ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށްވެފައިވާ މި ދަނޑިވަޅުގައިވެސް ސަރުކާރުން ދައްކަމުން ގެންދާ ވާހަކަތައް "ދެއުޅިއެއްނުވާ" ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރަށް މިކަމަށް ތައްރާރުވުމަށް ހަތަރު މަސް ދުވަސް ލިބިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުވުމެއް ނެތި ނޫސްވެރިންނާއި ބައްދަލުކުރައްވާ މިއަދު ރާއްޖޭގެ އިގްތިސޯދީ ހާލަތު މިއޮތީ ވެންޓިލޭޓަރުގައޭ ވިދާޅުވުމަކީ ޒިންމާދާރު ޖަވާބެއް ދިނުން ނޫން ކަމަށެވެ.

މުޅި ދުނިޔެއަށް ފައިނޭންޝިއަލް ކްރައިސިސް އެއް ދިމާނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިރުޝާދު ދެއްވި ވަޒީރުން މިކަމުގައި ޒިންމާވާން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ މިއަދު އެ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.

"ސަބަބުތައް ވަރަށް ގިނަ އިއްޒަތްތެރި ރައީސް، ސޯޝިއޯ އިކޮނޮމިކް، އިޖުތިމާއީ އިގްތިސޯދީ ފެއިލްވުމެއްގެ ތެރެއަށް ރާއްޖެ މިދިޔައީ ކީއްވެތޯ. ވެންޓިލޭޓަރުތައް އެންމެ ވޯސްޓް ކޭސް ސިނާރިއޯގައި ވެސް ހަމަވާނެ ކަމަށް ވިދާޅުވި. މިއަދު އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ ކޮން ކަމެއްތޯ. ހެލްތު ދާއިރާގެ މީހުންނަށް މާސްކާއި ޕްރޮޓެކްޓިވް ގިއަރާއި އެމީހުންނަށް ބޭނުންވާ އާލާތްތައް ވަސީލަތްތައް ނެތްވާހަކަ. ރާއްޖޭގެ އިގްތިސޯދު ފައިސާ ހުސްވެގެން ރައްޔިތުން ފަހަށް ރައްކާ ކޮށްފައި ހުރި ފައިސާ ޕްރިންޓު ކޮށްގެން ސިސްޓަމްގެ ތެރެއަށް ގެންނަ ވާހަކަ،" ކުރީގެ އިގްތިސޯދާއި ބެހޭ ވަޒީރު ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއީ އެއްބައިވާންވި ވަގުތު ކަމަށް ސަރުކާރަށް ގޮވާލާފައިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި ކުރީގެ ވެރިކަން ކުރެއްވި އެހެން ބޭފުޅުންގެ އެހީއާ މަޝްވަރާ ވެސް ހޯދަންވި ވަގުތު ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއީ މަނިކުފާނުގެ ވެސް ވިސްނުންފުޅުވެސް ހޯދަންވީ ވަގުތު ރައީސް މައުމޫންގެ ވެސް ވިސްނުންފުޅު ހޯދަންވީ ވަގުތު އަދި އެހެންވެސް ރާއްޖޭގައި ވެރިކަން ކޮށްފައި ހުރި ފަރާތެއް ދުނިޔޭގައި ހުރިއްޔާ އެފަރާތެއްގެ ވިސްނުން ހޯދަންވީ ވަގުތު. ރާއްޖޭގައި ޝަރަފުގެ ނިޝާން ހޯއްދަވާފައި ތިއްބެވި މީހުން އެއްކޮށްގެން ރައީސް ސޯލިހު އެބަޖެހޭ މި ދައުލަތް ސަލާމަތް ކުރަން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ކުރައްވާ އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ފައިސާ ނުނަގާނެ ކަމަށް ވިދާޅުވިއިރު އަނެއް ދުވަހު ފިނޭންސް އިން ނެރުނު ރިޕޯޓުން ފައިސާ ހޯދަމުންދާކަން ފެނިފައިވާ ކަމަށާއި މަޖިލީހުގެ ކޮމެޓީގައި ގަވަރުނަރުގެ މަގާމުގައި ހުންނަވާ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވިއިރު ފިނޭންސް މިނިސްޓަރު މަސައްކަތް ކުރައްވަނީ ފައިސާ ޗާޕު ކުރުން ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖަޒީރާމަނިކު

  ރައީސް ސޯލިހު މިހާރު އަމިއްލައަށް އެކަހެރި ވެގެން ހުރީކަމުގައި ހީވަން ފަށައިފި. ގައުމާ މުޚާތޮބް ކުރާއިރު ލައިވްކޮށް ނުދައްކާ ފޮޓޯދައްކަނީ ކީއްވެބާ؟ މީ ރައްޔިތުން ވިސްނާލަން ޖެހޭކަމެއް. އާރަށުގައި ހުރެގެންވެސް ވަގުތުން ވަގުތަށް ލައިވް ކުރެވޭނެ. މީގައި ވަރަށްބޮޑު އޮޅުވާލުމެއް އެބައޮތް.

  32
  3
 2. އައިން

  ވަގުންގެ މައްޗަށް ކޯޓުން ކުރާހުމެއްވެސް އެފަދަ ވަގުންނަކަށް ކަމަކު ނުދޭ. އެހެންނޫންތޯ ސައީދޫ.

  6
  36
 3. ތޮރާ

  ކޮންމެހެން ދިމާވާން ޖެހޭތޯ .

  4
  24
 4. Anonymous

  ކުރީގެ އިކޮނޮމިކް މިނިސްޓަރ މިހާރު ލ. މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި:- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ކުރައްވާ އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ފައިސާ ނުނަގާނެ ކަމަށް ވިދާޅުވިއިރު، އަނެއް ދުވަހު ފިނޭންސް އިން ނެރުނު ރިޕޯޓުން ފައިސާ ހޯދަމުންދާކަން ފެނިފައިވާ ކަމަށާއި މަޖިލީހުގެ ކޮމެޓީގައި ގަވަރުނަރުގެ މަގާމުގައި ހުންނަވާ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވިއިރު ފިނޭންސް މިނިސްޓަރު މަސައްކަތް ކުރައްވަނީ ފައިސާ ޗާޕު ކުރުން ކަމަށް ވިދާޅުވެފައިވެއެވެ. ---- މިވާހަކަ ކޮޅުން އަޅުގަނޑުމެން ނިކަމެތި ދިވެހިރައްޔިތުންނަށް އެނގިގެން މިދަނީ ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ ކަމާއި ސަރުކާރު ފާލުން ނެއްޓި އެއްވެސް ހަމައެއް ލަމައެއްނެތި އަތަށް ގޮވާފައިވާކަމެވެ.

  20
  2
 5. އަލްޖިބްރާ

  މާލީ ހާލަތު އެގޭނީ ހަމައެކަނި ޔާންޓޭ އަށާއި ކަލެއަށް އެކަނި ތަ ؟ ބޯބުރާންތި !ކަލޭމެނަށް ވައްކަން ކުރަން ނޫން ކަމެއް ކުރާކަށް ނޭގޭނެ !

  15
 6. ކަށިކޮލި

  ކިތަންމެ ރުޅިއަޔަސް ދައުލަތުގެ މާލިއްޔަތު ނޭވާހޮޅިއައްނޭޅޭކަމަކައްނުވާނެ

 7. ާްައަލީޙާން

  ޜައީސް ސޯލިހު ދެންނެވި ހަޒާނާގެ އެންމެފަހު ލާރިއާ ހަމަޔައް، އެންމެ ރައްޔިތަކުވެސް މިބަލިން ދުނިޔެ ދޫވިޔަނުދޭނެ ކަމައް...މިކަމައް ހަރަދުކުރާނެ ކަމައް..

  ޢެކަމަކު އެކަންވާން އޮއްގޮތަކީ ލޮކްޑައުން 14 ދުވަހަެއް ވުރެ ދިގު ކޮއްގެން...އެކަމަކު ސަރުކާރު އަތުގަ ލާރިއެއްނެއް..އެހެންވީމަ މަޖްލިސް ބުނާގޮތައް ޓޫރިޒަމް އަލުން ފައްްޓަން ނިންމުން ކައިރީ....