ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް

ކުރީގެ ރައީސް މައުމޫން އާއި ދެކޮޅަށް ދައުވާ ކުރަނީ އެމަނިކުފާނާއި މެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި މައުމޫން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

މިއަދު ބޭއްވި މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ޝަރީއަތުން ވާހަކަދައްކަން ފުރުސަތު ދިނުމުން މައުމޫން ވިދާޅުވީ އެމަނިކުފާނަކީ މިފަދަ އެއްވެސް ޖިނާއީ ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރަމުން ގެންދާ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ދައުވާތަކެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

އެގޮތުން މައުމޫން ވިދާޅުވީ މިއަދު އެމަނިކުފާނާއި ދެކޮޅަށް ދައުވާތައް ކުރަމުން ދަނީ އެމަނިކުފާނާއި މެދުގައި ދިވެހި ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރަން ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަހްސު ކަތިލަން އުޅޭ ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވުމަށް ފަހު ވަރަށް ހަރުކަށި އިބާރާތުން ދައުވާއަށް އިންކާރު ކުރެއްވިއެވެ.

މި ދައުވާ މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި މައުމޫންގެ ފޯނުގައި ހެކިތަކެއް ވާ ކަމަށް ބެލެވިފައި ވަނިކޮށް އެ ފޯނުތައް ތަހުގީގަށް ހަވާލު ކުރުމަށް ދެކޮޅު ހެދުމުންނެވެ.

މިއަދުގެ އަޑުއެހުން ފަސް ގަޑިއިރަށް ދިގުލައިގެން ދިޔަ އިރު، ހަމަ މި މައްސަލައިގައި ދެން ދައުވާ ކުރާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިބްތިދާއީ އަޑުއެހުން މާދަމާ އަށް ތާވަލު ކުރަން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ނިންމެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަނގަޅު ވާހަކައެއް. މައުމޫނަކީ ކުރިން މަގޭ ބެސްޓް. ނަމަވެސް ސަރުކާރެއް އިއްޒަތްތެރި ބަޣާވާތްފުޅަކުން ރިޝްވަތުދީގެން ބަދަލުކުރަން އުޅުނު ހިސާބުން އަހަރެން ފޫހިވެއްޖެ. މައުމޫނާމެދު ދެކޭގޮތް ރަނގަޅަށްވެސް ބަދަލުވެއްޖެ. ވަރަށްވެދުން.

  2. ބޭބެގެ އަނގަ ފަޅައިފި ދޯ

    • ތިބޭޅާގެ ވެސް ބޭބެ ކީއްކުރަން، ކޮއްކޮވެސް އަންމަވެސް އައްޕަގެވެސް އަދި މއަށްވުރެ މާ އަވަހަށް އަނގައެއް ނޫން، އެތައް ތަނެއް ފަޅާފަ އަޑުގޮވާނެ ތިބޭޅާއަށްވެސް މިކަހަލަ ދޮގު ދައުވާ އެއް ކުރާ ވާހަކަ އިވުނަސް...

  3. އަދިވެސް ގޮތްދޫކުރާ ވަރެއް ނުވޭދޯ ކާފާ. 80 އަހަރުވީމަ ދެން ތިއުޅުން ދޫކޮށް މާމަ ގޮވައިގެން ރިވެރިކޮށް އުޅެބަލަ. 80 އަހަރު ވީއިރުވެސް ޖަމާއަތުގަ، މިސްކިތުގަ ނަމާދެއް ކުރާ ތަނެއް ނުދެކެން.

  4. އަޅުގަޑުމެން ދެކެނީ ތީ ވެރިކަމަށްޓަކާ ކޮންމެ ފަދަކަމެއް ކޮށްފާނެ ބޭފުޅެއްގޮތުގައި. އަަދި 30 ހުދުމުހުތާރު ވެރިކަމެއް ކުރެއްވި އަނިޔާވެރި ވެރިއެއްކަމަށް. ތިދައުވާ އަކުން މިދެކޭ ގޮތެއް ބަދަލެއްނުވޭ. މިދެކޭ ގޮތަށް އިތުރުބާރު ލިބެނީ

  5. ބަދަލުކުރަންޖެހޭ ކަމެއްނެތް، ތީ ކޮންކަހަލަ މީހެއްކަން ނުދަންނަ ކުޑަކުއްޖަކުވެސް މިޤައުމަކު ނުހުންނާނެ، ޚުދުމުޚްތާރު 30 އަހަރު ވެރިކަންކޮށް، ވޯޓްފޮށީގައި ބަނޑުއަޅައިގެން ހުކުރުވަގުތު ވޯޓުއޮޅުވާލައިގެން މަކަރާއި އިޔަހޫދިކަމުގައި ދައުލަތުގެ ޚަޒާނާއިން ދަރިންނަށް ކިޔަވައިދީ، ދަރިން ބޮޑެތިކޮށްދީފައިވާކަން ދިވެހި ކޮންމެ ދަރިޔަކަށްވެސް އެނގޭނެ، އަދި މިހާރު އަނިޔާވެރިކަމޭކިޔައިގެން ވާހަކަދައްކަން ލަދުގަންނަންޖެހޭވަރަށް އަނިޔާވެރި ޒަމާނެއް ދިވެހިންނަށް ދައްކާފައިހުރި މީހެއްކަން އެންމެނަށްވެސް އެނގޭ.

    • އުހުނ. ނޭނގޭ

    • އިހުތިރާމާއެކު ބުނެލަން. ވާހަކަ ދައްކަންވާނީ ކޮންމެވެސްވަރަކަށް ތަންދޮރު އެނގިގެން. ކުރީގެ ނޫ ގާނޫނު އަސާސީގައި ރައީސަކަށް ހުންނަ މީހާގެ އަނބިދަރިން ބަލަހައްޓަން ޖެހެނީ ދައުލަތުންކަން ހާމަކޮށްފައި އޮވޭ. އެހެންނޫނަސް މައުމޫނުގެ ދަރިން ސަރުކާރު ޚަރަދުގައި ކިޔެވިއިރު މިރާއްޖޭގައި އެދުވަސްވަރު ކިޔެވި އެންމެން މިހާރުގެ ރައީސް ޔާމީނުވެސް ހިމެނޭގޮތުން ކިޔަވާފައިވަނީ ސަރުކާރުޚަރަދުގައި ނުވަތަ ސަރުކާރުން ހޯދައިދިން ސްކޯލަރޝިޕްގައި.

  6. މަވެސްފޫހިވެއްޖެ މީރައްޔިތުން ދެކޭގޮތަކީ

  7. ކަލޭތިޔައީ މިގައުމުގައި ޑްރަގް ފެތުރި މީހާކަމަށް ރައްޔިތުން ދެކޭ. އެއީ ޙަގީގަތްވީމާ އެކަން ބަދަލެއް ނުވާނެ.

  8. މައިޒާން އަލިބެ، ނަސީމް ކުވާ މޮހޮދޭ ބަޣާވާތް ކުރުމުން މަނިކުފާނު ހިންގެވި ސަރީޢaތް ހަނދުމަފުޅު ވޭތޯ. ޖަލުގަ އެފަރާތް ތަކަށް ދެއްކި އަހުވަ ......

  9. މަހުވާކޮއްފަ މިބުނަނީ ކަލެ އާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރުވީ ކަލޭގެ ގޯސް ޢަމަލު، މަށަކީ މީގެކުރިން ކަލެޔާހެދި ހޭބަލިވާ މީހެއް އެކަމަކު އަންނިއެކޭ ކަލެއެކޭ އެއްވެސް ތަފާތެއް މިހާރު މަގޭހިތަކުނެތް. ދެންވެސް އިސްލާޙުވެބަލަ

    މިހާރު މިޤައުމުގެ 0.5% މީހުންގެ ތާޢީދުވެސް ކަލެއް އޮންނާނެކަމަށް ޤަބޫލެއް ނުކުރެވޭ