ކޮވިޑް-19އާއި ގުޅިގެން މާލީ ހާލަތު ދަށްވެ ކުލި ދެއްކުމަށް ނުކުޅެދިފައިވާ މީހުނަށް ކުލި ކުޑަކުރެވޭނެ ގޮތް ހަމަޖައްސާދެވޭނެ ފަދަ ލުއިތަކެއް ހޯދާ ދިނުމަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފި އެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިޖްތިމާޢީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރީ އެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 66 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރުަން ނުފެންނަ ކަމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ.

އިޖްތިމާއީ ކޮމިޓީގެ ރިޕޯޓްގައި، ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓް ތަކުންނާއި ގެތަކުން ކުލި ކުޑަ ވާން ޖެހޭ ގޮޮތަށް ލުއިތަކެއް ދިނުމަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ކުލި ނުދެއްކޭ މީހުން ނިކަމެތިވެ މަގުމަތިިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލަތައް ގުޅިގެން ފިޔަވަޅުތައް އެޅުމަށް އެ ރިޕޯޓްގައި ހުށަހަޅާފައިވެއެވެ،

އަދި އެ ޕެކޭޖް ދޭ ފަރާތްތަކުން އަމަލު ކުރާ ގޮތް ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބެލުމާއި، އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އޮންލައިން ޕްރޮގްރާމްތަކާއި ޓެލި ކްލާސްތައް ކުރިއަށް ގެންދިއުމަށް އެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ރިޕޯޓަކީ، 1 އޭޕްރީލް 2020 ގައި ބޭއްވި 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކަމާގުޅޭ ކޮމިޓީތަކަށް އެ މައްސަލަ ފޮނުއްވުމާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ މި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޫސަ

    ސަރުކާރުން ދީފަވާ ފުލެޓް ތަކުގައުޅެނީ އެންމެ ނިކަމެތި ފަރާތްތައް ކުލިއެއްކޮއް ކަޓާލަދެއްވާ !

    11
    3
  2. ާއަހުމަދު

    ބޮޑުވިއަސް ކުޑަވޮއަސް ދެއްކޭނީ ލާރިލބިގެން ނުލިބޭއެއްޗެއް ދެއްކޭނެތަ ނެރުނީމަ ވަންނާނެ ތަނެއްދައްކާތި

    15
    1
  3. ދިވެހި ދަރިއެއް

    މި ވެރިންނަށް ހައްލެއް ހޯދާދެވޭނެ ގާބިލްކަމެއް ނެތް، ކަލޭމެންގެ މަސްލަހަތު އޮންނަގޮތަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ރިލީޒް ފަންޑު ދޫކުރިއަކަސް ނުނިމޭނެ، ރިލީޒް ފަންޑުން ނިކަމެތީންނަށް ލުއިޔެއް ލިބޭނެގޮތަކަށް ހަދައި ދީގެން ރައްޔިތުންނަށް ރިލީސްއެއް ވާނީ. އަދި އަދައިގެ ކުންފުނިތަކަށް ފަސޭހައިން ރިލީސްވެގެން ފައިސާ ރޯލްވާނީ، ގިނަ ކުންފުނިތަކުން ނުހުންނާނެ ތިޔަ ބުނާ ސެލަރީ ކޯޑްގައި ބެންކަށް ފައިސާ ވައްދާފައި، އޭގެ މާނައަކީ މުވައްޒަފުން ނުހުންނާނެއެކޭނޫން، އަި މީހުން ވަޒީފާ އަދާނުކުރަނީކީނޫން.

  4. ޢާދޭސް

    ޢަބަދު ދައް ކަނީ ކުލިނުދެއް ކިގެން އުޅޭ އަމިއްލަ ފްލެޓް ހުރި މީހުންގެ ވާހަ ކަ ، ކޮބާތޯ 20 އަހަރު 30 ޢަހަރު މާލޭގައި އުޅޭ ، އަދި ދަފްތަރުގައި ތިބެމެ ކުއްޔަށް ތިބި އާއިލާތަ ކުގެ ވާހަ ކަ ، އެމީހުންގެ ކުއްޔަށް އޮތީ ކޮން ހައްލެއްބާ ، ނޫސްވެރިންވެސް މިވާހަ ކަ ނުދައް ކާތީ ދެރަވޭ ،
    ތި ފްލެޓްތައް ލިބިފަ އެބަހުރި މޭޒުދަށުންވެސް ،އެ ކަމަ ކު އެމީހުންގެ އެ ކަނި ހައްޤު އޮތީ ، އަމިއްލަ މީހުންނަށްވެސް ކުލި ނެގެންވާނީ ދައުލަތުގެ ބެލުމުގެ ދަށުން ، މިދިވެހި ދިދަ ދަށުގައި ތިބެންނާއި ހިނގާނީ އެއް ޤާނޫނެއް

  5. .ފުށިފަރު.

    (ބަންޑާރަ ބިމުގައަޅާ އިމާރާތް) ކުޔައްދެވޭނެ ގޮތްތަކެއް ކަނޑައަޅަންއެބަޖެހޭ.ސަރުކާރުގެ ހާއްސަޑެސްކެއް ގާއިމުކޮއް އެތާގަ ކުޔައްދޭ އިމާރަތް ރަޖިސްޓްރީ ކުރެވި އިމާރާތް ކުޔައްދިނުމުގެ އެގްރިމަންޓް ދެވޭނީ އެޑެސްކުން.ކުޔައްހިފާމީހާ އާއި ކުޔަޔްއްދޭމީހާއައްވެސް ރަކާތެރިގޮތެއް.އަކަފޫޓުން އަގު ކަންޑައެޅުން ތަނުގެ ފެންވަރުބެލުން ސަރުކާރުންނިމިދާނެ.އިމާރާތް ކުރަން ހާއްސަލުއިލޯންދޫކުރެވިދާނެ.އަދި މިހާރު ދޫކޮއްފަހުރި ލޯންތައްވެސް އެމިންގަނޑައްފެތިދާނެ.ބޭނުންވަނީ އިހުލާސްތެރިކަން.

    3
    6
  6. ހުޅު

    ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާފައި ޔާމީން އަޅާފައި ހުރި އެތައް އެޕާޓްމެންޓެއް ހިމެނޭ ބިލްޑިންގް ތައް އެހެރީ ހުޅުމާލެގަ. މީހުނައް އެތަން ދިނީމާ އެހުރީ ކުޑަކުލީގައި ދިރިއުޅެން ހަމަޖެގިފައި. ކީއްވެބާ އެކަން ނުކުރަނީ.

    15
  7. ހ

    އެމްޑީޕީ ވެރިކަމަކީ ހެޔޮ ވެރިކަމަކަށް ވެފަ ކޮބާ؟ އާދައިގެ ރައްޔިތުންނަށް އެހީޔެއް ނުވޭ..... ބަލަ ހޮވަނީ އާދައިގެ ރައްޔިތުންގެ ވޯޓުންނޭ...

    11
  8. ދަލޭކަ

    އަޅެ ހެޔޮނުވާނެ. ސަރުކާރުގެ ވެރިންނޭ...
    މާލެ ދެވަނަ ފިޔަވަހި ހިއްކާފައި ޔާމީން އަޅާފައި ހުރި އެތައް އެޕާޓްމެންޓެއް ހިމެނޭ ބިލްޑިންގް ތައް އެހެރީ ހުޅުމާލެގަ. މީހުނައް އެތަން ދިނީމާ އެހުރީ ކުޑަކުލީގައި ދިރިއުޅެން ހަމަޖެގިފައި. ކީއްވެބާ އެކަން ނުކުރަނީ. އެ ފުލެޓްތައް އޭގެ ހައްގު ވެރިންނަށް ދީބަލަ.

    12
  9. ޢަ އި ޟާ

    ޢަބަދުވެސް މާލެ މީހުން ނަށް ގޭ ކުލި ނުދެއްކޭ ވާހަކަ ނޫސްތަކުގަވެސް ލިޔަނީ... އަޅުގަނޑު ވެސް މިއުޅެނީ އަމިއްލަ ރަށުގަ 2 ދަރިންނާ މަންމަ ގޮވައިގެން އަމިލަ ގެއެއް ނެތީމަ މަހަކު 5000ރ އައް ކުއްޔަށް... ފިރިމީހާ އަކީ މާލޭގަ ކޮންޓެކްޓް މަސައްކަތް ކުރާ މީހެއް އެކަމަކު މިވަގުތު ހުރީ ލޮކްޑައުންގަ މިހާލަތުގަ އަޅުގަނޑު މެން އުޅޭނެ ނިކަމެތި ހާލުގެ ވާހަކަ ކޮންމެވެސް ނޫސްވެރިއަކު ސަރުކާރުގަ ބުނެދިން އާދޭހާއެކު އެދެން.. ޕްލީސް... ???