ވެރިކަން ކުރާ މާލެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހަައްދު ފުރަބަންދު ކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

މާލެ ފުރަބަންދު ކޮށްފައިވާ މި މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުގެ އެއްވެސް ބަނދަރަކުން ދޯނި ފަހަރު ފުރުމާއި އައުން ވަނީ މަނާކޮށްފައެވެ. އެކަން ހަމައެކަނި ކުރެވޭނީ ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދަ ނަގައިގެންނެވެ. އަދި އެފަދައިން އަންނަ ބޯޓެއް ނުވަތަ ދޯންޏެއްވެސް ކައިރި ކުރެވޭނީ މާލޭގެ ނޯތު ހާބަރަށެވެ. އެ ސަރަހައްދަށް ކައިރި ކުރުމަށްފަހު ވެސް އެއްވެސް ވަރަކަށް ބޯޓުން އެއްވެސް މީހަކަށް މާލެއަށް ނުފޭބޭނެއެވެ.

ފުރަބަންދު ކޮށްފައި އޮތުމުން އެތައް ބަޔަކަށް އެމީހުންގެ ރަށްތަކަށް ނުދެވި ވަނީ ހާލުގައި ޖެހިފައެވެ. ކަން މިހެން އޮއްވާ މިއަދު ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ތިމަރަފުށިން މާލެ ވަޑައިގަތުމާއި އެކު އެތައް ބަޔަކު ވަނީ އެކަަމަށް ފާޑު ކިޔަން ފަށާފައެވެ. އަދި ރިޔާޒް އަކީ މެމްބަރަކަށް ވުމުން މާލެ އަންނަން ހުއްދަ ލިބުނުއިރު އާއްމު މީހާއަށް އޮތީ ދެރަ ނިކަމެތި ގޮތް ކަމަށް ވެސް އެފަދަ މީހުން ދަނީ ބުނަމުންނެވެ.

ރިޔާޒް އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓްގައި ކުރި ޓްވީޓެއްގައި ވަނީ މިއަދުގެ ފަތިހު ފުރައިގެން މާލެ އާދެވިފައިވާ ކަަމަށެވެ. އަދި ތިމަރަފުށީގައި ހޭދަ ކުރި 15 ދުވަހު އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒްގެ އެ ޓްވީޓަށް އެތައް ބަޔަކު ފާޑުކިޔަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވަނީ މާލެ ފުރަބަންދުގައި އޮތް އިރު ރަށްރަށަށް ގޮސް އައިސް ހެދޭތޯ ސުވާލުކުރައްވާފައެވެ.

ނިހާދުގެ އެ ޓްވީޓްގެ ޖަވާބުގައި ރިޔާޒް ވަނީ އޭނާ މާލެ ވަޑައިގަތީ އެޗްޕީއޭގެ ހުއްދަ ލިބިގެންކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ ވަރަށް ގިނަ ރައްޔިތުން މާލެ ނާދެވިފައި ތިއްބާ، މެމްބަރު ރިޔާޒް އަށް މާލެ އާދެވުނީ ކޮން ސަބަބަކާއި ހުރެކަން ސާފުކޮށްދިނުމަށް އެޗްޕީއޭ އާއި ފުލުހުންނަށް ވެސް ގޮވާލައްވާފައެވެ.

ރިޔާޒް "ވަގުތަށް" ވިދާޅުވީ އޭނާ ތިމަރަފުށްޓަށް ވަޑައިގަތީ ފުރަބަންދުގެ ކުރިން ކަމަށެވެ. އަދި އަނބުރާ އަންނަން ޓިކެޓް ނަގާފައި އޮތް ދުވަހުގެ ކުރިން ފުރަަބަންދު ކުރުމުން ތިމަރަފުށީގައި ތާށިވީ ކަމަށެވެ. އަދި މާލެ ވަޑައިގަތީ އާއްމު މީހުންނާއި ވެސް އެއްކޮށް ކަމަށާއި އެ މީހުންނަކީވެސް އެޗްޕީއޭއިން ހުއްދަ ދީގެން އައި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމަރަފުށީން އައި އިތުރު 7 މީހުން އައި އަޅުގަނޑާއި އެކު. އެއީ ވެސް ހަމަ މާލޭގައި ތިބި މީހުން. އޭގެ ތެރެއިން 5 މީހުންނަކީ 18އިގައި އަންނަން ތިބި މީހުން. އެއީވެސް އާއްމުން. އެހެންވީމަ ހުއްދަ ލިބޭ. އަޅުގަނޑު ތިމަރަފުއްޓަށް ދިޔައީ 11ގައި. 15 ވަނަ ދުވަހު އިންނާނީ ރިޓާން ޓިކެޓް. ލޮކްޑައުން ކުރުމުން 17ގައި އެޕްލައި ކުރީ. 25ގައި ހުއްދަ ލިބުނީ. 26ގައި މިއައީ. އަޅުގަނޑު އެޕްލައި ކުރީވެސް މެމްބަރެއްގެ ހައިސިއްޔަތަކުން ނޫން ރިކުއެސްޓް ކުރީ ވެސް ކޮމްޕެނީ ނަމުގައި." އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އޭނާގެ ޓްވީޓްގެ އެއް ބޭނުމަކަށްވީ މިހާރުވެސް ހުއްދަ ހޯދައިގެން ދަތުރު ކުރެވޭނެ ކަން ހާމަކޮށްދީ، ހޭލުންތެރިކުރުވުން ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުން ފުރަން ހުއްދަ ދެނީ އެޗްޕީއޭއިން ދޭން ޖެހޭ ހުއްދަތަށް ލިބުމުން ކަމަށާއި، އެ ނޫން ގޮތަަކަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސޒ

    ކީއްވެތަ ވަކި ބަޔަކަށް އާދެވެންވީ....... ރަށައް ނުދެވި ކިތައް މީހުން އެބިތިބި.....

    44
    • ޒަން

      އެންމެންނަށްވެސް އާދެވޭނެ އެޗްޕީއޭގެ ހުއްދައެއް ނަގަން ޖެހޭނީ.. މާލޭގަ ވަޒީފާއަދާކުރާ މުވައްޒަފުންނަށް އޮފީހަކުން އެދުން ވެސް ހުއްދަ ލިބޭ.. އެކަމު މާލެއިން ބޭރުވުން އެއްކޮށް މަނާ... ވާނުވާ ނޭނގި ހޭރޭ މީހުން ގިނަވީމަ ދެރައީ..

  2. ސުމެއް

    ެކަމް ރިސޯޓް ކުދިން ަނނބިދަރިން މާލޭގަ ތިއްބާ ރަށައް ފޮނުވީ .މާލެ ނޭރޭނެޔެ ބުނެ .
    ކިހާބޮޑު އަނިޔާ އެއްތޯ ނިކަމެތިންނައް މިސަރުކާރުން މިދެނީ

    36
    1
  3. ނާބެ

    ތިކަން ވާނީވެސް ތިހެން، ކޮންކަމެއްކުރެވޭނީ އެއްކަމެއްވެސް ނުކުރެވޭނެ.

    26
  4. ސަންބޮޑީ

    އަޅުގަނޑުގެ ބޭބެ މަލެ އަށް ފޭބޭނެތޯ ފުލުހުންނާ ސްވާލުކުރުމުން ބުނީ ލޮކްޑައުން ހާލަތުގަ މާލެ އަށް ފައިބާ އަދި މާލެއިން ފުރައިގެން ދިޔުން އެއީ މަނާކަމެއްކަމަށް. އެހެންވީމަ ފުލުހުން އަދި އެޗް ޕީ އޭ އިންވެސް ތިކިޔާއެއްޗެއް ހަމައެއްނުޖެހޭ. = ސްކުރިއްޔާ ފުލުހުން =

    41
    1
  5. ???

    އެމީހުނައްވެސްދެވިގެން ނުވާނެ އެ ވަކި މަތިން ފައިބާފަ ތިބި ބައެއްތަ
    ނިކަެތިން ވީމަ ބަލި ހިފާގެން ދަނީ މި މީހުން ބަލި ނުވަނީތަ ނޫނީ ބަލި ނުޖެެނީތަ
    ވަކި ބަޔަކައް ހުއްދަވެސް އޮއްނަނީ އަހަރެމެން ކަހަލަ ނިކަެތިންނައް ނޯވެ

    35
  6. އެޑްމުންޑޯ

    އެބުނަނީ ބޯޓު ފަހަރުން އަންނަ މީހުންނަށްވެސް ދެވޭނީ އޭޓީ އެމަށް އެކަނިކަމަށް ، ތީ ވަރަށް ބޭއިންސާފް

    25
  7. ހ(ކުޑަހުވަދޫ)

    މިއުޅެނީ މީހުން ހޭލުންތެރި ނުވެގެންދޯ އަދިވެސް.. މިކަހަލަ ޒިންމާދާރު މީހުން ތިގޮތަށް ހޭލުންތެރިކޮށްގެން ޤައުމު ހަލާކޮ ކޮށް ނުލައްވާ... މީހާރުވެސް ހާދަ ހާލެއްޤަ މީހުންތަށް އެއުޅެނީ..

    24
    1
  8. ހުސޭނުބޭ

    ޖަންގަލީ ޤާނޫނު އޮންނަ ތަނެއްގައި ކުޑައެތި ކާނީ ބޮޑުއެތި!

    27
    1
  9. ޢަލިބެ

    މިބަލި ރާއްޖެއަށް ގެނައީވެސް ތިކަހަލަ މީހުންގެ ފައިދާއަށް މަސައްކަތްކުރަން އުޅެންހަދައިގެން. ކީއްވެ އޭނައަށް ހުއްދަދިނީ. އެއީ މަތިންފޭބިމީހެއްތަ؟

    25
    1
  10. އައިޝް

    އެހެންވިއްޔާ މާލޭގަ ތިބި ރާއްޖެތެރޭ މީހުންނަށް މާލެ ނުދެވިގެން މި އުޅެނީ ކީއްވެގެންތޯ؟؟ ރިސޯޓް ތަކުގަ 14 ދުވަހު ތިބެފަ ރަށަށް ދާން މާލެ އައިދުވަހު މާލެ ލޮކްޑައުން ކޮށްގެން ރަށް ނުދެވިފަ ތިބި ރިސޯޓް މުއައްޒަފުންނަށް އޮތީކޮން އުސޫލެއްތޯ؟ ކަރަންޓީން ކުރަންވިއަސް ރަށުގަ އައިސޮލޭޝަންގަ ބައިތިއްބަންވިއަސް އެމީހުން ނުގެނަނީ ކީއްވެގެންތޯ...މުސާރަ ނުލިބޭގޮތަށް ގިނަ މީހުން އައިސްތިބީ..ކޮންމެ މީހަކީ ރުފިޔާ ލިބޭނެ އެހެންވިއްޔާ މާލޭގަ ތިބި ރާއްޖެތެރޭ މީހުންނަށް މާލެ ނުދެވިގެން މި އުޅެނީ ކީއްވެގެންތޯ؟؟ ރިސޯޓް ތަކުގަ 14 ދުވަހު ތިބެފަ ރަށަށް ދާން މާލެ އައިދުވަހު މާލެ ލޮކްޑައުން ކޮށްގެން ރަށް ނުދެވިފަ ތިބި ރިސޯޓް މުއައްޒަފުންނަށް އޮތީކޮން އުސޫލެއްތޯ؟ ކަރަންޓީން ކުރަންވިއަސް ރަށުގަ އައިސޮލޭޝަންގަ ބައިތިއްބަންވިއަސް އެމީހުން ނުގެނަނީ ކީއްވެގެންތޯ...މުސާރަ ނުލިބޭގޮތަށް ގިނަ މީހުން އައިސްތިބީ..ކޮންމެ މީހަކީ ރުފިޔާ ލިބޭނެ އިތުރު މަސައްކަތެއް ކުރާ ބައެއްނޫން.ލިބިފަ ހުރި ރުފިޔާކޮޅު ހުސްވަނީ..ކުއްޔަށް ތަންތަން ހިފައިގެން އޯޑަރަށް ކާތަކަެތި ގެނެސްގެން ކާންވަނީ..އެމީހުންނާއި ދޭތެރެ ކަންތައް ކުރައްވަނީ ކިހިނެއްތޯ..ކިތައް މީހުންތޯ އެތިބީ..އޭރުވެސް މިހާރުވެސް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާންތިބެނީ އެއްކަލަ ރިސޯޓް މުއައްޒަފުން.. ރިސޯޓުގަ 14 ދުވަސް ..ކީއްތަވާނީ އެންމެ ފަހަރަކުވެސް އެމީހުންނާއި ދޭތެރެ ވިސްނާލިއްޔާ..ކޮންމެ އަތޮޅެއްގެ ކަރަންޓީްނ ފެސިލިޓީއެއް ހެދިފަވާވަހަކަ ބުނޭ. ސިޔާސީ މީހުން ރަށްރަށުގެ ތިބީމަ އެމީހުންނަށް ތި ޤަވާއިދު ހެދިހެން މާލެގެ ތިބި ރާއްޖެތެރޭގެ ދެރަ ނިކަމެތި މީހާއަށް ތި ޤަވާއިދު ނުހަދަނީ ކީއްވެގެންތޯ..އަތުން ހިފާ ރުފިޔާތަކެއް ސަރުކާރަށް ނުދެވުނަށް އެވެސް ދިވެހި ރައްޔިތުން.އެހެންވިއްޔާ މާލޭގަ ތިބި ރާއްޖެތެރޭ މީހުންނަށް މާލެ ނުދެވިގެން މި އުޅެނީ ކީއްވެގެންތޯ؟؟ ރިސޯޓް ތަކުގަ 14 ދުވަހު ތިބެފަ ރަށަށް ދާން މާލެ އައިދުވަހު މާލެ ލޮކްޑައުން ކޮށްގެން ރަށް ނުދެވިފަ ތިބި ރިސޯޓް މުއައްޒަފުންނަށް އޮތީކޮން އުސޫލެއްތޯ؟ ކަރަންޓީން ކުރަންވިއަސް ރަށުގަ އައިސޮލޭޝަންގަ ބައިތިއްބަންވިއަސް އެމީހުން ނުގެނަނީ ކީއްވެގެންތޯ...މުސާރަ ނުލިބޭގޮތަށް ގިނަ މީހުން އައިސްތިބީ..ކޮންމެ މީހަކީ ރުފިޔާ ލިބޭނެ އިތުރު މަސައްކަތެއް ކުރާ ބައެއްނޫން.ލިބިފަ ހުރި ރުފިޔާކޮޅު ހުސްވަނީ..ކުއްޔަށް ތަންތަން ހިފައިގެން އޯޑަރަށް ކާތަކަެތި ގެނެސްގެން ކާންވަނީ..އެމީހުންނާއި ދޭތެރެ ކަންތައް ކުރައްވަނީ ކިހިނެއްތޯ..ކިތައް މީހުންތޯ އެތިބީ..އޭރުވެސް މިހާރުވެސް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާންތިބެނީ އެއްކަލަ ރިސޯޓް މުއައްޒަފުން.. ރިސޯޓުގަ 14 ދުވަސް ..ކީއްތަވާނީ އެންމެ ފަހަރަކުވެސް އެމީހުންނާއި ދޭތެރެ ވިސްނާލިއްޔާ..ކޮންމެ އަތޮޅެއްގެ ކަރަންޓީްނ ފެސިލިޓީއެއް ހެދިފަވާވަހަކަ ބުނޭ. ސިޔާސީ މީހުން ރަށްރަށުގެ ތިބީމަ އެމީހުންނަށް ތި ޤަވާއިދު ހެދިހެން މާލެގެ ތިބި ރާއްޖެތެރޭގެ ދެރަ ނިކަމެތި މީހާއަށް ތި ޤަވާއިދު ނުހަދަނީ ކީއްވެގެންތޯ..އަތުން ހިފާ ރުފިޔާތަކެއް ސަރުކާރަށް ނުދެވުނަށް އެވެސް ދިވެހި ރައްޔިތުން.މަސައްކަތެއް ކުރާ ބައެއްނޫން.ލިބިފަ ހުރި ރުފިޔާކޮޅު ހުސްވަނީ..ކުއްޔަށް ތަންތަން ހިފައިގެން އޯޑަރަށް ކާތަކަެތި ގެނެސްގެން ކާންވަނީ..އެމީހުންނާއި ދޭތެރެ ކަންތައް ކުރައްވަނީ ކިހިނެއްތޯ..ކިތައް މީހުންތޯ އެތިބީ..އޭރުވެސް މިހާރުވެސް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާންތިބެނީ އެއްކަލަ ރިސޯޓް މުއައްޒަފުން.. ރިސޯޓުގަ 14 ދުވަސް ..ކީއްތަވާނީ އެންމެ ފަހަރަކުވެސް އެމީހުންނާއި ދޭތެރެ ވިސްނާލިއްޔާ..ކޮންމެ އަތޮޅެއްގެ ކަރަންޓީްނ ފެސިލިޓީއެއް ހެދިފަވާވަހަކަ ބުނޭ. ސިޔާސީ މީހުން ރަށްރަށުގެ ތިބީމަ އެމީހުންނަށް ތި ޤަވާއިދު ހެދިހެން މާލެގެ ތިބި ރާއްޖެތެރޭގެ ދެރަ ނިކަމެތި މީހާއަށް ތި ޤަވާއިދު ނުހަދަނީ ކީއްވެގެންތޯ..އަތުން ހިފާ ރުފިޔާތަކެއް ސަރުކާރަށް ނުދެވުނަށް އެވެސް ދިވެހި ރައްޔިތުން.

    17
    1
  11. SULTHANA

    ދެމީހަކު ދައްކާ ވާހަކައެއް ދިމަލެއް ނުވެ. ކައިގެންނޭ ފުރާނީ..ނުކައެއް ނުފުރާނަމޭ..........ކަރަންޓީން ކުރަންވިޔަސް މާލޭގަ ތިބި މީހުން ރަށްރަށް ގެނެސްދޭންވީނުން.ތި މީހަކުވެސް ތިގެނައީ މާލޭގަ ކަރަންޓީންކުރަން،އެހެންވީމަ އެހެންމީހުންވެސް ގެނެސްދީ މާލޭގަ ކަރަންޓީން ކުރަން.ކޮބާ ވޯޓްލައިގެން ހޮވި މީހުންތައް ..ކޮބާ މެންބަރުން...

    21
    1
  12. ހިޔާލު

    ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!

  13. ާައަހުމަދު

    ކޮން ޕާޓީ އެއްގެ މިނިސްޓަރެއްތޯ ހެލްތްގަހުރީ؟ ކޮންމެކަމެއްގަވެސް ކޮރަޕްޝަން.

  14. Anonymous

    Mulhin ves vagu dhathuru

  15. ޟަރ

    Mulhin ves vagu dhathuru

  16. ިހިޔާލު

    ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!
    މިއަދު ގުޅީމަވެސް ހެލްތުން ބުނީ އެއްވެސް ފަރާތަކަށް މާލެއިން ފޭބުމުގެ ހުއްދަ ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް.... އިސްވެރިން މަގާމު ދޫކޮށް ގެއަށް ދާންވީނުން ދެން.

  17. ދިދަ ދަނޑި

    ކޮން ރިޔާޒެއްތަ؟؟ އޭނައަށް އެރެންޏާ އެހެން މީހުނަށްވެސް އެރެން ޖެހޭނެ، ... ކީއްވެތަ އެ ހުރިތާކު އޭނަޔަށް ނުހުރެވުނީ.. ހާދަ ހާލުގަ މީހުން އެބައުޅެއޭ ރަށަށް ނުދެވި، މާލެ ނާދެވި..

  18. ިހިޔާލު

    ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!

  19. ސައްލެ

    ސުކުރިއްޔާ އިބޫ.. ތިޔަ ކުރާ ގޮތައް ލޮކްޑައުން ނުކުރިޔަސް ހެޔޮ

  20. ހެލާ ހަސަން ދީދީ

    ނިހާދު ކަލެޔަކީ އެއްވެސް އުރައްޕެއް ހުރިމީހެއްނޫން ބޭކާރު އަނގަނުތަޅާ ސައިޒުގަ ހުރޭ

  21. ތައްބެ

    ރަށަށް ނުދެވި ވަރަށް ހާލުގައި މާލޭގައި ދިވެހި ނިކަމެތި ރައްޔިތުން އެބަތިއްބެވެ. އެ ނިކަމެތިންގެ ކުށަކީ ނިކަމެތިވުން

  22. ސފ

    މިހެންވެޔޭ ބުނެވެނީ ބޮޑުންނަށް ވީމަ އޮންނާނީ ވަކިގޮތެކޭ. މިކަހަލަ އެއްޗެހި ބުނާތީ ބައެއް މީހުނަށް ހަޖަމެއްނުވެވޭ. މިކަހަލަ ވާހަކައެއް އެފްބީގަވެސް ޖަހާލައިފިއްޔާ އެވީ ސިޔާސީ މީހަކަށް.

  23. ޑެރަ

    މި ގޮތަށް އެކި މީހުންނަށް އެކިގޮތް ހެދީމަ މިހެންދިމާވީ.

  24. ތަފާތު

    މެދުރާއްޖެތެރޭގެ ރަށަކަށް 3ދުވަހަށް ދިޔަބަޔަކު މާލެ ލޮކްޑައުންކޮށްފައިވާތީ އަދިވެސް ނާދެވިގެން ކަންބޮޑުވެގެން އުޅޭއިރު ރިޔާޒު ބޭނުންބަޔަކާއެކު މާލެއެރީ މިސަރުކާރަށް ތާޢީދުކޮށް ހަދާތީތޯ