ރާއްޖެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެ އެވެ.
އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.
އަމީން ވިދާޅުވީ، އޭނާއަކީ އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ މީހެއް ކަަމަށާއި، އޭނާ ރާއްޖެ އައި ގޮތަށް ހުރި ކަރަންޓީންކޮށްފައި ކަމަށެވެ. އެ މީހާ ކަރަންޓީންކޮށްފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައެވެ.
އެ މީހާ ރާއްޖެ އައީ މި މަހުގެ 22ވަނަ ދުވަހުއެވެ.
"އޭނާ އެ ދުވަހުން ފެށިގެން ކަރަންޓިންކުރެވިފައި ވަނީ، އޭނާ ކަރަންޓިން ކުރެވުނީ 22 ވަަނަ ދުވަހު، އޭނާގެ ގައިން އަލާމާތްތައް ފެނުނީ 25 ވަނަ ދުވަހު އަދި އިއްޔެ އޭނާގެ ސާމްޕަލް ނެގުމަށް ފަހު މިއަދު އަޅުގަނޑުމެންނަށް އޭނާ ޕޮޒިޓިވްވިކަން ފާހަގަކުރެވެނީ". އަމީން ވިދާޅުވިއެެވެ.
އަމީން ވިދާޅުވީ، މިކަމުންވެސް އެނގެނީ ކަރަންޓީން ކުރުމުގެ މުހިންމު ކަމާއި، ކަރަންޓީންގައި ތިބުމުގެ މުހިންމު ކަމާއި، މި ބަލީގެ އަސަރު އަދި ރާއްޖެއިން ފިލައިގެން ނުދާ ކަން ކަމަށެވެ.
"ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އަޅާފައި މި ވަނީ ރާއްޖޭގެ މުޅި އާބާދީ މިކަމުން ސަލާމަތް ކުރުމަށްޓަކައި، އެހެންވީމަ މާލޭގައިވެސް، މާލެ ސަރަހައްދުގައިވެސް އަދި ރާއްޖޭގެ އަތޮޅުތަކުގައިވެސް މިވަގުތު އަޅާފައި ހުރި ފިޔަވަޅުތަކަށް ތަބާވެ އަޅުގަނޑުމެން އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ތަކުރާރުކޮށް މި ދަންނަވަނީ". އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއިން މި ބަލި ސަލާމަތް ކުރެވޭނެ ކަމަށް އަދިވެސް އުއްމީދު ކަނޑާ ނުލާ ކަމަށެވެ.
ކަކަރަންޓީންގައި ތިބޭ އެއްވެސް މީހަކު އަނެއް މީހަކާއި ދިމާ ނުވާނެކަން ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 14 އެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވާ އެންމެންނަކީ ބިދޭސީންނެވެ. ކޮވިޑް ޖެހުނު 9 މީހުން ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
މާތް ރަސްކަލާނގެއަށް ދުޢާ ކު ރަން އަޅަމެންސަލާމަތް ކޮއް ދެއްވާށި...
އާމީން
ހެޔޮނުވާނެ ރާއްޖޭއިން ބޭރުގައި ތިބި ދިވެހިން ވިޔަސް ބޭރުމީހުން ވިޔަސް ތި ތިބޭތާކު ތިބެބަލަ ރާއްޖެ ނައިސް. ހީވަނީ މިތާ ބަލި ނުފެތުރިގެން އުޅޭހެން. ސަރުކާރުވެސް ބޭރުން މީހުން ގެނައުން އެކޮށް ހުޓާލާކަށް ނުވޭތަ އަދިވެސް.
އަންނި ރުޅި އައިސްފާނެ.
ކޮބާ މިހާރު 13 އުފާފާޅު ކުރޭ އެބަ. ނުވެގެން އުޅުނު ކަން މިއޮތްވީ. ޕިންކީ ފިތުނަތައް އުފަލުން ނޭނގެ ހަޅޭލަވާނެ ވަރެއް މިފަހަރު
މިއީކީ ފުރަތަމަ ކޭސްއެއް ނޫން ދިވެއްސަކު ޕޮޒިޓިވްވި. ކިތަންމެވަރަކަށް ސަރުކާރުން ދޮގުހެދިޔަސް
ތީ އަޅެ ބުރާންޗެއްތަ ތާކުހުރި..
ތަނެއްދޮރެއް ނޭގުނަސް ވާނެ ކޮމެންޓު ކުރަން
މިކަހަލަ ބުރާންތިން ގެ ކޮމެންޓު ް
ފިތުނަ އުފައްދަނީ ތިޔަ ރީނދޫ ކެ ރަފާ 19 ދޯ މިގޮތައް ގޮސް 19 ހަމަކޮއްލާ މިހާރ ރު 13 ބަދަލުވީ 14 އަދި 5 ހިތްވަ ރުކޮއްލާ 19 ދިވެހިން މަ ރާލި އެޖެންޑާ 19 ދެން ކެ ރަފާ19 ސަޅިވާނެ
ޖަމާލުގެ ނަމުގަ ކޮމެންޓް ކުރި ބޭފުޅާއަށް. މިހާލަތުގަ ފިތުނަ ނުއުފައްދަވާ... އެކުވެރި ވެލައްވާ... ތި ކަހަލަ މޮޔަ ކޮމެންޓެއް މިހާރަކު އަޑު އަހާކަށް ބޭނުމެއް ނޫން... މީ އެކުވެރި ވާންވީ ވަގުތު..
ޖަމާލު ކަލޭ ތިހުރީ ހަމަހޭގަތަ؟ އަމިއްލަޔަށް ފިތުނައިގެ ހުޅުގަނޑު ރޯކުރެވޭއިރު އެކަން ކަލެޔަށް ރޭކާވެސްނުލާ! މިއީކީ ވަކިކުލަޔަކަށް ފޫޅުކަނޑންވީ ވަގުތެއްނޫން! ކަލޭވެސް ބަސްއަހައިގެން ގޭގަ މަޑުން އޮވެވޭތޯބަލާބަލަ!
ތިހެން މީހުންނާއި ދިމާލަށް "ކަލޭ" ނުކިޔާ. ރީތި ބަސްމަގެއް ބޭނުންކުރޭ
ދިވެހި މީޑިއާއަކުން ތިކަން ޔަގީންކޮށްދޭށޭ ބުނީމަ އޭރުވީ ގޯސް، ދަރުމަވަންތައިގަ ދިވެއްސަކު އޮތްކަމަށް މުއުތަބަރު ފަރާތަކުން ބުނީމަ ވީ ގޯސް. ތުހުމަތު ކުރެވެނީ އެމީހާ ސަން އައިލެންޑަށް ގެންދިޔައީކަމަށް. ދަރުމަވަންތައިގަ އޮތިއްޔާ ބަލާނެކަން އެނގޭނެ. ޢަވސް ޝިފާއެއް ދެއްވާށި
އާމީން
ހަބަރު ނުވެސް ކޔައި ކޮމެންޓް ކޮށްލެވޭތޯ ދޯ ތިބަލަނީ
އަވަސް ޝިފާ މިންވަރު ކުރައްވާށި! އާމީން.
އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާ އެންމެހާ އިންސާނުން މި ނުރައްކާތެރިވަބާއިން ސަލާމަތްކުރައްވާށި ! އާމީން....
ކަރަންޓީން އަށް ލެވޭ ހުރިހާ ފަރާތްތަކުގެ ޓެސްޓް ހެދުން ބުއްދިވެރި.ސަބަބކީ ކިބަލި އެއްވެސް އަލާމަތެއް ނެތިވެސް ހަށިގނޑުގައި ހުރޭ. މާތް ﷲ އަޅަމެންގެ މިގައުމާއި ރައްޔިތުން މިބަލިނ ރައްކާތެރި ކުރައްވާށި، އަދި ބަލިހާލުގައި ވާފރާތްތަކށް އަވަސް ޝިފާޢެއް ލައްވާޝިިިި... އަާމީން
ޢެއާރޕޯޓް ގަ އުލޭ މީިހުނ ކަރަނޓިނ ކުރޭ
ނައިސްތިބޭށޭ! އާދޭސްކޮށްފަ! ހުރިތަނެއްގަ ހުރެބަލަ އެމީހަކު! ކީއްކުރަންތަތި އަންނީ! ނާންނާތި ނާންނާތި! މިބުނަނީ ހަމަ ރޮއެފަ! ގޭގަ ތިބެބަލަ! މޮޔަ ދިވެހިން! އިނގެރޭސި ވިލާތުގަ އުޅޭމީހުންވެސް ހާދަ ގަމާރޭ! އެހެންޏާ ނާންނާށޭ ބުންޏަސް އަންނަނީ ވިއްޔަ!
ތިޔައީ އިޚްލާސްތެރި ހިތެއްގެ ކޮމެންޓެއް. ތިބާއަށާ އާއިލާއަށް ރަޙްމަތަލައްވާށީ!
އަދިވެސް ރާއްޖެ ލޮކްޑައުން ކުރާކަން ނުވޭތަ؟ އެއަރޕޯޓް ބަންދު ކުރަންވީ އެންމެ ފުރަތަމަ
ކޮވިޑަށް ޕޮޒިޓިވް ވި ދިވެހި އަޚާ އަށާއި، އެންމެންނަށް އަވަސް ޝިފާއެއް މިންވަ ރި ކޮށްދެއްވެވުމަށް އެދި ﷲ ޙަޟް ރަތަށް ދުޢާ ދަންނަވަމެވެ! އާމީން،
އަވަސް ޝިފާ މިންވަރު ކުރައްވާށި. އާމީން
ރާއްޖެއިން ބޭރުގައި އެއްވެސް ރައްކާތެރި ކަމެއް ނެތިއްޔާ އަންނާކަށްނު ޖެހޭނީ. ޤައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ދުވަސްވީ މީހުންނަށް ބޭސް ނުކުރާނެކަމަށް ގޮވަމުން އެދަނީ. އެހެންވީމަ އެހެން ގައުމެއްގެ ރައްޔިތަކަށް ފަރުވާ ދޭނެތަ؟
ތިމާގެ އާއިލާ މީހެއް އެހެން ތަނެއްގައި ހުރި ނަމަ ވިސްނޭނެ. އެހެން ޤައުމުތަކުންވެސް އިވެކުއޭޝަން ޕްލޭންތައް ހަދައިގެން އެގައުމެއްގެ ރައްޔިތުން ގައުމަށް ގެންނަމުން އެދަނީ. ވީމާ ދިވެހި ސަރުކާރުންވެސް އާންމުނަށް ނުރައްކާ ނުވާނެ ގޮތަށް ޕްލޭންތައް ރާވައިގެން ދިވެހިން ޤައުމަށް ގެންނަންޖެހޭ
ދެންވެސް ރިސޯޓުތަކައް ބާރުބޮދުކުރޭ ތަންތަނައް ބިރަކާނުލާމަޖާކުރަން ގޮސްފަ ބަލިހިފާގެން އައިމަ ވެސް ރިސޯޓުތަކުގެ ތިބި މީހުނައް ބާރުކުރަން މިޖެހެނީ މީދެން ކިހާބޮ ޑު އަނިޔާއެއްމިދެނީ މީ އޯގާތެރިކަން
މިދަނޑިވަޅަކީ އެއްބަޔަކު އަނެއްބަޔަކު ކުއްވެ ރިކޮށްފަ ވާހަކަ ދައްކަންވީ ދަނޑިވަޅެއް ނޫން. އާދޭސް ކު ރަން މިކަމާ ސިޔާސީ ކަންކަމާ ނުގުޅުވާ. މިހާލަތުގައި ރައްޔިތުންގެ އެއްބާ ރުލުން ސަ ރުކާ ރަށް އިންތިހާއަށް ބޭނުންވާނެ.
އަހަ ރެމެން އެންމެން ރައްކާތެ ރި ކު ރައްވާތޯ ދުޢާކު ރުން ނޫން ގޮތެއް މުސްލިމުންނަށް ނެތް.
ދުޢާ އަކީ އަހަ ރެމެންގެ ހަތިޔާ ރު.
ދިވެއްސަކަށް ކޮވިޑް ނުޖެހިގެން އުޅުނުމީހުންތައް މިހާރު ތިބޭނެ ހިތް ހަމަ ޖެހިފަ. ޕޮޒްޓިވް ވެފަ ތިބި އެންމެންނަށް އަވަސް ޝިފާއަކަށް އެދެން.
އޭނަ އަށް އާދެ ވިގެން ނުވާނެ... ޔޫކޭގަ އެވަރަށް އެބަލި އުޅޭއިރު ޔޭކޭގަ ތިބި މީހުންނަށް ރާއްޖެ އާދެވިގެން ނުވާނެ... ދިވެއްސެއް ކަމަކު ރަގަޅު ވާނީ އެ ހުރި ގައުމެއްގަ ހުރުން.. އެހެން ގައުމްތަކުގަ ވެސް އެހެން ހަދަނީ... .
ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް، ރާއްޖޭގެ ޑޮކްޓަ ރުންނާއި ރައްޔިތުން ރާއްޖެ ލޮކްޑައުން ކުރާށޭ ގޮވާ އާދޭސް ކުރީމާވެސް ސަ ރުކާ ރުން މިބުނަނީ އެކަމެއް ނުވާނެ އޭ އެންމެން ގޭގައި ތިބޭށޭ، ދެން އިބޫ ނިކުމެ ރައްޔިތުން ގުނބޯ ހައްދާފަ ދިޔައިމަ އެމަނިކުފާނުގެ ވާހަ މޮޅުކަމުންނާއި އުއްމީދުން ފު ރިގެންގޮސް ބަނޑުންވާ ވާހަކަ ނޫސްތަކުގަ ލިޔެ ލިޔެ ހޭހުސްވަންދެން ލިޔެފި ދެން ކޮންކަމެއްތޯ މިވީ ގުނބޯ ހެދުނު މީހުން ބާ ރަށް އަތްޖަހާ
މިބަލި މީހާ އައި ފްލައިޓާއި އޭނާއާއި އެއަރޕޯޓްން ދިމާވި މީހުން ކޮބަޔޯ.
އެ މީހާ ރާއްޖެ އައީ މި މަހުގެ 22ވަނަ ދުވަހުއެވެ. ކީއްވެގެންތޯ ބަލި ފެތުރިފައިވާ ގައުމަކުން އައި މީހަކު ރާއްޖެއަށް އެތެެރެވެވުނީ؟ ނަބިއްޔާގެ އިރުޝާދުތަކަށް ޢަމަލު ކުރާނަމަ މިހެން ނުވާނެ ނޫންތޯ. މިހާރު މިތާތިބި މީހުންވެސް އަނެއްކާ ކަންބޮޑުވުމެއްގައި. މިކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ދެކެން.
ހަށްދަވަާބޮޑު ކުރެއްވި މަާތްރަސްކަލަާންގެ އަޅަމެންނަށް ހެއޮވިސްނުން ދެއްވަާ މިބަލި މަޑުކަމުން ސަލަާމަތް ކޮށްދެށްވަާންދެޭވެ އަާމިީން
މިއަދު ދިވެހި ގައުމުން ރައްޔިތުންނަށްޓަކައި ކުރަމުން ތި ގެންދާ މަސައްކަތަަށް ސާބަސް ދެން. ބަޔަކު އެކަންތައް ހަޖަމްނުވެ ފިތުނަ ފސާދަ އުފައްދަން ކިތައްމެ މަސައްކަތް ކުރިޔަސް ، އަދި އޭގެ ދެތިން މީހުންގެ ބައިގަނޑެއް އެގޮތަށް އުޅަނަސް އަހަރެމެން ދިވެހިން މިތިބީ ސަރުކާރާއި އެއްކޮޅަށް. ޝުކުރިއްޔާ ރައީސް. ޝުކުރިއްޔާ މަބްރޫކް. ޝުކުރިއްޔާ އަމީން
ބަލި ފެތުރެމުނދާ ހުރިހާ ޤައުމަކުން ދިވެހިން ރާއްޖެ އަންނަމުންދާއިރު، ޔޫ ކޭއިން ދިވެހިންނަށް ނާދެވެންވީ ސަބަބެއް ނެތް، އެތަނުގަ ކިޔަވަންގޮސް އެކަނި އުޅޭ ކުދިން އެބަތިބި ، އެތަނުގެ މުސްކުޅިންނނަށް ބަލި ޖެހުމުން މަރުވާން ދޫކޮށްލަނީ، ތަނާ ވަސީލަތް މަދުވީމަ، ޤައުމުން ބޭރު މީހުންނަށް ޖެހުނީމަ ރާއްޖޭން މި ބަލަހައްޓާވަރަށް އެތަންތަނުން ނުބެލެހެއްޓިދާނެ، އާބާދީ ބޮދުވެ ބަލިޖެހޭ މީހުން ގިނަވީމަ، މިފަދަ ދަނދިވަޅެއްގަ ކޮންމެ މަންމައަކާ ބައްޕައެއްވެސް އެމީހެއްގެ ދަރި ގެނެވޭތޯ ބަލާނެ.
ދުޢާ އަކީ އެއްވެސް މީހަކަށް އިތުރަށް މި ބަލި ނުޖެހުން.
ދީނީ އިލްމުވެރިން ސަރުކާރަށް ލަފާދެނީ ކީރިތިރަސޫލާގެ ހަދީސްގެ އެއްބަޔަށް އަމަލުކުރަންތޯ؟ އަނެއްބަޔަށް އަމަލު ކުރަން ލަފާނުދެއްވަނީ ކީއްވެތޯ؟ ކީރިތިރަސޫލާގެ ހަދީސްގައިވާތީ މިސްކިތްތައް ބަންދުކުރީ. ހުކުރު ބަންދުކުރީ. ހަމަތިޔަ އިލްމުވެރިން ކިޔާދެއްވާ އެހަދީސްގައިއޮވޭ ބަލިޖެިފައިވާ މީހުން އެރަށެއްގާ ތިބިނަމަ އެރަށަކުން މީހުން ނުނިކުންނާށޭ. މިބަޔަށް އަމަލުކުރަން އިލްމުވެރިން ސަރުކާރަށް ލަފާ ނާރުވަނީތޯ؟ ކޮރޯނާ ފެތުރިފައިވާ ރަށްރަށުގައި ތިބި ދިވެހިން ވިއަސް އެރަށަކުން އެހެންރަށަކަށް އައިސްގެންނުވާނެކަމަށް މިހަދީސުން ސާބިތުވަނީ. އެކަމަކު ބަލިފެތުރިފައިވާ ރަށްރަށުގައި ތިބި ހުރިހާ މީހުން ރާއްޖެގެންނަން ސަރުކާރުން މަސައްކަތް ކުރަނީ. މިބަލި ރާއްޖެއަށް ގެނައީވެސް
ދީނީ އިލްމުވެރިން ސަރުކާރަށް ލަފާދެނީ ކީރިތިރަސޫލާގެ ހަދީސްގެ އެއްބަޔަށް އަމަލުކުރަންތޯ؟ އަނެއްބަޔަށް އަމަލު ކުރަން ލަފާނުދެއްވަނީ ކީއްވެތޯ؟ ކީރިތިރަސޫލާގެ ހަދީސްގައިވާތީ މިސްކިތްތައް ބަންދުކުރީ. ހުކުރު ބަންދުކުރީ. ހަމަތިޔަ އިލްމުވެރިން ކިޔާދެއްވާ އެހަދީސްގައިއޮވޭ ބަލިޖެިފައިވާ މީހުން އެރަށެއްގާ ތިބިނަމަ އެރަށަކުން މީހުން ނުނިކުންނާށޭ. މިބަޔަށް އަމަލުކުރަން އިލްމުވެރިން ސަރުކާރަށް ލަފާ ނާރުވަނީ ކީއްވެތޯ؟ ކޮރޯނާ ފެތުރިފައިވާ ރަށްރަށުގައި ތިބި ދިވެހިން ވިއަސް އެރަށަކުން އެހެންރަށަކަށް އައިސްގެންނުވާނެކަމަށް މިހަދީސުން ސާބިތުވަނީ. އެކަމަކު ބަލިފެތުރިފައިވާ ރަށްރަށުގައި ތިބި ހުރިހާ މީހުން ރާއްޖެގެންނަން ސަރުކާރުން މަސައްކަތް ކުރަނީ. މިބަލި ރާއްޖެއަށް ގެނައީވެސް އެކަންހުއްޓވަން ރައްޔިތުންގޮވަގޮވާ ތިއްބާ ރައްޔިތުންނާ ދެކޮޅަށް. ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުންގޮވީ ގެސްޓުން އައުން މުޅިން މަނާކުރުމަށް. އެކަމެއްނުކުރި. މިހާރު މިމަސައްކަތް ކުރަނީ ކީރިތިރަސޫލާގެ ހަދީސަށްގޮންޖަހާފާ ވަބާ ފެތުރިފައިވާ ގަމުގައި ތިބި މީހުން ރާއްޖެގެނެސް ރާއްޖޭގެ މީހުނަށް މިބަލިޖެއްސުމަށް. މީއާދައިގެ ރޯގާ އެކޭ. ރާއްޖެއެއް ނުހުއްޓުވޭނޭ. މިކޮމެންޓް ނުޖެހިއަސް މީހަގިގަތަކީ.
ޢާދޭސްކޮއްފައި ބުނަން ނާދެބަލަ ކޮންމެމީހަކުވެސް އިހައް އެމީހަކު ތިބިތާކު ތިބެބަލަ ރޮއެފަމިބުނަނީ ހިތާމައިގެ ކޮޅެއްވެސްނެތް..އަވަސް ޝިފާ މިންވަރުފުޅު ކޮއްދެއްވާށި...
މަގުމަތިން މިފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް. ބޭކާރު ގޮތުގައި މަގުމަތީގައި ހޫރޭތަން އަދިވެސް މިފެންނަނީ. މިއަށްވުރެ ސްޓްރިކްޓް ފިޔަވަޅު އަޅައިގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ. ފާރުތައް މަތީގަޔާއެކު ގްރޫޕްތައް މިތިބެނީ ފޮނި ވާހަކަ ދައްކަން. އާއިލާއެކު ވަގުތު ހޭދަކުރުމަށް ވުރެ މުހިންމީ ރައްޓެހިން. މި ކިހިނެތްވެފަ ތިބި ބައެއް. ރާއްޖެއިން ބޭރުގަ ތިބި މީހުންވެސް ރާއްޖެ ނައުން މިވަގުތު ބުއްދިވެރީ. މިތާ މިއުޅޭ މީހުނަކީ ކާފިއު އިއުލާނުކުރިއަސް ފިލައިގެން ފަތާފަގޮސްވެސް އެއަރޕޯޓުން އެމީހަކާ ބައްދަލުކުރާނެ ފެންވަރުގެ މީހުން. ނުވިސްނެނީވެސް ނޫން ނުލަފައީ.
މީހަކު މަރުވިޔަސް އެކުދުންނަކަށް ނޭންގެނެ ކަށުނަމާދު ރަގަޅަށްކޮލަންވެސް ސަންދޯކެއްޖަހާލަންވެސް ހިނަވާލަންވެސް. ޒިމާވާނެބަޔަކުވެސްނެއް. ވ ދެރަ
އަވަސް ޝިފާއެއް މިންވަރު ކުރަށްވާށި!
7 އަހަ ރު ފިތުނަ އުފައްދަމުން ގޮސް ފިތުނަ ފަސާދަ އުފެއްދުމުން ޕީ އެޗް ޑީ ޙާޞިލު ކޮށްގެން މިވެ ރިކަން ހޯދީ. ޢެހެން ވީމާ އެހެން މީހުނަށްވެސް އޮންނާނީ ދަސްވެފައިތާ. ޢެކަމަކު އެމް ޑީ ޕީ އެ ރިޔަށް ލާވަ ރު ވެސް ޕީ ޕީ އެމް ނުވޭ.
އެމްޑީޕީ މީހުން އިދިކޮޅުމީހުނާއި ދެކޮޅަށް ބުނާ ކޮންމެ ބަހެއް ރަށްދުވަނީ ހަމަ އެމްޑީޕީ އަށް މިވަގުތު ވެސްތިމާމެންގެ ހިތުގައި އިންސާނުން ނަށްޓަކައި އެއްވެސް ރަހުމެއް ނެއްކަން ހާމަވަނީ ވިސްނާލަބަލަ ކާކުތަބުނީ މިބަލި ގެނެސް އިދިކޮޅުމީހުނަ ށް ކޮވިޑް 19 ޖައްސާފައޭ ކައުން ސިލްއިތިހާބު ކާމިޔާބު ކުރާނީ މިހެން ބުނީ ކޮންޕާޓީއެއްގެ ކޮން މެމްބަރެއްކަން ނޭނގޭ ދިވެހި ރަށްޔަތަކު ނުހުންނާނެ އަދިވެސް ތިމާމެން އިސްލާހުވެ ބަލަ ޔާﷲ އެމްޑީޕީ މީހުނާއި މުޅި މިއުން މަތުގެ ހުރިހައި މީހުން ކޮވިޑްގެ ވަބާއި ސަލާމަތްކުރަށް ވާފާން ދޭވެ.އާމީން
އަހަރެމެން އެބުރިދިއުމާއި، ބަލަދުވެރިފަރާތަކީ ހާލިގުވަންތަﷲ އެވެ.
އަހަރެމެން އެބުރިދިއުމާއި، ބަލަދުވެރިފަރާތަކީ ހާލިގުވަންތަﷲ އެވެ.
މިބަލިގަނޑު ހަލުވިކަމާއިއެކު ފެތުރެންފެށީމަ އިނގިރޭސިވިލާތުން އެވައިރަސް ހިފައިގެން ރާއްޖެ މިއަންނަނީ. އެދިވެހިމީހާ ކުށްވެރިވޭ ނޫންތޯ.
ދިވެއްސަކުފައްސިވެއްޖޭ ކިޔާނެކަމެއްނެތް ދެން މިމީހުން މިދިވެހިރާއްޖެނޫނީއަކާ ބޯޑަރު ބަންދުނުކޮށް ލޮކުޑައުން ނުކޮށްހުރިގައުމެއްނަތް މިމީހުންނަށް މުހިއްމީ ރައްޔިތުންގެ ސިއްހަތަށް ވުރެ ބޮޑު އިގުތިސާދެއް އެހިގައިދާނެތީ
ޔާﷲ އިބަﷲ އަށް ހަމްދާއި ޝުކުރު ދަންނަވަމެވެ އަޅަމެންގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަށްސަލަވާތާއި ސަލާމް ލައްވާންދޭވެ އޭ ހުރިހާ އިއްޒަތަކާ ބާރެއްގެ ވެރި އިލާހު އަޅަމެން އަޅަމެންގެ ނަފްސުތަކަށް އަނިޔާ ވެރި ވެއްޖައީމެ ވެ ޔާﷲ އަޅަމެންނަށް ފާފަ ފުއްސަވާ ރަޙްމަތް ލައްވާންދޭވެ އިބަﷲ އަޅަމެންނަށް ރަހުމަތް ނުލައްވައިފިނަމަ އަޅަމެން ނެތިވެ ހަލާކުވެ ހިނގައިދާނެއެވެ އަޅަ މެން އިބަސުވާމީންގެ އަށް ވަކީލުކޮށް ދުޢާ ދަންނަވަމެވެ ރަޙްމަތްލައްވާ ބަރަކާތާއި ޝިފާ ބާވާލައްވާންދޭވެ އިބަﷲގެ ނުރުއްސެވުމާއި ކޯފާ އިން އަޅަމެންސަލާމަތް ކުރައްވާ ބަލި މީހުންނަށް ޝިފާ ދެއްވާ ދުނިޔޭގަ ހުންނަ ދުވަހުގައްޔާއި މަރުވާ ދުވަހުގައްޔާއި އަދި މަހުޝަރު ކުރައްވާ ދުވަހު އަޅަމެންނީ ކާމިޔާބު ލިބިގެންވާ ބައެއްކަމުގައި ލައްވާންދޭވެ ވަކީލު ކުރުން ހައްގުވެގެންވަނީ ﷲ އަށެވެ އަޅަމެންނަށްﷲ ފުދެއެވެ