ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތައް އޭޝިއަން ޑެވެލޮޕް ބޭންކް (އޭޑިބީ)ގެ އޭޝިއާ ޕެސިފިކް ޑިޒާސްޓަރ ރެސްޕޮންސް ފަންޑުން ރާއްޖެއަށް 500،000 ޑޮލަރު ދޭން ނިންމާފައިވާކަން ހާމަކޮަށްފިއެވެ.

އެކަން ހާމަކޮށް އޭޑީބީން މިއަދު ބުނީ، މިއީ ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުން އެހީތެރިކަމަށް އެދުމުން، ދޭން ނިންމި ފައިސާ ކަމާށެވެ. އަދި މިއީ އެ ބޭންކުން ރާއްޖެއަށް ދީފައިވާ 100،000 ޑޮލަރުގެ ޓެކްނިކަލް އެހީތެރިކަމުގެ އިތުރަށް ދޭ އެހީގެ ފައިސާ ކަމަށް އޭޑީބީން ބުނެއެވެ.

އޭޑީބީން ބުނީ، ދިވެހި ސަރުކާރާއި އެ ބޭންކާއި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، ޕާޓްނަރުންނާއެކު އެހީތެރިކަން ވެދެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި އޭޑީބީން ދިން ފައިސާއިން ސަރުކާރަށް ލުޔެއް ލިބޭނެ ކަމަށާއި، އަދި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި ވަސީލަތްތައް ފަދަ އެއްޗެހި ހޯދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.