ފިހާރަތަކާއި ކެފޭތައް ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) ގެ އެންގުންތަކާއި ހިލާފަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވަނިކޮށް މިރޭ އައްޑޫގައި ހުޅުވާފައި ހުރި ފިހާރަތަކަށް ފުލުހުން ވަދެ އެފިހާރަތައް ބަންދުކޮށްފިއެވެ.

އައްޑޫ އިން "ވަގުތު" އަށް މައުލޫމާތު ދެއްވި ވިޔަފާރިވެރިޔަކު ބުނީ މިރޭ ބައެއް ވިޔަފާރިވެރިން ފިހާރަތައް ހުޅުވީ ފިހާރަަތައް ހުޅުވަން ކައުންސިލަށް އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވުމުންނެވެ. ނަމަވެސް ފިހާރަ ހުޅުވުމާއި އެކު ފުލުހުން އައިސް ފިހާރަތައް ބަންދު ކުރުވާފައިވާ ކަމަށެވެ.

"ފިހާރަށް ބަންދު ކުރަން އެންގުމުގެ ބާރެއް ކައުންސިލަށް ނެތްކަން ވަރަށް ސާފު، އެޗްޕީއޭ އިން އެއޮތީ ވިދާޅުވެފައި ކެފޭތައް ބަންދު ކުރަން ވެސް އެންގީ ހަމައެކަނި މާލޭ ސަރަހައްދަށް ކަމަށް. ފުލުހުން މިރޭ ވަނީ ޤާނޫނާއި ހިލާފަށް ކައުންސިލުން ކުރި އަމުރަށް ތަބާވެފައި." އޭނާ ބުންޏެވެ.

އިތުރު ވިޔަފާރިޔަކު ވެސް ބުނީ ފިހާރަ ހުޅުވިތަނުން ފުލުހުން ވަދެ ފިހާރަ ބަންދު ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ގުޅުމުން ފުލުހުން ފޯނަށް ޖަވާބެއް ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބުނެވެ.

އަތޮޅުތެރޭގައި ވިޔަފާރިކުރާ ގަޑިތަކަށް ބަދަލު ގެންނަން އަންގާފައި ނުވާނެ ކަމަށް، އެޗްޕީއޭ އިން މިރޭ ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން މިހެން ބުނީ އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތައް ހިންގާ އުސޫލާއި ގަޑިތަކަށް ބަދަލު ގެނެސް އެއީ އެޗްޕީއޭގެ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެފައި ވަނިކޮށެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މާލޭ ސަރަހައްދު ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލަން އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ ނުވަތަ އިރުޝާދު ދީފައި ވެސް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދުނިޔެދެކެނީ

  ހުރި ހިތާމައެއްގެ ބޮޑުކަމާ، އަދިވެސް އެއްބަޔަކު އަނެއްބަޔަކު ސުލްހަ އިސްކުރުމުގެ ބަދަލުގަ ހިފާނަގަނީ، އެތައް އިންސާނީ ފުރާނައެއް އެދަނީ ދުނިޔެއާ ވަކިވަމުން.

  31
  1
  • ވިސްނާލުމަށް އެދެމޭ

   ހިތާ މަކުރަންޏާ ކުރަންވީ އައްޑޫގަ ދިވެހި ސަރުކާރުގެ ސިޔާސަތެ އަ މުރު މައުރޫފެ ނުހިގާކަން ވިސްނާފަ....ވެގެން އުޅޭގޮތް އައްޑޫ ކައުންސިލަށްވެސް ދިވެހި ސަރުކާރަށްވެސް ވަރަށް ސާފު...އިންޑިޔާގަވަނީ ކާފިއު ހިންގާފަ އެތަނުގަ ވިޔަފާރިކުރު މާ ބޭރަށް ނުކު މެއުޅުންވަނީ މަނާކުރެވިފަ..އެތަނުގައޮތްވަރަށް ހަރުކަށިވު މަށް އަދިނުކެރެނީ ކުރިޔަށް ކައުންސިލް އިންތިހާބުއޮތީ މަ..ދިވެހި ސަރުކާރުން އަންގައިފި ސަރުކާރުން ނާގާކަން އައްޑޫގެ ހާއްސައަ މުރަކުންކަންތައްތަކެ މަނާކުރަން.. އައްޑޫގަ ކޮވިޑް ޕޮޒިޓިވް ކޭސްއެއްނެތް ހާއްސަ ރެސްކިއު ޕްރޮގްރާ މެ ނުހިންގާ...ދެން އައްޑޫ ގަ މަށް އަރާފޭބުން މަނާވީކީއްވެ...އައްޑޫ ރައްޔިތުންގެތެރެއިން ބައެއް މީހުން އަޅުވެތިވިޔަސް ވަރިހަ މަކަ މަށް ބުނާ މީހުން މިކަ މުގަވެސް އޯކޭވެފަތިބޭނެ... މިއަދު ކުޑަބަންދެ މިކުރީ ދުވަސްކޮޅަކުން އައްޑޫގެ ރައްޔިތުންގެ ގޯތި ގެދޮރު އަތުލާހިސާބަށްވެސްދާތަންފެންނާނެ ދުނިޔޭގަތިބިބަޔަކަށް.....މާﷲހެޔޮވިސްނުން ދެއްވާށި އައްޑޫ ރައްޔިތުންނާ ޖު މްލަކޮށް ދިވެހި ރައްޔިތުންނަ....

   • ވިސްނޭ

    ރަނގަޅުވާހަކައެއް ތިބުނީ. ވަގުތު ފާއިތުވާއިރު މި ތިބާ ބުރާންތިންނަށްވިސްނޭނީ

   • އިންޑިޔާގެ ދިވެހިން

    ކާބޯތަކެތި ވިއްކާ ފިހާރަތައް ހުންނަނީ ހަގަޑިއިރަށް ހުޅުވާފަ. ބޮޑެތި ސޮޕިން މޯލްތަކުގަވެސް ހުންނަ ކާބޯތަކެތި ވިއްކާ ފިހާރަ ހުންނަނީ ހުޅުވާފަ.

 2. ޕޭމް

  ކޮބާތަ މައްސަލަޔަކި. ތި އެޗްޕީ އަކުން ކަނޑައަޅާނީ މިނިމަމް ރޫލްސް. ކައުންސިލް އިދާރާތަކައް މާ ބޮޑައްވެސް ސާފުވާނެ އެތަނެއްގެ ރައްޔިތުންގެ ރައްކާތެރި ކަމައް އަޅަންޖެހޭ ފިޔަވަޅު. އެވަރަށް ކައުންސިލް ޒިންމާދާރު ވުމަކީ އެތަނެއްގެ ރައްޔިތުން އުފާކުރަންޖެހޭ ކަމެއް. މަދު ލާރިކޮޅެއްގެ ދަހިވެތިކަމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލާ ފިތުނަ ފަސާދަ އުފެދޭގޮތައް ވާހަކަ ނުދެއްކުމަށް ވިޔަފާރިވެރިންނަށް ނަސޭހަތްތެރިވަން.

  25
  15
 3. ބޯ ހަލާކު

  ސޯއްބެ ކަޓުވާލީމަ ކަޑަވެގެން ޖެއްސުން ކުރަނީ

  31
  15
 4. ބޮޑުވަޒީރު

  އައްޑޫ ގަ ވަކި ސަރުކާރަކުން ވެރިކަން ކުރަން އުޅޭހެން ހީވަނީ،،

  38
  5
 5. އަލިބިޔާއްކަލޯ

  ޢަސްލު ތިވެގެންއުޅޭގޮތަކީ ސޯބެ ވިޔަފާރިވެރިންނަށް ހަސަދައެތްފިލުވާލަނީ
  ސަބަބަކީ އައްޑޫގެ. %90 ވިޔަފާރިވެރިން ތިބީ ނިޒާރުގެ ފަހަތުގައި އެހެންވީމަ ފަހުވަގުތުވެސް އެތިފަހަރެއްޖަހާލެވޭތޯ އެބަލަނީ
  ޢެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެންވެސް

  31
  5
 6. މުޙައްމަދު

  ރަގަޅަކަށް ކަމެއްކުރިޔަސް .. އައްޑޫ ވިޔަފާރިވެރިންނަކަށް ހަޖަމެއްނުވާނެ.. ބަލަ ލާރިޔަކީ ހުރިހާ އެއްޗެއްނޫނޭ....

  25
  11
 7. ޔާނު

  ލޯކަލް ގަވަރުމެންޓް ވިއްޔާ ކައުންސިލަށް ނިންމޭނެ ބަންދުކުރަން ރާއްޖޭގަ މިއޮތީ ލޯކަނު ގަވަރުމެންޓެއް

  5
  2
 8. Anonymous

  ކައުންސިލްތަަކަށް އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު ލިބިގެންވޭ.

  7
  3
 9. ކާފަބޭ2020

  ކައުންސުލުތަކަށްބާރުދެނީ އަހަރެންބޭނުންވާ ކަންތައްއަހަރެންބޭނުންވާވަރަށްކުރަން އެނޫންވަރަކަށް ބާރުތައްދުލެއްނުކުރެވޭނެ! އަހަރެންގެ ޑި މޮކުރަސީ ހުރިހާ މީހުންނަށް ދަސްނުވަނީތަ!

  1
  1
 10. ޑަކައިތި

  ސަދިގުގެ ދެފަޔަށް އެއުޅެނީ ހިނިއަރައްގެން ދޯ މާލެހިމެނޭ ސަރަހައްދުތަކަށް ކަންތައް ކުރުން ހިފެހެއްޓިފައިވަނީ ސާދިގުކަހަލަ ތަންދޮރު ނުދަންނަމީހުން ބަހައްޓާކަށް ނުވާނެ

 11. ޢާލިމް

  ލާމަރުކަޒީ ވެފަ އެ އޮތީ.

 12. ޝާހް ރ.ވާދޫ

  އެޗްޕީއޭ އިން ނާންގަނީހޯ ތިކަން ތިކުރީ؟؟؟ ޖޯކެއްނޫންތަ؟؟؟ އެހެން ވިއްޔާ ފުލުހުންތާ ތިކުއްވެރިވީ؟؟؟