ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ރާއްޖޭގެ އިގުތިސާދާއި ވިޔަފާރިތަކަށް ބޮޑު ހީނާރުކަމެއް ލިިބިފައިވާ ދަނޑިވަޅެއްގައި އެކަމުގެ އަސަރު ޓެކްސީ ހިދުމަތަށް ކޮށްފައިވާތީ ނިއު ޑައިލް ކެބް އިން ޓެކްސީ ފީ އިން 50 ޕަސަންޓު ކަނޑާލުމަށް އެ ސެންޓަރުން ނިންމައިފިއެވެ.

އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ޓެކްސީ ދަތުރުތައް މަދުވެފައިވުމާ ގުޅިގެން ޓެކްސީ ސެންޓަރުގެ ޑްރައިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، ޓެކްސީ ފީ އިން 50 ޕަސަންޓު ކަނޑާލުމަށް ނިންމައި މާޗު މަހުން ފެށިގެން، މި ބައްޔަށް އަލިމަގެއް ފެންނަންދެން ޓެކްސީ ފީގެ ގޮތުގައި މަހަކު ދައްކަން ޖެހޭ 600ރ. ވަނީ 300ރ. ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޓެކްސީ ސެންޓަރުތަކުގެ އިތުރުން އެޕާޓުމަންޓްތައް ކުއްޔަށް ދީފައިވާ މީހުން ވަނީ އެޕާޓްމަންޓުތަކުގެ ކުލި ކުޑަކޮށްދީފައެވެ.

ރާއްޖެއިން މިހާތަަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި މިވަގުތު 22 މީހެއްގެ ފަތާރުން އަލާމާތްތަށް ފެނިފައިވާތީ އެމީހުން ވަނީ ކަރަންޓީނު ކުރެވިފައެވެ. ރާއްޖެއިން މި ބައްއަށް ދިވެއްސަކު ފައްސި ވެފައެއް ނުވެއެވެ. އެކަމަކު، ބަލީގައި ޝައްކު ކުރެވޭ އަލާމާތްތަކެއް ބައެއް ދިވެހިންގެ ހަށިގަނޑުން ވަނީ ފެނިފައެވެ.

ކޮވިޑް-19: އަވަސް ރައިޑްޑްރައިވަރުންނަށް ލުއިކުރުމަށް މަހުފީ %50 ކުޑަކޮށްފި

ނިއު ޑައިލް ކެބް އިން ޓެކްސީ ޑްރައިވަރުންނަށް ލުއިތަކެއް ދިން އިރު، ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް" އިން އެ އެޕްލިކޭޝަންގެ ޑްރައިވަރުންގެ ފީ ވަނީ 50 ޕަސަންޓަށް ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    11
    1