ފެންނަމުން މިދަނީ އެމްޑީޕީ ރޫޅަން އުޅޭ ބޭފުޅުން ރޫޅޭތަން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށްފަހު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިފެންނަނީ އެމްޑީޕީ ވަރުގަދަވެ އެހެން މީހުން ރޫޅިގެންދާތަން ކަމަށެވެ.

އެހެން މީހުން ރޫޅިގެންދާތަން ފެންނަކަމަށް ފައްޔާޒް ރޭ ވިދާޅުވީ ޑިމޮކްރެޓްސްގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން (ގިޓާ) އެނބުރި އެމްޑީޕީއަށް ސޮއި ކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ. ޖަގަހަ ޖަލްސާގައި ޕީޕީއެމް ހުޅުމާލޭ ދާއިރާގެ ނައިބު ރައީސް އަހުމަދު އަޒީލް އަދި މެމްބަރުން ތަކެއް އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިއެވެ.

ފައްޔާޒް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ ޕީޕީއެމްގެ 500 އެއްހާ މެމްބަރުން މިހާރު އެމްޑީޕީއާއި ގުޅިވަޑައިގެންފިކަމަށެވެ.

އެމްޑީޕީ އަކީ ވާދަވެރިކަން ބޮޑު ޕާޓީއަކަށް ވީ ނަމަވެސް ފައްޔާޒު ވިދާޅުވީ މިހާރުގެ އެމްޑީޕީއިން އައު މޫނުތަކަށް ފުރުސަތު ދެއްވާ ކަމަށެވެ. އަދި ފައްޔާޒު ވަނީ އެމްޑީޕީ އާއި އަލަށް ގުޅި ވަޑައިގެންނެވި އެއްމެހާ މެމްބަރުންނާއި ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިލައްވާފައެވެ.

"އެމްޑީޕީއަކީ އެތެރޭގެ ވާދަވެރިކަން ބޮޑު ޕާޓީއެއް، އެއީ އެމްޑީޕީއަށް މިހާ ބޮޑުކުރިއެރުމެއް ލިބޭ މައިގަނޑު އެއް ސަބަބު. ހުދު އަޅުގަނޑަށް ބަލާލުމުންވެސް މިކަން އެނގޭނެ. މިއީ އެމްޑީޕީއިން އައު މޫނުތަކަށް ޖާގަދޭ ކަމުގެ އެއް ހެކި" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރޭ މި މުޅި ހުޅުމާލެއަށް ގުޑުމެއް އަރައިގެންދާނެކަމަށެވެ. މި އައި ބޮޑު ބަދަލާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލެ ރައްޔިތުންގެ އިތުރުން އެކި އަތޮޅުތަކުގެ ރައްޔިތުންގެ މެޖޯރިޓީއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދިހަމަ އެހެންމެ މިކަން ކާމިޔާބުވެއްޖެ ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭތަން ފެންނަމުން އެބަ ދާ ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އެކަން ކާމިޔާބު ކުރައްވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މުޅި ރާއްޖެއިންވެސް ސާފު ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަން މެނިފެސްޓޯ ލޯންޗު ކުރުމުގެ ޖަލްސާއިން ވެސް ފެނިގެން ހިނގައްޖެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަލިފް

    2023 ޕީޕީ.އެމް

    38
    6
  2. ނަމަ

    ފައްޔާޒު ތިޔަހީކުރާހެން ނުވެދާނެ އެއްނު ހަމަ

    38
    7
  3. ހަސަން

    ބޯވަމެން ބަލައިގަންނަނީ ކާކު ހުޅުމާލެޔަކު ނޫޅޭނެ ބޯވަޔަށް ދޭނެ ވޯޓެއް އަދިލިބޭނެވޯޓެއްވެސް

    35
    5
  4. Anonymous

    އާނއެކޭ އައުޅެއް ބައުޅެއް ނޭގޭ މީހުން މިހުރިހާ ތެޅުމެއް ތެޅެނީ ހާއްސަކޮށް އާ ބަޔަކު އަންނައިރަށް ސްޓުރަކްޗަރވެގެން އުޅޭނެ

    17
    4
  5. ނާހަމަ ތެދެއް

    ފެންނަމުންދަނީ ބޮޑެތި އަގު ކިޔައިގެން މީހުން ގަންނަތަން

    28
    4
  6. ބުރާތި

    މޑޕ އާ ނުގުގުޅޭ މި ލޮބުވެތި ގައުމާ މާތްވެގެން ވަަ އިސްލާމް ދީނާ ﷲ އާ ރަސޫލާ ސއވ އަށް އިމާންވާ މީހަކު ކަނޑައެޅިގެން ފެންނަން އެހެރީ ހަގީގަތް ގައުމު ޖަހާލަތަށް ވައްޓާލަނީކަން ކަނޑުވިއްކާ ގައުމު ދަރަނި 40 އަހަރު ނުދަރާވަރަށް ދަރުވާލާ އިންޑިޔާގެ އަޅުވެތި ކަމަށް ގައުމު ދުއްވާލާ ކުޑަކުދިންނާބެހޭމީހުން މިނިވަންވެ މަސްތުވާތަކެތި 2 ފުޅިރާބޯ މީހުނާ ވިއްކާމީހުން އަދި ދީނަށް ފުރައްސާރަކުރި ލާދީނީ ބައިގަނޑު އެތެރޭގަ ވަކިހިއްޕާލަފަ އޮތީ ހުސްވަގުން މޑޕ ގިނަވާނީ ބޮޑެތި ކުއްވެރިން އެމްޑީޕީ އާ ގުޅޭނީ އެކަންކަމުން ރެކެން އެކަންކަމުން ރެކެން ނިވާފަތްގަޑަކަށް

    29
    4
  7. މުއިއްޒު މިފަހަރު

    އެމްޑީޕީއާއި، އެމްޑީޕީ2 ނުވަތަ ދަ ޑިމޮކްރެޓްސްވެސް ރައްޔިތުން ބޭނުމެއްނޫން. ކޮންމެ ފަހަރަކު އާ ދޮގު ވައުދުތަކެއް ދައްކަނީ.
    އެޖެންޑާ 19
    ރަށްވެހި ފަތިސް
    ނޫ އިގްތިސާދު
    އުފާވެރި އަމާން ރާއްޖެ

    ދެން ހޮވާނީ ވައުދު ފުއްދައިދިން މުއިއްޒު

    33
    6
  8. ހުސޭނުބޭ

    ވޯޓުލާ ދުވަހު އެމްޑީޕީ ރޫޅާލެވުނިއްޔާ އެކަން އެނގޭނެ! ކިތަންމެ މަދު ބަޔަކު އެމްޑީޕީއާ ފެޔަށް ޖެހުނަސް އެކަމުގެ ނަތީޖާ ފެންނާނެ!

    17
    3
  9. Anonymous

    އިންޑިޔާގެ ފައިސާއިން ރިޝްވަތު ދީގެން މީހުން އިތުރު ކުރާތަން އެކަނި ފެންނަނީ. ގައުމަށް ހެއުއެދޭ އެކަކުވެސް ތި މޑޕ އަކަށް ވޯޓެއް ނުދޭނެ. ގައުމު ވިއްކުމުގަ ބައިވެރިވާނީ ގައްދާރުން އެކަނި. އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލެވެން ހެއު ނުވާނެ.

    ގައްދާރުން ތަކެއްގެ އަވައިގަ ޖެހިގެން މިހާރުވެސް ޔޫކޭ ވެސް އެއުޅެނީ ބްރެގްޒިޓްގެ ސަބަބުން އިންދަ ޖެހިގެން. އިނދަ ޖައްސާލި ޚާއިނުންތައް މިހާރު ފިލާ ތިބީ.

    ރާއްޖެއަށްވެސް އެކަހަލަ ދަންތުރައެއެްގަ ޖެހޭނެކަން ޔަގީން ތި ޗޯރޭއަށް ވޯޓުދީފިއްޔާ.

    24
    1
  10. އިހުމާލަމްބޭ

    ތިޔަ ބާރަށު އަލީ ދާއޫދު ތީ އެހިނދަކު ވައިޖެހޭ އަތަކަށް ހުންނަ މީހެއް. މިފަހަރުވެސް ފުލެޓެއް ލިބޭނެކަމަށް އުއްމީދުގަ ތޯޗެ. ލޮލް

  11. ހުސެން

    އެމްޑީޕީ ސިއްކަ ޖެހޭނީ 9 ސެޕްޓެމްބަރު 2023 ރޭގަނޑު ގަޑިން 9:00 އެންމެ ފަހު ނޭވާލާނެ އެއަށްފަހު މި ދުނިޔެއިން އަލްވަދާއު ކިޔާނެ އިން ޟާ ﷲ .އެއީ އެމްޑީޕީ ރޫޅި ކުދިކުދިވެ ފަސްދާނުލާ ދުވަސް .ތާރީހި ނޯޓުކޮށްލާ ފަހުގެ ތާރީހަށްޓަކައި

  12. ޗޗ

    އެމްޑީޕީ ސިއްކަ ޖެހޭނީ 9 ސެޕްޓެމްބަރު 2023 ރޭގަނޑު ގަޑިން 9:00 އެންމެ ފަހު ނޭވާލާނެ އެއަށްފަހު މި ދުނިޔެއިން އަލްވަދާއު ކިޔާނެ އިން ޟާ ﷲ .އެއީ އެމްޑީޕީ ރޫޅި ކުދިކުދިވެ ފަސްދާނުލާ ދުވަސް .ތާރީހި ނޯޓުކޮށްލާ ފަހުގެ ތާރީހަށްޓަކައި

  13. އއ

    ﷲ އިރާދަކުރެއްވިއްޔާ މި އިންތިޚާބަށްފަހު ތިޔަ ދެބައިމީހުންވެސް މައިގަނޑު ޕާޓީއެއްނެތި ބަނީ ޤުރައިޟާ ޤަބީލާ ހަލާކުވެދިޔަގޮތަށް ނެތިދާނެއެވެ. ފަނާކުރަނިވި ކޮންމެ ޤަބީލާއަކަށްވެސް މިސާލަކަށްވެގެންދާނެކަމަށް އުންމީދުކުރަން.

  14. އަހަރެން

    އިބޫ ކައިރީގަ ތިބީ ނުފޫޒުންނާއި ނާޖާއިޒުފައިދާ ލިބިފަތިބި ވަގުތީ ބައެއް އަންނި ކައިރީގަ ތިބީ ހަގީގީ ލޯޔަލް މީހުން

  15. އެޖެންޑާ19

    ތީނަ ބުނަގެން ތީނަގެ އަންހެނުންވެސް ވޯޓް ނުދޭނެ ދެން ލަލަލަ

  16. އެޖެންޑާ19

    އަޒީލްގެ އުފަން ރަށުގަވެސް އަޒީލު ދަންނަ ބަޔަކު ނުތިބޭ