ޤުރުއާން ކިޔަވާ މަންޒަރުން މީސް މީޑިއާ ފުރާލަން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު އިލްމްވެރިޔާ މުފްތީ މެންކް ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.
މުފްތީ މެންކް، ޑރ.ޝަހީމްގެ ޗެލެންޖް ގަބޫލުކުރައްވާ، ކީރިތި ޤުރުއާން ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް ޝަހީމް ވަނީ އޭނާގެ ފޭސްބުކްގައި އާއްމު ކުރައްވާފައެވެ. ޑރ.ޝަހީމް ވިދާޅުވީ މެންކް ޤުރުއާން ވިދާޅުވި ވީޑިއޯ އޭނާ އަށް ފޮނުއްވެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މުފްތީ މެންކް އަކީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ ހިތުގައި ރާއްޖެ އަށް ހާއްސަ މަގާމެއް ދެވިފައި ވެއެވެ. ބޭރުގައުމުތަކުގައި ދެއްވާ އެކި ތަޤުރީރުތަކުގައި ވެސް މުފްތީ މެންކް ރާއްޖޭގެ ނަން ވަރަށް ގިނައިން ފާހަގަ ކުރައްވައެވެ.
https://www.facebook.com/shaheemalisaeed/posts/2832369443515025
ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައިވާ މިދަނޑިވަޅުގައި މުޅި ގުރްއާން ކިޔަވައި ނިންމުމުގެ ޗެލެންޖް ފުރިހަމަ ކުރުމަށް ޝަހީމް ގޮވާލެއްވުމުން ގިނަ ބަޔަކު ގެންދަނީ އެކަމަށް އިޖާބަ ދެމުންނެވެ. ނަން މަޝްހޫރު ސިޔާސީ ބޭފުޅުންނާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް މިހާރު ވަނީ މިޗެލެންޖް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ފައްޓަވާފައެވެ. އެބޭފުޅުން ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި އާއްމު ކުރައްވަމުން އެބަގެންދަވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖެއް ޝަހީމް ފެއްޓެވީ، އެހެން ބައެއް ޗެލެންޖްތައް މީސް މީޑިއާގައި ކުރިއަށް ދަނިކޮށެވެ.
މާޝާ ﷲ.
????✈️❤️?☪️
ތި ކޯނޗެއް؟
ލަވަބާޒީ ކުޅޭހެން ކުޅެން އޮތް އެއްޗެއްނޫން ކީރިތި ގުރްއާން އަކީ.. ކީރިތި ގުރްއާނަކީ އެގުރްއާނުގެ މާތް އާޔަތްތަކާއި މެދު ފިކުރުކޮއް ވިސްނުމާއި.. ހިތުގެ އިޚްލާތެރިކަމާއި އެކު ބިރުވެތިކަމާއި ލޯތްބާއިއެކު ކިޔެވެންޖެހޭ ނުހަނު ހުރުމަތާއި އިޚްތިރާމް ދެވެންޖެހޭ މާތް ފޮތެއް. އަދި އެއީ މަތިވެރި އަޅުކަމެއް..އަދި ކޮންމެ އަޅުކަމެއްގެވެސް އެންމެ ފޮނި ލައްޒަތު ލިބެގެންދާނީ އެއީ އެއްވެސް ދެއްކުންތެރިކަމެއްނެތި ހިތް ނިޔަތް ޚަލިސްކޮއް ހަމަ އެކަނި މާތްރަސްކަލާނގެ ވަޖުހުފުޅައްޓަކައި ކުރެވޭކަމަކައް ހެދިގެން. ޣައިރު މުސްލިމުން ކަންކަން ކުރާ ބީދާއިން އަދި އެފަދަ އުސޫލުތަކައް ކީރިތި ގުރްއާން ހުށަނޭޅުމައް ގޮވާލަން. އަދި އޭގެ ބަދަލުގައި އެގުރްއާން އޭގެ އެންމެ ހެޔޮ ގޮތުގައި ކިޔަވައި އެ އާޔަތްތަކާއިމެދު ފިކުރު ހިންގުމައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނައް ގޮވާލާ ނަސޭހަތްތެރިވަން.
މާޝާﷲ! ވަރަށް އަގުހުރި ނަސޭހަތެއް?
ލަވަބާޒީ ކުޅޭހެން ކުޅެން އޮތް އެއްޗެއްނޫން ކީރިތި ގުރްއާން އަ ކީ.. ކީރިތި ގުރްއާނަ ކީ އެގުރްއާނުގެ މާތް އާޔަތްތަ ކާއި މެދު ފި ކުރުއް ކޮއް ވިސްނުމާއި.. ހިތުގެ އިޚްލާތެރިކަމާއި އެ ކު ބިރުވެތި ކަމާއި ލޯތްބާއިއެ ކު ކިޔެވެންޖެހޭ ނުހަނު ހުރުމަތާއި އިޚްތިރާމް ދެވެންޖެހޭ މާތް ފޮތެއް. އަދި އެއީ މަތިވެރި އަޅު ކަމެއް..އަދި ކޮންމެ އަޅުކަމެއްގެވެސް އެންމެ ފޮނި ލައްޒަތު ލިބެގެންދާނީ އެއީ އެއްވެސް ދެއް ކުންތެރި ކަމެއްނެތި ހިތް ނިޔަތް ޚަލިސް ކޮއް ހަމަ އެ ކަނި މާތްރަސް ކަލާނގެ ވަޖުހުފުޅައްޓަކައި ކުރެވޭ ކަމަކައް ހެދިގެން. ޣައިރު މުސްލިމުން ކަން ކަން ކުރާ ބީދާއިން އަދި އެފަދަ އުސޫލުތަ ކައް ކީރިތި ގުރްއާން ހުށަނޭޅުމައް ގޮވާލަން. އަދި އޭގެ ބަދަލުގައި އެގުރްއާން އޭގެ އެންމެ ހެޔޮ ގޮތުގައި ކިޔަވައި އެ އާޔަތްތަ ކާއިމެދު ފި ކުރު ހިންގުމައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނައް ގޮވާލާ ނަސޭހަތްތެރިވަން.
ރައީސްނަޝީދު އެކްސްޕަޔަރ ވެއްޖެ ވެރިކަމަށް އާދެވުމަކީ ވަރައް ނާދިރުކަމެއް..
ޝަހީމް އަކީ ބަޣާވާތް ކުރުމާ މަގުމަތީގަ
ޙަޅޭލަވާ ދުވުމަށް ވުރެ މާރަގަޅު ކަންތަޢް
ތަކެއް މާތްﷲ މިންވަަރު ކުރައްވާ ފައިވާ
ޙަރުދަނާ ބޭފުޅެއް. ޙައްޖު ގެދުވަސްވަރު މައިން ބަފައިންނަށް ޚިދްމަތްކުރެއްވި ލޯތްބާ އޯގާތެރި ގޮތްފެނުމުންއެގިގެންދިޔައީ ކޮންމެމަންމަ އަކާ ބައްޕަައެއްވެސް އެދޭނީ މިކަހަލަރަގަޅު ދަރިއެއް ލިބުމަށް ކަމަށް. ބަޔަކުކިޔާ އެއްޗަކަށް ބެއްލެވުމެއް ނެތި
ކުރިއަށްވަޑައިގަންނަވާ. ތިއީޤައުމަށާ މުޅި
ޢިސްލާމީދުނިޔެ ފަޚުރު ވާފަދަދިވެހި ދަރި
ޢެއް.
ސުވާލަކީ ޝަހީމްފަދަ ހެޔޮ ބޭފުޅަކު ދީނަށް ފުރައްސާރަ ކުރި އަނިޔާވެރި ވަގެއް ވަރުގެ މީހަކު ނެތިގެން އުޅުނީ...
އަޑުއިވޭ ގޮތުން ޝަހީމްހުރީ ނަގޫގަ ގޮތް ޖެހިފަ..
މިކަހަލަ ކަންތަށް ކޮށް ހުރުމަކީ ޝަހީމް ގެ ލޯބި އުފުލި މަގްބޫލް ވާނެ ފަދަ ކަންތައް
އުއްމީދަކީ ހެޔޮ މީހެއް ފަހަތުގަ ބަހައްޓައިން ވެރިކަމަށް ކުރިމަތި ލާތަން ފެނިގެން ދިޔުން
ވަގެއްގެ ފަހަތުގަ ނުހުރުން
މި ގޮތަށްތަ މި ކުރަން އޮންނަނީ؟ މި ފާޑަށް ޗެލެންޖް ކޮށްގެން ކުރަން އޮންނަ ކަމެއް ކަމެއް ނޭނގެ!
ހިނގާ ބަޢާވާތްކުރަން ޗެލެންޖް ކުރަމާ؟