ވަގުތައް ވަދެވޭނެ ރާސްޓަސް ކިޔާފަ.. ???
ވަގުތު އަކީ ހަމަ ބެސްޓް އިން މޯލްޑިވުސް އިތުރުއެއްޗެއްނެތް ބުނާނެ