ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އެއްކޮށް "ބަންދު" ކުރުމަކީ އަދި ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު ރާއްޖެ އަށް ދިމާވެފައި އޮތީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން ބަލި ޖެހިގެން މަރުވަމުންދާ އިރު، ރާއްޖެ އިން ދުރާލައި މުހިއްމު ފިޔަވަޅުތަކެއް އެޅުމަކީ ބުއްދިވެރި ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް އަދި ނުކުރަން، މި ގައުމު ބަންދުގެ ހާލަތަށް ގެންގޮސްގެން އެއީ އެންމެ ރަނގަޅު ހައްލު ކަމަކަށް. ނަމަވެސް ރައްޔިތުންގެ ދިފާއުގައި، ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތަށް އަތުވެއްޖެ ނަމަ، އެ ހާލަތަކަށް އެ ފިޔަވަޅު ޖެހޭނީ އަޅަން،" ސަލީމް ވިދާޅުވިއެވެ.
މަޖިލިހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުން މިއަދު ހަނގުރާމަ ކުރަމުން ދަނީ ވަރަށް ކުޑަކުޑަ އެއްޗަކާ ކަމަށެވެ. ކުޑަކުޑަ މަހްލޫގަކާ ދޭތެރޭގައި ދުނިޔެ ކަންބޮޑުވާ ހިސާބަށް ދިޔައީމަ، މިއިން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"މީގެކުރިން ވެސް މީގެ މިސާލުތައް ހުރީ އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. މީގެކުރިން ބޮޑެތި ރަސްރަސްކަލުންނަށް މަދިރިއެއް ފޮނުވައިގެން އެބަހުރި ލަޝްކަރުތައް ހަލާކުކޮށްލާފައި. އެހެންވީމަ މިއީ އަޅުގަނޑުމެންގެ އިސްލާމް ދީނާއި ދިވެހި އުންމަތް ސަލާމަތް ކުރުމަށް އެންމެން އެއްބައިވާންވީ ވަގުތު،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި މިވަގުތަކީ ދިވެހިންގެ އީމާންތެރިކަން ވަރުގަދަ ކުރަންވީ ވަގުތެވެ. އަދި ސަލީމް ވަނީ އިސްލާމް ދީނަށް ނަސްރު ދިނުމަށް ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.
"ހަގީގަތުގައި މިއިން ދޭހަވެގެން ދިޔައީ އިންސާނުންނަކީ އެހާ ނިކަމެތި، ބަލިކަށި ބައެއް ކަން. ބާރެއް ނެތް ބައެއް ކަން. މި ކުޑަކުޑަ ފަނިފަކްސާ މަރާލުމުގެ ބާރު އަޅުގަނޑުމެންގެ އަތުގައި ނެތް ކަން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅާ އިރު، ގައުމުގެ އިގްތިސާދާއި ވިޔަފާރިތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންގެ ކެއުމާއި ބުއިން ފަދަ ހުރިހާ ހާލަތަކަށް ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
"މި ހުރިހާ ހާލަތަށް ވިސްނައިގެން އަޅުގަނޑުމެން ގައުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާން ޖެހޭނީ. އެއްވެސް ހާލެއްގައި ވަކި މީހަކު ބުނާ ގޮތަކަށް ގައުމު ބައްޓަންވެގެން ނުވާނެ. ހުރިހާ ފަރާތަކުން ދޭ ހިޔާލާއި ހުރިހާ ހިޔާލެއް އެއްކޮށްލާފައި އެއިން ފެންނަ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅައިގެން ގައުމުގެ ކަންކަން ކުރިއަށް ގެންދިޔައީމަ ހުންނާނީ ރަނގަޅަށް. އަޅުގަނޑުމެންނަށް ކަންތައްތަކާ ކުރިމަތިވާނެ. ކުރިއަށް އޮތް ތަނުގައި ވެސް ކުރިމަތިވާނެ. އެހެންވީމަ އެކަންކަމުން އަރައިގަތުމުގެ ހިތްވަރު އަޅުގަނޑުމެންގެ ގައިގައި ހުންނަން ވާނެ،" ސަލީމް ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އެކަމަކު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.
އާ އެއީ ވަރަށް ބޮޑު ތެދެއް. އޭރުން އެބޭފުޅާގެ ފިހާރައަށް ގެއްލުން ވެދާނެ.
ބަންދު ކުރާނީ ރާއްޖޭގެ ބޮޑު ބަޔަކަށް ބަލި ޖެހުނީމާ ދެއްތޯ؟
ޖިއޮގުރެފިކަލީ ރާއްޖެއޮތީ އެންގައުމުތަކާ ހާސްބައި ތަފާތުކޮން. ހެއޮވިސްނޭ ރައްޔިތު މީހާއައް މިކަމުން އިބުރަތެއް ވެއެވެ.
ޢެހެން ގައުމުތަކާ ޚިލާފަށް ވެރިކަންކުރާ ސިޓީމިއޮތީ ބިދޭސީން ނާއި އެކު ތޮށްޖެހި ބަންޑުންވާ ހިސާބުގައި! މިތަނުގައި ބަލި ފެތުރެން ފަށައިފިނަމަ ކުއްލި އަކަށް ގިނަބަޔަކަށްޖެހި ފަރުވާދޭ ތަންތަނާއި މީހުން ހަފުސް ވެދާނެ! ޢެކަމުން ރައްކާތެރިވުމަށް މީތި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކް ކުރަން އެބަޖެހޭ! ޢެއީ އެންމެނަށް ވެސް ދަތިވާނެކަމެއް!ކުރިޔަށް އޮތް ރަމަޒާން މަހަކީ ގިނަބަޔަކު އެއްވެ އުޅޭނެ މަހެއް!މިއަދު ހަރުކަށި ފިޔަވަޅު އެޅުމަކީ އެންމެންގެ ރައްކާތެރި ކަމަށް ކުރަންޖެހޭކަމެއް!
މައިދޮރާށި' އެއްކޮށް ލޮކްޑައުން ކުރޭ ހަމައެކަނި ގެއިން ބޭރަށް ދެވޭނީ ކާބޯތަކެތިވިއްކާފިހާރަ ހުޅުވާ ފަރާތް' ސިއްޙީ ފަރުވާ ހޯދަން' ނުވަތަ ކާބޯތަކެތިގަންނަން' އޭގެ އިތުރުން ރޯގާނުޖެހިތިބި އެންމެން މިސްކިތްތަކަށް ޖަމާޢަތަށް ޙާޟިރުވެ ގިނަވަގުތު ދުޢާކުރުމާއި އަސްތަޣުފާރުކުރުމަށް ގިނަވަގުތު މިސްކިތުގައި ތިއްބެވުން އެންމެރަނގަޅީ ރާއްޖެއަށް ސުނާމީ އެރިދުވަހުވެސް ރާއްޖެތެރޭމީހުން ކަންކުރިގޮތަކީ ގޭގާ ގެންގުޅޭ ކާތަކެތި އުސްތަނަކަށް ލުމަށް ފަހު އެންމެން ވުޟޫކޮށްލައިގެން އާއިލާތައް އެއްކޮށްގެން މިސްކިތަށް ދިޔައީ
މައިދޮރާށި' އެއްކޮށް ލޮކްޑައުން ކުރޭ ހަމައެކަނި ގެއިން ބޭރަށް ދެވޭނީ ކާބޯތަކެތިވިއްކާފިހާރަ ހުޅުވާ ފަރާތް' ސިއްޙީ ޚިދުމަތްދޭފަރާތް' ސިއްޙީ ފަރުވާ ހޯދަން' ނުވަތަ ކާބޯތަކެތިގަންނަން' އޭގެ އިތުރުން ރޯގާނުޖެހިތިބި އެންމެން މިސްކިތްތަކަށް ޖަމާޢަތަށް ޙާޟިރުވެ ގިނަވަގުތު ދުޢާކުރުމާއި އަސްތަޣުފާރުކުރުމަށް ގިނަވަގުތު މިސްކިތުގައި ތިއްބެވުން އެންމެރަނގަޅީ ރާއްޖެއަށް ސުނާމީ އެރިދުވަހުވެސް ރާއްޖެތެރޭމީހުން ކަންކުރިގޮތަކީ ގޭގާ ގެންގުޅޭ ކާތަކެތި އުސްތަނަކަށް ލުމަށް ފަހު އެންމެން ވުޟޫކޮށްލައިގެން އާއިލާތައް އެއްކޮށްގެން މިސްކިތަށް ދިޔައީ
ހުރިހާވެސް މައްސަލަޔަކީ މާލެޔައް މީހުން ޖަމާކޮއް ސިންގަފޫރަށާ ލިޓިލު ޓޯކިޔޯއަށް ހަދަންއުޅޭތި
ސަލީމް ކިތަށްމެ ވަރަކަށް ތިޔަރީދޫ ގުރޫޕަށް ނަސޭހަތްދީ ﷲ އަށްބިރުވެތިވެ ހެޔޮއަމަކުކުރާށޭ ކިޔަސް ކެނެރީގޭ ޖާހިލު ތިދައްކާ ވާހަކަތަށް ގަބޫލެއްނުކުރާނެ ރަޖާ ނާލާށޭ ގޮވީ ރާއްޖެ ޔެއް ދުނިޔެއެއް ނުހުއްޓުވޭނޭ ބުނީ ލަސްވިތަ ، އެކަމަކު ނަސީދު ގަބޫލުކުރަނީ ފަރަންޖީ ހާޑިމްހަމް ބުނާ ބަސް...
ސަލީމް ވިދާޅުވި ވާހަކަފުޅަށް ތާއީދު... ގައުމް ވެސް ބަންދުކުރަންވީ..... ދިވެހިން ވަރަށް ގިނައިން އައިޖީމްއެޗް، އޭޑީކޭ ހޮސްޕިޓަލް އަދި އެހެން ވެސް ހޮސްޕިޓަލްތަކަށް އަބަދާ އަބަދު ގޮއްސަ ތިބޭތަން މިފެންނަނީ......... ހޮސްޕިޓަލްތަކުގެ ކިޔު ގޮނޑިތައް ފުރިފަ... ތިހެން ނަހައްދަވާ ޕެނިކް ނުވެ ގޭގަ ތިއްބެވިއްޔާ ރަގަޅު ވާނީ... އެހެން ގައުމްތަކުގަ ވި ގޮތުން ފިލާވަޅެއް ލިބިގަންނަން ޖެހޭ.... ވަރަށް ރުޅިދުރުވެފަ ޑޮކްޓަރަށް ދެއްކުން ލަސްވެގެން ތިއްބަވާތަން މި ފެންނަނީ...
ބަންދު ކުރަން ވީ ބޯޑެތި ފިޙާރަ ތައަް. ރެޑްވޭވް ކަހަލަ
އަދިވެސް ތިޔަ އުޅެނީ ވިޔަފާރިނުވެގެންތޯ؟އާންމު ސިއްހަތު ފުރަތަމަ