ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލާއިރު، ޕިޗޯރީން ފޮނުވާލިހެން ބިދޭސީން ނުފޮވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލާއިރު އެ މީހުންނާއި މެދު އަމަލު ކުރަން ޖެހޭ ވަކި އުސޫލުތަކެއް އޮންނަކަމަށެވެ. ބިދޭސީން ފޮނުވާލުމަށް މިހާ ހިސާބަށް ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހިވަަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި ސަރުކާރުން ޚަރަދު ކުރާތީ އެކަމާއި މެދުވެސް ޚިޔާލު ތަފާތުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުންވެސް ކޮންމެވެސް ވަރެއްގެ ކެތްތެރިކަމެއް މިކަމުގައި ބަހައްޓަވާ ދެއްވާށޭ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ޕިޗޯރީން ފޮނުވާލިހެން މި ޒަމާނުގައެއް އެކަމެއް ނުކުރެވޭނެއޭ. އެ އޮންނަ އުސޫލްތަކެއްގެ ތެރޭގައި އަޅުގަނޑުމެންނަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެތައް ކަމެއްގައި ބައިވެރިވެގެން ތިބި ބައެއް." ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ސަރުކާރުން ނިންމިކަން އިޢުލާންކުރެއްވީ މާރޗް މަހުގެ 21 ވަނަ ދުވަހުއެވެ.

އިކޮނޮމިކް ނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ޑޮކިއުމެންޓެއް ނެތް 40000 ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގައުމަށް ދާން ބޭނުން ވެގެން އަލުން ރަޖިސްޓްރީ ވެފައި ވަނީ އެންމެ 800 ބިދޭސީންނެވެ.

ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ޑޮކިއުމެންޓް ހޯދުމުގެ މަސައްކަތް، އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ކުރާނެ ކަމަށް އެ ވުޒާރާ އިން ބުނެއެވެ.

މި ވަގުތު އެ ބިދޭސީން ފޮނުވާލުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ޤައުމުތައް ފުރަބަންދުގައި އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޝަރީފް

    ޚއްތެރިކަން ކުޑަވާން މިއޮތީ މަޖްބޫރުވެފައި ސަބަބު ބަނގާޅިން ގައިން އެހެރަދުވާވަސް އެހެރަ މުޑުދާރުކަން މިސްކިތަށް އެރިއަސް ބަ ގާޅީން ބަލާ މަގުމަތިން ބަލާ ފިހާރަކުން ވެސްބަަލާ ހޮޓާތަކުންވެސްބަލާ ބެލި ކޮންމެ ދިމާލަކުން މިބަލާވެރިކަން މިއީ ކޮރޯނާވައިހަށްވުރެްނވެސް ބޮޑު ބަލާވެރިކަމެއް އެކަމަކުވެސް ތިބެންވީ އާދެ ސާހަބް ކިޔަންތޯ؟

    24
    3
  2. ހިމާރުލް ޤައުމު

    ވެރިކަމަށް އައީ މިކަންކަން ތަރުތީބު ކުރަން. ދެން ކޮންމެވެސް ގޮތަކުން މި ބައިގަނޑު މަދުކޮށްލަދީ.

    44
    1
  3. މާމީ

    ތިބޭފުޅާ ވެސް ދޮގުހެދުން ހައްދުން ނައްޓާފަ ވިއްޔާދޯ ތިހުންނަވަނީ ކުރީސަރުކާރުން ބަގުލަދޭޝް އިން ލޭބަރުން ގެނައުން ހުއްޓުވާފަ އޮންނަތާ އެތައްދުވަސް ތަކެއްވިފަހުން ތިބޭފުޅުން ނަށް ވެރިކަން ލިބިގެން އަނެއްކާ އަންނާނެ ވަރަކަށް އަންން ހުޅުވާލީ މީހަގީގަތަކީ..... މިހާރު އިންޑިއާ މީހުންގެ ކަންތައް ބަންގާޅީނައް ވުރެ ކުޑައެއްނޫން،،

    60
    2
  4. އެހެންދޯ

    ކާބަފައިންނަށް ޕިޗޯރީން ފޮނުވައިލެވުނު. އަދި ވޯރާވިޔަފާރިވެރިންވެސް ބޭރުކުރެވުނު. އެޓް ލީސްޓު ބަންގާޅިން ފޮނުވާނުލެވެންޏާ އެމީހުން ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވާލުމުގެ ކެރިކުޅަދާނަކަންވެސް ނެތްކަމަށް އިއުތިރާފު ވަނީތަ؟

    60
  5. ޖިންނި

    ކަމަށް ނާޤާބިލް ކުފޫ ހަމަނުވާ މީހެއް ތީ އަދި މި މުޅި ސަރުކާރަކީވެސް ވޯޓް ވަގު ސަރުކާރު

    41
    3
  6. ބޮކި

    ކަލޭމެންގެ ޤާބިލް ސަރުކާރުން ކީވެގެން ތަ ބިދޭސީ ކަންތައްތައް ގައުމަށް ފޮނުވަން ނުކުރެވުނީ .......

    25
    12
  7. ައަހްމަދު

    ފައްޔާޒަށް އަޅުގަނޑު ދަންނަވާނީ ކީއްވެހޭ ފޮނުވާ ނުލެވެންވީ. ޑޮކިޔުމެނެޓެއްނެތި ތިޔަބުނާ އުސޫލުތަކުގެ ދަށުންހޭ އެމީހުން އެތިބީ. ގަވާއިދާ ޚިލާފަށް ތިބޭ ބޭރުމީހުން ހަމަ ވަގުތުން ފޮނުވާލެވޭނެ. ފޮނުވާލެވެން ޖެހޭނެ. އެކަން ސަރުކާރުތަކަށް ނުކުރެވިގެން އުޅެނީ ސަރުކާރުގެ ނުފޫޒުގަދަ ފަރާތް ތަކުން ގަވާއިދާ ޚިލާފަށް މީހުން އެތެރެކޮށްފައިވާތީ. މީހަގީގަތަކީ.

    46
    • ާައާދަނު

      ބަންގާޅިންނާ ހެދި މަސައްކަތް ކުރަން ބޭނުންވާ ދިވެހިން ނައް ވެސް މަސައްކަތެއް ހޯދަން ވަރައް އުނދަގޫވޭ. މި ބައިގަނޑު މަދު ކޮއްދީ ހެޔޮނުވާނެ.

      20
      2
  8. ާއަހުމަދު

    ނުކުރެވޭ ވަރުގެ ވާހަކަ ދެންވެސް ނުދައްކާތި

    14
  9. ކަލޯބޭ

    ހަމަނުޖެހޭ ވާހަކަ ނުދައްކަވާ. ތީ ގައުމުގެ ބޮޑުންނާއި މާލޭގެ ބިންވެރިން ގުޅިގެން އަނބުރާ ގޭސް ގަނޑެއް. ތި މީހުންނާ ހެދި އެންމެ ބޮޑަށް ނުފޮރުއްޕާން ތަހައްމަލް ކުރަންޖެހެނީ އާދައިގެ ވަޒީފާތައް ހޯދަން ދުވަންޖެހޭ މީހުންނާއި ވިޔާރިތައް ނެތް ޢާއްމު ދިވެހިން. އެފަދަ މީހުންނަށް ތި ބަންގާޅީންނާ ހެދި މަސައްކަތެއް ކުރުފުމުގެ ފުރުސަތެއް ނެތް. ކުރިއަސް ދެ ކޮޅެއް ނުޖެހޭ.

    9
    1
  10. އައްބޭ

    40 ހާސް ރަޖިސްޓަރީކުރީ ...800 މީހުން ދާން ބޭނުންވެގެން އުޅެނީ. ދެން މިހާވަރުންވެސް އެނބަ އެނގެއެއްނު ތީގެ ގިނަ މީހުން މި ތަނުން ދާން ބޭނުންވެގެން ނޫޅޭކަން. މި ގައުމަށް ވަންނަ ޑޮލަރު ރަށަށް ފޮނުވަން މިތާ ތިބެން ބޭނުންވަނީކަން. ކަލޭމެން ވެރިކަމަށް އައިމަ ތި ދައްކަނީ އެހެން ވާހަކައެއް. ވެރިކަމުގެ އައުމުގެ ކުރިން ހުރިހާ ކަމެއް ހައްލުކޮށްދޭނެ ކަމަށް ވައުދުވޭ. ތިޔަށް ކިޔަނީ ދޮގު ވައުދޭ.

    14
  11. ކޮރަލް

    އަމިއްލަ ހަރަދުގަ ބޭރައް ދާން ބޭނުންވާ ބިދޭސީން ނުފޮނުވާ ސަބަބު ބުނެ ބަލާށެވެ.

  12. ކުރަނޑި

    ބައިނަލް އަގުވާމީ މުއާހަދާތަކުގަ އޮވޭތޯ ސަރުކާރުގެ މުދަލުގަ ހުޅުޖަހަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުޖެހީ ކޮންމުއާހަދާއެއްގެ ދަށުންބާ ދޮގާމަކަރު ނުލާ ވާހަކަދައްކަން ދަސްކުރަން އާދަކުރައްވާ ....

    12
  13. ބްރޯ

    ދިވެހިންގެ މަސައްކަތް ދިވެހިންނަށް ދިވެހިން މަސައްކަތް ކުރާނަމަ ބިދޭސީން ނާންނަނެ . މިއަދުވެސް ހެދުނު ތެދުވެގެން ކާތަކެތިގަތުމަށް ރެސްޓޯރަންޓަކަށް ވަންތަނާ ފަހަތުންއައި ދިވެހި ޒުވާނަކު ކައިރިއަށް އައިސް ބުނީ ބެބޭ އަހަރެން މިއަދު އަދި އެއްވެސް އެއްޗެއް ނުކަމޭ ވަރަށް ބަނޑުހައިވެޔޭ ކާއެއްޗެއް ދޭށޭ ފައިސާ ބޭނުމެއްނޫނޭ އަހަރެންބުނިން ބޭނުން ކޮންމެ ކައެއްޗެއްނަގާށޭ .އޭނަ ކާތަކެތި ނެގީމާ އަހަރެން ބިލް ރައްކާފަ ދިޔައީ އެ ރެސްޓޯރަންޓްގާވެސް 5 މީހުން މަސައްކަތް ކުރޭ އެއްވެސް ދިވެއްސަކުނެތް ހަމަ ބިދޭސީން ދިވެހިމީހާ އުލެންޖެހެނީ އެގޮތަށް ސަލާންޖަހައިގެން ބަނޑުފުރާނަ މުއްތި ކޮށްގެންތޯ ؟ދިވެހިން މަސައްކަތު ނުކުމެބަލަ ޒުވާނުން މަސއްކަތު ނުކުމެބަލަ އޭ ރުން ބިދޭސީން މިގައުމަކަށް ނާންނާނެ .ބިދޭސީން ގެންނަންޖެހެނީ ގައުމުގަތިބި ދިވެހި ޒުވާނުން ރޭހަތަރުދަމު ގޭމްކުޅެން ތިބެފާ ފަތިސްނަމާދު ބަންގިއާއެކު ނިދަން އޮށޯވެ ހަވީރު ވަންދެން ނިދަންތިބީމަ ގައުމުގާ ކުރަންޖެހޭ އިގްތިސާދީ މަސައްކަތްތަކާ ތަރައްގިއަށް ކުރަންހުރި މަސައްކަތް ނުކޮށް ހުއްޓާލައިގެން ތިބެވެން ނެތީމަ .މިހާރުވެސް ބިދޭސީންނާހެދި އުދަގޫވެގެން ވާހަކަ ދައްކާ މީހާ މަސައްކަތެއްނުކުރާނެ ގޭކުލި ހޯދައިގެން އުޅޭނީ ކުނިކޮތަޅު އުކަނީ ބިދޭސި މީހާ ގެގަ ކައްކަން ދަރިންބަލަންގެންގުޭނީ ބިދޭސީން އެކަމަކު ކިޔާނެ ބިދެސީންނާހެދި އުދަނގޫވެޔޯ ބަލަގަ ދިވެހިން ގައުމުގާ ކުރަންހުރި ކޮންމެ މަސައްކަތެއްކުރަން ފަސް ނުޖެހި އަތުކުރި އޮޅާލާ ހޭވައްލާ ކިޔާ ނުކުމެބަލަ މިހާރު މިތިބި ހުރިހާ ބިދެސީން މިހަކު ބުނުމަކާނުލާ އަމިއްލަޔަށް ދާނެ. ގައުމުގަޒުވަނުން މިހަލުގާތިއްބަ ބިދޭސީންއެއްގޮތަކަށްވެސް ފޮނުވާނެ ކަމެއްނެތް.

    5
    4
  14. ޓްރަމްޕަޓް

    އެތެރެވުން ވެސް މަދެ އް ނުވޭ. ބޮޑުވިޔަފާރި އެއއ އް ވީމަ.

  15. ޞޮނިބެ

    ފަށްޔަާޒުޫ ހެއޮނުވަާނެ ސަރުކަާރު ޙަރަދުގައެޭ ތިބުނަނިީ ބަލައެމިީހުން އަންނަނިީ ދެކޮޅަށް ޓިކެޓުނަގައިގެން ދެންކޮބަާ އެލަާރި އެށްކޮޅުނިމުނިީ ކޮބަާއަނެށްކޮޅު މަގެޭއަތުންވެސް 39000 ސަރުކަާރުގަ ވަނިީ އެއިީހަމަ ޓިކެޓުލަާރި ސަކަާރެޭބަރުކަާރެޭ ކިޔަާނެކަމެށްނެއް ހުރިހަާބަންގަާޅިީން ފޮނުވަާލަާ

    11
  16. ޙަސަނާ

    ބަލަ މިހިރަ މީހާ ޔަކައް ނޭގޭތަ ތިބުނީ ގާނޫނާ ހިލާފައް އުޅޭވާހަކަ ގާނޫނާހިލާފުވީމަ ދިވެހިންނައް އެކަނިތަ އަދަބުދޭން ޖެހެނީ ކީއްވެތަ އެމީހުންގައިގަ ސުޓިކާނުޖަހަނީ ސައިކަލުތަކުންލާރިނަގާގޮތައް އެމީހުންގައިގަ ސުޓިކާ ޖަހާގެން ލާރިނެގީމަ އޭއީބޭރުން އެތެރެކުރެވޭ ފައިސާފޮއްޗެއްނޫން ދެންހެއްވާކަމަކި 3 ދުވަހު ގަލޮޅުދަޑައް އެއްކޮއްފަ 40 ހާަހޭތިބުނީ ބުހުތާންދޮގުތިހަދަނީ ތީ އެއްވެސްކަމެއްވާ މިނިސްޓަރެއްނޫން ކިބުރުވެރި ފޮނި މީހެއް ތީ

    10
  17. ކާފަބޭ2020

    މިނިސްޓރ އެވެ. އަންބޮނޑީގަހުރިލާރީގަ އަތްލާކަށް ނުޖެހޭނެ! ދަނޑުވެރިކަންކުރަން ނެރޭށެވެ. 1/3 ބަ އި އެމީހުނަށް 3ބަ އިސަރުކާރަށް ޓިކެޓުގަނެވޭ ވަރުވީމަ ޓިކެޓުގަނެފަ ހަދިޔާ އެއ އްދީފަފޮނުވާލާށެވެ.

  18. ސަމީ

    ތިކަމެއް ނުވިއެއްނު އިސްތިއުފާ ދީ. ބަަލަ އޭގެ ތެރެއިން އެތައްބަޔަކު މިތަނށް އަންނަނީ ފިލަންވެގެން އެތައްކުށެއް ކޮށްފަ އަނެއްބޔަކު އަންނަނީ އެގޮތައް މިތާ އުޅެވޭނެ ކަން އެގޭތީ. ބަލަ ރައްޔިތުންގެ ފައިސާ ހަވާލު ކޮށްފަ ހުރީކީ އެމީހުން ހިލޭ ގައުމަށް ފޮނުވާކަށްނޫން. ކޮންމެ ފަހަރަކު 2ވަނަ ފުރުސަތޭ ކިޔަ ކިޔާ ތިތިބެނީ. 2 ވަނަ ފުރުސަތަކުން އަރައެއް ނުގަނެވުނެއްނު. ކިހާ ބޮޑުވެއްޖެ ކަމެއް މީ

    12
  19. ސަމިި

    ވިދާޅުވިގޮތަށް އިސްތިއުފަަ ދެ އްވާފަ ގޭގަ ހުންނަވާ ތިޔަކަމެ އް ނުކުރެ އްވުނެ އްނު ..

    14
  20. Juhaa

    މިކަލޭގެއަށް ޕިޗޯރީންނެއް، ވޯރާ ވިޔަފާރިވެރިންނެެއް ވަތްކެއް ނުވޭ. ޕިޗޯރީންނަކީ ރާއްޖޭގެ ސަރުކާރު ބަދަލުކުރަން ވެލާނާގޭ މުހައްމައިދީ ގެނައި ބަޔެއް. މިކަލޭގެ ބުނަން އުޅުނީ ވޯރާ ވިޔަފާރިވެރިން ފޮނުވާލިހެން މިހާރު އުޅޭ ބިދޭސީން ފޮނުވައި ނުލެވޭނެ ވާހަކަ ކަމަށް ބެލެވެނީ.

  21. ނުތަޅުވާ

    އެމީހުން ރުހުމުގަ މިޤައުމުދޫކޮއްފަ ނުދާނެ އެއީޔަޤީންކަމެއް އެބުނަނީ ތިމަންނަމެންގެ ޤައުމުގައުޅުމައްވުރެން ތިމަންނަމެންނައް ފަސޭހައޭ މިތާންގައުޅެން ފަސޭހަވާނެތާ ބޮޑަތިމީހުންގެ ކާރުދުއްވަނީ ބަންގާޅީން ދަނޑުހައްދަނީ އެމީހުން ބިލެއް އަރަނީ އެމީހުން ނުވިތާކައް ދަރިންބަލަނީ އެމީހުން މުސާރަ ކެއުން ނިދުން ބަލިވީމަ ބޭސް އިތުރުގަޑި ދިވެހިމީހާއައް މުސާރައެކަނި އަދިވެސް ދެންއެމީހުން މިޤައުމުން ފޮނުވާލާނީ ކިހިނެއްބާ

  22. ބަންޓީ

    މީނާއަކީ ހާދަ ކަންފަސޭހަ މީހެކޭދޯ! ޕިޗޯރީންނަށްވުރެ ގޯސްކޮށް ގަވާޢިދާ ޚިލާފަށް ތިބައިމީހުން އުޅެމުންދަނީ. ބައިނަލްއަގްވާމީ އެއްވެސް ގާނޫނެއް ހުއްދަނުކުރާނެ އެގައުމެއްގެ އެތެރޭގެ ގާނޫނުތަކާ ޚިލާފަށް ބިދޭސިން ބައިތިއްބާކަށް. މީނަމިހާރު އެކިޔާ އެއްޗަކުން ހީވަނީ އެއީ ރެފިއުޖީންގެ ގޮތުގައި ރާއްޖެ އެތެރެވެފައިވާ ބައެއްކަމަށް.

  23. ޖުހަރިޔު

    ނޫން! ކޮން ކެއްތެރި ކަމެއް!! ދިވެހިންގެ ވަޒީފާ ދުއްވާލަނީ މިމީހުން! ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ! މިހާރުވެސް ގޮސް މަޖީދީމަގު މެދެއްހާތަނުގައި އަދި އެނޫންވެސް ތަންތާގައި ބިދޭސީން ވަޒީފާއެއްގެ އިންތިޒާރުގައި ބިއްޖެހިފައި ތިބޭއިރު ކޮންމެ ސަރުކާރަކުން ވެސް ކަރަޕްޝަންއަށް ދޫދެނީ! ފަޔާޒްވެސް އަމީރުވެސް ހަމަ މިހެން! މިއީ ގުޅިގެން (ހުރިހާ ސިޔާސީ ޕާޓީއެއް) ކުރާ ވައްކަމެއް! އަދީބު ހުރީ ގޭގަ! މިހާރުވެސް!! ވިސްނާ މީހަކަށް އިބްރަތްތެރި! އަދީބް އަދި ނަޝީދު އަދި ޔާމީން އަދި އިބޫ ވަނީ ވަރަށް ރަނގަޅު ބަދަހި ގުޅުމަކުން ގުޅިފަ! ބޭރުން ފެންނަނީ ހަމަ ޑްރާމާ!

  24. ގާދިރު

    އެހެންވީމަ އިސްތިއުފާދީފަ ގޭގަ މަޑުކޮށްލާ .... އޭރުން ދެންތިބި މީހުނަށް މާ ރަނގަޅުވާނެ.

  25. ސަލާމް

    އިސްތިއުފާ ދީފަ ގެއަށްދޭ. ކީއްވެ ނުފޮނުވޭނީ. މިއީ މިނިވަން ގައުމެއް. ދިވެހިންނަކަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަންގާޅީން މިގައުމުގަ އުޅޭ ގޮތަކަށް ނޫޅެވޭ،.

  26. ޒިންމާ

    ޥާގޮތަކީ ެމީހުން ބެހެއްޓި ލާރިކޮޅުވެސް ނެތީ

  27. އަދާލަތު

    ޕިޗޯރީން އެރިގޮތަށް ރާ އްޖެ އަށް އަރަ އި ގޮތެ އްފޮތެ އްނެތި ޤަ އުމު ޙިޞޯރުކޮށްގެން އުޅޭ ބަންގާޅީންނަށް މިޤަ އުމުން ވީ އައ އިޕީ ސާރވީސް ދޭންޖެހޭތޯ؟
    ދިވެހިރާ އްޖެ ދަތުރު ކުރަމުން މި ދަނީ ވޯރާގެ ނުވަތަ އަނދިރި އަނދިރިންގެ މާޒީ ރުޖޫޢަވުމަށް.