އިތުރު އެއް ހަފްތާ އަށް މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން މެދުކަނޑާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް މާލެ، ވިލިމާލެ، ހުޅުމާލެ އާއި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މި ބަލި ރާއްޖޭގައި ފެތުރުނު ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމައިފި

އެހެންވެ، މާޗް 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ވިލިމާލެ ހުޅުމާލެ އަދި ރިސޯޓުތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން ހޮނިހިރު ދުވަހުގެ އަސުރު ނަމާދާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އަންގާ ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ގޭގައި ނަމާދު ކުރަން އެދި ރާއްޖޭގައި ބަންގި ގޮވައިފި

މި ހާލަތުގައި ހަމައެކަނި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،" މިގޮތަށް ގޮވުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށާއި މާތް ﷲ އަށް ވަކީލްކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެފައިވެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރިސޯޓް ބޯއީ

  ރިސޯޓް ތަކުގަ ގެސްޓުން ނެތީމަ މީހާރު އޮންނީ ސްޓަފުން އެކުވެ މުޅި ރިސޯޓުގެ އެތަންމިތާގަ ކުޅިވަރު ކުޅުން އެކަމަމަކު ރިސޯޓް މިސްކިތު ޖަމާޢަތް މަނާ.

  25
  2
  • އކ

   ދެންއެއީ ސަރުކާރު މައްސަލަ އެއް. ޢަބަދުމެ އެކިޔަނީ މީހުން އެއްވެ ނުޅޭށޭ.

 2. ނަޖީ

  2މީހުނަސައިކަލުގަދިއަޔަސް އޯކޭ 5 މީހުންކާރުގަދިއަޔަސްއޯކޭ 150 މީހުން އެއްތަނަކައް އެއްފަހަރާޖަމާވެ ކާންތިބިއަސްއޯކޭ 700 މީހުން ބުފޭމަތީގަ ހުންނަ ކަޓުލަރީތައް ބޭނުންކުރިއަސްއޯކޭ ޖަމާއަތހުގަ ނަމާދުކުރުން މަސްސަލަޔަކީ މީ މިމަލެ ކައިރީ އަހަރެން ހުންނަ ފަސްގަޑުގަ ކަންތަ ހިގާގޮއް މި ކިޔާދިނީ ޖަމާއަތުގަ ނަމާދުކުރުމައް ހުރަސް އެޅުނީމާ ހުރިހާކަމެ އޯކޭ ވާބައެއް ހެން ހީވަނީ

  19
  2
  • އަހްމަދު

   އިލްމުވެރިން ބިރުގަންނަނީ ސަރުކާރުދެކެ. އެމީހުންތިބީ ފިތިބާރުވެފައި. ރަސޫލާގެ ޒަމާނުގައިވެސް ބޮޑެތި ބަލިތަކާ އާފާތްތައް ޖެހިފައިވޭ. އެކަމަކު ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް ހުކުރު ނަމާދު ނުކުރުމަށް އެންގިކަމެއް އެއްވެސް ތާރީޚަކުން ، ލިޔުމަކުންވެސް އެނގޭކަށްނެތް.

   4
   2
 3. ނައީމް

  ބަލަ ކިހާވަރަކަށް ތިވާހަކަ އެބަދައްކާ މީހުން އެކަމަކު ސަރުކާރުގެ ނުފޫޒުގަދަ މީހުން ބުނީމާ ކުރަން މަޖުބޫރުވަނީ. ތަފާތެއްނުކުރޭ ހަމަ ހަމަ ހަހަހަހ

  15
 4. އަހްމަދުބިންސައީދު

  މި ފިޔަވަޅު ތަކުގެ ސަބަބުން ބަލި ފެތުރުން ހުއްޓުނީތަ؟ ނޫނީ އިތުރުވީތަ؟ މިސްކިތަތަކުގައި ޖަމައަތުގައި ނަމާދު ކުރި އިރު ބައްޔެއް ނުފެތުރޭ. މިސްކިތްތައް ބަންދު ކޮށް ހުކުރު ނަމާދު އެޅުމުން ބަލި މިދަނީ ފެތުރެމުން. މިފިޔަވަޅުގެ ސަބަބުން ބަލިފެތުރުމެއް ނުހުއްޓޭ.

  9
  2
 5. ާަާަަައަސްލު

  މާލޭގެމަގުތަށް ފުރިފަ ފިހާރަތައް އޯކޭ..؟ ޖަމާއަތުގަ ނަމާދު މަނާ..!؟! ދީނީމީހުންގެ ނިއްމެވުމެއްތޯ..؟ ނުވަތަ މަބްރޫކްމެންގެނިއްމެވުމެތޯ..؟!!

 6. ޙދޖސޖސކއކަ

  ޕްރައިވެޓް ތަންތަނުގަ އަޅައެއް ނުލާ. އަހަރެމެން ކޮންދުވަހެއް ކާޑު ބޭނުންކޮށްގެން ސައިން އިން ވެވޭ ގޮތް ހަދާދޭން ބުނާތާ؟ ރޯގާ ޖެހިގެން ވެސް ތަނުގެ ބޮޑެތިމީހުން ތިބެނީ އައިސް...