ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މި ވަނީ 13 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ފަސް މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި ކުރަމަތިން ދެ މީހުންނާއި އަނަންތަރާ ރިސޯޓުން ފެނުނު ދެ މީހުންނެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން އެކަހެރި ކުރި ދެ މީހުން ކަމަށެވެ.
އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު، އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް މަބްރޫކް ނުދެއްވައެވެ.
"އެ ސަފާރީގައި ތިބި ސިމްޓޮމެޓިކް ދެ މީހުންވެސް ޕޮޒިޓިވް ކަމަށް މިހާރު ވަނީ އައިޑެެންޓިފައި ކުރެވިފައި،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސަފާރީ އާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ. އެ ސަފާރީ އެންމެ ފަހުން އޮތީ ފުވައްމުލަކު ކައިރީގައި ކަމަށާއި އެ ސަފާރީ މިހާރު އޮތީ ކަރަންޓީންކޮށްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
"އޭތި ދަތުރު ކުރާނީ ކްރިޓިކަލް ކެއާ ދެވޭ ކަހަލަ ދިމާލަކަށް. އެތަނުގެ ފަޅުތެރޭގައި އޮވެގެން މަސައްކަތް ކުރެވޭނެ ގޮތަކަށް،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރު ކުރުން އިއްޔެ އިރުއޮއްސި ޖެހިއިރުން ފަށައިގެން 14 ދުވަހުގެ މުއްދަތަކަށް ވަނީ މަނާކޮށްފައެވެ.
މިގޮތަށް އެންގީ މުޅި ރާއްޖެއަށް 30 ދުވަހުގެ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އަޅަން ނިންމި ފިޔަވަޅެއްގެ ގޮތުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މުޅި ރާއްޖެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެޗްޕީއޭއިން ކުރިން ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކަށް އެކްސްކާޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފައެވެ. އެ އެންގުމުގައިވާ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލެއަށް މީހުން އައުމާއި ދިއުން އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މަނާވާނެއެވެ.
އެޗްޕީއޭއިން ވަނީ މިދުވަސްވަރު މީހުން ދިރިއުޅޭ ރަށްރަށުންވެސް ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތަކަށް ނުގެންދިއުމަށް އަންގައިފައެވެ.
އަދި ބަލި ކޮންޓްރޯލްކުރުމަށް މިފަދައިން އަޅާ ފިޔަވަޅުތަކަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކާއި ޢާއްމުންގެ އިތުރުން ކުންފުނިތަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންވެސް ސަމާލުވެ އިރުޝާދުތަކަށް ބޯލަނބަން އެޗްޕީއޭ އިން ނަސޭހަތްތެރިވެއެވެ.
ރާޢްޖޭން ބޭޜު ފަތުރު ޥެޜިން ޥަގުތުން ބޭޜު ކޫޜޭ!!!!!!!!!!
ޔޫކޭ ގައި ދިހަހާހައްވު ރޭ ގިނަ މީހުންނަށް ކޮ ރޯނާ ޖެހިފައިވޭ...އާދޭސްކު ރަން ސަ ރުކާ ރަށް ޔޫކޭ މީހުން އައުން ހުއްޓުވާދީބަލަ...މާލޭގައި ފެތު ރިއްޖިއްޔާ އަހަ ރުމެން މަ ރުވެދާނެ.
ސަރުކާރުން ބޭނުން ވަނީ ހުރިހާ ރިސޯޓް ބޯއީން ގެ މުސާރަ ކުޑަކޮށް..ނުރައް ކަލު ތެރޭ ބައިތިއް ބާ ގެން ..މިބަލި ޖެއްސުންތަ؟ އަދި އޭގެފަހުން ރިސޯޓް ބަންދު ކޮއް މުސާރަ ނުލިބޭ ގޮތައް އާއިލާ ކައިރިއަށް ފޮނުވާ އެމީހުން ނައްވެސް މިބަލި ޖައް ސަންތަ؟ ކީއްވެ ޑޮލަރު ކޮޅަކަށް އަހަރުމެން ރިސޯޓް ބޯއީން ތި ގުރުބާން ކުރަނީ ؟ ސަރުކާރުން ޖަވާބް ދީބަލަ
ގޭގަ ތިއްބަސް ފަތުރުވެރިން ނާންނަންޏާ މިސާރަކުޑަކުރަން މަޖުބޫރުވާނެ ރިސޯޓު އޯނަރުންނަށް އެއީ ސަރުކާރުން ކުރާކަމެއް ނޫން..ރިސޯޓުގަ 14 ދުވަހު ތިބެން އެންގީ ރައްކަަތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ހެލްތު ޕުރޮފެޝަނަލްސް އެގޮތަށް ލަފާދިނީމަ.. މި ދަނޑިވަޅުގަ އަމަލު ކުރަންޖެހޭ ގޮތް އެނގޭނި ރިސޯޓު ބޯއީންނަކަށް ނޫނީ މަޖިލީހުގަ ރިޔާސަތުގަ އިންނަ މީހާއަކަށް ނޫން.. ސިއްޚީ މާހިރުން އަންގާނި ރަނގަޅަށް އެގޮތަށް އަމަލުކުރޭ ފިތުނަ އުފައްދަން ނޫޅޭ.. ކޮންމެ ސަރުކާރެއް އަޔަސް ކަލޭމެން އުޅޭނި ތިހެން ތިޔަ ޝަކުވާތަކެއް ނުނިމޭނެ ދުވަހަކުވެސް..
އެހެންވިއްޔާ ރިސޯޓުގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅަން ސަރުކާރުން އަންގަންވީނު. ސިއްހީ މާހިރުން އެކަމަށް ލަފާ ނުދޭތަ؟ ފަތުރުވެރިން ބިރުގަނެފާނެތީ މާސްކު އަޅަންވެސް ރިސޯޓު އޯނަރުން ހުއްދަ ނުދޭ ކަމަށް ވަނީ. ޑަބްލިއު.އެޗް.އޯ އޭ ކިޔާ މިހާރު ކޮވިޑް ޖެހޭ ފަތުރުވެރިން ނިސްބަތްވަނީ ކޮން ގައުމަކަށް ކަން ވެސް ސިއްރުކުރަނީ ރައްޔިތުން އެ ގައުމުތަކުން ފަތުރުވެރިން ގެނެއުމާއި ދެކޮޅަށް އަޑު އުފުލާނެތީ.
ބަލަ ރިސޯޓަކަސް އެމްޕުލޯއިމްނޓް ގާނޫނު ހިންގާނޭ. ސަރުކާރުން އަޅާލާނަމަ އެކަން ނުކުރެވޭނެ ކުންފުނިތަކަށް. ސަރުކާރުން އަޅާ ނުލަނީ ކަރަޕްޝަންގެ ގޮތުގައި ކެވޭ ފައިސާ މަދުވެދާނެތީ.
ސަރުކާރުން ރިސޯޓް ބޯއީން ނައް ތިކުރާ އަނިޔާ ކުއްވެރި ކުރަން. މިހާރުން މިހާރަށް ތިއަނިޔާ ހުއްޓާލަން ގޮވާލަން.
ބިދޭސީން؟؟ ފަތުރުވެރިންތަ؟؟ ސްޓާފުންތަ؟؟
ޢިންޑިއާ އިން މީހުން އައުން ވަގުތުން ހުއްޓުވާ..
ރާއްޖޭގެ ދާޚިލީ ވަޒީރު، ލަގްޒަރީ ލައިފް އެންޑް އެޑުވެންޗަރަސް މިނިސްޓަރު އަބްދުﷲ ޝާހިދުއަށާއި ޓޫރިޒަމް މިނިސްޓަރު ބޫމް ބޫމް އަލީ ވަހީދަށް ގޮވާލަން މިހާރުން މިހާރަށް މިގައުމުގަ ހުރި، ހުރިހާ ރިސްކު ހައި ގައުމުތަކު ފަތުރުވެރިންންގެ ޓުއަރިސްޓް ވިސާ ކެންސަލް ކޮފައި ގެއްލުމުގެ ބަދަލުދީފައި ނަމަވެސް ގައުމުން ބޭރުކުރަން. މި ނޫނިއްޔާމުން މި ނާޒުކު ދަނޑިވަޅުގައި ދިވެހިރައްޔިތުން ރުޅި ގަދަވެދާނެ. ކޮންމެހެން މަސީ އާއި މަޓީގެ އިންޓެރެސްޓް ޕްރޮޓެކްޓް ކުރަން އުޅޭނެކަމެއް ނެތް.
އިތުރަށް ފަތުރުވެރިން ނުގެނޭ ސޯލިޙް ރައީސް. އާދައިގެ ކަމެއް ކަމަށް ހީކޮށްގެން ފަތުރުވެރިން ނުހުއްޓުވުމުގެ ނަތީޖާ. ރައީސް ވިސްނަވާ. ދެން މިދުވަސްވަރު އެއްވެސް ތާކުން ނުގެނެސް ބަލަ. މިހެން ދަމުން ގޮސް އުގެއިލް ޖެހި ހިސާބާއި ހަމަވެދާނެ. ފިޔަވާ އަޅުއްވާ ސޯލިޙް ރައީސް.ނޫނީ އިސްތިއުފާދެއްވަފަ އިކޮނޮމިސްޓާއި ޤައުމު ޙަވާލު ކުރަންވީ. އެނގޭނެ ކިހިނެއްކަން ޤައުމު ހަމަ މަގަށް އަޅުވާނީ.
ފަތުރިވެރިން ކޮވިޑުޖެހިފައި ހުރެމެ ރާއްޖެއައިސް މުޅިގައުމަށް ބަލިފަތުރަމުންދާތަން މިފެންނަނީ. ޙުރިހާވެސް މައްސަލައަކީ އިޓަލީ މީހުންއައުން ހުއްޓުވުނުލެތް ލަސްވުން.
ޓޫ ރިސްޓުންނާއި ބިދޭސީން ރާއްޖެ ގެނައުން ވަގުތުން ހުއްޓާލުމަށް ސަ ރުކާ ރަށް ވަ ރަށް އާދޭހާއެކު ދަންނަވަން
ފަތުރުވެރިން އަދިވެސް ހަމަ ކެނޑިނޭޅި އަންނަނަމަ ކިހިނެއްމިކަންތައް ހުއްޓުވާނީ
މިވަގުތަކީ މުޅި ރާއްޖެ 2 މަސް ދުވަހަށް ބަންދު ކޮށްލައިގެން ނަމަވެސް ސަލާމަތްކަން ހޯދަންޖެހޭ ވަގުތު. ޕޮސިޓިވް ވެއްޖެ، ޕޮސިޓިވް ވެއްޖެ، ޕޮސިޓިވް ވެއްޖެ ކިޔަ ކިޔާ ސަރުކާރުން ގަސްތުގައި ތިބެނީ !!! އެއް އިރު ކައިގެން ތިބެގެން ނަމަވެސް ގެސްޓުން އައުން ހުއްޓުވަން ވެއްޖެ. ފައިސާ އެއް ނޫން ބޭނުމީ. ބޭނުމީ ފުރާނަ !!!
ހާދަ ވަ ރަކަށް ޖަލު ދޮންނަނީ އަނެެއްކާ އަލާމާތްތަކެއް ފެނުނީތަ . ފު ރަތަމަ ދޮންނަން ވީ އޮފީސްތަކެއް ނޫންތަ
މި މީހުންނަށް މިކަން ނުވާނެ. ދިވެހިދަރީންނޭ އަވަހަށް ގައުމު ސަލާމަތް ކުރުމަށް ނުކުމޭ. ހަމަ ނުގެންނަމޭ ކިޔާ އިރު ކޮންމެ ދުވަހަކު އެތައް ބިދޭސީންނެއް އެބަ ރާއްޖެ އެތެރެވޭ. ދިވެހިންނަށް އޮޅުވާލަން ނޫޅޭ ބޫމް ބޫމް
މި މީހުންނަށް މިކަން ނުވާނެ. ދިވެހިދަރީންނޭ އަވަހަށް ގައުމު ސަލާމަތް ކުރުމަށް ނުކުމޭ. ހަމަ ނުގެންނަމޭ ކިޔާ އިރު ކޮންމެ ދުވަހަކު އެތައް ބިދޭސީންނެއް އެބަ ރާއްޖެ އެތެރެވޭ. ދިވެހިންނަށް އޮޅުވާލަން ނޫޅޭ ބޫމް ބޫމްކިޔާ
ވައިރަސް ގެންނަނީ ފަތުރުވެރިން... ވައިރަސް ފަތުރަނީ ވެސް އެމީހުން...
އެކަމު ރިސޯޓު ބަންދުކޮށްފަ ބަހައްޓަނީ ނިކަމެތި ރިސޯޓު މުވައްޒަފުން...
މުޅި ރާއްޖޭގަ ފަތުރުވެރިން ގެ 2 ފައި...
މީ ކޮން ހަމައެއްބާ؟
ޢެޖެންޑާ 19 ފޮޅާލާފައި ނަގާ އެކަރުބޮލަކާއި އެއްކޮށް ހޫނުކުރޭ!އެވަރަށް ތަފާތުވާނެ ކަން މިފެންނަނީ! ޢަންނިބެ އަދިވެސް ރަޖާލާކަށް ނުވޭތަ؟
ހާދަ ވަ ރަކަށް ޖަލު ދޮންނަނީ އަނެެއްކާ އަލާމާތްތަކެއް ފެނުނީތަ . ފުރަތަމަ ދޮންނަން ވީ އޮފީސްތަކެއް ނޫންތަ
އިނގިރޭސި ވިލާތުގެ ދެމަފިރި އަކު ކޮވިޑްއަށް ޕޮޒިޓިވް ވުމުން މާލެ ގެނެއްސަ ރައީސް ސޯލިހުގެ އެންގުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ބުރިއަށް ވަނީ ވައްދާފަ. މިއީ ސީދާ އަންނި އަންގައިގެން ސޯލިހު ކުރި ކަމެެއް. އަންނި އަންގައިގެން އިޓަލީ މީހުންވެސް އައުން މަނާ ނުކުރެވުނީ އަންނި އާ ހެދި.. މިކަން ރައްޔިތުންނަށް އަންގަ ދޭން އެބަ ޖެހޭ!
ނައްސި ނުވެ ފައްސި ވެ ކެކުރިކަމާ ރާން ރާން!
ސަރުކާރުން ކުޑަކުދިން ކުޅޭކަހަލަ ގޭމު ކުޅުމާއިގެން ހޭބަލިވެއްޖެ ރައްޔަތުންނަށް ކޯއްޗެއްތޯ ފޮރުވަން ތިޔައުޅުއްވަނީ ސަރުކާރުން ވިސްނާ ފިކުރުކޮށްބަލަ ރާއްޖޭގެ ރައްޔަތުން ކަރަންޓީނުކޮށްގެން ވާނެ ފައިދާއަކީ ކޮބާތޯ ފޫނެތްފަޔަށް ފެންފުރާސަރުކާރަކަށް މިސަރުކާރު ނުވުމަށް ޓޫރިސްޓުން ރާއްޖެ ގެނައުން ވަގުތުން ހުއްޓާލާ...
ގައުމު ނުހުއްޓުވޭނެ ކަމަށާ އެންމެން އާންމު ދިރިއުޅުން ދިރިއުޅެންވީ ކަމަށް މޮޔައަކު ބުނާއިރަށް ދައުލަތާ ހަވާލުވެ ތިބި މީހުން އެކަން ކޮށް ރިސޯޓް ބޯއިން ގުރުބާން ކުުރަނީ ވަކި ބައެއްގެ ތިޖޫރީތައް ފުރުމައް. ޖަވާބުދާރީ ވާން ޖެހޭ މިކަމުގައި.
ސޯލިޙް ގެ ކަންފަތް ބާއޭ ހުންނަނީ ހިތަށްއަރާ.
މިއަދުވެސް ގަތަރުން ގެނެސްފި. ކީކުރަން ތަ ގެނެސްފައި މިހިފަހައްޓަނޫ ޢަލާމާތްތައް ފެންނަ އިރަށް. އަޑައަހަފެލަ. ނުގެންނާށޭ ނުގެންނާށޭ ނުގެންނާށޭ. ނުގެންނާށޭ. ރައްޔިތުން ގެ ރައްކާތެރި މާހައުލެއް ހޯދާނުދެވި ސޯލިޙް ވެރިކަމަށް އެރިއްސުރެ. އެއްވެސް އުފާވެރި ކަމެއްނެތި އެންމެ ފަހުން މުޅި ދުނިޔެއަށް ޢާއްމު ވަބާގައި މިހާރު މިތިބީ ޖެހިފައި. އަދިވެސް މައިތިރިނުވެ ރޯގާ ފެތުރެނީ. ކޮންމީހުންނެއް ގެންނާކަށް. ހާދަ ބަހާއި ޢަމަލު ދިމާނުވާ ވެރިއެކޭ. އިސްތިއުފާދީ . ރައްޔިތުން ނުކުމެ މިކަލޭގެ ބާލަންވީ.ހުވަޔާއި ޚިލާފްވީ. ދީނަށް ކަމޭ ނުހިތުނު. ރައްޔިތުން ގެ ޞިއްޙަތަށްވެސް ނުވިސްނާ
މިއީ މިބައްޔާއި އެކު ޢުޅެންދަސްކުރަންވީ ވަގުތު. ނުރަނގަޅު އާދަތަކުން. ދުރުވެ ޢާންމު ދިރިއުޅުމެއް އުޅެންވީ.ސިއްޙީމާހުރުން ގެ ބަސްއަހާ އެއަށް އަމަލު ކުރަންވީ. ޢީމާންތެރިކަން ވަރުގަދަކޮށް ޒިކުރުކުރުން ގިނަކުރަންވީ.
ޓްރެކް ރިކޯރޑްސް ތަކުން ދައްކާ ގޮތުގައި އެމްޑީޕީން ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ފަހަރަކީ ރާއްޖޭގެ އިގްތިސާދު ވީދިގެންދާ ފަހަރުތަކޭ ހީރޯ