ހުޅުމާލޭގައި ހުރި އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: މިމައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައި --
ހުޅުމާލޭގައި ހުރި އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: މިމައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައި --

ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ފުލުހުންގެ އަތްދަށު ވެއްޖެއެވެ.

އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހުޅުމާލެ އިން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވެސް ކަށަވަރު ކޮށްދެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.

"މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ 03:10 ހާއިރު ލިބުނު މަޢުލޫމާތަކާ ގުޅިގެން އެއޮފީހަށް ދިޔައިރު، ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް" ފުލުހުން ވިދާޅުވިއެވެ.

އެ ދެމީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށްޓަކައި ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ހުޅުމާލޭ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވައްކަން ކުރުމަށް އަމުރު ކުރާމީހާ އަތު ލުމުގެ އެއްވެސް ބާރެއް ފުލުހުންނަކަށް ނެތްދޯ

  2. ފުލުހުން އެތަނަށް ވަނީ ޤާނޫނާ ޚިލާފަށޭ އެމީހުންގެ ވަކީލުން ނުބުނާނެބާ؟

  3. ވަގުން ތަކުގެ އަތް ކަނޑާ. ނޫނީ ޝެހެންޝާހަކު ހޯދަންް އުޅެން ޖެހިދާނެ. މިގައުމުގާ އަމާންކަމާއި އެކު އުޅެވެން އެބަޖެހޭ.

  4. ކޮބާ އެމީހުންގެ ވަނަވަރެއް ނުލިޔާނެ ވެދާނެ ވެރިކަން ކުރާ ގޭންގާ ގުޅުން އޮތީ ކަމަށް