ކޮވިޑް-19 އާއި ގުޅިގެން އެކި ފަރާތްތަކުން ތަފާތު ޗެލެންޖްތައް ކުރަމުން ދަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެއް ފެއްޓެވުމަށް ނިންމަވައިފިއެވެ.
ޝަހީމް ދެންނެވި ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖަކަށް ތައްޔާތީ ކޮން ކުދިންނެއްތޯ ސުވާލު ކުރައްވާފައެވެ.
"ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ" ޝަހީމް ވިދާޅުވިއެވެ.
ހާފިޒެއް ކަމަށްވާ ޑރ.ޝަހީމަކީ އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެކެވެ. އޭނާ ވަނީ ކުރިން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމާއި ޗާންސަރުކަން ވެސް ކުރައްވާފައެވެ.
Mulhi Quruan kiyavai nimmumuge challenge ah kon kudhineh ready!? Social media Qur'an in furaalamaa! Alhugandu fashaanan. Insha Allah#QuranChallenge#stayAtHome#Covid_19
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 29, 2020
ކޮވިޑް-19 އާއި ގުޅިގެން އާއްމުން ގޭގައި ތިބެން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ކެނޑިނޭޅި ލަފާ ދެއްވަމުންނެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން ތިން ބިލިއަނެއްހާ މީހުންނަށް މިހާރު ވަނީ ތަފާތު ފިޔަވަޅުތަކުގެ ސަބަބުން ގޭގައި ތިބެން މަޖުބޫރު ވެފައެވެ.
ގޭގައި ތިބެން ޖެހި، ހުސްވަގުތު ގިނަވަމުން ގިނަ މީހުން އަންނަނީ ތަފާތު ޗެލެންޖްސްތައް ފުރިހަމަ ކުރަމުންނެވެ.
މީސްމީޑިއާގައި މިހާރު އެންމެ ގަދަ އަށް "ޓްރެންޑް" ވަމުންދާ އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ. މި ޗެލެންޖްގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވެސް ބައިވެރިވެއްޖެއެވެ.
ޜަގަނޅު ކަމެއް
އުފާވެރިކަމާއި ހިންހަމަޖެހުން ގެނުވި ހަބަރެއް.
ޢަޞްލު ޗެލެ ންޖްކޮށް ފޯރިޔާއި ޖޯޝު އުފައްދަ ންވީ ކީރިތި ޤުރުއާ ން ކިޔެވުމާއި ޚަތިމްކުރުމުގައެވެ. އޭރު ން ގި ނަގު ނަ ފައިދާ ލިބޭ ނެކަ ން ގައިމެވެ. ޢަދި ކޮބައިހެއްޔެވެ. ކީރިތި ޤުރުއާ ން ކިޔެވުމަކީ ބަލިތަކަށް ވާ ޝިފާއެކެވެ. ޢަވަހަށް ފަށަމާ ހި ނގާށެވެ. ޑރ. ޝަހީމަށް ޝުކުރިއްޔާ..!
މިކަމު ން އަހަރެމެ ން ސަލާމަތް ވުމަށް ދުއާ ކުރަ ންވީ ﷲ އަށް ، ގި ނަގި ނައި ން ގުރުއާ ން ކިޔަވާ ންވީ، ކަޮށްމެހެ ން ތި ޕޭޕާ ޗެލެ ންޖެއް ފުރިހަމަ ކުރާ ނެ ކަމެއް ނެތް.
ަ
މާޝާﷲ. ވވވވވ ރަނގަޅު ކަމެއް. އިންޝާﷲ ވީހާވެސް ގިނަ ރައްޔިތުން ހަތިމް ކުރުން ހާދަ މާތް ކަމެއް.
ރަގަލު
ތީ ވަރައް ރަނގަޅު ކަމެއް.
މާޝާ ﷲ
ކުރަންވީ ކަމަކީ ކޮންމެ މީހަކުވެސް އެމީހެ އްގެ ނަފްސު އިސްލާހް ކުރަންވީ! ތަ އުބާވުން ގިނަކޮށް ﷲ ތަޢާލާ ނަހީ ކުރެ އްވި އެންމެހާ ކަންކަމުބް ދުރުވާންވީ، އަމުރު ކުރެ އްވި އއެންމެހާ ކަންތަ އްތަ އް ކުރަންވީ! ރަސޫލު ޞ އަމުރުތަކާ އި ސުންނަތުގަ އި ދެމިތިބުމަށް ގަދަ އަޅާ މަސަ އްކަތް ކުރަންވީ. ސަހާބީންގެ ފިޔަވަޅުތަކަށް ބަލަންވީ! މިމަގަ ށް މީސްތަކުންނަށް ގޮވާލަންވީ. ހަނދުމަކޮށްދެންވީ! ޖާހިލުކަމާ އި ޣާފިލްކަމުން މީސްތަކުން ހޭ އެރުވޭތޯ އުޅެންވީ. މާމޮޅުކަމެ އް ކޮށްލަންވެގެން، ކޮންމެ ކަމެ އްވެސް ކުޅިވަރަކަށް ހަދައިގެން، ދެ އްކުންތެރިކަން އިސްކުރަންވީ އެއއ އއް ނޫން!
ރަނގަޅުކަންކަން ކުރެވޭނީ ރަނގަޅު މީހުންނަށް. ރަނގަޅު ކަންތައް މަގުދައްކަނީ ސުވަރުގެއަށް. އެއެއްޗެއްގެ އެތެރޭގައި ހުރިއެއްޗެއް ބޭރަށްވެސް ތިކިޖަހާނީ.
މިސަރުކާރު ގެ އިސްވެރިން ޖަހަމުންމިދާ ސަކަރާތް ވަގުތުން ހުއްޓާލުމަށް ދަންނަވަން. މިބަލިމަޑުކަމުން ސަލާމަތް ވޭތޯ ﷲއަށް ބިރުވެތިވެ ޤުރްއާން ކިޔަވާ ދުޢާކޮށް ހެދިއްޔާ ގެއްލިނުދާނެނޫންތޭ. އެއްވެސް ސަވާބެއް ނުލިބޭގޮތަށް ޓިޝޫ ރޯލްކުޅެ ސަކަރާތް ޖަހަން ކަހަރިވަކެއްވެސް ހިތަށް ނާރަކަމީ ހައުދަހާ ދެރަކަމެކޭ. އަޅެފަހެ ބިރުވެތިވުމުގެ ކަންފުޅެއްވެސް އެބަހުރިތޭ. ބަލިމަޑު ކަމާއި ތަދުމަޑުކަން ޢާއްމު ވަމުންދާ އިރު ހެޔޮނުވާނެ. މިކުޅިވަރު ހުއްޓާލާ.
???????????
ތީ ވަރަށް ރަނގަޅު ކަމެއް
ރަގަޅު ވަރަށް މާތްކަމެއް ބުއްޅަބޭ ހިޔެއްނުވޭ މިކަމުގަ ބައިވެރި ވާނެހެނެއް އިންތިޒާރުކުރާނަން
ރައީސް ނަޝީދުގެ އުނަގަނޑު ގުޑާފައޮތީ. ގޭގަ އޮވެގެން ނިކަން ހަތިމެއް ކޮށްލާ ބަލަ. ހަތިމެއް ކޮށްލާއިރަކު ގައިމު ނުވެއްޓޭނެ.
ޥަރަށް އުފާވެރި ޚަބަރެއް
މަނިކުފާނުގެ އުމުރު ދިގުކުރަށްވާށި އާމީން ތިއީ މާތްﷲގެ ރުހުން ލިބިގެން ވާދަރިއެއް ކަމުގައި ކަމުގައި ލައްވާށި އާމީން!
ގުރުއާނަކީ ކުޅޭ އެއްޗެެއް ނޫން
الله أكبر
ކޮންދުވަހަކުންތޯ ފައްޓަވަނީ
އަޅުގަނޑު ރެޑީ ތިޔަ ޗެލެންޖަށް. ތިޔަބޭފުޅުން ރެޑީތޯ
ނަޝިދު ކިތައް ހަތިމު ކުރާނެ ބާ. މަށަށް ހީވަނީ ދުވާލަކު ހަތިމެއް ކުރާނެހެން.
ބަލަ ކަލޭ ހާދަހާ ޒާތީއޭ
ޝުކުރިއްޔާ ޝަހީމް. މި ދަޑިވަޅު ރާއްޖޭގާ ހުންނެވިނަމަ!
ކުދިންނޭ! ހެޔޮ ދަރުމަ އެދިގެން ކުރާ ކަންކަން މީސްތަކުންނަށް ހާމަނުކުރޭ. ހެޔޮ ދަރުމަ އެދިގެން ހެޔޮކަންތައް ކުރާ މީހުން ކުރާނީ ސިއްރުން. ދައްކަން ކަންތައް ކުރާ މީހުން ކުރާނީ މީސްތަކުންނަށް ފެންނަ ގޮތަށް. މިއޮތްފަދަ ހިތާމަވެރި ދަނޑިވަޅުގައި ބަޔަކު މީހުން ފާޚާނާ ކަރުދާހަށް މަރުދީ ތަޅައިފޮޅައި ގުޅަމަތި ހިފައި ބަޑުމުސާރަ ބަގުޑިބައްދައި ހަދާފައި އެކަން މީސްތަކުންނަށް ދެއްކިޔަސް ހާމަކުރިޔަސް އެއީވެސް މޮޅު ކަމެއް ނޫން. ގޮތެއް ފޮތެއް ނެތީމާ ގޮތެއް ފޮތެއް ނެތް މީހުން ކުރާހައި ކުރަނީ. ދަންނަ ބޭކަލުން ބުނާތީ އަޑުއަހަން. ނަސާރާއިންނާއި ޔަހޫދީންނާއި މުޝްރިކުން ހިތް ރުއްސަން އެމީހުން ކުރާހައި ކަމެއް ކުރާނެ ބަޔަކު ފަހު ޒަމާނުގައި އަންނާނެއޭ.
ހެޔޮކަމެއް ކޮށްފައި އެކަން ފާޅު ނުކުރޭ. ފާޅުކުރުމީ ހިތާމަހުރި ކަމެއް.
ޗެލެންޖުހަދައިގެން މަގްބޫލުކަން ހޯދަންނޫޅެ އަޅުކަމުގައި ވަގުތުހޭދަކުރުމައް ދީނީ ނާސޭހަތް ދެއްވާށެވެ.
މިވަގުތުގައި ގިނަގިނައިން ހެޔޮ ޢަމަލްކުރުން ގިނަކުރުން ވަރައްވެސް މުހިންމު
ވ ރަނގަޅު ??
އުފާވެރިކަންހުރި
ގުރުއާނަކީވެސް ކަލޭމެން ސަމާސާއަކަށް ޗެލެންޖް ކުރަން ޖެހޭ އެއްޗެއްތަ؟ ކިޔަވަ ބަލަ އެއިން އެނގުނު އެއްޗެއް ބުނެލާތި
ރަނގަޅު އެކަމު، ސޯސަލް މީޑިޔާގަ ނުޖެހިޔަސް މިކަން ކުރެވިދާނެ. ސޯސަލް މީޑިޔާގަ މީހުން ތިކަހަލަ ކަންކަމުން ލައިކު ހޯދަން ކުރާ ކަންކަން ކަމަށް ކިޔަނީ.