ބައެއް ސަރަހައްދުތަކުގައި ރެންޑޮމްކޮށް އާއްމުން ކޮވިޑް-19އަށް ޓެސްޓު ކުރަން ފަށައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް އެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ނޭނގި ހުރި ކޮވިޑް-19 ފެތުރެމުންދާ ސަރަހައްދުތަކާއި، ކްލަސްޓާތަކާއި ގުޅިގެން ރެންޑޮމްކޮށް މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާފައިވާ ކަަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން ރެންޑޮމްކޮށް ސާމްޕަލިންގ ޓެސްޓު ކުރަން ގަސްތު ކޮށްފައި ވަނީ ބާޒާރުމަތިން، މީގެ އިތުރުން ކަންމަތި ފިހާރަތަކުން، އަދި ފެރީ، އަދި މަގުމަތިންވެސް ރެންޑޮމްކޮށް މީހުންގެ ސާމަޕަލް ނެގުމަަށް ރާވާފައި ވޭ، މީގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލެ އިން". ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ، މިއަދު ވިއްސާރަ ބޯކަމުން ސާމަޕަލް ނެގުނީ އެންމެ 25 މީހުންގެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ހައިރިސްކް ގްރޫޕްތަކުން ވަކިން ރެންޑޮމް ސާމަޕްލިންގ އާއި ހައިރިސްކް ގްރޫޕްތަކުން އައިޑެންޓިފައިވެފައިވާ ތަންތަނުން ވަކިން ބަލި ހުރި ކަަމަށް ޝައްކު ކުރެވޭ މީހުންނާއި އަދި ރެންޑޮމް ސާމްޕަލިންގއެއް ކުރިއަށްގެންދާ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންގެ އުއްމީދަކީ މިހާރު މި ކުރެވޭ ރެންޑޮމް ސާމްޕަލުން ވަރަށް ބޮޑަށް މުޅި މާލޭގެ ޕިޔޯ ޕިކްޗާއެއް ފެންނާނެ ކަމަށް". ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރެންޑޮމް ސާމަޕަލިންގއާއި ބެހޭގޮތުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފާހަަގަކުރެވެން ހުރި ތަންތަން ބަލަމުން އަންނަ ކަމަށާއި، އެއްވެސް ލިސްޓެއްގައި ނެތް މީހުން ރެންޑޮމްކޮށް ޓެސްޓު ކުރަމުންދާ ކަމަށެވެ.
"އެއްވެސް ލިސްޓެއްގައި ލިސްޓުކޮށްގެންނަވުރެ ބޮޑަށް، ރެންޑޮމްކޮށް މީހުންގެ ސާމްޕަލްތަކެއް ކޮމިއުނިޓީ ސްޕެރްޑެއް އުޅޭތޯ ބަލަން ނަގަން".މަބްރޫކް ވިދާޅުވިއެވެ.
ތިޔަހާފިޑިވެގެން ތިކަމެއްނުވާނެ!
ރެންޑަމް ޓެސްޓުތައް ތިޔަފެށީ މާލަހުން..
ތިބުނާ ރެންޑޮމްކޮށް ޓެސްޓް ހަދާފަ ނަމަވެސް މިތަނުން ރަށަށް ދެވޭނެ ގޮތެއް ހަދާބަލަ.
އަތުގައޮށް ލާރިކޮޅު ހުސްވެއްޖެ މިހާރު. ރިސޯޓްގަ 20ދުވަސް ކަރަންޓީންގަ އަނެއްކާ މާލޭގަ 12ދުވަސް ވެއްޖެ. ރެންޑޮމްކޮށް ޓެސްޓް ހަދާފަ ނަމަވެސް މިތަނުން ދެވޭނެ ގޮތެއް ހަދާބަ
ރޭންޑަމް ޓެސްޓް ނަހަދާށެކޭ ނޫން. ޢެކަމް ކޮންމެހެން ނަގަންޖެހޭ ސާންޕަލްތައް ޕައިލް އަޕް ވާއިރު ކޮން ރޭންޑަމް ޓެސްއެއް. ޤަބޫލި ކުރަން ކޭސްތައް ގިނަވާކަންވެސް. އެކަމް ގެއިން މީހެއް ޕޮސިޓިވް ވެގެން ދާއިރު ޑައިރެކްޓް ކޮންޓެކްޓްތަކުގެ ޓެސްޓްތައް ހެދެނީވެސް ހަފްތާއެއް ވާފަހުން. އަލާމާތްތައް ފެންނިގެންވެސް ބޭސް ލިބޭނެ ގޮތެއް ނުވޭ. ހަތަރު ފަސް ދުވަސް ވާއިރު ޑިލިވާ ނުކިރެވޭ. މޮނިޓްރިންގެ ހާލަތަށް ގެ އެއް ގެންްދުމަށްފަހު ބޭހެއް ގަންނަން ވެސް ބޭރަށް ނުނިކުމޭވޭ.
މާލެއިން ރަށަށް ދާންބޭނުންވެފަ ތިބި މީހުން ޓެސްޓްކޮށްފަ އެމީހުންގެ އާއިލާމީހުން ތިބިތަނަށް ދެވޭނެ ގޮތެއް ހަދައިދެއްވާ.... ރައްޔިތުންގެ އެދުން ފުއްދާ، ވަކިބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ..
ޢަދި 600 މީހުންނަށް ޖެހުނީމަ ޓެސްޓް ކުރަން މަޑު ކޮށްލާ. އަދި މާ އަވަސް. އެއަރޕޯޓް ބަންދު ކުރިލެއް ވެސް މާ އަވަސް. ކަލޭ މެންގެ އާއިލާ ތަކުގެ ރިސޯރޓް ތަކަށް ކޮންމެ ރިސޯޓަކަށް 2000 މީހުން ހަމަ ވީމާ ބަންދު ކުރިނަމަ. އިބޫ ގެ ބޮޑުބޭބެ ދޭލިއާ ގެ ރިސޯޓް ތައް ވެސް އޮވޭނު.
މިހާރު އަދި މާފަސޭހަ ގޭގަތިބޭ ބަލިވިޔަސް ޑޮކްޓަރަކަށް ނުދެއްކޭ ، މިއީ ވަރަށް މުހިންމު ވާހަކައެއް ޤައުމީހިދުމަތުގައި ތިބޭ ނަރުހުން އަދި ޑޮކްޓަރުންގެ ފަރުވާ ތެރިވާހަކަ މިބުނަން މިއުޅެނީ އަސްލުވެސް އެމީހުންގެ އިޙްލާސްތެރިކަން ފެނިފައެއް ނެތޭ. ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ ތެރެއިން 5 އިންސައްތައަށް ހިތް ހަމަޖެހިގެން އައިއަސް އެމީހުންގެ ފަރުވާ ކުޑަވާހަކަ އަޅާނުލާވާހަކަ އައިވީ ފުޅިހުސްވެގެންވެސް އާދޭސް ދަންނަވަނީ ޑޮކްޓަރަށް ވެސް އާދޭސް ދަންނަވައިގެން މެނުވީ ހިދުމަތް ނުލިބޭ ، ގިނައިން ބުނާނެ ސަރުކާރު ހޮސްޕިޓަލުން ބެލުމައްފަހު ތިމަންނަގެ ކްލިނިކަށް އަންނާށޭ، މިއީ މިކުޑަ ރާއްޖޭގެ ހާލަތަކީ ސަރުކާރުން ދޭމުސާރަވެސް މަދުވެ އަމިއްލަ ގަޑީގާ ކްލިނިކްއިން މުޅިން އުޅެނީ ސާބާސް ސާބާސް ،،