ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވުމާއި ހަމައަށް ހުންނެވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމުގައެވެ. އޭނާއަކީ މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ(އެމްއާރްޑީސީ)ގެ ޗެއަރމަންގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އަށް ތިން ޑިރެކްޓަރަކު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެ ބޭފުޅުންނަކީ މެނޭޖިންގް ޑިރެކްޓަރުކަމަށް މުހައްމަދު ލަތީފްގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި މ. ފާއިޒާ، އާއިޝަތު ޒާރާއާއި މއ. ދީބު، ފާތިމަތު މިޒްމާއެވެ. އެ ބޭފުޅުން މި މަގާމްތަކަށް ހަމަޖެއްސެވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑް އަކީ އަކީ ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.