ރާއްޖޭގައި މިހާރު އޮތް ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް މިހާރުން މިހާރަށް ރާއްޖެ ލޮކްޑައުން ކުރަން ޖެހޭ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަސްޓަކައި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ދިވެހިން އަވަހަށް "ގޭބަންދު ކުރަން" ޑޮކްޓަރުން ގޮވާލައިފި

އަބްދުއްރަހީމް އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް ބޭރު ގައުމުތަކުން މީހުން ނާދެވޭ ގޮތަށް ބަންދު ކުރުމަށާއި، ގައުމުގެ އެތެރޭގައި ތިބި މީހުން ވެސް ގެއިން ނިކުތުން މަނާކޮށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ދިވެހި ބައެއް ޑޮކްޓަރުން ވަނީ ގޮވާލައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެ މިހާރުން މިހާރަށް ލޮކްޑައުން ކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު މި އެންމެނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުއައްޒަފުންތަކަކާއި ބައެއް ފަތުރުވެރިންނެވެ.

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ މި ވައިރަހުގެ ސަބަބުން އެޗްޕީއޭ އިން މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ އިރު ސަރުކާރުން ވެސް ވަނީ ރާއްޖެއަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތައް އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަދުރޭ

    ޔާމިނު އެހުރީ އެންމެ ކުރިން ލޮކްޑައުން ކުރެވިފަ ޔާމިނަކަށް ނެތް ކޮވިޑް19ގެ އެއްވެސް ބިރުވެރި ކަމެއް، ވަރަށް ރަނގަޅު ނިންމުމެއް

  2. ޒިންމާދާރުކަމާއެކު ވިސްނަވާ

    ތިބައްޔަކީ ޖެހޭހާއެންމެން މަރުވާބައްޔެއްނޫން، ބަލީގައި މަރުވަނީ ބަލިޖެހޭނިސްބަތުން ވަރައް މަދުބަޔަކު، އެކަމަކު މުޅިރާއްޖެ ބަންދުކޮއްގެން މުޅިއިގްތިސާދު އިނަދަޖެހިއްޖެނަމަ ކާބޯތަކެއްޗާ، ތެލާ، ބޭހާ، މިނޫންވެސް ދިރިުޅުމުގެ ޒަރޫރީ ބޭނުންތަކްއް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރުފައިސާހުސްވެއްޖެނަމަ، ހީނުކުރާހާވަރުގެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިދާނެ. އޭރުން ތިވައިރަސް ޖެހިގެން މަރުވާރޭޓައްވުރެ 10 ގުނަ އިތުރައް ކާބޯތަކެއްޗާ ބޭސްފަރުވާނުލިބިގެން މީހުންމަރުވެދާނެ.

    5
    3
    • ދިވެހިސޮރު

      ހޭބައްޔާ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ސަބަބުތަކުގަ ހިފައިގެން މަސައްކަތްކުރަން. އެހެން ވީމަ އެކަލާނގެ ހެޔޮރަޙުމަތުން ބަޑަށް ނުޖެހުނަކަސް އަ:ޅަމެން ސަލަމާތްކޮށޤދެއްވާށި

    • ......

      ބޭރުފައިސާ ނުވަނަސް ބަނޑަކަށް ނުޖެހޭނެ އިންޝާﷲ...ބޭރު ފައިސާ އެއް ނޫން އަހަރެމެންނަށް ކާން ދެއްވަނީކީ...އެހެން ސަބަބެއްގައި ހިފުމުންވެސް ﷲ ކާންދެއްވަވާނެ...ރާއްޖޭގައި ކާން ލިބެން އޮތް ހަމަ އެކަނި ގޮތަކީ ޓުއަރިޒަމް ކަމުގަ ދެކޭ ތިކަހަލަ މަދުބަޔަކު ތިބީމަ މިހާހިސާބަށް މިދިޔައީވެސް...ދެން އޮތީ ތިބުނި ނިސްމަތުން މަރުވާވަރު މަދު ވާހަކަ...އެންމެ ފުރާނައެއްވެސް މުހިންމު ވާން އެބަޖެހޭ...އެންމެ މީހަކަށް ވިޔަސް ޖެހުން އެއީ މައްސަލައަކަށް ވާން އެބަޖެހޭ...މައްސަލައަކަށްވަނީ ރާއްޖޭގެ އެންމެނަށް ޖެހުނީމަތަ...

  3. ސޯ

    ކަލޯ ކަންތަކާމި ޖެހުނީ.. ލޮކް ޑައުންކު ރަން ސަރުކާ ރުން ވިސްނާފަ އޮތަސް ޓިނުސޯ މިކީ އެއްޗަކުން ބޮއި ހަލާކު

    3
    1
  4. ޏަމް

    ލާދީނީ މިސަ ރުކާ ރުން ތިކަމެއް ނުކު ރާނެ ސަބަބަކީ ސަ ރުކާ ރު ބަނގު ރޫޓު ވެދާނެކަމުގެ ބި ރުހީވުން އިންޑިއާއިން ދޭ ލާ ރިކޮޅުން ދެކޮޅުނުޖެހުން

  5. ....

    ލޮކްޑައުން ކުރަން ސަރުކާރުން ވިސްނާފަ ވެސް އޮވެދާނެ...އެކަމަކު މިއީ އަހަރެމެން ހަމަ ހޭ ގަ ތިއްބަ ވަމުން އައި ކަމެއްވީމަ މިބުނަނީ...
    މި ނުރައްކާތެރި ބަލިމަޑުކަން ރާއްޖެއިން ފެނުމުގެ ކުރިން މިބަލީގެ ނުރައްކާތެރިކަން އޮތީ ސަމާލުކަމަށް އައިސްފަ...އެހެން ކަމުން ކީއްވެތޯ އެވަގުތުން ބަލި އުޅޭ އެއްވެސް ގައުމަކުން އެއްވެސް މީހަކަށް ރާއްޖެ ނޭރޭ ގޮތް ނެހެދީ...ޗައިނާއިން ނޭރުވި ގޮތަށް އިޓަލީއިންވެސް ނޭރުވޭނެދޯ...ތިމަންނަމެން އެބަ ބަލަމޭ ކިޔާފަ އެއަރޕޯޓްގަ ސްކޭނަރ އެއް ބެހެއްޓި އިރު ނޭނގޭތޯ އެއިން ބަލީގެ ވައިރަސް ހުރިކަމެއް ނެތްކަމެއް ދެނެނުގަނެވޭކަން...އެނގި ތިބެ އެފަދަ ކަމެއް ކުރުމުން އެއީ ރައްޔިތުންނަށް ކަމެއްކުރާކަން ދެއްކުމަް ކުރިކަމެކޭ ނުބުނެވޭތޯ....އެވަގުތުން ރާއްޖެއަށް އެއްވެސް ގައުމަކުން އެއްވެސް މީހަކަށް އެރުނަ ނުދިންނަމަ ގައިމުވެސް ވައިރަަސް ކޮންޓްރޯލް ކުރަން މިކުރާ ހަރަދު ކުރާކަށް ނުޖެހުނީސްތާ އިންޝާﷲ....އަދި އިގްތިސާދު ދައްވިޔަސް ރައްޔިތުން ތިބޭނީ ހަމަ ޖެހިގެން ކޮންމެވެސް މަސައްކަތެއްގަ...ގައުމު އެކަށް ހުއްޓުމަކަށްވެސް ނާންނާނެދޯ....އެކަމަކު މިހާރު ބަލަމާ ގައުމު އެކަށް ހުއްޓުމަކަށްވެސް އަންނާނެ އިގްތިސާދު އެކަށް އިނދަޖެހޭނެ...ކަންކުރިގޮތުން ވީ ކަމަކީ ހަމަ އެކަނި މަހުޖަނުންގެ ޖީބަށް ބަރުވީ...ނިކަމެތި މީހާ އަށް ހާސްކަމާއި ދަތިކަން މިޖެހުނީ...އެހެންވީމަ ވަކި ކޮޅަކަށް ނުޖެހި ވިސްނައިފިި މީހަކަށް އެނގޭނެ މިއީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަން ނުވަތަ ނޫންކަން...ނުވަތަ މިބައިމީހުން މިބުނާ ރައްޔިތުންނަކީ ހަމަ އެކަނި މަހުޖަނު މީހާތޯ....
    #އަދުރޭ މެންކަހަލަ ދެއުޅިއެއްނުވާ މީހުން ސިޔާސީ ބޭނުމުގަ މިއަދު ތިހެންކިޔަން ލަދު ކޮބައިތޯ....ޑޮކްޓަރ އަކު އެހެންބުނީމަ އަވަހަށް މިބުނަނީ ރައްޔިތުން ބުނާނެތާ އަދުރޭވެސް ބުނެފިޔޭ...ކީީއްވެތޯ މިބަލީގެ ހަބަރު ލިބުމާއި އެކު މިކަމަށް ގޮވާނުލާ ޔާމީން ސަލާމަތް ކުރަން ޑިމާންޑްކުރީ...ރައްޔިތުންނަށްވުރެ ޔާމީން މުހިންމުވީ ދޯ....ހުސް އެއްކަހަލަ ވަގުން...އެއްދަރަޖައެއްގެ މީހުން...