ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، 14 ދުވަސްތެރޭ ރާއްޖޭ "ޕީކް" އަށް ދާނެކަމަށް ލަފާކޮށްފި އެވެ.

ކުރިޔަށް އޮތް ދުވަސްތަކަކީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ދުވަސްވަރު ކަމަށް ލަފާކޮށްފައިވާއިރު، މުޖުތަމަޢުގައި މި ވައިރަސް މިހާރު ފެތުރެމުންދާ ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރުމަށް ސަރުކާރުން މިހާރު ދަރުބާރުގޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފުރަތަމަ ކޭސް އެއް ފެންނަތާ 14 ދުވަސްތެރޭ "ޕީކަށް" ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ކުރިޔަށް އޮތީ ވަރަށް ސަމާލުވެ، ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށާއި، ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން ވެސް އަވަހަށް މަޢުލޫމާތު ދިނުން މުޙިންމު ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެމުންދާތީ، ވައިރަސް ޖެހިފައިވާ ފަރާތަކާއި ސީދާ ބައްދަލުވެފައިވާ ފަރާތްތައް، އަލާމާތް ނެތްނަމަވެސް ޓެސްޓު ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މިއަދު ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، ރާއްޖޭގައި ބަލި ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ނިސްބަތުން ގިނަ ކަމަށެވެ. އެހެންކަމުން ކުރިަޔަށް އޮތް ދުވަސްތަކަކީ ވައިރަސްގެ ނުރައްކާ ބޮޑުވެދާނެ ދުވަސްތައް ކަމަށް ވަނީ ލަފާކުރެވިފައެވެ. މި ސަބަބަށްޓަކައި ކުރިޔަށް އޮތް ތަނުގަިއ އިތުރު ފިޔަވަޅުތައް އެޅަން ޖެހޭ ކަމަށް ވެސް ސަރުކާރުން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 28 މީހަކު ފައްސި ވެފައި ވާއިރު، އޭގެތެރޭގައި 13 ދިވެހިން ހިމެނެއެވެ. އަދި މި 13 ދިވެހިންގެ ތެރެއިން 8 މީހަކީ މާލެއިން މި ބައްޔަށް ވައްސިވެފައިވާ މީހުންނެވެ.

މާލެ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާތީ، މިއީ "ކޮމިއުނިޓީ ސްޕްރެޑް" އެއް ކަމަށް އެޗްޕީއޭއިން ވެސް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ބަލި ފެތުރެމުންދާކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

މާލެއިން ކޮވިޑް-19 ފެނި، މި ވައިރަސް ފެތުރުމާއި ގުޅިގެން މިހާރު މާލެ ވަނީ 14 ދުވަހަށް ފުރަބަންދުކޮށް ރެޑްއެލާޓަށް ގެންގޮސްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްވެސް ފުރަބަންދުކޮށް، އެއްރަށުން އަނެއް ރަށަށް އަރާފޭބުން ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މިއަދު

    ކޮބާ ޖަރީމާގޭގައި ޕާޓީ ބޭއްވިކުދިން މިފަދަކަންތައްތަކުން ޢިބުރައިތް ލިބިގަނެ ޑަކުޓަރުންގެ އާދޭސް އަޑުއަހާ ޢަމަލުކުރުން ވ މުހިއްމު މިއީ ނަސަބުގެ މޮޅުކަމަކުން ސިޔާސީ ބާރުވެރިކަމަކުން ފަސްޖެހިގެންދާނެ ކަމެއްނޫން އެކަން މިއަދު އެއްމެބޮޑަށް އެގޭނެ އެއްބަޔަކަށްމިވަނީ ދިވެހިން

    18
  2. ކެޕްޓަން އޮބްވިޔަސް

    އަހަރެން ދެކޭގޮތުގައި 14 ދުވަހަށްވުރެ ގިނަދުވަސް ނަގާނެ ޕީކްއަށް ދާން. މިހާރު އިންފެކްޓްވެފައިވާ އެންމެން 21 ދުވަސް ތެރޭގައި އެނގިގެން ހިނގައިދާނެ. 14 ދުވަހޭކިޔާ ލޮކްޑައުން އުވާލިއްޔާ ވާނޭގޮތެއްވެސް ނޭނގޭ. ފުރަތަމަ ދުވަހުން ފެށިގެންވެސް ޓޫރިސްޓުންނާއި ދިވެހިން އެކުއެކީގައި ވަކި ގައުމަކަށް ވަކި މުއްސަދިކަމަކަށް ނުބަލާ ލޮކްޑައުން ކުރިނަމަ މިއަދު ނައީސް. މިގޮތަށް މާމޯޅުބައެއް ކަމަށް ދެކިގެން 14 ދުވަހަށް ފަހު ލޮކްޑައުން ނިންމާލާނެހެން ހީވަނީ. ނާގާބިލް ސަރުކާރެއްމީ. މިސަރުކާރުގެ ބޮޑާކަމުންނާއި ދިވެހިންގެ ތެރޭގައި އުޅޭ ކިބުރުވެރި ބައެއްގެ ސަބަބުން މިބަލި ރާއްޖޭގައި މިފެތުރެނީ.

    15
    2
  3. ޑައެލޯގް

    ފޮނިއަގަތަޅާފައި ޓިޝޫއިން ބޯޅަކުޅެންވެގެން އިގިރޭސިވިލާތުން އަންނިއައިސް ކަރަންޓީނު ކީއްކުރަން ޓެސްޓުވެސް ކުރީމަޖިލީހުގެ ގޯތިތެރޭއޮވެ ދެންއޭނަޔާއެކުއައި ހުރިހައި މީހުން ރަށުތެރެއަށް

    44
    1
    • ޖުހާ

      ކަލޭމެންގެ ހިތުން ހަސަދަ ފިލާނެ އިރެއް ނާންނާނެދޯ ކޮވިޑްތެރޭގައި ވަޅުލާއިރުވެސް؟

      7
      12
  4. ޞުކުންަ

    އެއްބަޔަކު ގޭގަ އަނެއްބަޔަކު ބުރުޖަހަންދިއީމަ މިކަން ވޭތަ؟ އަހަރުން މިތިބީ ގޭގެ ނުކުންނަން ބިރުން އެކަމު މިގޭގަ އުޅޭ މީހަކު އޮފީސްބަންދުކުރީމަ ރަށައް ގޮސް އަައިސް މާލެ ފުރަބަންދުކުރުމާ ހަމައަށްވެސް ބުރުޖަހަން ގޮސް މިހާރު ރޯގާ ޖެހި ކެއްސާ... އަހަރުން މި ތިބެނީ ނުލާހިކު ބިރުން... ގެއިން ބޭރައްނުގޮސް ތިބި އެހެންމީހުންނަން ހުރިހާ ނުހޮރުއްޕާނެއް.

    12
  5. ނަދާ

    ޕީކް އަކީ ކޮބައިކަން ބުނެދީބަ؟

    27
    • އަހުމަދު

      އެންމެ ބލި ގިނަވާނެ ވަގުތު

    • ތުނިޔަ

      ހާލަތު އެއްމެގޯސްވުން

  6. އަހުމަދު

    ﷲ ގެ މަތިވެރިކަމށްޓަކައި މި 2 ހަފްތާ ހަމަ ހިތްވަރު ކޮއްލަންވީ. މި ދެ ހަފްތާ ކުރާ 1 މަސައްކަތާއި، އޭގެ ފަހުން ކުރާ 100 މަސައްކަތާ ނުބައްދަލުވާނެ. ގެއިން ނުނުކުމެ 2 ހަފްތާ މަޑުކޮއްލަމާ

    20
    • ?

      އިންޝާﷲ

  7. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ޑޮކްޓަރ ނަޒްލާ އަކީ ދިވެހިންގެ ޝުއޭރު ދެނެވަޑައިގަންނަވާ، އެންމެ ކޮންޓެމްޕްޓްރަރީ މައުލޫމާތު ނުވަތަ އެންމެ ފަހުގެ މައުލޫމާތު ވެސް ދެނެވަޑައިގަންނަވާ ވަރަށް މޮޅު ޑޮކްޓަރ އެއް. މިފަދަ ދަނޑިވަޅެއްގައި މިފަދަ ޕޮއިންޓަށް ބުނެލަން ދެނެވަޑައިގަންނަވާ ބޭފުޅަކު ހުރިކަމީ ދިވެހިންގެ ނަސީބު. މާޝާ ﷲ !

  8. މޮޔަސޮރު

    މިއީ އކެނެރީ ޢާއިލާއިން ި ރާއްޖެއަށް ޖެއްސި ބަލިމަޑުކަމެއް

  9. އައިޝާ

    ކޮންމެ ބަޔަކު ކޮންމެ އެެއްޗެކޭ ކިޔަސް މިކަމުގެ ތެރޭގައި މި އުޅޭ ޒީރޯ ޕޭޝަންޓް ނޭނގެންވީ ކީއްވެހޭ؟؟ ނޭނގެނީ ބާއޭ ނޫނީ ސިއްރު ކުރަނީ ބާއޭ؟؟ ޙަމަ ގައިމު ވެސް ޒީރޯ ޕޭޝަންޓް އަށް ބަލިވެގެން އެހާ ދުވަހު ފަރުވާ އެެއް ނުހޯދާ އުޅެވޭނެހޭ ފިލައިގެން؟؟