ހުރިހާ ރަށެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އަންގައި، ރާއްޖޭގެ ހުރިހާ ރަށެއް މިއަދު އިރުއޮއްސި 18:00 އިން ފެށިގެން ފުރަަބަންދު ކުރަން މިހާރު ނިންމާފައި އޮތް ނިންމުމުގެ ކުރިން ރަށަށް ނުދެވިދާނެތީ އެތައް ބަޔަކަށް ހާސްކަން ކުރިމަތިވެއްޖެއެވެ. އެންމެ ބޮޑު ހާސްކަމެއް މިހާރު ކުރިމަތިވެފައި ވަނީ ރިސޯޓްތަކުން ފުރުމުގެ ހުއްދަ ލިބި، ނަމަވެސް އަދި ނުފުރި ތިބި މުވައްޒަފުންނަށާއި، ރިސޯޓުން އައިސް ރަށަށް ފުރުމުގެ ކުރިން މާލޭގައި މަޑުކޮށްގެން ތިބި މުވައްޒަފުންނަށެވެ.

މިއަދު ރިސޯޓުން ފައިބަން ހަމަޖެހިފައި ހުރި މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އައްޑު އާއި ފުވައްމުލަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެރިސޯޓްގައި އެބަތިބި ކަމަށާއި ނަމަވެސް އެޗްޕީއޭގެ ޖަވާބެއް ނުލިބޭތީ މިއަދު ހެނދުނުން ފެށިގެން ހަދާނެ ގޮތް ހުސްވެފައިވާ ކަމަށެވެ.

"އެޗްޕީއޭ އަށް ގުޅީމަ ބުނަނީ ފުލުހުންނަށް ގުޅާށޭ. ފުލުހުން ބުނަނީ އެޗްޕީއޭ އަށް ގުޅާށޭ. ދެން ބުނަނީ އީމެއިލް ކުރާށޭ. މެއިލް ކުރިތާ ވެއްޖެ ފަސް ގަޑިއިރު. އަދިވެސް އެއްވެސް ޚަބަރެއް ނުވޭ. މިހާރު އޮތް އެންމެ ބޮޑު ބިރަކީ މެންދުރު ފަހުން ފުރައިގެން ހައެއްގެ ކުރިން ރަށަށް ނުދެވުމުގެ ބިރު. އަދި އަޅުގަނޑުމެންނަށް ލިބުނު ލޯންޗް ވެސް އަނބުރާ ލޯންޗް ނިސްބަތްވާ ރަށަށް އާދެވޭނެ ގޮތެއް ނެތް." އޭނާ ބުންޏެވެ.

މާލޭގައި މިހާރު ތާށިވެފައި ހުރި ރިސޯޓެއްގެ މުވައްޒަފަކު ބުނީ ފްލައިޓް ދަތުރުތައް މެދުކަނޑާލުމުންނާއި ލޯންޗް ފެރީތައް މެދުކަނޑާލާ، މާލެ އިން ފޭބޭނެ އެއްވެސް ގޮތެއް ނެތުމުން ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ރިސޯޓުން މިއައީ މާލެ ބަންދުކުރި ދުވަހު ހެނދުނު. އެދުވަހުގެ ރޭ ފުރާ ގޮތައް ޓިކެޓް ނަގައިގެން އައީ. ރިސޯޓްގެ ވަޒީފާ އިން ވަކިކޮށްފައި މިހިރީ. ނަމަވެސް މާލޭގައި ގެސްޓްހައުސްއެއްގައި ހުންނަން ޖެހިފައި މިއޮތީ. ރަށަށް ދެވޭނެ އެއްވެސް ގޮތެއް ނެތް. ހަދާނެ އެއްގޮތެއް ވެސް ނެތް. އެއްވެސް ނަމްބަރަކުން ފޯނު ނަގަނީއެއް ނޫން." އޭނާ ބުންޏެވެ.

މިއަދު ހުރިހާ ރަށެއް ފުރަބަންދު ކުރާއިރު ރަށްރަށުގައި ތާށިވެފައި ތިބި މީހުންނަށް އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް އަދި ސަރުކާރުން ހަމަޖައްސާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފިލްވ

    ވާނެ ހައެތި ވެ ނިމެނީ؟ ފިޔަވަޅު އަޅުއްވާ.

    25
  2. ދުލްގަރުނައިނި

    ސަރުކާރުގެ އިސްމީހުންގެ ދަރިން ރާއްޖެއަށް އެތެރެވާނަމަ އެމީހުން 1 4ދުވަހުގެ ކަރަންޓީނުކޮށް ހަމަނުކޮށް އެމީހުން ވަޒަނަށް ނުފޮނުވުމަށް އެދި ސަރުކާރުގެ ކަމާއިބެހޭ އެންމެ އިސްފަރާތަކަށް ގޮވާލަން.

    27
    2
  3. ޤައްދާރު

    ރިސޯޓުގެ މަގޭ ފިރިމީހާ ތަށިވެފައި. މިމަހުގެ 30ގައި ވިހަން ޑޮކްޓަރ ލަފާދީފައި؟ ރާއްޖޭގެ ބޭރުގައި ތިބި ދިވެހިން މިރާއްޖެއަށް ގެނެވޭގޮތައް، ރާއްޖޭގެ ރިސޯޓުގެ ތިބި ދިވެހިން އެމީހުންގެ ވަޒަނަށް ދޭނެގޮތް ހައްދަވައި ދެއްވުނަ އެދި ދިވެހި ސަރުކާރަށް ގޮވާލަން؟

    45
    4
    • ހާދީ ގެ ދީމް

      މާތް ﷲ އަށް ވަކީލުކުރޭ! އަހަރެންވެސް މިހުރީ ތިހާލުގަ. މިވަގުތު މުހިންމީ ޢާއްމު މަޞްލަޙަތު އިސްކޮށްލުން. ދެރަވިޔަސް. ކެތްތެރިވޭ. ރޮއެލާ ހިތްވަނީ.

      22
  4. ޚަމަނަ

    ބޭރުން އެތެރެވި މީހުންގެ ސަބަބުން ބަލި ފެތުރުނީ ހުރިހާ ދުއްޕާނެއް ރިސޯޓުގަ ތިބިކުދިން ނަށް އާން ބޮޑެތި މީހުންގެ ދަރިން ގެއަން ވައްދާ ނިމުނީ ދެން އެހެން ބަޔަކާ މެދު ވިސޮނާނެ ކަމެއް ނެތް

    39
    1
  5. ޚ

    ކީއްވެ ކުރިން ރަށަށް ނުދިޔައީ.... ތިހެން ދާން ވެއްޖެއްޔާ، ބަލި ޖެހިފަ ހުރި ފަރާތްތަކަށް އެހެން ރަށްތަކަށް ދެވި، އެރާށްތަކަށް ބަލި ފެތުރި ދާނެ.... ކޮބައިތޯ ފަރުދީ ޒިންމާ.... އަމިއްލަ އެދުން އިސްނުކޮށް އެހެން މީހުންނާ މެދު ވިސްނަވާ

    15
    24
    • ކެޔޮޅު

      ރާއްޖެއިންބޭރުންމީހުންގެނައިއިރުކޮބައިތޯފަރުދީޒިންމާ

      20
      2
    • ހ

      އަޅުގަނޑެއް ނޫން ބޭރުން މީހުން ގެނައީ....

      2
      1
  6. މަހުދީ

    މިސާރުކާރު ފެއިލް؟ ރައީސް ޔާމީނު މިނިވަންކުރޭ؟ މިރާއްޖޭގެ ހައްލަކީ ޗައިނާ... އިންޑިއާއެއް ނޫން.....

    31
    17
  7. ޖޯން

    ރިސްވަތާއި މަކަރާހިލާތުގެ ތަޖުރިބާކާރުން ރައްޔިތުންގެ މަށްޗަށް ބަސްބުނަންލީމާ ވާނެގޮތް މިވަނީ؟ ބަލަންތިބޭތި ރަތްޔިތުން ކެއްތެރިކަން ކޮޅުންލާ ސަލާމަތީބާރުތަކާ ކުރިމަތިލާހިސާބަށް ކަންކަން ދާނެ.

    8
    2
  8. ށަރީ

    އަޅުގަންޑުމެންގެރަށައްގެންގޮސްދީމާލެއަކުނެއްވައްނާނެތަނެއްކެއިންބުއިންފަރުޖެއްސޭކައްނެއް
    ޜަށައްގެންގޮސްދީ

    12
    1
  9. އައްޑޫ ލެއި

    ވަންނާނެ ތަނެއް ނެތިފަ ތިބި ރިސޯޓް ތަކުގެ އެތައް މުވައްޒަފަކު މިވަގުތު މާލޭގަ ތާށިވެފަ އެބަތިބި. އެފަދަ މީހުން ގުޅަންޖެހޭ ނަމްބަރެއް ސަރުކާރުން އާނމު ކޮށްބަލަ.

    22
  10. އައްޑޫ ލެއި

    ހ ބުނަންއޮތިީ ފަރުދީ ޒިންމާ އަދާ ނުކޮށްގެނެއް ނޫނޭ ރިސޯޓް ތަކުގެ ސްޓާފުން ހާލުގަ ޖެހިފަ އަދި އިތުރު ނުރައްކަލާއި ކުރިމަތި ލާން ޖެހިފަ މާލޭގަ މަގުމަތި ވެފަ ތިބީ. އެންމެ ފަހު ގެސްޓްމީހާ ފުރާތާ ސާދަ ދުވަސް ފަހުން ރިސޯޓުން ފޭބެނީވެސް. މާލެއިން ފުރަތަމަ މީހާ ބައްޔައް ފައްސިވިކަން އެގިފަ އޮށްވާ ޗަންޕާގެ ރިސޯޓަކުން ބޭރުކުރި އެތައް ބަޔަކުވެސް މާލޭގަ އެބަތިބި ވަންނާނެ ތަނެއް ނެތިފަ ކާންބޯން ނުލިބިފަ. ކޮބާ އެމީހުންގެ މައްސަލަޔަކީ؟

  11. ޙަސަނު

    ހެޔޮނުވާނެ ހުއްދަ ނަގައިގެން އެތެރޭގެ އުދުހުން ފަށާބަ. ކުރިއަށް އޮތް ރަމަޟާން މަހު ކިހިނެތް މިހާހާލުގަ މާލޭގަ އުޅޭނީ. ޙެޔޮނުވާނެ އާދޭސް ކުރަން

    9
    2
  12. އަހުސަނު

    ޓިކެޓް ނަގާގެން މިތިބީ ރަށަށްދާން. ދެން މޯލްޑިވިއަނުް ރިފަންޑޭ ކިޔާފައި ދެރުފިޔާއެއްނޫން ދޭންވީ?ޓިކެޓްގެ ފުލް ޕޭމަންޓް ދޭންޖެހޭނެ.. އަހަރުމެން ބުނެގެންނޫން ދަތުރު ކެންސަލްކުރީ..ފާޑެއްގެ އަންހެނެއް ގޭގަ އޮނަނަން އުދަނގޫވެގެން މުޅި މާލެ ސަރަހައްދު ކުޑަކުރުމުން..

    8
    1
  13. ސުންނާފަތި

    ޢެވެރިންގަންނަ ގަޑެއް ގަންނާނެ! ޢެޖެންޑާ19 ގެ ދަޙުން ކޮވިޑް19 އަށްފިޔަވަޅު އަޅާ ޖަލުގައި ދިހަމަހު ބަހަޢްޓާ ގޮތަށް ހަދަން މަބުރޫކްއިއުލާން ކުރަން ނުވޭތޯ؟ ފައިންދެން އެރޭނީ މިހާވަރަށް! ކުޑަކުދިންކޮޅަކާއި މިގައުމު ހިންގަން ހަވާލު ކުރިޔަސް މިއަށްވުރެ ހަރުދަނާވާނެ!

  14. ބަކުރު

    އަޅުގަނޑުވެސް ރަށައްނުދެވި ބަންދުވެފަ. އިބޫ އަޅުގަނޑު ރަށައް ގެންގޮސްދީބަލަ. ޕްލީޒް