މާލޭގައި ކޮވިޑް-19 ފެތުރެމުންދާތީ ބޭރަށް ނުނިކުމެވޭގޮތަށް ފުރަބަންދުކޮށްފައި އޮތްނަމަވެސް، ކޮންމެ ތިން ދުވަހުން އެއް ދުވަހު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ފުރަބަންދު އިއުލާނުކޮށްފައި އޮތްނަމަވެސް މާލޭގައި ޒަރޫރީ ބޭނުންތަކުން އާންމުންނަށް ކޮންމެ ތިން ދުވަހަކުން އެއްދުވަހު، ބޭރަށް ނިކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޑރ. ފައިރޫޝް ވިދާޅުވީ، މިގޮތަށް ހުއްދަ ދޫކުރި ނަމަވެސް ހުއްދަ ދޫކުރާ ފަރާތްތަކަށް ނިކުމެ އުޅެވޭނީ ވަކި ސަރަޙައްދެއްގައި ކަމަށާއި، މިހާރު މިކަމަށްޓަކައި މާލޭގައި 26 ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.

ފުރަބަންދަށް ގެންނަ މި ލުޔާއި އެކު، ބޭރަށް ނިކުތުމުގެ ހުއްދަ ދެވޭ ފަރާތްތަކަށް، އެފަރާތްތަކަށް ދެވޭނެ ސަރަޙައްދު، މެސެޖެއްގެ ޒަރިއްޔާއިން އަންގަމުންދާނެ ކަމަށް ވެސް ޑރ. ފައިރޫޝް ވިދާޅުވިއެވެ.

މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަނދުގެ މުއްދަތުގައި، ކޮންމެ ތިން ދުވަހުން އެއް ދުވަހު އާންމުން ޒަރޫރީ ބޭނުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފައި މިވަނީ، ފުރަބަންދާއި ގުޅިގެން ގިނަ ބަޔަކު ދަތިތަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑެލިވަރީ ޚިދުމަތް ނުލިބުމާއި އެކު ބޭނުންވާ ޒަރޫރަތްތައް ނުފުއްދި ގިނަބަޔަކު އުޅެމުންދާ މައްސަލަތައް ކުރިން ވަނީ ފެންމަތިވެފައެވެ.

މާލެ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ، މުޖުތަމަޢު ތެރެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެތުރެމުންދާކަން ޔަޤީން ކުރެވުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މިހާތަނަށް މާލެއިން އެކަނިވެސް 15 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް-19 ގެ 35 ކޭސް ފެންމަތިވެފައި ވެއެވެ. މާލެ ފިޔަވައި ދެންހުރި ކޭސްތައް ފެންމަތިވެފައި ވަނީ ރިސޯޓްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުހައްމަދު

    އެގޮތަށް ވެސް ނުނެރޭ.

    37
    9
  2. ޢައްޔަބެ

    ފިހާރައަކަށް ފަހަރަކު މީހަކު ފަސްފޫޓު ދުރުގައި ބައިތިއްބައިގެން ވައްދަންއެބަޖެހޭ! ޢެފިހާރަތަކުގެ ކައިރީގައި ފުލުހުން ތިބެގެން އެކަން ކުރަމުންދާނީ ކޮންމެ ސަރަހައްދަކުން ވަކިފިހާރަތަކެއް ކަޑައަޅައިގެން. ޙިގާފައި ދެވޭހިސާބުގައި ފިހާރަ ހުންނަގޮތަށް! ނޫނީ މިލިޓަރީން އެއްޗެހިގަނެދެއްވާ!

    50
    • މައްސަލަ

      5 ފޫޓްވެސް ކަމަކު ނުދޭ. ކޮރޯނާއަކީ ވައިންވެސް ފެތުރޭ ބައްޔެއް. އަދައިގެ މާސްކެއްގައި ކުޑަކޮށްވެސް ޕޮސިޓިވް މީހެއްގެ ކެއްސުންގަނޑެއް ލީކްވެއްޖެއްޔާވެސް ފިހާރައިގައި އުޅޭ އެންމެން ނުރައްކަލަށް އެހުށަހެޅުނީ. މިހެންވެ އެއްގަނޑުން ލޮކްޑައުންކޮށްފައިވާ ބައެއްގައުމުތަކުގައި މިބަލި ފެތުރެނީ. އޭސީގެ ސަބަބުންވެސް މިވައިރަސް ވައިގެތެރޭގައި ދައުރުވޭ.

      8
      1
  3. ނާމީޡް

    ރަނގަޅު ފިޔަވަޅުތަކާއި އެކު ތިކަން ކުރަންޖެހޭނީ. އަދި އެކި ސަރަހައްދަށް އެކި ވަގުތު ދިނީމަ ވަކިން ބަރާބަރުވާނެކަމަށް ފެނޭ،

    10
  4. ޥަގުތީ

    އެއްގޮތަކަށްވެސް ރަނގަޅެއް ނޫންކަންނޭގެ ތި ނިންމުން، ވަﷲ އައުލަމް.

    17
  5. އެމަންޖެ

    ނެރެންޔާ ވަރައްނިރައްކާތެރި ކަމެއްތީ ވަރަށް ބައިވަރު ފިޔަވަޅިތައް އެޅިގެން ނެރެވެންވާނީ.

    11
    1
  6. އަަހްމަދު

    ތީގޯހެއް ހެޔޮނުވާނެ ތިހެން ނުނެރޭ މާލޭގަ ދިރިއުލޭ މީހުންނައް ކާބޯ ތަކެތި ފުލުހުން ނާ ސިފައިން ލައް ވާ އާއްމުންނައް ލިބޭ ނެ ގޮއްތެއް އަވަހައް ގާއިއިމް ކޮއް ދީ. ތިގޮތައް 1 ގަޑި އަރައް ނުކުތަސް ބޭރައް މީހުން ނިކުން ނަލެއް ވަރައް ގިނަވާނެ. އޭރުން ގައުމު ފުންޑު ވެގެން ހިންގައަ ދާ ނެ. ހެޔޮނުވާނެ ގޭގަ މަޑުކޮއްދީ. އަދި ކެއްތެރިވޭ. މީއިމްތިހާނެއް ހުރިހާ އެންމެންވެސް ކެއްތެރި ވާންވާވަގުތު.

    21
    1
  7. ާއަތަގޮވުން

    ތިޔަ އުޅުއްވަނީ ގޯހެއް ހަދަން

    24
    2
  8. ހުސެން

    ދެ ރަކަމެއް ގޭގަ ހަނޑޫ ކޮޅެއްވެސް ނެތީތަ މަސް ނެތިއްޔާ މަސްދަޅު ހުންނަ ގޭގެވެސް ހުންނާނެންނު އޭގެން ގަ ރުދިޔަ ކައްކާލައިގެ މަދުމަދުން ކާލާގެން މިދަޑިވަޅުގަ ހިތް ތި ރިކޮށްލާގެން ގޭގަ ތިބެބަލަ ކޮންމެހެން ހަތަ ރު އި ރު ކާންޖެހޭތަ!

  9. ދެރަ

    ބަލި ކޮންޓްރޯލް ކުރި ގައުމުތަކުން އެޅި ކަހަލަ ފިޔަވަޅެއް ނޫން. އެކަމަކު ބަލި ކޮންޓްރޯލް ނުވެގެން އުޅޭ ގައުމުތަކުގެ ތިކަހަލަ ލުއިތަކެއް ދިން. އަދިވެސް އެ ގައުމުތަކުގައި ބަލި ދަނީ ފެތުރެމުން ބާރަށް. ބުއްދިވެރި ފިޔަވަޅެއް ނޫން ރަސްމީ ސިފައެއްގައި ތި ދެނީ. ދެން އެތައް ހާސް ބަޔަކު ނިކުންނާނެ ބުރެއް ޖަހާލަންވެސް، ހުއްދަ އޮންނަ މީހެއްތޯ ކާކަށް އެންމެން ޗެކްކޮށް ބަލޭނީ

  10. ޢަލިބެ

    ޢާންމުންނަށް ޒަރޫރީތަކެތި ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާ ކުރާވާހަކަ ވަރަށްބާރުލާފަ ކުރިން ދެއްކި. އެފިހާރައެއް ހުރިސަރަޙައްދަކުން އެސަރަޙައްދެއްގައިހިމެނޭ ގޭބިސީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމެއްވެސް ނެތް ރޭވިފައެއް. ހެންވޭރުގައިހުންނަ ފިހަަރައަކުން މާފަންނުގައި ހުރިގެއަކަށްވެސް އެބަގެންދޭ. މިއަށްވުރެ ރަނގަޅު ރޭވުމެއް މިކަމުގައި އެބަ ރޭވެންޖެހޭ. ކަމެއްރަނގަޅަށް ނުރޭވުނީމަ އެންމެން އެއްފަހަރާނުކުމެ އެއްޗެތިގަންނަން އުޅެގަންނަގޮތް ހެދުމަކީ ނުރައްކާ އިތުރަށް ބޮޑުވެގެން ހިނގައިދާނެކަމެއް

  11. ބާރީ

    ބި ރުވެ ރިކަމެއް ތީ... މާލޭގެ ހު ރިހާގެޔަކުން އެކަކު ނުކުތަސް .. ބި ރުވެ ރި ...އަދި ކޮށްމެ އެޕާ ރޓްމަންޓަކު ނުކުތީމަ ...ވ.ވ ބި ރުވެ ރިވާނެ.... ތިނޫން ވިސްނުމެއް ނެތީބާ؟

  12. އއއ

    ތިއީ އެގޮތަކަސްވެސް ރަގަޅު ކަމެއް ނޫން. އަދި ދުވަސް ކޮޅެއް މަޑުކޮއްލުން ރަގަޅުވާނީ.

  13. ޙަލީނަަ

    ނުކިޔަވާތިބެ މަޤާމުތަކަށް އަރައި އެކަހަލަ ނިންމުންތައް ނިންމާނީ ތިބެގެން