ޖާޕާނުން ރާއްޖެއަށް 172،000 ޑޮލަރުގެ ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓަކެއުޗީ މިދޯރީ އެވެ. އަދި ރާއްޖޭގެ ފަރާތުން އެތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެވެ.

ހެލްތް މިނިސްޓްރީން ބުނީ ޖަޕާނުން އާލަތްތައް ހަދިޔާ ކުރީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކަމަށެވެ.

މިއީ އޭޑީބީ އަދި ޖަޕާނު ސަރުކާރުގެ ޕަންޑުގެ ދަށުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު މުހައްމަދު ނަސީމް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރެއެރުވުމަށް ޖަޕާނުގެ ސަރުކާރުންނާއި އޭޑީބީ ފަންޑުން ދެމުންދާ އެހީއަށް ފަށްފަށުން ޝުކުރު އަދާކުރައްވާފަ އެވެ.

"ހާއްސަކޮށް ޖާޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓަކެއުޗީ މިދޯރީ އަށް ޝުކުރު އަދާކުރަން. އެކަމަނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި.". ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ޖަޕާނުން ހަދިޔާކުރި އާލަތްތަކުގެ އަގަކީ 172،000 ކަމަށެވެ. ހަދިޔާ ކުރި އާލަތްތަކުގެ ތެރޭގައި 202 ޓެބްލެޓާއި 190 ބާކޯޑް ރީޑަރާއި ޕްރިންޓަރު ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހުރިހާ އާލަތްތަކެއް އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތަކުގެ ހިދުމަތް ރަނގަޅު ކުރުމަށް އެކި ރަށްތަކަށް ބަހާލާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްލާގެ އަފީފް

    ތިޔަ ސާމާނަށްވާ ފައިސާވެސް ބަޖެޓުން އުނިކޮށް ޖީބަށް އަޅާނެ ޔަގީން ބަޔަކު ތަހުގީގެއް ކޮށްފިއްޔާ ކޮވިޑް ވައްކަން ވެސް ހުންނާނެ ތަފާތުކޮށް ކޮށްލާފަ ވަގު ސަރުކާރު