މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓް ކެނޑިއްޖެއެވެ.

ދޭތެރެ ދޭތެރެއިން މާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައި އޮންނަތާ ދުވަސްތަކެއް ފަހުން އަނެއްކާވެސް ފަހަކަށް އައިސް މާލޭ އިން ދަނީ ކަރަންޓް ކެނޑެމުންނެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުނެވެ.

މާލެ އަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދޭން ފަށާފައި ވަނީ މެންދުރު 12:53 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙުުމް

  ޚަރަދުކުޑަކުރުމުގެ ޕްރޮގްރާމް އެކަމަކު ބިލްގެ އަދަދު ވާނީ ބޮޑު

  24
  1
 2. ބޯހަލާކު

  ކުދި ކުދި ގޮޅި ތެރޭ މިތިބެންޖެހެނީ އެއްވެސް ކަރަންޓެއް ނެތި. ލޮލަށް މީހެއް އިނގިލި ޖެހިއަސް ނޭނގޭނެ. ހޫނޫކަމުން ގޮސް މީހާގެ 4 ފަރާތުން މިއޮތް ދާފަައިބަނީ. ކަރަންޓުން ބަތް ކޮޅެއް އެކަނި ކައްކާތީ. އެވެސް ނުކެއްކިފަ. ދޮންނަން އެޅި އެއްޗެހި މެޝިންގަ ހުރެ ކުނިވާނެ. ދެން މިއަދު އިރުއޮއްސެންދެން މިހާލުގަ އޮންނަންވީ. މުޅި މާލެއިން ކަރަންޓް ދިޔައީ. ހުކުރަށްދާ މީހުން މަދުކުރަން ހެދި ގޮތެއް ހުވާމީ.

  39
  4
 3. ކިނބޫ

  މީ ހަމަ ހިންނަވަރުސޮރުގެ ބަލަވެރިކަން

  9
  2
 4. Chabee

  Karantu kendey maheh viyya bill boduvey mee gasqtuga kuraa kamwh

  5
  1
 5. ޙާ

  ކަރަންޓުކެޑޭ މޫސުން މިއީ އެކަމަކު ބިލްބޮޑުވާނީ!

  12
 6. ޙަސަން

  މި ސަރުކާރަކު ކަރަންޓެއް ނުކެނޑޭނެ. އެހެން ސަރުކާރެއް އޮތްނަމަ، ގަންޖާ ޕާޓީ މަގުމައްޗަށް ނުކުމެ ލަވާ ހަޅޭކުން ނުފޮރުއްޕާންވާނެ.

  18
  1