ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނެސްދެއްވީ ރައީސް ޔާމީން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ފާޓީ ޕީޕީއެމް އިން "ރުމާލު-2" ޖަގަހާގައި ބާއްވަމުންދާ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނެސްދެއްވީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީން އަކީ ދިރިހުރި ދިވެހި ބަތޮލެއް ކަމަށެވެ.

"ރާއިސް ޔާމީންގެ ވެރިކަމުގައި އިގްތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީފައިވޭ. ވަޒީފާގެ ބާޒާރަށް ވަނީ ތިޔާގިކަން އައިސްފައި. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިގެން ދިޔުމަކީ ދިވެހިންނަަށް ލިބޭނެ އެންމެ ބޮޑު ނަސީބު" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ދިވެހި ރައްޔިތެއްގެ ބޮލަށް ޖެހޭ ވަރު 9000 ޑޮލަރަށް އަރާކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ މަސައްކަތްތެރިނަށް ލިބެންޖެހޭ ހައްގުތަށް ލިބިގެން ނޫނީ ގައުމު ކުރި ނާރާނެ ކަމަށެވެ.

 

"މިއަދު އަޅުގަނޑު ވެސް އަޖައިބުވި އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ބައެއް ވަސީލްތައްތައް ފެނިފައި. ހަމަ ހަގީގަތުގައި އަޅުގަނޑު އަޖައިބުވި. އަޅުގަނޑު ހިތަށް އެރި މި އޮތް ތިރި ޖަޒީރާ ރަށުގައި އެޅޭ ރަންވޭ އަކާއި މިހިރަ އިމާރާތް ކުރެވޭ ތަންތަނުގެ ފުރިހަމަކަން،" ރާއްޖޭގެ ތަރައްގީ އަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، މިއަދު ފެންނަނީ މުއްސަނދިކަމަކާ ދިމާލަށް ރާއްޖެ ދަތުރުކުރާ މަންޒަރެވެ.

"މިއަދު ފަޅުތަކާއި ގިރިތަކާއި ރަށްތަކާއި ޖަޒީރާތައް ވެއްޖެ އަޅުގަނޑުމެންގެ ތެޔޮވަޅުތަކަށް. މީގެ ކުރިން ވެސް ހުއްޓޭ މިތަކެތި،" ކުރީގެ ސަރުކާރުތަކުން ތަރައްގީ އަށް އިސްކަން ނުދޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ އިންސާނީ ކަރާމާތް އެތައް ގުނައަކަށް އުފުލިގެން މިދަނީ ވަޒީފާގެ ބާޒާރަށް އައިސްފައިވާ ތިޔާގިކަމާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަވާޒް

    ތިކަން ޤަބޫލުކުރަން ބޭނުންވިޔަސް ކުރެވޭކަށް ނެތެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ނެގުން ވަނީ ހުއްޓާލެވިފައެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ވަޒީފާގެ ދާއިރާ ކަމަށްވާއިރު ދެން ތިޔާގި ވާނީ ކޮން އެއްޗެއް ބާވައެވެ. މުވައްޒަފަކު ކެޑިގެން ފިޔަވައި މުވައްޒަފަކު ނެގުން ވަނީ މަނާކުރެވިފައެވެ. އެހެންވީމާ، ވަޒީފާގެ ބާޒާރު ތިޔާގިވާނެ ހެއްޔެވެވެ