ކޮންމެ ފަހަރަކު ކަމެއް ޖެހުމުން ޕެންޝަން ފަންޑުން ފައިސާ ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ޕެންޝަން ފަންޑަކީ އެއްވެސް ގައުމެއްގައި އާއްމު އުސޫލެއްގެ ދަށުން، ފައިސާ ކުރިއަށް ނެގޭނެ އެއްޗެއް ނޫން ކަމަށެވެ.

"މިއީ ޕްރޮވިޑެންޓް ފަންޑެއް ނޫން، ކުރިން ދިވެހި ރާއްޖޭގައި އޮތީ ޕްރޮވިޑެންޓް ފަންޑެއް، އެއީ އެ މީހަކަށް ބޮޑެތި ކަންކަން ޖެހުނީމަ ބޭނުން ކުރެވޭގޮތަށް އޮތް އެއްޗެއް،އޭތި ބަދަލުވެގެން ދިޔައީ ޕެންޝަން ފަންޑެއް". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕެންޝަން ފެންޑަކީ އެ މީހާ ލާ އެއްޗަކާއި އެ މީހާ އަށް ވަޒީފާ ދޭ ފަރާތް ލާ އެއްޗަކާއެކު އިންވެސްޓް ކުރެވޭ އެއްޗެއް ކަަމަށެވެ.

"އިންވެސްޓް ކުރުމުގެ މާނައަކީ ކޭޝް ގޮތުގައި ހުންނަ އެއްޗެއް ނޫން ފަންޑެއްގައި ބޭންކް އެކައުންޓެއްގައި، ޕެންޝަން އޮފީހުން އޭތި އެކިއެކި ކަންކަމުގައި އިންވެސްޓް ކޮށްގެން އޭގެން އިތުރަށް މި ހޯދަނީ ރިޓަޔާމެންޓް އުމުރަށް މީހުން ދިޔައީމަ އެ އެންމެންނަށް އެ ދޭން ވާ އެތި ދެވޭނެ ގޮތަކަށް އިތުރުކޮށްގެން ހޯދުން". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕެންޝަން ފަންޑަކީ ކަމެއް ޖެހޭ އިރަށް އަތް ލާން އޮންނަ އެއްޗެއް ނޫން ކަމަށެވެ.

"އެހާ ފަސޭހަ ކަމެއް ނޫން އެހާ ރަނގަޅުކަމެއް ނޫން ކުއްލިއަކަށް ކޮންމެ ފަހަރަކު ކަމެއް ޖެހޭއިރަށް ޕެންޝަން ފަންޑުން އެ ލާރި ނަގަން". ފައްޔާޒް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ޕެންޝަން ފަންޑުގައި ހުރި ފައިސާ، ރިލީފް ޕެކޭޖުގެ ތެރެއިިން ރައްޔިތުންނަށް ދިނުމަކަށް. އެހެން ގޮތްގޮތުން ރައްޔިތުންނަށް ދޭންޖެހޭ ލުއިތަކެއް ހޯދައިދިނުން، އެއީ ވިސްނުމަކީ" އަމީރު ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ މިހާރު ބޭނުން ކުރުމަށް ވިސްނުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަން އޭނާ ވަނީ ފަހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ރޮބަރޓް

    ހަމަކަމެއް ޖެހުނީކީ ނޫން ދެއްތޯ؟ ހިއެއްނުވޭ ދެން މިއަށްވުރެ ބޮޑުކަމެއް ޖެހޭނެހެން. ތި ވިސްނުން ބަދަލުކުރަން ޖެހޭ، ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބޭނޭގޮތް ހައްދަވައި ދެއްވުމަކީ ގިނަ ރައްޔިތުން އެދޭކަމެއް. މީހާ ނިކަމެތިވެ ކާނެ ބޯނެއް އެއްޗެއް ނުލިބި ދުނިޔެ ދޫކުރީމާތޯ ޕެންޝަން ފަންޑުން އެއްޗެއް ލިބޭނީ، މިވަގުތު ގިނަ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ޙާލުގައި. ގިނަ މީހުންތިބީ ވަޒީފާ ގެއްލިފައި. ވެރިމީހާއާއި ހަމައަކަށް ޚަބަރެއް ނުދޭ ރައްޔިތުން އުޅެމުންދާ ގޮތުގެ

    30
  2. ބމަވ

    ހުރެގެންތާ ނެގޭނީވެސް.

    30
  3. ށޯލި އައްޕަ

    ބަލަ އޭގަ އެއްޗެއް އޮ ވެގެންތާ ނެގޭނީ ވެސް ކަލޭމެން އެ ވެސް ދިރު ވާލައިގެން ތިޔަތިބީ ދެން ކޮން ހާސަރެއްދަމާކައްތަ ހުސް ވަގުން ވިއްޔަ ނެތޭ ސަހަލަ އެކަތި ވެސް

    24
  4. މޫސަ

    އެކަމަކު ކަލޭ ވެސް މީގެ ކުރިން އިދިކޮޅުގަ ހުރި އިރު ދެއްކީ އެ ފައިސާ ބައެއް ހާލަތްތަކުގައި ނެގެން ޖެހޭނެ ވާހަކަ. ޕެންޝަން ފަނަޑުގަ ހުރި އަހަރުމެން ހަލާލް މަސައްކަތުން ހޯދާފައި ހުރި އަހަރުމެންގެ ހައްޤު ފައިސާ ދޭށޭ މި ބުނަނީ. އަހަރުމެން މިހާރު އެ ހާލަތަށް ހިނގައްޖެ.

    27
  5. ޤައުމު

    ބަލަ ތިބުނާ ޕެންޝަން ފަންޑުގަ ނެތް ލާރިއެއް ކައިހުސްކޮއްފި ވަރަށް އެނގިގެންމިބުނީ

    29
  6. ޙަންމީ

    100 ޕަސެންޓް ގެރެންޓީ ފެންސަން ފަންޑުގައި ލާރި ނެތީ!!ހުރި ނަމަ މިފަދަ ހާލަތް ތަކިގައި ފަންޑުން ބޭނުން ކުރާނެ!!ނުވަތަ ފަންޑުގެ ހައްގުވެރިން ހާލުގައި ޖެހުނު ވަގުތު ކޮންމެވެސް ވަރެއްވިޔަސް ނެގޭނެ ގޮތް ހަދާނެ!މި އައްވުރެ ދަތިވަގުތެއް އަހަރެމެންގެ ހަޔާތުގައި އަންނާނެބާ!

    28
  7. ދަރަނި ދަންތުރަ

    އެފަންޑު ދަވާލައިފި މާކުރިން އިބޫހުވާކުރުމަށްފަހު މެންބަރުން ލަންކާޔަށް ކުރިދަތުރު ހަނދާންވޭ މިހާރު އެފަންޑުގައި ލޯލާރިއެއްވެސް ހުރިނަމަތާ ފައްޔާޒު އިސްކަރާބު އަޅައިގެންވެސް ނެގޭނީ ނެއްއެއްޗެއް ނަގާނެ ގޮތެއް މަށަކަށް ނޭންގޭ ފައްޔާޒޫ....

    22
  8. ދިދަ ދަނޑި

    ރައްޔިތުންގެ ފައިސާ ވަޔަށް އަރައިގެން ގޮސްފި.. ޕެންޝަން ފަންޑުގައި އެއްޗެއް ހުރިނަމަތާ ނެގޭނީވެސް..

    22
    1
  9. މޫސާ

    މިހާރު މުސާރަ ކުޑަކުރީމާވެސް ޕެންޝަން ފަންޑުން އެބަކަޑާ

    20
  10. ކުދުވާނޑި މުހުންމާ

    އާންމު ދިވެހިންނަށް އެނގޭނޭ ބަހުރުވައިން އަދި ކިރިޔާ ތިބުނެދިނީ. މިހާރު ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގެން އެބަޖެހޭ 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން މިދޭފައިސާއަކީ ދިވެހި މަސައްކަތުމީހުން ހޯދައިދޭ ޕެންޝަނުން ލިބޭ އެއްޗެއްކަން. އާސަންދަ އަކީ ވެސް ހަމަ އެފައިސާކަން. ނިކަމެތި ރައްޔިތުމީހާ މަސައްކަތްކޮށްގެން ހޯދާފައިސާއިން ގައުމު މިހިންގަނީ.
    މިއަދު ފަތުރުވެރިކަން ހުއްޓި އެދާއިރާގެ މުވައްޒިފުންގެ ވަޒީފާގެއްލި ފަތުރުވެރިކަން އިނދަޖެހުނީމައި، ކުރީގެ ރައީސް ނަޝީދަށް އެނގިލައްވާނެ ގައުމަށް ލިބޭނޭދެރަ. އެމަނިކުފާނަށް ވެރިކަން ނުލިބިގެން ތެޅިއަރުވާ ބޭލި އިރު މުޅިދުނިޔޭގައި ގޮވަމުން ދިޔައީ މިރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓްކުރަން.
    މިއަދު މާތްﷲ ގެ ކުޅަދުންވަންތަކަމުން އެމަނިކުފާނުމެންގެ ވެރިކަމުގައި މިއޮތީ އެ އެދުވަހު އެގޮވި ގޮތަށް ގުދުރަތީގޮތުން ޓުއަރިޒަމް ނެތިގޮސްފައި.
    މިހާރު އެހިތިރަހަ ކަރުބުޑުގައިލާނެ.

    22
    • މުހައްމާ

      ކުރީގެ ރައީސް ނަށީދު ނުކިޠާ. ކިޔާ އިސްތިްުފާ ދިން ބަދަވި ނުވަތަ ބުއްޅަބޭ

  11. ހަސަނު

    އެހެންވީޔާ ކޮންމެސް އެހެން އެއްޗެއް ކިޔާ. ޕެންސަން ފަންޑު ނުކިޔާ. ސޮދަގާތް ފޮށި ކިޔަމާ.

    19
    1
  12. ރައްޔިތުމީހާ

    ޕެންޝަން ފަންޑުގަ އެއްޗެ ނެތޭ މިހާރަކު އެހެންވެ ތިއުޅެނީ .. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ

    20
  13. ލާރާ

    ރަނގަޅަށް ވިއްޔާ އޭތިކޮޅުވެސް ދިރުވާލާފަ މިހާރުހުންނާނީ.

    19
  14. ރޯދަ މުބާރިކް

    މީ ކުޑަކަމެއްތޯ؟! މިޖީލުގެ 65 އަހަރުން މަތިވާނެ މީހުންނަށް މިއަށްވުރެން ބޮޑުކަމެއް ދިމާވެދާނެކަމަށް ލަފައެއް ނުކުރެވޭ! މިހާރުވެސް އެމީހުން ގިނަ ކަންތަކެއް ފެނި ތަހަށްމަލު ކޮށްފައިވާ ބައެއް. ޕެން ފަސާަ ބަޔެއްގެ ބުރަމަސައްކަތް! ވިސްނޭގޮތުން ތިފަންޑުގެ ބޭނުމަކީ ބޮޑުކަމެއް ޖެހޭ ދުވަހު މަގުމަތި ނުވެ އުޅެވޭނެ ގޮތްވުން! އެކަމަކު ތިބުނުއްވާގޮތުން އަމިއްލަ ފައިސާ ހުރެމެ މަގުމަތިވަނީ! ބަޔަކު މިހާރުވެސް ވެއްޖެ ކަމަށް ބެލެވޭ! ތި ދެއްވާ ބޯ ހިޔާވަހި ކަމުގައި ފަންޑުގެ ތަނަވަސްކަން ތިބި ބޭފުޅުން ތިބުން އެކަށީގެންވޭ! ފަންޑު ފައިސާ ހައްގު ވެރިންނަށް ދެއްވާ. ޢޭރުން މަގުމަތިވާ ބައެއް ފަރާތްތަކުގެ ޚަރަދު ސަރުކާރުން ކުރަން ނުޖެހޭނެ!

    19
  15. ގުރާ

    ތިޔަ ފައިސާ ވުޖޫދުގަ ހުރި ނަމަތާ އެހެން ވެސް މިހެން ވެސް ޖެހެވޭނީ

    17
  16. Anonymous

    ނެތީމަ ދެން ކިޔޭނީ ވެސް ތިހެން ?

    18
  17. ހިތާމަހުރި

    އިސްލާމް ދީނުގައި އޮންނަނީ އެމީހަކު ކުރިމަސައްކަތަކަށް ޙައްޤުވާ އުޖޫރަ އެމަިހަކަށް ދިނުމަށް. އަދި ކަނޑައެޅިފައިވާ މިންވަރުން ބަޔެއް ނެގުމަށްފަހު ދޭކަށް ނޯވޭ. ޢެފައިސާ އަކީ އެ މަސައްކަތް ކުރި މީހާގެ ޙައްޤެއް. ސަރުކާރުން އޭގެން ބަޔެއް ނަގަނީ ކޮންކަމެއް ކުރަން.
    މާދަމަ އެ ފައިސާގެ ޙައްޤުވެރި ފަރާތާ އެ ހަވާލުނުކުރެވި ހުއްޓާ ފައސާ ލިބުން ޙައްޤުވާ ފަރާތް މަރުވެއްޖެނަމަ ސަރުކާރުގެ އެންމެ މަތީ ވެރިޔާ ފާފަވެރިވާނެ. އެއީ އެހެން މީހެއްގެ ޙައްޤު ހިފަހަަށްޓައިގެން ހުރީމަ. އަދި އޭނަ ދުނިޔޭގައި ހުރެ ތިމަންގެ ފައިސާ ތިމަންނައަށް ދޭށޭ ބުނެފަވާތީ.

    18
  18. އަސްލޭ

    ދެން އެނަގަންވީ މަރުވީމަ ސަންދޯކަށްލާންބާ؟

    16
  19. ބޭޗާރާ

    ކަމެއް ޖެހުނީމާ މުޅި ދައުލަތް ދަރުވާލާފައި، ދަރިންގެ ދަރިންނަށްދާނދެން ދަރުވާލާފައި ލޯނު ނެގުން ހުއްދަ. އަމިއްލަ ފައިސާގައި އަތްލުން ހުއްދައެއް ނޫން. މީކޮންތާކުން ނެރެފައި ބުއްދިއެއްތަ! ރީތިކޮށް ބުނަން ނުކެރިގެން ތިއުޅެނީ. އެއީ ހުރެގެން ޖަހާފައި އޮތް އަދަދެއް ނޫނޭ. ހަމައެކަނި ރީތި ފައިސާގެ އަދަދެކޭ. އަތުގައި ނެތޭ އެއްޗެއް. މަކަރުވެރި ހީލަތްތެރި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.

    16
  20. ައަލީ ވަހީދު

    ދާ އޮހޮރުވައިގެން ބުރަމަސައްކަތް ކޮށްގެން ހޯދާފައިހުރި ރުފިޔާ އޭގެ ހައްގުވެރިންނަށް ދޭންޖެހޭނީ. ކަލޭމެން އެއަށް ލާފައިހުރި އެއްޗެއް ނަގާފަވެސް ދޭން ޖެހޭނީ

    16
    1
  21. Anonymous

    އިންޑިއާއިން ހިތުހުރިވަރަކަށް ލޯނު ނެގުން އޯކޭދޯ!! ބޯގޯސް

  22. ހަމްޝާން

    ތިޔަ ބުނާ އެއްޗަކުންވެސް ދޭހަވަނީ ސަރުކާރު އިނދެޖެހިފައި ބަނގުރޫޓުވެފައިވާ މިންވަރު.. އަދި ގޮތް ހުސްވެފައި ހަތަރު އުދަރެސް ފެނުގަޖެހި މަރައްތެޅެމުންދާކަން.. ސަރުކާރަކައް ފައިސާވަންނާނެ ކޮޅެއް ނެތް.. އޮތީ ޔާމީން ސަރުކާރުގައި އަލައް ޗާޕުކޮއްގެން ގެނައި ފައިސާނޫޓުތަކުގެ ތެރެއިން އާންމުކޮއް ދައުރުކުރުމައް ނުނެރިހުރި ނޫޓުތަކުން އޯވަޑުރޯ ކުރުން.. މިއީ ހަމަ އެއްވެސް ގޮތެެއް ނެތިގެނަ ކުރަން ޖެހުނު ކަމެއް. އޯވަ ޑުރޯކުރަމުންގޮސް ދެން އެލާރިކޮޅުވެސް ހުސްވީމާ ދެން ހަދާނެ ގޮތެއްވެސް ހޯދަން އެބަޖެހޭ.. ޓޫރިޒަމްއެއް މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައެއް ރަނގަޅެއް ނުވާނެ.

  23. އަދޫ

    ސަރުކާރުން އެއަށްލީބައި ބޭނުމެއްވެސްނޫން. އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ދާއޮހޮރުވައިގެން ހޯދި ފައިސާއިން ތިފަންޑަށް އަޅާފައިވާ ބައި ދެއްވާ. އެއީ އަޅުގަނޑުމެންގެ ޙައްޤެއް. އަޅުގަނޑުމެން މިތިބި އެއަށް ނުހަނު ބޮޑަށް ބޭނުން ޖެހިފަ.

    10
  24. ޢާދޭސް

    ދެން ކީއްކުރަން ބަހައްޓާ ފައިސާއެއްއެއީ ، މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ތި ކަޑަނީވެސް މުސާރައިން

  25. ދދދދދ

    ކަލޭމެން އެވެސް ކައި ހުސްކޮށްލީ ދޯ! ނޫނޭވާ ސާބަސް. މިމީހާ ހަމަތޯ ބަލާބަލަ މީހެކޭ!

  26. ޙަސަން

    ޕެންޝަން ފަންޑުން ސަރު ކާރުން ވިޔަފާރި ކުރަނީތޯ؟

  27. އަނިޔާ

    ފަޔާ މިއީ ކުޑަކަމެއްތަ؟ ޜައްޔިތުން ހަދާނެ ނަހަދާނެ ނެތި މަގުމަތި ވާ ހިސާބަށް ދިޔައިމަ ތި ފަންޑުގައި ހުރީ އަހަރެމެންގެ ހައްގު ފައިސާ އިން ބައެއްދޭން މި ކިޔަނީ.ރައްޔިތުންނަށް ތިދޭ އަނިޔާ އަދި ކަލޭމެނަށް ފެންނާނެ.

  28. އިއްސޭ

    އަހަރެންނަކީސަރުކާރުވަޒީފާއެއްއަދާ
    ކުރާމީހަކިން މުސާރައަކީހުރިހާއެލެ
    ވަންސަކާާއެކުމަހަކު-/5300ރ
    ދިވެހިބޭންކަށްއަހަރެންދަައްްކަަޖެެހޭ
    -/281000ރ އެބަހުރި އަހަރެންގެ
    އުމުރަކީ58އ އަހަރެންލޯނުނެގީ
    ވަންނާނެބޯހިޔާވަހިކަމެއްހޯދުމަށް
    އަހަރެމެންގެމުސާރައިންކަނޑާ%7ކީ
    އިލާހީގާނޫނުގައިއޮވެގެންކަނޑާއެއްޗެއް
    ނޫން އަދިއެކަނޑަނީއަހަމެންގެއިޒުނައެއް
    ލިބިގެނެއްވެސްނޫން

  29. އައްޔަ

    އަޅުގަނޑުމެންމިއެދެނީއަޅުގަނޑުމެންގެ
    ހައްގުފައިސާހޯދަން މިކަމައްހުރަސްނާޅާ