ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ދުވަސްވަރުގައި އއ. އުކުޅަހަށް، އަރާ ހުރިހާ ރައްޔިތުން ގޭގައި 14 ދުވަސް ވަންދެން އެކަހެރިކޮށްފައި ބޭތިއްބުމަށް އެރަށު ރައްޔިތުން ނިންމައިފިއެވެ.
އެރަށު ރައްޔިތުން މިގޮތަށް ނިންމައި، އެއަށް އަމަލު ކުރަން ފަށާފައި ވަނީ މާލެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމައި ގުޅިގެން ރައްކާތެރިކަމުގެ ފިިޔަވަޅެއްގެ ގޮތުންނެވެ.
އެރަށުން ވާހަކަދެއްްކި މީހަކު ބުނީ، މިއަދު މާލެގައި އުޅެމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ފައްސިވުމުން އެރަށު ރައްޔިތުން އަމިއްލައަށް ފެނިގެން އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ގޭގައި ތިބުމަށް ނިންމާފައިވާ ކަމަށެވެ.
އެރަށު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް "ވަގުތު"އަށް ވިދާޅުވީ، އެ ނިންމުމަކީ އަމިއްލައަށް ރައްޔިތުންގެ ތެރެއިން ނިންމި ނިންމުމެއް ކަމަށާއި، އެއީ ކައުންސިލްގެ ނިންމުމެއް ނޫން ކަމަށެވެ.
"މިވަގުތު މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ރައްޔިތުންގެ ތެރެއިން، ރައްޔިތުން ނިންމާ ނިންމުމެއް އެއީ، މާލެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކާއި، އެރަށަށް އަންނަ އެހެން ރަށްރަށު މީހުންވެސް 14 ދުވަސް ވަންދެން ގޭގައި އެކަހެރިކޮށްފައި ބެހެއްޓުމަށް ނިންމުން" ޝައުކަތު ވިދާޅުވިއެވެ.
އެ ރަށުގެ ރައްޔިތުން އާއްމުކޮށް ގެއިން ނިކުމެވެސް ނޫޅޭކަން ފާހަގަކުރައްވަމުން ޝައުކަތު ވިދާޅުވީ، ވަރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށުން ރައްޔިތުން ނުކުމެ ނޫޅާ ކަމަށެވެ.
އުކުޅަހުން އެރަށުގެ ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި އެރަށުގެ ރައްޔިތުން ފިޔަވަޅުތަކެއް އެޅިއިރު، ރައްޔިތުން ބޭނުންވަނީ އެރަށަށް މި ދުވަސްވަރު މީހުން ނައުމަށެވެ.
"ރަށުން ބޭރުން އެއްވެސް ފަރާތެއް، ހާއްސަކޮށް މާލެއިން މީހަކު އިއިސްފިކަމުގައި ވަންޏާމުން ރަށުގެ ފަރާތެއް ވިޔަސް،އެ ނޫން ފަރާތެއްވެސް ވިތަސް 14 ދުވަސް ވަންދެން ބޭރަށް ނުނިކުމެ އައިސޮލޭޓްވެގެން ތިބުމަށް". ޝައުކަތު ވިދާޅުވިއެވެ.
އަދި ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން އެރަށުގައި ބައްޔަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކެފޭތަކާއި ފިހާރައް ބަންދު ކުރާ ގަޑިތައްވެސް އަވަސްކޮށްފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 21 މީހުންނެވެ. އޭގެ ތެރެއިން 16 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ 3 މީހުންނަށެވެ.
ރަނގަޅު!
މޮޅުވެލީ ދޯ
ރަނގަޅު. މިރަށުގަވެސް ތިހެން ހަދާނަމަ
ވަރަށް ބަރާބަރު
ހައްދުން ނެއްޓިފައި އޮތް ރަށެއް. މީހަކު މިހާރުގޮސް ތިޔަކަން ބަލާލިޔަސް ފެންނާނީ ތީގެ އިދިކޮޅަށް.
ހިސާބައް ވުރެ ގަމާރީ.... 5 ކުޅަދު މަދީ ހަމަ.
ޒަރޫރީ ބޭނުމަށް އެކަނިން އެއް ނޫން އުކުޅަސް މީހުން ނިކުންނަނީ. ޕިކްނިކް ، މަސްދަތުރު މި ހުންނަނީ ޒަރޫރީ ބޭނުން ތޯ
އެރަށެއްގެ ރައްޔިތުން ބޭނުންވާ އިރަށް އެރަށެއް ލޮކްޑައުން ކުރު މަކީ ޤާނޫނު އަސާސީގެ، އަސާސީ ޙައްޤު ތަކާއި މިނިވން ކަ މުގެ ބާބާ ފުށުއަރާ ޢަ މަލެއް.
ކޮންމެހެން އެހެން ރަށްރަށުގެ މީހުން ތިޔަރަށަށް ނުދިއުމަށް ކަލޭމެން އެދޭކަށް ނުޖެހޭނެ. ބޭރިވެސް ނާރާނެ ތިޔަރަށަށް.
Haadha bayakah hajam nuvefa ? rangalhu kameh hajam eh nuvaane miulhey gamaarun akah
އެމްަޑީޕީ އާއި އަންނިއަށް ގޮސް ހުސްވެފަ އޮތް ރަށެއްގަ ތިޔަފަދަ ގަވާޢިދެއް ހެދިޔަސް ތަންފީޒު ނުކުރެވޭނެ
އުކުޅަހަކީ އަޅުގަނޑުވެސް މިދާކަށް ދުވަހު ދިޔަ ރަށެއް! ފާހަގަވި އެއްކަމަކީ އެރަށަކީ ސާފުތާހިރު ތަހުޒީބު ރައްޔިތަކު އުޅޭ ރަށެއްކަން! އެހެން މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކާ ހިންގުންތެރި ހަރުދަނާ ކައުންސިލް މެންބަރުންތަކެއް ތިބި ރަށެއްކަން! އެރަށުގެ މަގުތަކުން އޭރުވެސް މީހުން ފެންނަނީ ވަރަށް މަދުން!