އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީ ފޭދޫން މަސްތުވާތަކެތި ހޯދައި މަރަދޫން ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދެ އޮޕަރޭޝަނުގެ ތެރެއިން މަރަދޫގައި ބަޔަކު ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި އަންހެނަކާއި 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުން ހައްޔަރު ކޮށް ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި ބޯޓަކަށް އަރުވާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގްސް ބޭސްގުޅަ ތަކެއްގެ އިތުރުން މަނާ ބޭސްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ދެ މައްސަަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ުއުނދުޅި

    ޕިންކު ސަރުކާރުން ދަސްކޮއްދިންކަންތައް ނެތް ސަލާ މަތުން ހަ މަ އެއްތަނެއްވެސް

    2
    13
    • ކަޅުވަކަރު

      ޕިންކް ސަރުކާރޭ ކިޔާއިރު "ބޮވެން ވާނެޔޭ ބޮވެން ޖެހޭނެޔޭ" "ބިރުފަހަނައަޅާ ދާނަންހޭ" "ބިރަކާނުލާ މަޖާކުރެވެން ވާނެޔޭ" "އިސްލާމްދީނަކީ ހަރުކަށި ދީނެކޭ ރާއްޖެއަށް މިނިވަން ސެކިޔުލަރިޒަމް ގެންނަން ޖެހޭނެޔޭ" މިހެން ކިޔަނީ ކާކުތޯ؟ ކަލޭގެ ލޮބުވެތި މަޖްލީހުގެ ރައީސް ނޫންތޯ؟ އަނެއްކޮޅުން މިހާރު އެންމެން ހަދާންނެތުނީތޯ އަންނި އިސްތިއުފާދީ ނިކުތް އިރު ރައީސް އޮފީހުން ރާފުޅިތަކެއް ހޯދުނު ވާހަކަ؟ ޕިންކް ސަރުކާރުގައި އުޅެދާނެ ރާބޯ ދެތިން މީހަކު އެކަމަކު މި ސަގާފަތް ރާއްޖެއަށް ގެނެސްދޭން އެންމެ ބޮޑަށް މަސައްކަތް ކުރީ އަންނި ނޫންތޯ؟ މިސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ބޮޑުންނަކީ ސީދާ ރާބޯ މީހުން. ދެން ގިނަވީ މިކަމަށް ހިތްވަރުދޭމީހުން. އިސްލާމިކް މިނިސްޓްރީއަކީ މިހާރުވެސް ރާއްޖޭގައި ރާ ހުއްދަކޮއްފިނަމަ އެންމެ އަވަހަށް އެކަމަށް ތާއިދުކުރާ އެކަކު. މީގެއިންވެސް އެގޭ ޕިންކް ސަރުކާރަށް ވުރެ އެތައް ހާސް ގުނަ ނުލަފާކަން އެމްޑީޕީ ސަރުކާރު

      7
      2
  2. ޙަސަނާ

    ހެޔޮނުވާނެ ރާބޯ މީހުން ހައްޔަރުކުރަން ހަރަދުނުކޮއްބަލާ އެމަނިކުފާނު ކޯފާވަނީ ތިހެންވެގެންނޫންތޯ..

    7
    1