ދިރިއުޅުމަށް ސަރުކާރުން ދޫކުރަމުންގެންދާ ފްލެޓްތައް ކުއްޔަށް ދެވޭ ގޮތަށް ސިޔާސަތަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ، ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދެއްގައި ބޭއްވި އެމްޑީޕީގެ ހާއްސަ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކަރުން ސަބްސިޑައިޒްކޮށްގެން ސަރުކާރު ލުއި ގޮތަށް ދޫކުރާ ފްލެޓްތަކުގައި އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިިރިއުޅޭ ކަމަށް ވާނަމަ، ނޫނީ ކުއްޔަށް ދޭ ކަމަށް ނަމަ ކޮންމެވެސް މިންގަނޑެއްގެ ތެރެއިން ކުއްޔަށް ދިނުމަށް ސިޔާސަތު ބަދަލު ކުރުމުގެ ވިސްނުން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން ކުޑަ އަގުގައި މި ދެނީ އެބަޔަކު މުއްސަނދި ވާކަށް ނޫން، ރައްޔިތުންގެ ޓެކްސް ފައިސާގައި މިކަންކަން ކުރަނީ، އެބަޔަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި، އެބޭފުޅުން އެ އާމްދަނީއެއްގެ ގޮތަށް ބަދަލު ކުރާނަމަ އެ ފުރުސަތު އޮންނާނެ، އެހެން ނަމަވެސް ބޯހިޔާވެހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަން ޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި ވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން".

ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ސަރުކާރުގައި އެކަންތައްތަކާއި މަޝްވަރާ ކުރުމަށްފަހު ރަނގަޅު ހުރިހާ ގޮތަކަށް ފައިދާ ހުރި ގޮތަކަށް އެކަން ނިންމާނެ ކަމަށެވެ.

މިކަަމާއި ގުޅޭގޮތުން އިތުރު އެއްޗެއް ފައްޔާޒް ވިދާޅެއް ނުވެއެވެ.

މިހާރުވެސް ސަރުކާރުން ދޫކޮށްފައި ހުރި ފްލެޓްތަކުގައި ގިނަ ބަޔަކު ކުއްޔަށް ދިރިއުޅެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލީ

    ނަމެއްގައި ގޯތިދީ ނިންމައިފިއެވެ. އަދި އެކަމުން ހިތްހަމަޖެހުނު އެއްވެސް ރައްޔިތަކު ނުފެނެއެވެ. ވޯޓަށް ކުރި ކަމެއްކަމުގައި މިހާރު ގަބޫލު ކުރެވެން ފަށައިފިއެވެ.

    19
  2. މުއިއްޒުގެ ފަހަރު

    މި ސަރުކާރަށް 5 އަހަރު ތެރޭ އެންމެ ފްލެޓެއްވެސް ނޭޅުނު. ހުރީ ޔާމީނު ސަރުކާރުގަ މުއިއްޒު އަޅައިދިން ފްލެޓްތައް

    16
    1
  3. މޕ

    މިއޮއް ހުރިހާ ދުވަހު ފްލެޓް ވެރިން އެހެން ކީއިރު ކަހާތަން ހިރުވާނުލާ އިންތިހާބު ޖެހުނީމަ އިޔާ އެއްޗެއް ރައްޔިތުންނަށް ވެސް އަޑުނީވޭނެ

    12
  4. ނޫނޭ ނުލަފާ

    އިންތިޚާބު ކައިރިވީ ވަރަކަށް ތިޔަކަހަލަ ވިސްނުން އަންނާނެ ކަން ދިވެހި ރައްޔިތުންނަށް އެނގޭ. މިއޮއް ހުރިހާ ދުވަހު ރައްޔިތުންނަށް ދޯކާ ދީފައި މިހާރު ދެން މާަބޮޑަށްވެސް ލަސްވެއްޖެ ކަލޯ. ވޯޓުން ބަލިވާނެކަމުގެ އިހުސާސްވީވަރަކަށް ތިޔަކަހަލަ ވިސްނުން އަންނާނެކަން ދިވެހިން ދަނޭ.

  5. ސޭކިސްޓް

    މާކަންތައްތައް ވާ ބަޔަކަށް ވެގެން ރައްޔިތުން ބޮލަށް ޗިޕު ޖަހަން އެކުން ފޮނި ނުކަނޑާ. މީގެ 5 ވަރަކަށް އަހަރު ކުރިން ދުއްވީމެއްނު އެއްކަލަ ކިއްޕަޅި ސައިކަލު ގަނޑު. ފައްޔާޒޫ ކޮބާ ކަލޯ އެ ސައިކަލު ގަނޑު. އޭތި ހޯދާލައިފައި ބައިންދާތި އިނގޭ. 9 ސެޕްޓެމްބަރގެ ފަހުން އޭގެ ބޭނުން ޖެހިދާނެ.

    1
    1
  6. ފައިބާދެން

    މިސަރުކާރު ބާރުގައި އޮވެމެ ކޮށްދޭނަމޭ ބުނުން އެއީ ސަރުކާރުގެ ނާގާބިލް ކަމާއި މަކަރާއި ހީލަތްތެރިކަން ސާބިތުކޮށްދޭ ކަމަކީ މިސަރުކާރުން މާލެ ސަރަހައްދުގެ ގެދޮރު ކުޑަ އަގުގައި ރައްޔިތުންނަށް ދޭނަމަ ހިޔާ ފްލެޓްސް ތަކުގެ ކުއްޔަކީ މަހަކު 2 ހާސް ރުފިޔާ ކަމުގައި ހަދާ 100 އަހަރުން ފްލެޓްސް ތަކުގެ ކުލި ހަމަވާގޮތަށް ހަދާ ދޭނެއޭ ނުވަތަ ގާސިމް ވިދާޅުވި ގޮތަށް ކުލި އެއްކޮށް މާފު ކޮށްދޭނެއޭ.ބާރުގައި އޮވެމެ ކަމެއް ކޮށްނުދޭ ސަރުކާރެކޭ މީ ފައިބާދެން .

  7. އަހޫ

    2.5 މިލިޔަން މީ ހާދަ ކުޑަ އަގެކޭ ދޯ އެހެންނޫނަސް ތި ފްލެލެޓް ކުއްޔަށް ދީފައި މަ އުޅޭ އޮފީސް ކާރިން މަ ތަނެއް އިތުރަށް ލާރި ލައިގެން ކުއްޔަށް ހިފައިގެން އުޅުނީޔާ ކާކަށް ކީއްތަ

  8. ކެރިބަލަދެން

    ބާރުގައި އޮތީ ސަރުކާރު ޑިސިޝަން މޭކް ކުރެވޭ ސަރުކާރަށް ކިއެއްވެތޭ މިއަދުން ފެށިގެން ހުޅުމާލޭގައި ސަރުކާރަށް ކުލި ދައްކަމުންދާ ހުރިހާ ފްލެޓްސް ތަކުގެ މަހު ކުއްޔަކީ 1 ހާސް ރުފިޔާ ކަމުގައި ހަދާ 100 އަހަރު ވަންދެން ކުލި ދައްކަމުންދާންވީ ކަމަށް ސަރުކާރުން އިއުލާން ކޮށް ހަދާ ރައީސްގެ ގަރާރަކުން އެކަން ނުނިމިގެން އުޅެނީ އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ގަރާރެއް ނެރެވިއްޖެ އެއިން ރައްޔިތުން ނަށް ވަނީ ގެއްލުން ރައްޔިތުންނަށް ފައިދާވާ ކަމެއްގައި ގަރާރު ނެރެބަލަ ރައީސް އިބޫ އެއިރުން މަމެން ބުނާނަން ރައީސް އިބޫ އަށް ވޯޓްދޭނަމޭ...

  9. ތެލިދޮންނައޭދޯ

    ތަމެން ވެރިކަމުގައި ތިބެ ތަމެން ތިޔާ ބުނަނީ ފްލެޓްސް ތަކުގެ ކުލި ދަށްކޮށްދޭނަމޭ ހާއްހަހާހާ ހާހާހާހާ ހާހާހާހާ ހޮހޮހޮހޮ ހެއްވާދޯ ވަރަށް ތަމެންނަށް މާލެ ސަރަހައްދުން ދެވޭނެ ފްލެޓެއް ވެސް ނުހުންނާނެއޭ ދެވޭނެ ގޯއްޗެއް ވެސް ނުހުންނާނެއޭ ޑްރާމާ ކުޅެ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހެދިދާނެއޭ ގޯއްޗާއި ފްލެޓްސް ދޭނަމޭ ކިޔައިގެން ތަމެން ތިޔާ ކަން ހުއްޓާލާ މިހިރަ ތެލި ތައް ހިފައިގެން އަތިރި މައްޗަށް ދަގަ ތެލި ދޮންނަން ދަގަ ދަގަ ދަގަ ތެލިދޮންނަން

  10. ޙަސަނާ

    ބޯހިޔާވަހިކަމޭ ބުންޔަސް ތީ އޮޅުވާލުމެއްސަރުކަރުންވެސް ބައެއްރއްޔިތުންވެސް އެހެނީ މިހަރުވެސް 25 ޕަސެންޓު ފުލެޓުހުރީ ކުއްޔައްދީފަ. ފެސްޓޫ ފެސްވަން އިންވެސް 4000 ރުފިޔާ ގެ ފުލެޓުތައްވެސް އެހުރީ 20 15ހާސްރުފިޔާ މިވީހަތަނައްވެސް ކުއްޔައްދީފަ އެއްވެސް އެއްޗެއްނުބެލޭ މި5އަހަރުވެދްމިނިމެނީ ރައްފުށުމީހުން ގަނަތަޅުވަނީ ...

  11. ނަމަ

    ފައްޔާޒް ދެން ރަގަޅައް ވިސްނާލާ ވިސްނާލަން ދެން މާގިނަ ދުވަހެއް ލިބޭނެހެން ހިޔެއްނުވޭ