23:54

23:45

23:13

22:54

22:25

22:03

21:22

21:19

21:12

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

21:12

21:02

ސްވިޑެން އިން އިތުރު 1 މީހަކު މަރުވެ ޖުމްލަ 11ށް އަރައިފި.

ޕޯޗުގަލް އިން އިތުރު މީހަކު މަރުވެ ޖުމްލަ 3ށް އަރައިފި.

 

ޕާކިސްތާނުން އިތުރު 77 މީހަކު ފައްސިވެ ޖުމްލަ 384ށް އަރައިފި.

ސިންގަޕޫރުން އިތުރު 32 މީހަކު ފައްސިވެ ޖުމްލަ 345ށް އަރައިފި.

ޗިލީ އިން އިތުރު 104 މީހަކު ފައްސިވެ ޖުމްލަ 342ށް އަރައިފި.

އައިސްލޭންްޑުން އިތުރު 40 މީހަކު ފައްސިވެ ޖުމްލަ 330ށް އަރައިފި.

ބަޙްރެއިނުން އިތުރު 2 މީހުން ފައްްސިވެ ޖުމްލަ 268ށް އަރައިފި.

ރަޝިޔާ އިން އިތުރު 52 މީހަކު ފައްސިވެ ޖުމްލަ 199ށް އަރައިފި.

ދެކުނު އެފްރިކާ އިން އިތުރު 34 މީހަކު ފައްސިވެ ޖުމްލަ 150ށް އަރައިފި.

 

އަލަޖީރިއާ އިން އިތުރު މީހަކު މިއަދު މަރުވެ، ގައުމުގެ ޖުމްލަ މަރު 2ށް އަރާފައިވާއިރު އެގައުމުން 9 މީހެއް ވަނީ މިހައިތަނަށް މަރުވެފަ.

20:53

ނެދަލޭންޑުން އިތުރު 18 މީހަކު މަރުވެއްޖެ. އެގައުމުގެ ޖުމްލަ މަރުގެ އަދަދު މިހާރު 76ށް އަރާ.

އެގައުމުން އިތުރު 109 މީހަކު މިއަދު ފައްސިވި އިރު މިއަދުގެ ޖުމްލަ 409ށް އަރާ. އަދި މުޅި ގައުމުގެ ޖުމްލަ 2،460ށް އަރާ.

20:52

20:51

އިނގިރޭސި ވިލާތުން އިތުރު 33 މީހަކު މަރުވެއްޖެ. އެގައުމުގެ ޖުމްލަ މަރުގެ އަދަދު މިހާރު 137ށް އަރާ.

އެގައުމުން އިތުރު 66 މީހަކު މިއަދު ފައްސިވި އިރު ގައުމުގެ ޖުމްލަ 2،692ށް އަރާ.

20:45

ސްވިޒަލޭންޑުން އިތުރު 5 މީހަކު މަރުވެއްޖެ. މިއީ މިއަދުގެ 10ވަނަ މަަރު. އެގައުމުގެ ޖުމްލަ މަރުގެ އަދަދު މިހާރު 160ށް އަރާ.

އެގައުމުން އިތުރު 624 މީހަކު މިއަދު ފައްސިވި އިރު މިއަދުގެ ޖުމްލަ 824 އަރާ. އަދި މުޅި ގައުމުގެ ޖުމްލަ 3،939ށް އަރާ.

20:44

20:41

އެމެރިކާ އިން އިތުރު 5 މީހަކު މަރުވެއްޖެ. މިއީ މިއަދުގެ 10ވަނަ މަަރު. އެގައުމުގެ ޖުމްލަ މަރުގެ އަދަދު މިހާރު 160ށް އަރާ.

އެގައުމުން އިތުރު 266 މީހަކު މިއަދު ފައްސިވި އިރު މިއަދުގެ ޖުމްލަ 1،466ށް އަރާ. އަދި މުޅި ގައުމުގެ ޖުމްލަ 10،725ށް އަރާ.

20:40

ޖަރުމަނުން އިތުރު 10 މީހަކު މަރުވެއްޖެ. މިއީ މިއަދުގެ 14 ވަނަ މަރު. އެ ގައުމުން ޖުމްލަ 42 މީހަކު މިހައިތަނަށް ވަނީ މަރުވެފަ.

އެ ގައުމުން މިއަދު އިތުރު 454 މީހަކު ވައިރަސް އަށް ފައްސިވެފައި ވާއިރު މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ 1،652ށް އަރާފަ. ފައްސިވި މީހުންގެ ޖުމްލަ ވަނީ 13،979ށް އަރާފަ.

20:40

20:26

19:05

19:02

18:42

18:10

17:41

17:29

17:29

17:16

17:14

17:12

16:59

16:45

16:13

15:54

ޖަރުމަނުގައި އިތުރު 259 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިއަދު މިހާތަނަށް 756 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. ބަލި ޖެހުނު ޖުމްލަ އަދަދު ވަނީ 13،083 އަށް އަރާފައި.

15:53

އެލް ސަލްވާޑޯ އިން ފުރަތަމަ ފަހަރަށް މީހެއްގެ ގައިން މި ބަލި ފެނިއްޖެ.

15:52

ޓަންޒޭނިއާ އިން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި.

15:52

ގާނާގައި އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ހަ މީހެއްގެ ގައިން ބަލި ފެނިފައިވޭ.

15:51

ގުއާމް އިން އިތުރު ހަތަރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 12 އަށް އަރާފައި.

15:51

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14 އަށް އަރާފައި.

15:50

ލުޓްވޭނިއާގައި އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 36 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

15:49

ޖިއޯޖިއާ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. އެ ގައުމުން މިހާތަނަށް 40 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

15:49

ބޮސްނިއާގައި އިތުރު ހަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 45 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

15:48

ފަލަސްތީނުގައި އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 47 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

15:47

ސްރީ ލަންކާ އިން އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 52 އަށް އަރާފައި.

15:47

15:47

މޮރޮކޯ އިން އިތުރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 58 އަށް އަރާފައި.

15:46

ލަޓްވިއާ އިން އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 82 އަށް އަރާފައި.

15:45

އަލްޖީރިއާ އިން އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އަށް މީހަކު މި ބަލީގައި ވަނީ މަރުވެފައި. އިތުރު ހަތް މީހެއްގެ ގައިން މި ބަލި ފެނިފައިވޭ. މިހާތަނަށް 82 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

15:44

ކްރޮއޭޝިއާގައި ބަލި ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ.

15:43

ލުބުނާންގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 139 އަށް އަރާފައި.

15:43

ފިލިޕީންސްގައި އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 217 އަށް އަރާފައި.

15:42

ޕޮލެންޑުން އިތުރު 18 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 305 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

15:42

ލަޒަމްބާގްގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި. އިތުރު 132 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް 335 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

15:41

ގްރީސްގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް ހަ މީހަކު ވަނީ މަރުވެފައި.

15:40

އިސްރާއީލުގައި އިތުރު 96 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 529 އަށް އަރާފައި.

15:38

ޑެންމާކުން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި. މިހާތަނަށް 1،132 މީހުންގެ ގައިން ބަލި ފެނިފައިވޭ.

 

15:38

ނޯވޭ އިން އިތުރު 31 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،624 އަށް އަރާފައި.

15:37

ބެލްޖިއަމުން އިތުރު ހަތް މީހަކު މަރުވެއްޖެ. އިތުރު 273 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް 1،759 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

15:36

ސްވިޓްޒަލެންޑުން އިތުރު ދެ މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 35 އަށް އަރާފައި.

15:35

އެމެރިކާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މީގެއިރުކޮޅެއް ކުރިން ތިން މީހަކު މަރުވެފައިވޭ. މިހާރު މަރުވި މީހުންގެ އަަދަދު ވަނީ 155 އަށް އަރާފައި. އެމެރިކާ އިން އިތުރު 150 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 9،464 އަށް އަރާފައި.

15:34

ޖަރުމަނުން އިތުރު ތިން މީހަކު މަރުވެއްޖެ. މި ބަލީގައި އެ ގައުމުން މިހާތަނަށް 31 މީހަކު ވަނީ މަރުވެފައި. ޖަރުމަނުގައި އިތުރު 497 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ބަލި 12،824 މީހެއްގެ ގައިން މިހާތަނަށް ފެނިފައިވޭ.

14:46

14:46

14:46

14:43

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: އިންޑިއާ އިން މިހާތަނަށް 53 ވައްތަރެއްގެ ބޭސް، އެއީ ފަސް ޓަނުގެ ބޭސް. 14 މެމްބަރުންގެ މެޑިކަލް ޓީމެއް ރާއްޖެ އައިސްފައިވޭ. ޖަޕާނުން ސާޖިކަލް މާސްކް ދީފައިވޭ. އެއީ 9000 މާސްކް. އެމެރިކާ އިން 470 ބޫޓާއި 480 ޓަވަރު ރޯލާއި 470 އަންގި ވަނީ ފޯރުކޮށްދީފައި.

14:41

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ރަޝިއާ އަށް ދިޔަ ތިން ދިވެއްސަކު އިތުރު ފަސް ދުވަހަށް ކަރަންޓީންކޮށްފައިވޭ. ޖަރުމަން އެމްބަސީންނާއި ފޮރިން މިނިސްޓްރީން ވަނީ އެ ކުދިންގެ ހާލު ބަލަމުން.

14:41

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: މޮނިޓަރިންގެ ހާލަތުގައި އޮތީ ދެ ރަށެއް، ޝެވަލް ބްލޭންކްގައި ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ހުރުމާއި ޕެރަޑައިސްގެ އަށް ދިވެއްސަކާއި ދެ ބިދޭސީއެއްގެ ގައިން އަލާމާތްތައް ފެނިގެން ރަށް އޮތީ މޮނިޓަރިން ހާލަތުގައި.

14:38

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ރިއު ހޮޓެލް، ހިތަދޫ، ހިންނަވަރު ފައިނު އުކުޅަސް، މާލެ، ވިލިމާލެ އިން ނެގި ސާމްޕަލްތައް ނެގަޓިވް.

14:37

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: 517 ސާމްޕަލެއް ނެގިފައިވޭ. 13 ސާމްޕަލް ޕޮޒިޓިވް. 502 ނެގަޓިވް. 15 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ.

14:36

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

14:03

13:51

ކުރަކާއޯގައި މީހަކު ބަލި ޖެހިގެން މަރުވެއްޖެ.

13:51

13:51

ޓްރިނިޑޭޑް އެންޑް ޓޮބޭގޯ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރާފައި.

13:50

ކިއުބާ އިން އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި.

13:50

ހޮންޑޫރާސް އިން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 12 އަށް އަރާފައި.

13:49

ބަންގްލަދޭޝް އިން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އަރާފައި.

13:48

އުޒްބަކިސްތާނުން އިތުރު ފަސް މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ފެނުނު މީހުންގެ އަދަދު ވަނީ 23 އަށް އަރާފައި.

13:48

ނިއުޒިލެންޑްގައި އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 28 އަށް އަރާފައި.

13:47

ޖޯޖިއާގައި އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައި.

13:47

ކަޒިކިސްތާނުން އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާރު އެ ގައުމުން ބަލި ފެނުނު މީހުންގެ އަދަދު ވަނީ 44 އަށް އަރާފައި.

13:46

ސްރީ ލަންކާ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރާފައި.

13:45

ހަންގޭރީ އިން އިތުރު 15 މީހެއްގެ ގައިން ކޮވިޑް-19 ފެނިއްޖެ. އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 73 އަށް އަރާފައި.

13:44

ބަލްގޭރިއާ އިން އިތުރު އެކަކު މަރުވެއްޖެ. މިހާރު އެ ބަލީގައި ޖުމްލަ ތިން މީހަކު މަރުވި. އިތުރު ދެ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 94 އަށް އަރާފައި.

13:43

13:41

ސާބިއާގައި އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 97 އަށް އަރާފައި.

13:41

އާޖެންޓީނާ އިން އިތުރު މީހަކު މަރުވެއްޖެ. މިހާރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައި.

13:40

ކްރޮއޭޝިއާ އިން އިތުރު 10 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 99 އަށް އަރާފައި.

13:40

ކޮލަމްބިއާ އިން އިތުރު ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 102 އަށް އަރާފައި.

13:39

ޓައިވާނުން އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރާފައި.

13:38

އަރްމޭނިއާ އިން އިތުރު ފަސް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 115 އަށް އަރާފައި.

13:37

މެކްސިކޯ އިން އިތުރު 25 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 118 އަށް އަރާފައި.

13:37

ކުވައިތުން އިތުރު ހަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 148 އަށް އަރާފައި.

13:36

އިންޑިއާ އިން އިތުރު ފަސް މީހެއްގެ ގައިން ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 174 އަށް އަރާފައި.

13:36

ތައިލެންޑުން އިތުރު 60 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 272 އަށް އަރާފައި.

13:35

ޕޮލެންޑުން އިތުރު 18 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 305 އަށް އަރާފައި.

13:35

އިންޑޮނޭޝިއާ އިން އިތުރު ހަ މީހަކު މަރުވެއްޖެ. އެ ގައުމުން މިހާތަނަށް 25 މީހަކު މަރުވެފައިވޭ. އިތުރު 84 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް 311 މީހެއްގެ ގައިން މި ބަލި ވަނީ ފެނިފައި.

13:34

ޗެކް ރިޕަބްލިކުން އިތުރު 50 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 572 އަށް އަރާފައި.

13:33

އޮސްޓްރޭލިއާ އިން އިތުރު 90 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 686 އަށް އަރާފައި.

13:32

މެލޭޝިއާ އިން އިތުރު 110 މީހެއްގެ ގައިން ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 900 އަށް އަރާފައި.

13:32

ޖަޕާނުން އިތުރު ހަތަރު މީހަކު ބަލި ޖެހިގެން މަރުވެއްޖެ. އެ ގައުމުން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި. ޖަޕާނުން އިތުރު 10 މީހެއްގެ ގައިން ބަލި ފެނިފައިވޭ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 924 އަށް އަރާފައި.

13:30

ނޯވޭ އިން އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,592 އަށް އަރާފައި.

13:21

އޮސްޓްރިއާ އިން އިތުރު އެކަކު ބަލީގައި މަރުވެއްޖެ. މިހާރު އެ ގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައި. އަދި އިތުރު 197 މީހުންގެ ގައިން ބަލި ފެނިފައިވާ އިރު، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,843 އަށް އަރާފައި.

13:20

ދެކުނު ކޮރެއާ އިން އިތުރު ހަތް މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 91 އަށް އަރާފައި. އަދި އިތުރު 152 މީހަކަށް ބަލި ޖެހިފައިވާ އިރު، އެ ގައުމުން ޖުމްލަ 8,565 މީހުންގެ ގައިން ބަލި ފެނިފައިވޭ.

13:19

އެމެރިކާގައި ބަލި ޖެހިގެން އިތުރު ފަސް މީހަކު މަރުވެއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 155 އަށް އަރާފައި. މި ބައްޔަށް އިތުރު 205 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 9,464 އަށް އަރާފައި.

12:57

12:32

10:34

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ފަތުރުވެރިޔާ ފުރައިގެން ދިޔަ ފަހުން ވެސް ރިސޯޓުން ވަނީ ފަތުރުވެރިޔާ އަށް ގުޅައިގެން އޭނާގެ ހާލަތު ބެލުމަށް މަސައްކަތްތަކެއް ކޮށްފައި.

10:32

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ފަތުރުވެރިޔާ ފުރި ދުވަހަކީ އާދީއްތަ ދުވަހެއް. ކުރިން ވެސް މަދުމަދުން އެބަހުރި ކިއުގައި ތިބޭއިރު މިގޮތައް ވެއްޓިފައި. ފަތުުރުވެރިޔާ ކައިރިއަށް އެޓެންޑްވި މުވައްޒަފުންނަށް ނެތް ފަތުރުވެރިޔާ މެޑިކަލް ހިސްޓްރީ ދީފައެއް ނެތް. އަދި އެއާޕޯޓުން ފަތުރުވެރިޔާ ބެލި ޑޮކްޓަރަށް ވެސް މެޑިކަލް ހިސްޓްރީ އެނގިފައެއް ނެތް.

10:26

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: އެޗްޕީއޭގެ އެންގުންތަކަށް ތަބާނުވެގެން ދެ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައިވޭ.

10:22

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ކުރެއްދޫން ފަތުރުވެރިޔާ ފުރި މައްސަލަ އާއްމު އުސޫލުން ތަޙްޤީޤު ކުރިއަށްދާ ގޮތައް ތަޙްޤީޤު ކުރިއަށް ގެންދަން އުނދަގޫތަކެއް އެބަހުރި. ނަމަވެސް މިހާރު ހުރިހާ މައުލޫމާތެއް ވަނީ ސާފު ކުރެވިފައި. މި ފަތުރުވެރިޔާ ރާއްޖެ އައީ 23 ފެބްރުއަރީގައި. ފުރަތަމަ ޑޮކްޓަރަށް ދެއްކީ 26 ފެބްރުއަރީގައި. އެދުވަހު މެންދުރުފަހު ރެސްޓޯރެންޓެއްގެ ތެރެއަށް ވެއްޓިގެން ރިސޯޓްގެ ކްލިނިކްގައި ފަރުވާ ދީފައިވޭ. 27 ވަނަ ދުވަހު އަނެއްކާވެސް ޑޮކްޓަރަށް ދެއްކި. އެއީ ކަރުތެރެއަށް އުނދަގޫ ވެގެން. އޭރު ވެސް ހުމުގެ އަސަރެއް ނެތް. ނަމަވެސް ދޭތެރެ ދޭރެއިން ހުން އަންނަ ކަމަށް ބުނެފައިވޭ. ކޮވިޑް-19 ގެ އަލާމާތެއްތޯ ބެލުމަށް ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާދިން. ނަމަވެސް ޓެސްޓް ހަދަން ފަތުރުވެރިޔާ އިންކާރުކުރި. އެދުވަހު އަނެއްކާވެސް ޑޮކްޓަރު ބޭހެއް ދެއްވި. ފަތުރުވެރިޔާ އަށް ދިމާވި އަލާމަތްތަަކީ ކޮވިޑް-19 ގެ އަލާމާތްތައް ކަމަށް ވާތީ އެދުވަހުގެ 13:50 ގައި ހޮޓްލައިނަށް ގުޅާފައި މިކަމާއި މަޝްވަރާ ކުރެވުނު. ހޮޓްލައިނަށް ގުޅައިގެން ވާހަކަ ދެކެވުނީ ސަސްޕެކްޓް ކުރެވޭ ކްރައިޓީރިއާ އަށް ބަދަލެއް އައިސްފައި ވޭތޯ. މި ކޯލް ކުރިކަމުގެ ރެކޯޑިން އެބަހުރި. އެޗްޕީއޭ އިން ވަނީ ސަސްޕެކްޓް ކްރައިޓީރިއާ އާއި ރިޕޯޓް ކުރަން ޖެހޭ ގައުމުތަކުގެ މައުލޫމާތު ދީފައި. 28 އަދި 29 ވަނަ ދުވަހު ވެސް ޑޮކްޓަރަށް ދެއްކުނު. ނަމަވެސް ފަތުރުވެރިޔާގެ ހާލު ރަނގަޅުވަމުން އައިކަމަށް މައުލޫމާތު ލިބިފައިވޭ. އެއާޕޯޓް ޗެކިން ކައުންޓަރުގައި ހުއްޓާ ވެއްޓުނު. ކެޕްޓަން ވަނީ ފަތުރުވެރިޔާ ގެންދަން އިއުތިރާޒް ކޮށްފައި. އެއަށްފަހު ޕޯޓް ހެލްތު ކްލިނިކަށް ދެއްކި. ނަމަވެސް ކޮވިޑް-19 އަލާމާތްތައް ފެންނަން ނެތުމުން އިތުރު ފަރުވާއެއް ދީފައެއް ނުވޭ. އޭގެ ފަހުން މާގިރި ހޮޓަލަށް ގެނެސް ޖެހިގެން އައި ދުވަހު ފުރުވާލާފައިވޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރިސޯޓުން އެކަން ރިޕޯޓް ކުރަން ޖެހޭ ވަރަށް އެކަށީގެންވާ ސަބަބުތަކެއް ހުއްޓޭ.

10:11

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ފުލުހުންގެ މައި އިދާރާއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމެއް ފުރައިގެން ކުރިއަށްދާ ގޮތައް މިއަދު ކަންކަން ހަމަޖައްސާނަން.

10:08

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް: އެހީ ހޯދުމުގެ ނަމުގައި ބައެއް ފަރާތްތަކުން ކަންތައްތައް ކުރަމުން އެބަގެންދޭ. އެފަދަ ކަންކަމުގައި ބައިވެރިވުމުގެ ކުރިން އެކަންކަމުގެ ހަޤީޤަތް ބެއްލެވުން އެދެން.

10:07

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް: ފުލުހުންގެ އަދަދު ރަށްރަށުގައި އިތުރު ކުރެވިފައި ވަނީ. ރަށްރަށުގެ ހިތްފަސޭހަ މައިޒާންތަކުގައި މީހުން ގިނަ ނަމަ ނަސޭހަތްދީ ފޮނުވާލުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ.

10:05

އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން: މާލެ މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގޭގައި ތިބެން އަންގާނަން.

10:04

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

09:55

09:23

09:03

08:46

08:37

08:18

03:18

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުގެ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 41 އަށް އަރައިފި. އެމެރިކާއިން މިވަނީ އިތުރު 480 މީހަކު ކޮވިޑް-19 އަށް ފައްސިވެފަ. އެއާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގއި ފައްސިވި މީހުންގެ އަދަދު މިވަނީ 2،587 އަށް އަރާފަ. މިހާތަނަށް އެގައުމުން ޖުމްލަ 8،990 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަ.

02:41

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން 2،031 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. މިހާތަނަށް އެގައުމުން ޖުމްލަ 8،442 މީހަކު ވަނީ ފައްސިވެފަ.

02:40

އެމެރިކާއިން އިތުރު 14 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެއާއެކު މިއަދު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 40 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން ޖުމްލަ 149 މީހަކު ވަނީ މަރުވެފަ. މިއީ 24 ގަޑީއިރުގެ ތެރޭގައި އެމެރިކާއިން މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރު

02:36

ޕޯޗުގަލްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި

02:17

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން 1،924 މީހަކު ކޮވިޑް-19 އަށް ފައްސިވި. އެއާއެކު އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިވަނީ 8,335 އަށް އަރާފަ.

02:16

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 11 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 26 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން 135 މީހަކު މި ބަލީގައި މަރުވެފައިވޭ.

02:07

01:34

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން 944 މީހަކު ފައްސިވެއްޖެ. އެއާއެކު މިއަދު މުޅި ދުނިޔޭން ފައްސިވި މީހުންގެ އަދަދު މިވަނީ 18،785 އަށް އަރާފަ.

01:33

ތުރުކީއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 2 އަށް އަރާފަ. ތުރުކީން މިއަދު އެކަނިވެސް 93 މީހަކު މި ބައްޔަށް ފައްސިވެފައިވޭ. މިހާތަނަށް އެގައުމުން ފައްސިވެފައިވަނީ 191 މީހަކު

01:31

ޕާކިސްތާނުންވެސް ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. މިއީ މި ބަލީގައި އެގައުމުން މިހާތަނަށް މަރުވި ދެވަނަ މީހާ. މިހާތަނަށް ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ މި ދެމީހުން އެކަނި. މިއަދު އެކަނިވެސް ޕާކިސްތާނުން 60 މީހަކު ކޮވިޑް-19 އަށް ފައްސިވި. އެގައުމުން ޖުމްލަ 307 މީހަކު މިހާތަނަށް ފައްސިވެފައިވޭ.

01:28

ބްރެސިލްއިން އިތުރު 2 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މި އެރީ 3 އަށް.

01:28

ކެނެޑާއިން ކޮވިޑް-19 ޖެހިގެެން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 9 އަށް އަރާފަ.

01:27

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 10 މީހަކު މަރުވެއްވެ. އެއާއެކު މިއަދު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 18 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 127 މީހަކު މި ބަލީގައި މަރުވެފައިވޭ. މިއަދު އެކަނިވެސް އެމެރިކާއިން 1،644 މީހަކު ކޮވިޑް-19 އަށް ފައްސިވި. މިހާތަނަށް ޖުމްލަ 8،055 މީހަކު އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވެފައިވޭ.

01:25

ޖަރުމަނުން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 2،960 އަށް އަރައިދި. އެއާއެކު އެގައުމު ވެފައިމިވަނީ މިހާތަނަށް 3 ވަނައަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވި ގައުމަށް. ޖަރުމަނުން މިހާތަނަށް 12،327 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ.

01:24

ސްޕެއިން އިން މިއަދު ވަނީ ރިކޯޑް އަދަދަކަށް މީހުން ފައްސިވެފަ. އެގައުމުން މިއަދު އެކަނި 2،920 މީހުނަ ކޮވިޑް-19 އަށް ފައްސިވެފައިވޭ. މިއީ މި ބަލި ފެތުރެން ފެށިފަހުން އެއް ދުވަސްތެރޭގައި 4 ވަނައަށް އެންމެ ގިިނައިން މީހުން ފައްސިވި ގައުމު. މިހާތަނަށް ސްޕެއިން އިން 14،746 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ.

01:22

ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 14 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މި ބަލީގައި މިއަދު މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 105 އަށް އަރާފަ. ސްޕެއިން އިން މިހާތަނަށް ޖުމްލަ 638 މީހަކު މިވަނީ މަރުވެފަ

01:14

00:54

00:35

00:31

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ސައުދި އަރަބިއްޔާގެ އިތުރު 67 މީހަކު ފައްސިވެއްޖެ. އެއާއެކު އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިވަނީ 238 އަށް އަރާފައި.


ކޮވިޑް-19 ކޮންޓްރޯލް ކުރަން ޔޫރަޕްގެ ގައުމުތަކުން އެޅި ފިޔަވަޅުތައް ލަސްވުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ގައުމުތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އެބަދެއެވެ.

ބުދަ ދުވަހު ވެސް އިޓަލީވިލާތުން 4207 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. ބުދަ ދުވަހު އެގައުމުން 475 މީހުން މަރުވިއެވެ. ސްޕޭނުން ބުދަ ދުވަހު 2084 މީހުން ފައްސިވެ، 91 މީހުން މަރުވިއެވެ. ފްރާންސުން 1404 މީހުން ފައްސިވެ، 89 މީހުން މަރުވިއެވެ. ޖަރުމަންވިލާތުން 2612 މީހުން ފައްސިވެ ދެމީހުން މަރުވިއެވެ. އިނގިރޭސިވިލާތުން 676 މީހުން ފައްސިވެ، 33 މީހުން މަރުވިއެވެ. މީގެ އިތުރުން އީރާންގެ ހާލަތު ވެސް ދަނީ ގޯސްވަމުންނެވެ. އީރާނުން 1192 މީހުން ފައްސިވެ، 147 މީހުން މަރުވިއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 215565 އަށް އަރާފައެވެ. މިހާތަނަށް 8892 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި 84,328 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ވެސް ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެފައެއް ނުވެއެވެ. މާދަމާ އިން ފެށިގެން ސަރުކާރު ހަފްތާއަކަށް ބަންދުވާނެއެވެ. މިމުއްދަތުގައި ސަރުކާރު މުވައްޒަފުން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ސެނެޓައިޒާ އާއި މާކްސުން ނަގަމުން އައި ޑިއުޓީ ކަނޑާލަން މިރޭ ވަނީ ނިންމާފައެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ޖެހޭ ޒުވާނުންގެ ތެރެއިން ހާލު ސީރިއަސްވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ.

އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަރިޔާދު

  އަހަރެން ގަބޫލު ކުރާގޮތުން މިއީﷲ ސުބުހާނަހޫ ވަތަޢާލާ ކާފަރުންނަށް ދޭ އަޒާބެއް. އެއީ ވޭުވެދިޔަ އަހަރުތަކުގައި ޔަހޫދީންނާއި ނަސާރަާއިން އަދި ކާފަރުން ވަނީ މުސްިމުންގެ ބިންތަކަށް އަރައިގަނެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ އެބިންތަކުގެ ހަޒާނާ ފޭރިގަންފަ. އަދި ކާފަރުންގެ ބިންތަކުގައި ތިބި މުސްލިމުންނަށް ވަނީ އުޅެން ދަތިވާވަރު ކޮށްފައި. ޔާﷲ، މުސްލިމުންނަށް ނަސުރުދެއްވާންދޭވެ.

  22
 2. ނުއުމާން

  ޔޫރަޕު ކަފުންވަނީ.. އެމެރިކާވެސް ކަފުންވަނީ.. މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން. ނިކަމެތީންނާއި މައުސޫމު އެތަކެއް ބަޔަކު މަރަމުން ދުބިޔޭގައި ޓެކްނޮލޮޖީއާއިއެކު ބޮޑާކަންފަތުރަމުން ގައުމުތައް ހަނގާކުރަމުންދިޔަ މީހުން އެތިބަފެންނަނީ ހަދާނެގޮތްހުސްވެގެން ތެޅޭމަންޒަރު.

  18
 3. ޓައްޕު

  ޔޫރަޕްގެ ދޮންމީހުން ވައިރަސް އުފުލަން ދަތުރު ކުރަނީ ބުއްޅަ ހީހީފާ އަތްޖަހަނީ މީ ކިހާ ދެރަކަމެއް އެކަން ހުއްޓުވަބަލަ .ރާއްޖެ އެތެރެވިޔަ ނުދީބަލަ

 4. ކޮންފަދަ ބޮޑު ނިޢުމަތެއްތޯ

  މިކުޑަކުޑަ ނާޒުކު ދިވެހިރާއްޖެ ރައްކާތެރި ކުރައްވާށި.

 5. ނައީމް

  އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުރާނެތެވެ.!ﷲ އަކުބަރު.:
  1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު (އައްނި) ޓުއަރިސްޓުންނަށް ގޮވާލި.
  2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
  3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
  4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
  މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
  ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  2
  3
 6. އަޅުގަނޑު

  ސުބްހާނަﷲ! ދުނިޔޭގަ ކިތަށް މައުސޫމު މުސްލިމުންނެތް މަރައިފި އަދި ކިތަތް މައުސޫމު މުސްލިމު ބަޔަކު ބަނޑުހައި ހޫނުކަމުގަ މަރުވެގޮސްފި! ދުނިޔެއިން އެހީތެރިވެވުނުތޯ ވިސްނާލަމާ ހާއްސަކޮށް ބާރުގަދަ ގައުމުތަކުން. މިއަދު ދުނިޔެއިން މީހުންމަރުވަނީ ބަނޑުހައި ހޫނުކަމާއި ދަތިކަން ފެތުރުމަކާ ގާތްވެފަ އޮއްވަ މިފެންނަނީ. އަސްތަޤްފިރުﷲ