ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ފެބްރުއަރީގައި ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި މީހުންގެ ތެރެއިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ނަމަވެސް އެމީހުންނަށް ކޮވިޑް-19 ޖެހުނީ ދުބާއީ އިން ކަމެއް ނުވަތަ ރާއްޖެ އައި ފަހުން ރާއްޖެ އިން ބަލި ޖެހުނީކަން ކަށަވަރު ނުވާކަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އެ އެކްސްޕޯއަށް ވަޑައިގެންނެވި ބޭފުޅުން އެކަން އެޗްޕީއޭއަށް އެންގެވުން އެދޭކަމަށެވެ. އެމީހުންނަކީ މިހާރު ކޮވިޑް-19 ގެ އަލާމާތްތައް ނެތް މީހުން ނަމަވެސް އެކަން އެންގެވުން އެދޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676 އަށް ގުޅައި ހިއްސާކޮށްދިނުމަށް ޑރ.އަފްޒަލް އެދިވަޑައިގެންނެވިއެވެ.
މާލެ އަށް ކޮވިޑް-19 ފެތުރުނީ ކިހިނެއް ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މާލެ އިން ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ނޫނެވެ. އަދި ބަލި ޖެހިފައިވާ ކަން އެނގޭ މީހަކާއި އެއިން މީހަކު ބައްދަލުވެފައެއް ވެސް ނުވެއެވެ.
ދުބާއީ އިން ރާއްޖެ އައި ބައެއް މީހުންނަށް ކޮވިޑް-19 ޖެހުނުކަން ކަށަވަރު ކޮށްދިން ނަމަވެސް އޭމީހުންނާއި ގުޅޭ ކޮންޓެކްޓްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި އެމީހުންނަށް ބަލި ޖެހުނުކަން އެނގުނު ތާރީޚެއް ވެސް އިއުލާން ކޮށްފައެއް ނުވެއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ފުރަތަމަ ކޮވިޑް-19 ގެ ބަލި މީހަކު ފެނިފައި ވަނީ ފެބްރުއަރީ މަހުގެ 09 ވަނަ ދުވަހު އެވެ. އެއީ ޗައިނާ އިން އެގައުމަށް ދަތުރު ކުރި އަންހެނެއްގެ ގައިންނެވެ. ޔޫއޭއީގައި ބޮޑަށް ކޮވިޑް-19 ފެތުރެން ފެށީ މާޗް މަހުގެ ފަހުކޮޅު އެވެ.
ޢިންޑިޔާގަ ކޮވިޑް19 ފެތުރެން ފެށިފަހުން ކިތައްމީހުން ގޮސްފަ އައިތަ؟ އެއްވެސް މީހަކުގާތު ތިއީ މަރިޔަނބުހޭ ވެސް އެހިތަ؟ދިއުންރަނގަޅު ނޫން ކަމަށް ނޫހުންފެނުނު އެކަމަކު ދާކަށްޢަންނާކަށް މަނަލެއްނޫން މިހާލަތަށް އައީ ނުކުޅެދުންތެރި ކަމުން ނޫންތަ؟ މާލެގަ ޖެހިފަ ރަށް ރަށަށް ވެސް ދަނީ ވިސްނުމެއްނެތް ދުނިޔޭން މަރުވަމުންދާ އަދަދު ރޭކާލާހެންވެސް ހީއެއްނުވޭ
ތިއޮތީ ބުޅާ ގޯނިން ބޭރުވެފައި!
ބޮޑެތި މީހުންގެ ދަރިން ސަލާމަތްކޮށް ބައެއްގެ ބިލައް ކަނޑާލީ.
ދޮގުހަދާކަމައް ވަންޏާ އެއްދޮގުފޮރުވަން ހާސް ދޮގު ހަދަން ޖެހޭވާހަކަ މާމަމެން ކިޔާ އަޑު އަހަން މިޔޮތީ ދިމާވެފަބާ އަނެއްކާ
އަޖައިބެއްނު! ތީ ކޮންއިރެއްގަ އައި ބޭފުޅުންނެއްގެ ވާހަކައެއް އަނެއްކާ ތިދައްކަންފެށީ؟ ފެބްރުއަރީ 16 އިން 20 އަށް އޮތް އެކްސްޕޯއެއް؟ ބަލިހިފައިގެން އައީ ކޮންދުވަހަކު؟ ބަލިޖެހިފަތިބިކަން މި އެނގުނީވެސް، ތިމީހުންގެ ފުށުން އެތައްބަޔަކަށް ބަލިއަރާ، އަދި ތިބޭފުޅުން އަމިއްލަޔަށް ރަގަޅުވެސް ވީފަހުން؟ ތިކަމެއް ހިނގީ ފެބުރުއަރީގަ؟ މިހާރު މީ އޭޕްރީލް ނުމުނީ! ސުބުހާނަﷲ..
ތިބޭފުޅުންގެ ތެރޭގަ ކިތައްބޭފުޅުން އުޅޭބާ؟ ބޭފުޅުންވީމަ ތީ މާވޮޑުކަމަކަށް ނުވެދާނެ!
ބަލި އިތުރަށް ފަތުރަން ރާއްޖެ އައް މީހުން ގެންނަނި ކީއްކުރަންތަ! އާ އެހެންނު ވާނި މޮޅު ޑޮކްޓަރުން ރާއްޖޭ ގަ އެބަ ތިބި ވިއްޔަ! ??
ލާދީނީ އަންނިއާއި ، ބާދީނި ސޯލިހް. މިކަމަށް ނިމުމެއް ގެން ނަން ވީނު.
ކީއްކުރަންއަނގަންވީ އިމިގްރޭޝަންގަހުންނާނެ ދަތުރުކުރާ އެންމެން ގެ ޑޭޓާ ތިއުޅެނީގޯހެއް ބައެއްގެބޮލަށްޖަހަން އަދިއެހާގަމާެއްނޫން ދިވެހިން
އިނގިރޭސި ވިލާތުން ގެނައި މީހުންނަކީ ތިއަށް ވުރެ މާ ފަހުން އައި ބައެއް.. އެކަމަކު އެ މީހުންނަށް ބަލި ޖެހުނީ ރާއްޖެ އައި ފަހުންނޯ.. ދެ މަސްދުވަސް ކުރިން އައި ބަޔަކަށް ބަލި ޖެހުނީ ކޮން އިރަކު ކަމެއް ނޭނގެ..މި މީހުން އިނގިރޭސި ވިލާތުން ގެނައި އެމީހުންގެ ބައިގަނޑުގެ ފަރާތުން ފެތުރުނު ބައްޔެއް ކަން ފޮރުވަން ދައްކާ ވާހަކަ.
ބޮޑުން ގެ ދަރިން ސަލާމަތް ކުރަން ދޮ ގު މައުލޫމާތު ފަތުރަނީ.